ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: މަޖިލިސް
04 ޑިސެމްބަރ 2018 - 09:59
ރައްޔިތުންގެ މަޖިލިހުގެ މި ދައުރުގައި ގިނަ ކަންތައްތަކެއް ނިންމަން ހުރުމާ އެކު، މި މަހުގެ 15 އަށް ދައުރު ދިގު ދަންމާލަން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މަޖިލީހުގެ ގަވައިދަށް ދާދި ފަހުން ގެނައި ބަދަލާ އެކު، ތިން ވަނަ ދައުރުގެ ޖަލްސާތައް ކުރިއަށް ގެންދާނީ އޮގަސްޓް 27 އިން ފެށިގެން މިދިޔަ ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އެކަމަކު، މަޖިލީހުގައި ގިނަ މަސައްކަތްތަކެއް ހުރުމުން، މިދިޔަ ބުދަ ދުވަހު ވަނީ ތިން ވަނަ ދައުރު މާދަމާގެ ނިޔަލަށް ދިގު ދަންމައިލަން ފާސްކޮށްފި އެވެ.
ނަމަވެސް، މަޖިލިހުގެ މިއަދުގެ ޖަލްސާގައި ރައީސް ގާސިމް އިބްރާހިމް ވިދާޅުވީ، މަޖިލީހުގައި ހުރި މަސައްކަތްތައް ގިނަ ކަމުން މާދަމާގެ ނިޔަލަށް އެ ކަންކަން ނިމިދާނެ ކަމަށް ނުބެލެވޭތީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާގެ މަތިން މި މަހުގެ 15 އާ ހަމައަށް ތިން ވަނަ ދައުރުގެ ޖަލްސާތައް ދިގު ދަންމައިލަން ނިންމާފައިވާ ކަމަށެވެ.
ގާސިމްގެ އެ ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވުމުން، އެގޮތަށް ނިންމީ 26 މެމްބަރުންގެ އިއްތިފާގުންނެވެ.
މަޖިލީހުގެ ތިން ވަނަ ދައުރު ދިގު ދަންމައިލަން ނިންމިއިރު، ދެ މަހެއްހާ ދުވަހު ޖަލްސާތައް ހުއްޓިފައި އޮތުމަށް ފަހު، ޖަލްސާތައް އަލުން ފެށީ މިދިޔަ އޮކްޓޯބަރު މަހު އެވެ.
ދެ މަހެއްހާ ދުވަސް ފަހުން، މަޖިލީހުގެ ޖަލްސާތައް ފެށިއިރު، ގިނަ ބިލްތަކެއް މަޖިލީހަށް ވަނީ ހުށަހަޅައިފަ އެވެ. އެގޮތުން ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމުގެ ބިލްތަކާއި ބައެއް ގާނޫނުތަކަށް ބަދަލު ގެނައުމުގެ ބިލްތަކާއި އާ ބިލްތަކެއް އޮތީ ހުށައަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދުންފުތު
04 December 2018
މަޖިލިހުގެ 12 މަސްވަނީ ޔާމީނުގެ ސަރުކާރުގައި ގެއްލިފައި އެހެންކަމުން 12 މަސް ދަންމާލަން ފެނޭ
ދދެސެ
04 December 2018
ކުދިންނޭ ވޯޓު ދޭނީ މައަުމޫން ފެކްސަން، އަދާލަތު. މިނިވަނުން. އަންނި ގެނެސިއްޔާ މަރުލަމާނީ ރިހަކައްކާއިގެން އަނެއްކާވެސް ގައުމުގައި ރިހަކެއްކޭތޯ އުޅޭނީ. ސޭޓު އަގްލަބިއްޔަު ވެއްޖެއްޔާ ގައުމުގެ އަދި ނުކެވި އޮތްބައި ކާލާނީ! ވައްސަލާމް
ކޫލް މީހާގެ ދަރި
04 December 2018
ތިން ވަނަ ދައުރު ތިން ފަހަރަށް ދަންމާލީމާ އަދި މާ ސަޅިވާނެ. ޑޯންޓް ޔޫ ގައިޒް ތިންކް ސޯ؟
ސާޖަން
04 December 2018
މާފުކުރޭ މާފުކުރޭ! މަ މިދަނީ ގެއަށް..
ފަތްކެޔޮ
04 December 2018
ރަނގަޅު، ތިޔަ މަޖުލީހު ތެރޭ ފައިސާ ގޯނި ހިފައިގެން ހިގި މީހާގެ މައްސަލަ ބަލާފައި ނޫނީ ދައުރު ނިންމައިގެން ނުވާނެ
މުރާސިލް
04 December 2018
ޖާރސިންގެ އަމިއްލަ އެދުން ހުރި މިންވަރަކީ 65 އަހަރު އުވާލިއިރު ހަމަ އޭރު ސިޓީޒަން ޝިޕް ބަދަލުކުރިފަހުން 10 އަހަރު ނުވާ ދިވެހިން ރައީސްކަމަށް ވާދަ ނުކުރެވޭނެ އޮތް އިސްލާހް ބާތިލެއް ނުކުރިއެއްނު. މިގަުއމުން ޒުވާން ތައުލީމީ މީހުން ބާކީކޮށްފައި އަދިވެސް ސޭޓުންނަ ސޭޓުންގެ އަޅުންނަށް ގައުމު ބަތްކާހެން ކާން މި އިސްލާހްތަކާއެއްޗެހި ފާސްކުރަނީ. ތިޔަ މަޖިލިސް އިރާދަކުރެއްވިއްޔާ ފިސާރި ދޮވެލާނަން.
ރައްޔިތުން5
04 December 2018
ﷲ ގަންދީ ހުވާ ކޮށްފައޭ މި ބުނަނީ ފަރަންޖީންނަށް ބިންވިއްކަން ވޯޓުދިން އެންމެން ނުހޮވަަން ގައުމީ ކެމްޕޭނެއް ހިންގާނަމޭ އެކަން ބަދަލު ނުކޮށް މަޖިލިސް ނިންމާލައިފިނަމަ...... ކަލޯ ސަަލަފު ހެލިކަޕްޓަރ ވާހަކަ ދައްކާއިރު މިކަން އަބުރާ ވާހަކަ ނުދައްކަނީ ކީއްވެތޯ އަހާލަ ދީބަލަ