ކެބިނެޓް ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު މަޝްވަރާ ކުރައްވަނީ. --- ފޮޓޯ: ރައީސް އޮފީސް
04 ޑިސެމްބަރ 2018 - 18:49
ލާމަރުކަޒީ ގާނޫނުގެ ދަށުން ސިޓީ ކައުންސިލަށް ލިބޭ ބާރުތަކާއި، ސިޓީ ކައުންސިލުން ފޯރުކޮށްދޭ ހިދުމަތްތައް ވަޒީރުންގެ މަޖިލީހުން އަލުން މިއަދު ކަނޑައަޅައިފި އެވެ.
ރައީސް އޮފީހުން ބުނީ ކުރީ ސަރުކާރުގެ މިނިސްޓްރީތަކަށް ބަދަލު ކުރި، ސިޓީ ކައުންސިލުގެ ބާރުތަކާއި، ސިޓީ ކައުންސިލުން ދޭ ހިދުމަތްތައް، އަލުން ސިޓީ ކައުންސިލުތަކަށް ބަދަލުކުރުމުގައި، އެ ވުޒާރާއަކާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން ކުރިއަށް ގެންދިއުމަށް ކެބިނެޓުން ނިންމާފައިވާ ކަމަށެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުން. --- ފޮޓޯ: ރައީސް އޮފީސް
ލާމާރުކަޒީ ނިޒާމުގެ ތެރެއިން އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި ބޮޑެތި ބަދަލުތަކެއް ގެނެސް ކައުންސިލްތަކުގެ ބާރު ކަނޑުވާލި އެވެ. އެގޮތުން ކައުންސިލްތަކުގެ ބައެއް މަސްއޫލިއްޔަތުތައް ވަނީ ސަރުކާރުގެ އެހެން އިދާރާތަކާ ހަވާލުކޮށްފަ އެވެ.
އަލަށް ސިޓީ ކައުންސިލްތަކަށް ދިން ބާރުތަކުގެ ތެރޭގައި އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ރިކޯޑް ބެލެހެއްޓުމާއި ސަރުކާރުގެ ކަމާބެހޭ އިދާރާ އިން އަންގާ ގޮތެއްގެ މަތިން ތަފާސް ހިސާބު ނަގައި ބެލެހެއްޓުމާއި ސިޓީއެއްގެ ރަޖިސްޓްރީގައި ރަށްވެހިފައިވާ މީސްމީހުންނާއި ރަށްވެހި ނުވެ، ދިރިއުޅެމުންދާ މީހުންނާއި އެ ސިޓީގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު ބެލެހެއްޓުން ހިމެނެ އެވެ.
އެކަށީގެންވާ ރައްކާތެރި ގޮތެއްގައި ކުނި ނައްތާލުމާއި މަގާއި ޕާކުތަކާއި މައިދާން ފަދަ ތަންތަން ހުޅުވުމާއި ބަންދު ކުރުމާއި ރާއްޖޭގެ ގާނޫނުތަކާ އެއްގޮތަށް ފިހާރަތަކާއި ހޮޓާތަކާއި ރެސްޓޯރަންޓުތަކާއި ކެފޭތަކާއި އާންމު މާރުކޭޓުތަކުގެ ކަންކަން ހުރޭތޯ ބެލުން ވެސް އަލަށް ކައުންސިލްތަކަށް ދިން ބާރުތަކުގެ ތެރޭގައި ހިމެނެ އެވެ.
ސަރުކާރުން ސިޓީއެއްގެ ގޮތުގައި ކަނޑައަޅާފައި އޮތީ މާލެ އާއި އައްޑޫގެ އިތުރުން ފުވައްމުލަކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްޔު
05 December 2018
ރައްކާތެރި ގޮތެއްގައި ކުނި ނައްތާލުމާއި މަގާއި ޕާކުތަކާއި މައިދާން ފަދަ ތަންތަން ހުޅުވުމާއި ބަންދު ކުރުމުގެ ބާރުތަށް ނަގާފައިވަނީ ރަނގަޅަށް. މިހެން ބުނަންޖެހޭ ބައިވަރު ސަބަބު އެބައޮތް 2008އިން 2014 އަށް ކައުންސިލް ދަށުގައި މިހުރިހާ ކަމެއް އޮވެގެން ކުރެވުނު ކަމެއް ފެންނާން އެބައޮތްތޯ؟ ސަރުކާރަށް ތި ބާރުތަށް ނެގުމުން ޔަގީނުން މާލޭގެ އަދި ރާއްްޖޭގެ އެކި ރަށްރަށުގައި ކުނިމެނޭޖްވެއްޖެ މާލޭގައި ކިތަށް ޕާކްހެދިއްޖެ އަލުން ބާރުތަށް ދިނަސް ވާނެބާ؟؟
އަލީކޮއެ
05 December 2018
މުޅިން އޮޅުވާލާފަ މިއޮތީ.
ސަލީ4559
05 December 2018
ކައުންސިލް ތަކުގެ ޒިންމާ އަކީ މުނިސިޕަލް މަސައްކަތްކުުރުން. އެކަމަކު ބައެއް ކައުންސިލް ތަކަށް ހިވާކަހަލަ ސަރުކާރު ހިންގުމުގެ ބާރުން ބައެއް ލާމަރުކަޒީ ކުރަންޖެހޭ ކަމަށް. ރާއްޖޭގެ ލާމަރުކަޒީ ނިޡާމަކީ ޕްލިޕިންސް އިން މިސާލު ނަގައިގެން ހަދާފައި އޮތް އަމިއްލަ ނިޡާމެއް. މިއީ އެއްވެސް ގޮތަކަށް އިންޑިއާ، ޔޫ.އެސް ފަދަ ފެޑްރަލް ލާމަރުކަޒީ ނިޡާމެއް ނޫން. މިހާރު ނޫސް އިން މިކަމާއި ގުޅޭ ފުރިހަމަ އާރޓިކަލް އެއް ގެނެސް ދިނުން އެދެން.
ދީމާހު
05 December 2018
ތިޔަ ދިނީ މުނިސިޕަލް މަސައްކަތްތައް ދޯ. ހެހެ
ޑރ.ފަޒުނާ/ހިތަދޫ/ސ.އެފުރިކާ
05 December 2018
ހަގީގަތުގައި މައުމޫނު .ޔާމިނު ރާއްޖެ ތަރައްގި ކުރިގޮތާއި މެދު ވަރައް ނަފުރަތުކުރަން..އަޅުގަނޑުމެންވެސް އަމިއްލަ ގައުމުގައި ވަޒިފާ އަދާކުރަންބޭނުން ނަމަވެސް މިކަންވެސް ބައްޓަންކޮށްފައިވަނީ މާލެއަށް ލިބޭފައިސާކޮޅު އަޅޭގޮތަށް. މަނިކުފާނުގެ ކެބިނެޓުގައި ނެތްފެންވަރުގެ ގާބިލު ތަޢުލިމީ ތަޖުރިބާ ބޭފުޅުން ކައުންސިލްތަކުގައި އެބަތިބި. ގާނޫނާއި އެއްގޮތަށް ލޯކަލްސަރުކާރުހިންގަން މަނިކުފާނުގެ ކެބިނެޓުގެ އެޕުރޫލްބޭނުންނުވޭ.ވ ކައިރީންބަލަން މިތިބީ/ ބިރުނުގަނޭ
ޑރ.ނަޒުނާ/ހިތަދޫ/ޔޫކޭ
05 December 2018
މަނިކުފާނު ރިޔާސި އިންތިޚާބުގައި ވިދާޅުވަމުން ގެންދެވީ ވައުދެއްގެ ގޮތުގައި،!!! ޔާމިނު ގާނޫނާއި ގަވާއިދާއި ޚިލާފަށް މަޖީލީހަށް ރައްޔަތުން ފޮނުއްވައިފައި ތިބި އެހާމެ ރައްޔަތުންގެ ލޯބި ހޯއްދަވާފައިވާ މެމްބަރުން މެދުވެރިކޮށް ލޯކަލް ގަވަރމަންޓުގެ ގާނޫނުނަށް ގެނައި ބަދަލުތައް އަލުން މޮހެލައްވާނެކަމަށް، މަނިކުފާނުގެ އަމިއްލަ ކެބިނެޓުން އަޅުގަނޑުމެނަކަށް ބޭނުމެއްނުވޭ އެއްވެސް ރުހުމެއް. ލޯކަލް ގަވަރ ގާނޫނު ހިންގިޔަދީ..ބިރު ނުގަނޭ މާލެއަކީވެސް ވަކިރަށެއް.
Haruge
05 December 2018
ޖަޒީރާ ރާއްޖެ ފަޅުރައްތަކަށްވެސް ބޮމްބޭ ސިޓީގެ ދަރަޖަ . ރަގަޅު.
ޢަލީ ހަސަން
04 December 2018
ހެހެހެ.. މޮހޮނަށް އޮޑި ދިންހެން ދެއްތޯ!
ޔޫނުސް22
04 December 2018
ތީނަމެއްގާދިން ބާރުތަކެއްނުން. ޕ. ސާލިހް އަލުން ރީކޮންސިޑަރކުރައްވާ! ނޫނީ ސިޓީ މޭޔަރުންގެ އެއްވެސް ހައިބަތެއްނެތެއްނުންތޯ!
މާރަނގާ - އައްޑޫ ސިޓީ
04 December 2018
ޤާނޫނީ ބައިންޑެއްގެދަށުން “އައްޑޫރައްޔިތުންގެ މެދުގައިބޭއްވިވޯޓަކުން އައްޑޫރައްޔިތުން އައްޑުއަށްސިޓީއެއްގެދަރަޖަ ދޭންޖެހޭނެކަމަށްބުނެ އިއްތިފާޤުވެފައިވާފަދައިން” މަލްޑިޕާޓީ ޑިމޮކްރެޓިކްވެރިކަމުގެނިޒާމްގައި ސިޓީތަކުގެމައްޗަށް ޑިސެންޓްރަލައިޒް ބާރުދޫކޮށްފައިވާއެންމެމަތީދަރަޖައަށް އަހަރުމެނަށް އަހަރުމެންގެކަންކަންނިންމުމުގެ އެންމެހާޙައްޤުތަކާއި ބާރުވެރިކަންދޭންޖެހޭނެ. * * މާދުރުގައިއޮތް ރަށްގަނޑެއްގެ އޯޑަރުނުލިބިގެން ކަންކަންލަސްކޮށްގެންނުތިބެވޭނެ.