ކެބިނެޓްގެ ބައެއް ވަޒީރުން. ---ފޮޓޯ: މިހާރު
04 ޑިސެމްބަރ 2018 - 14:30
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ކެބިނެޓުގެ 19 ވަޒީރުންނާއި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތަށް ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން މިއަދު ރުހުން ދީފި އެވެ.
މަޖިލީހުގައި ވަކިވަކިން ނެގި ވޯޓުގައި މަޖިލީހުގެ އެންމެ ގިނަ މެމްބަރުންގެ ރުހުން ލިބިވަޑައިގެންނެވި ބޭފުޅުންނަކީ ރިފްއަތުގެ އިތުރުން އެމްޑީޕީ ސްލޮޓެއްގައި ވަޒީރު ކަމަށް އައްޔަން ކުރެއްވި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމްގެ ސްލޮޓެއްގައި ކެބިނެޓަށް އައްޔަން ކުރެއްވި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދާއި ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ އާއި ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި އެންވަޔަރަމަންޓް މިނިސްޓަރަކަށް އައްޔަން ކުރެއްވި ޑރ. ހުސައިން ރަޝީދު ހަސަނަށެވެ.
ފަސް ވަޒީރުންނަށް ރުހުން ދިނުމަށް 72 މެމްބަރުން އިއްތިފާގުވެވަޑައިގެންނެވި އެވެ.
ކެބިނެޓްގެ ވަޒީރުންގެ ތެރެއިން ދެން އެންމެ ގިނަ އަދަދެއްގެ މެމްބަރުންގެ ވޯޓު ލިބިވަޑައިގެންނެވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރަށެވެ. ދެ ވަޒީރުންނަށް ރުހުން ދޭން ފެންނަ ކަމަށް 71 މެމްބަރުން ވަނީ ވޯޓު ދެއްވައިފަ އެވެ. އެކަމަކު އަހުމަދު ޒާހިރަށް ރުހުން ދޭން ނުފެންނަ ކަމަށް އެއް މެމްބަރަކު ވޯޓު ދެއްވި އެވެ.
މީގެއިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އާއި ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މުހައްމަދު އަސްލަމާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނާއި ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލަޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލާއި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އަށް 70 މެމްބަރުންގެ އިއްތިފާގުން ރުހުން ދޭން ފެންނަ ކަމަށް ވަނީ ފާސްކޮށްފަ އެވެ.
ވަޒީރުންގެ ތެރެއިން މެމްބަރުންގެ އެންމެ މަދު ވޯޓެއް ލިބިވަޑައިގެންނެވީ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފަށެވެ. އޭނާ އަށް ރުހުން ދޭން ފެންނަ ކަމަށް 67 މެމްބަރުން ވޯޓު ދެއްވިއިރު، އޭނާ އަށް ރުހުން ދޭން ނުފެންނަ ކަމަށް ދެ މެމްބަރަކު ވޯޓު ދެއްވި އެވެ.
ދެން ހިމެނިވަޑައިގަންނަވާ ވަޒީރުންގެ ތެރެއިން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް 69 މެމްބަރުންގެ ވޯޓު، ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމުނާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް 68 މެމްބަރުންގެ ވޯޓު ލިބިވަޑައިގެންނެވި އެވެ.
މަޖިލީހުގެ ތަޅުމުގައި ވަކިވަކިން ނެގި ވޯޓުގައި ހުރިހާ ވަޒީރުންނަށް ރުހުން ދިން އިރު، އެބޭފުޅުންގެ މައްސަލަ ދިރާސާ ކުރާ ކޮމިޓީން ވެސް ވަނީ ވަޒީރުންނަށް ރުހުން ދޭން ނިންމައިފަ އެވެ. އެކަމަކު، އޭގެ ތެރެއިން އަލީ ވަހީދާއި އާތިފާގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދަނީ ބަލަމުންނެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ހުށަހެޅި ރިޕޯޓަށް ބަހުސް ކުރެއްވި މަޖިލީހުގެ ހުރިހާ މެމްބަރުން ވެސް ވިދާޅުވީ ވަޒީރުންނަށް ރުހުން ދީ، އެބޭފުޅުން ޒިންމާ އަދާކުރައްވާތޯ ބެލުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ވަޒީރުން ޒިންމާ އަދާކުރުމުގައި ނުކުޅެދޭނަމަ، އެބޭފުޅުން މަޖިލީހަށް ހާޒިރުކޮށް ޖަވާބުދާރީ ކުރުވާނެ ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މުގައްރިރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވީ ހުރިހާ ވަޒީރުންނަކީ ގާބިލް ބޭފުޅުންތަކެއް ކަމަށެވެ. އެހެންވެ، ގާނޫނާއި ގަވައިދުގެ ތެރެއިން ވަޒީރުން ޒިންމާ އަދާކުރެއްވުމަށް ވެސް ރިޔާޒް ވަނީ އެދިވަޑައިގެންފަ އެވެ.
ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވަޒީރުންނަށް މަސައްކަތް ކުރުމުގެ ފުރުސަތު ދޭން ޖެހޭނެ ކަމަށެވެ. އެކަމަކު، ކޮރަޕްޝަންގެ އަމަލެއް ހިނގައިފި ނަމަ، ވަޒީރުން ސަލާމަތް ކުރަން މަޖިލީހުގެ މެމްބަރުން ނުތިއްބަވާނެ ކަމަށާއި ވަޒީރުން މަޖިލީހަށް ހާޒިރުކޮށް ޖަވާބުދާރީކުރުވަން ޖެހިލުންވެވަޑައިނުގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވެސް ވިދާޅުވީ ވަޒީރުންނާ ހަވާލު ކުރި މަސްއޫލިއްޔަތުތައް އަދާކުރައްވަން ފުރުސަތު ދޭން ޖެހޭ ކަމަށެވެ. އަދި ވަޒީރުން ގޯސް ކަމެއް ކުރާނަމަ، އެކަން ނުބަލައި މެމްބަރުން ނުތިއްބަވާނެ ކަމަށް ސައުދުﷲ ވިދާޅުވި އެވެ.
ކެބިނެޓަށް އައްޔަން ކުރެއްވި ބޭފުޅުންގެ ތެރޭގައި އަންހެން ހަތް ބޭފުޅަކު ހިމެނިވަޑައިގަނެ އެވެ. މިއީ ދިވެހި ތާރީހުގައި ކެބިނެޓެއްގައި އެންމެ ގިނަ އަންހެން ބޭފުޅުން ހިމެނޭ ފަހަރު ވެސް މެ އެވެ. ނަމަވެސް، ކެބިނެޓްގެ ބައެއް ބޭފުޅުންނަށް އާންމުންގެ ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަބޭ
05 December 2018
ކޮރަޕްޓް ވެފަ ހުރި ދެމީހުންގެ މައްސަލަ އޭސީސީގަ އޮއްވަ ރައީސް އެމީހުންގެ ނަން މަޖިލީހަށް ހުށަހަޅައިގެން ވަޒީރުކަމުގެ ރުހުން ހޯދުމަކީ އޭސީސީ މެމްބަރުންގެ މޫނުމަތީގަ ހަމަ ރަނގަޅަށްވެސް އަޅާލެވޭ ތަފާއްޔެއް. އޭސީސީއަށް އޮންނާއި ސިވިލްސާވިސް ބަދިގޭން ހައިވެގެން ކޮފީބޯލަން ކޮފީސަމުސަ ނެގި ނިކަމެތި ދައިތަ ކަހަލަ ނިކަމެތިމީހުންނާ ފިޔަވަޅު އަޅާ ދައުވާކުރުންބާ؟؟؟ މީހަބަ ހިބޫ ކޮރަޕްޝަނަށް ބޮޑުތަނުން "ޔެސް" އޭ ބުނުން.
މަރިޔަމް އަލީ
04 December 2018
މަރުޙަބާ ހުރިހާ ވަޒީރުންނަށް... މަސައްކަތަށް ފުރިހަމަ އަދާކުރައްވާތި!
ސާދާސީދާ
04 December 2018
މިމަޖުލިހުން އެންމެ ޤާބިލް މީހުންނަށް އިއްތިފާޤު ނުވެވޭކަމީ މަޖުލިސްގެ ބައެއް މެމްބަރުން ޒާތީވާކަމުގެ މިސާލެއް! ތެދުވެރި އަމާނާތްތެރި އަދި ޤާބިލް މީހުން މަޖުލިހަށް ހޮވާ.
ރާއްޖެ
04 December 2018
މިއީ މިހާތަނަށްް ރާއްޖޭގެ ރައީސަކު އެކުލަވާލި އެންމެ ކަޑަ ކެބިނެޓް.
ކިއްލިބާޝާ
04 December 2018
ހިތަށްއަރާ މިހާރު ޔާމީނަށް ވޯޓުލެވުނުނަމައޭ..... ސިހުރެއް ނަހަދާ ކިއްލިވިއްކި މީހަކު މިލިޔަނަރަކަށް ވާނެކަމަކަށް މަގޭ މިކޮށި ސިކުނޑިއެއް ނުބުނޭ.
ދެބަންދިހާރު
04 December 2018
ތިބުނީ ކޮށި ވިސްނުމޭ، އެހެންވީމަ ގަބޫލެއް ނުޖުރެވޭނެ އަހަރުން މިތިބަ ވިސްނޭ މީހުނަށްވެސް ގަބޫލުނުކުރެވޭ
ޢަބްދުﷲނާފިޒް
04 December 2018
މަގުފުޅާ ތިންގަނޑު ޓިނު ވިއްކައިގެން މެލޭޝިއާއިން އެޕާޓްމެންޓް ގަނެވޭނެ ކަމަށް ތިޔަކޮށި ސިކުނޑިއަށް ގަބޫލުކުރެވޭބާ!
އުފާ ފާތިމާ
04 December 2018
ހުރިހާވަޒީރުންނަށް މަރުހަބާ ..
ޓާޒަން / ބ.ހިތާދޫ
04 December 2018
ތިއޮތީ ކޮރަޕްޝަނަށް ނޫނެކޭ ބުނެފައެއްނޫން. ތިއޮތީ ކޮރަޕްޝަނަށް އާއެކޭބުނެފާ. ރައީސް ސޯލިހަށް ސަލާމް.
ގުރުޑުވީދޯ
04 December 2018
ނަވާރަ ވަޒީރުންނާއި ބަންޑާރަ ނިއިބޭ އަށް މަޖްލީހުގެ ރުހުން ދިން ނަމަވެސް އެއިން ކެއްކޭނެ އެއްވެސް ޑޮންޑޮނެއް ނުހުންނާނެއޭ އެކަން މިހާރު ވަނީ ވަކަރަށް ޖަހާ ޓެސްޓް ކޮށްފައޭ ތަމެންގެ ވެރިކަމަށް 20 ދުވަސް ވެގެން ދިޔައިރު ރައްޔިތުންނާއި ގުޅިފައިވާ އެއްވެސް ކަމަކަށް ޕްރެކްޓިކަލް ސޮލިއުޝަން އެއް ގެނެސްދެވިފައި ނުވާތީވެ ތަމެންގެ ވެރިކަން މިހާރު ވަނީ ގުރުޑު ވެފައޭ މަމެން ބުނަން ނެތީމު ދޯ...
އަހުމދު780
04 December 2018
ތަމެން މަމެން ކިޔުމުގެ މާނައެއްނެތް.. "ކަޑަ" ކެބިނެޓަކުންވާނީ ހަމަ އެންމެނައް ގެއްލުން ތިބާވެސް ހިމެނޭގޮތައް..
މަގުފުޅާޓިނު
04 December 2018
މަޗާ 23 ސެޕްޓެމްބަރުގަ އެވަނީ ސޮލިއުޝަން ގެނެސްފަ، އެ ސޮލިއުޝަން ހަޖަމު ނުވެގެން ތިޔަތެޅެނީ، ދެން ވަރިހަމަ ބޮޑުތަނުން އެކަން އެއޮތީ ކޮށް ނިންމާފަ ދިވެހި ރައްޔިތުން ނުކުމެ، ވަރަށް ސަލާމް.