ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އައްޔަން ކުރެއްވި ސްޓޭޓް މިނިސްޓަރުންނާ ބައްދަލު ކުރައްވަނީ. --- ފޮޓޯ: ރައީސް އޮފީސް
04 ޑިސެމްބަރ 2018 - 18:26
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ތިން މިނިސްޓްރީއަކަށް އިތުރު ތިން ސްޓޭޓް މިނިސްޓަރުން މިއަދު އައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ވަނީ އެ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވައިފަ އެވެ. މިއާ އެކު، މިހާތަނަށް ވަނީ 20 ސްޓޭޓް މިނިސްޓަރުން އައްޔަން ކުރައްވައިފަ އެވެ. މީގެ އިތުރުން ރައީސް އޮފީހަށް މިހާތަނަށް ވަނީ ސްޓޭޓް މިނިސްޓަރުގެ ފެންވަރުގައި ނުވަ ބޭފުޅަކު އައްޔަން ކުރައްވައިފަ އެވެ.
1- އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު: އަބްދުﷲ ރަޝީދު ހަސަން (ފުވައްމުލަކު މާދަޑު، ވެށި)
2- ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު: މުހައްމަދު ހާޝިމް (ހއ. ދިއްދޫ، ނައިލޯނުގެ)
3- އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު: އަބްދުﷲ ނަސީރު (ސ.ހިތަދޫ، ރަށްދެބައިގެ)
މި ސަރުކާރަށް 39 ސްޓޭޓް މިނިސްޓަރުންނާއި 50 ޑެޕިއުޓީ މިނިސްޓަރުން ހަމަޖައްސަން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަޅިއޭ
07 December 2018
ކުރުދޮށީގަ އިބޫ
އުނބުށެން
05 December 2018
ޕާޓީ ސިސްޓަމާއި ޒަމާނީ ޑިމޮކްރަސީ ގެނެސްގެން ރާއްޖެއަށް ލިބުނީ ކޮންފައިދާއެއް ބާވައެވެ. ކުރީގައި ދައުލަތުގެ އާމްދަނީގެ ބޮޑުބައި ހޭދަކުރަނީ ތަރައްޤީގެ މަޝްރޫޢުތަކަށެވެ. މިހާރު ކިތަންމެ ބޮޑު އާމްދަނީއެއް ލިބުނަސް ނިސްބަތުން ބޮޑުއެއްޗެއް ހޭދަވަނީ ބޮޑެތި މުސާރަތައް ލިބޭ މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއި ސިޔާސީ މީހުންގެ މުސާރައަށެވެ. މިހާރު މިލިބޭ އާމްދަނީން ކުރިންނަމަ ލައްކަ ކަންތައް ކުރެވޭނޭ މިހާރު ހިތަށްއަރަށެވެ.
މިނިސްޓަރ
04 December 2018
މިވަރުން ދަންޏާ ސްޓޭޓް މިނިސްޓަރުކަން ނުލިބޭ މީހަކު ހިއެއްނުވޭ ތިޔަ ޕާޓީގަ އުޅޭނެހެނެއް.
ޑރ.ނަޒުނާ އަހުމަދު/ހިތަދޫ/ޔޫކޭ
04 December 2018
އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ޑރ. އަބްދުﷲ ނަސީރު (ސ.ހިތަދޫ، ރަށްދެބައިގެ)
މޯޓައުން
04 December 2018
ތަމެންނަށް ސްޓޭޓް މިނިސްޓަރުންނާއި އަދި ނައިބުން އައްޔަން ކޮށްފައި ދެން އެހެން ކަމެއް ކުރާނެ ވަގުތެއް ނެތެއް ނޫންތޭ ތަމެންނަކީ އެއީ ދައުލަތުގެ ބަޖެޓުން ބޮޑެތި ޚަރަދުތައް ކުރަން އެންމެ ރަނގަޅު އާރޓިސްޓް ކަމަށް މަމެންނަށް ފެނެއޭ ތަމެންނަށް ރަނގަޅޭ ދައުލަތެއް ބޭންކްރަޕްޓް އަރުވާލުމުގެ ރޮގުން ގްރޭމީ ލިޖެންޑް އެވޯރޑް ދޭން ތަމެން ވެރިކަމަށް އައުމުގެ ކުރިން ވެސް ތަމެންނަކީ ބޭންކްރަޕްޓް ކަންކަން ކުރާ މީހުންނޭ އިޓް ޑޯން މެޓަރ ތަމެން ބިއްލޫރި ފުޅި ރައީސް
ނުކިޔަވާ
04 December 2018
ހެޔޮނުވާނެ ތިޔަހުރިހާ ވަޒީފާތަކެއްދީފަ އިންޑިޔާއިން އެހީނުހޯދާތި ދުނިޔޭގެ އެހެންގައުމަކުންހޯދިޔަސް، މިގައުމަށް ހަސަދަވެރިވާ ބޭނުންވީމަ ބޭނުގޮތަކަށް އެއްވެސް އިހްތިރާމެއް މިގައުމަށްނުކުރާ ބަޔެއްްގެކައިރިން އެހީހޯދުމަކީ އަހަރަމެން އެދޭކަމެއްނޫން! އަދިބުނަން އެހީގެ ހެލިކަޕްޓަރުވެސް އިންޑިޔާ ސިފައިންނާއެކީ މިގައުމުން ބޭރުކުރޭ ރައްޔިތުން ރުޅިނައަންނަނީސް!
ހަކީމް
04 December 2018
މާތް ކަލާކޯ ... މީދައުލަތަށް ބަލަދު އަރާފަ ތިބޭ ބަޔެއްތަ. 39 ސްޓޭޓް މިނިސްޓަރުންނާއި 50 ޑެޕިއުޓީ މިނިސްޓަރުން ...
ހުތާ
04 December 2018
މިގަދަ މަގާމުތަކަށް އައްޔަން ކުރާ ޚަބަރުތަކުގައި މީހާގެ ލަގަބު ނުވަތަ ތައުލީމީ ފެންވަރާއި ތަޖްރިބާގެ ކުޑަނަމަވެސް މިންވަރެއް ގެނެސްދިނުމަކީ މުހިންމުކަމެކެވެ. މިތިން ބޭފުޅުންގެ ތެރެއިން ދެބޭފުޅުންނަކީ ޑރ. ލެވެލްގެ ބޭފުޅުންނެވެ. ތިންބޭދުޅުންނަށްވެސް މަރުހަބާ ދަންނަވަމެވެ. އަދި ގާބިލްކަން ދައްކައި ތަފާތު ދައްކަވާނެކަމަށް އުއްމީދު ކުރަމެވެ.