މާލޭގައި މިއަދު ވެހުނު ވާރޭގައިި ގިނަ މަގުތަކެއްގައި ވަނީ ފެންބޮޑުވެފައި
05 ޑިސެމްބަރ 2018 - 21:27
މިއަދު ހެނދުނުން ފެށިގެން ހަވީރާ ހަމައަށް މެދުކެނޑުމެއް ނެތި މާލެ އަށް ވެހުނު ބޯ ވާރޭގައި މަގުތަކުގައި އާދަޔާ ޚިލާފަށް ފެން ބޮޑުވެ، އޭގެ އަސަރުކުރި ސައިކަލްތައް ހިލޭ ސާވިސް ކޮށްދިނުމަށް ލިޓަސް އިން ނިންމައިފި އެވެ.
ލިޓަސްގެ މާކެޓިން މެނޭޖަ އާސިފު ރަޝީދު ވިދާޅުވީ، މާލެއަށް ކުރި ވިއްސާރައިގައި ގިނަ ސައިކަލްތަކަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި ސައިކަލްތައް ސާވިސް ކުރުމަށް އެދި ގިނަ ބަޔަކު އެ ކުންފުންޏަށް ގުޅަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އާސިފް ވިދާޅުވިގޮތުގައި، ސައިކަލްތަކަށް ހިލޭ ސާވިސް ދިނުމަށް ނިންމީ ފެންބޮޑުުވުމާ ގުޅިގެން، އާންމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމުގަ އެވެ.
"މާދަމާ ހެނދުނު 8:30 ން ފެށިގެން ރޭގަނޑު 10:00 އަށް ހިލޭ ސާވިސް ކޮށްދެވޭނެ. ފެނުގެ ތެރޭގައި ސައިކަލް ހުރި ކަން އަންއިގައިދޭ ފޮޓޯއެއް ފަދަ އެއްޗެއް ހިފައިގެން އައުމަކީ ވަރަށް ބޮޑު އެދުމެެއް،" އޭނާ ވިދާޅުވި އެވެ.
ލިޓަސް ސާވިސް ސެންޓަރު ހުންނަނީ ހަދީބީ މަގުގަ އެވެ.
މާލެއަށް މިއަދު ވެހުނު ބޯ ވާރޭގައި މުޅި ސިޓީގައި ފެން ބޮޑުވެ، ގޭގެ އަށް ފެން ވަދެ، 160 އާއިލާ އަކަށް ވަނީ އޭގެ އަސަރު ކޮށްފަ އެވެ. އަދި ބައެއް އާއިލާތައް ސަރުކާރުން މިހާރު އަންނަނީ ބަލަހައްޓަމުންނެވެ. މީގެ އިތުރުން، ޕާކް ކޮށްފައި ހުރި ސައިކަލްތައް ވެއްޓި ބޮޑެތި ގެއްލުންތަކެއް ވެސް ވެފައި ވެ އެވެ.
މި ފަހުގެ ތާރީޚެއްގައި މާލޭގެ މަގުތަކުގައި ފެން ބޮޑުނުވާ މިންވަރަށް ފެމް ބޮޑުވުމާ ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް ސަރުކާރުން މިހާރު އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ކަލާފާނު ސްކޫލްގައި ވަނީ ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް ސެންޓަރުގެ ބައެއް ގާއިމްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަންނު
06 December 2018
ލިޓަސް ވަރެއް ހަމަނެތޭ ބުނެވޭނީ.
ފޮސްކަލޯ
06 December 2018
މިގައުމުގައި ހުރިހާކަމެއް ހިލޭ؟ ދެން ކީކޭ ބުނާނީ...ރުފިޔާފައިސާއިން ނުކޮށް ކުރާނެ ކަމެއް ނޭގިގެންތަ ތިޔައުޅެނީ….ދަރަންޏޭ ކިޔާއިރު ނިދާފަތަ ތިބެނީ...ހަކުރުދެންޏާ ބޮޑުބޭބެމެން ހަދާތީ މުޅިމުޖުތަމައު ހަލާކުގެ ތެރެއަށްވެއްޓީ މުޅިޒުޥަން ޖީލު ކަންނެތްކަމުގެ ތެރޭ ކޮފީމޭޒުމަތީން 24 ގަޑިއިރުނޭރިގެން އެއުޅެނީ..އިބޫ މިކަންތައް ހުއްޓާލާ ހަމަމިހާރު
ފޮސްކަލޯ
06 December 2018
އިބޫ ވިޔަފާރިވެރިންކައިރީ ބުނޭ މާކެޓް ސްޓަންޓް ނުޖައްސާ މިކަންތައްތައް ހުއްޓާލާށޭ އިނގޭ..އެލެކްސް ރުޅިނާރުވާތި މިހާރުވެސް އެލެކްސް އެވަނީ ޒީރޯ ކާބަން ގައުމަކަށް ހަދަން ބޭރުދުނިޔޭގައި..
ރޮކެޓް ސައިންސް
06 December 2018
އިންޝުއަރެންސް އަކީ ކީއްކުރަން ކުރާ ބޭކާރުކަމެއްބާ
އުސޫލް އަދި އިންސާފް
05 December 2018
ސައިކަލްތައް ދުއްވަނީ އަހަރީ ފީ އަދި ރޯޑްވާދިނަސް ހަދައިގެން، ފާކިންގް އިސްޓިކާޔަކަށް 700ރ ޖުރްމަނާ، ފާކްކުރާނެ ތަނެއްނޯވޭ، މަގުތައް ހުރީކީ އުޅަދުފަަހަރު ދުއްވޭފަދަ ހާލަތެއްގަޔެއްނޫން، އެކަމަކު ރައްޔިތުމީހާގެ އަތުން ފެލާފަވެސް މިފައިސާނަގާނެ ކޮބާތޯ ކިހިނެއްތޯ މިވަނީ، ކުދިވިޔަފާރިތައް މިރާއިން އަންދާޒާކުރާ ނަގާ ، ބެންކްރަޕްސީ ގަވައިދެއްނޯވޭ މިޔައްކިޔަނީ ސިސްޓަމެޓިކް ސްލޭވަރީ،މިޔަދު އުޅަނދުތައް ހަދަން ކޮބާތޯ އިންސޯރަންސް. ސިސްޓަމެޓިކް ރޮބަރީ
ރަބަރީ
06 December 2018
އަހަރެންގެ ދެފައިގަ ރޯޑުވާތިނަސް ސްޓިކާ ޖަހާކަށް ނުޖެހޭ. ދެފަޔަށް އަހަރީ ފީ ދައްކާކަށް ވެސް ނުޖެހޭ. އެކަމަކު ސައިކަލުތަކާ ހެދު ޕޭވްމަންޓަށް އަރައިފިއްޔާ ފޭބޭކަށް ނޯވޭ، ފައިބައިފިއްޔާ އެރޭކަށް ނޯވޭ. ޕޭވްމަންޓު ނުހުންނަ ހަނި ގޯޅިތަކުން ހިނގަންޖެހެނީ ފުރާނައަތައް ލައިގެން ސައިކަލުތަށް އަރިއަރިއަށް ގަޔާދިމާލަށް ދުއްވާތީ. އެހެންވީމާ އަހަރެން ގޯވާލަނީ އަދިވެސް ސައިކަލާ ކާރުގެ ފީތަކާ ޑިއުޓީތަކާ ބޮޑުކުރަން. އަދި މަގުމަތީ ހިލޭ ޕާކުނުކުރެވޭ ގޮތަށް ހަދަން.
ޢެޑްމުންޑޯ
05 December 2018
އެލިޔާއިންވެސް މިފަދަ ސަރވިސް އެއްދީބަލަ
ސައިކަލު ހަލާކުވަނީ
05 December 2018
ލިޓަސް އިން ތިޔަ ދެއްވާ އެހީއަށް ނިހާޔަތަށް ޝުކުރު ދަންނަވަން. ޥަރަށް ދީލަތިފުޅު އެހީއެއް.
ލުބޯ އަދާންފުޅު
05 December 2018
މިއަދު ލިޓަސްއަށް ވެހުނު ހުރިހާވާރޭ ދިޔައީ އެމީހުންގެ ފެންޓޭންކުތަކަށް ކަންނޭގޭ. އެއެއްޗެހިތައް ފުރިގެން ބަންޑުންވަނީ
މާޓީން ބަޝީރު
05 December 2018
ރިކޯޑްތައް ދައްކާގޮތުން އެވްރެޖުކޮށް ރާއްޖެއަށް އެންމެ ގިނައިން ވާރޭވެހެނީ ސެޕްޓެމްބާރމަހު. އެއީ ގާތްގަޑަކަށް 243 މިލިމީޓަރުގެ ވާރޭ. މިއަދު ހެދުނުން ފެށިގެން ހަވީރަށް ސެޕްޓެންބާރ މަހުގެ ވާރޭގެ 60 ޕަސަންޓް ވެހިއްޖެކަމަށް ވަނީ. އެއީ ގާތްގަޑަކަށް 149 މިިލިމީޓަރުގެ ވާރޭ.