އިއްޔެ ފެށި ރާއްޖެ ސާފުކުރުމުގެ ބޮޑު ޕްރޮގްރާމުގައި، ބަޔަކު މާލޭގެ މަގެއް ސާފުކުރަނީ-- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
09 ޑިސެމްބަރ 2018 - 13:03
މާލޭގެ މަގުތަކަށާއި އެނޫން ވެސް ތަންތަނަށް ކުނި އަޅާ މީހުންގެ ނަން ހާމަކުރަން ނިންމީ އެގޮތުން ވެސް އެކަން ހައްލުކުރެވޭތޯ ބަލަން ކަމަށް އެންވަޔަރްމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މިއަދު ބުނެފި އެވެ.
އީޕީއޭގެ ޑިރެކްޓަ ޖެނެރަލް މުހައްމަދު ނައީމް ވިދާޅުވީ ގަވާއިދާ ހިލާފަށް އެކި ތަންތަނަށް ކުނި އަޅާ މީހުން ދެނެގަނެވޭނެ އެކި ގޮތްތައް ބަލަމުން އަންނަ ކަމަށެވެ.
"ގަވާއިދާ ހިލާފަށް ކުނި އެޅީމަ ޖޫރިމަނާ ވެސް ކުރޭ. އެކަމަކު އެހެން އަޅާހާ ކުންޏެއް ނަގަމުން މި ދަނީ. ނަން ހާމަކޮށްގެން ނަމަވެސް މައްސަލަ ހައްލުކުރުން ބޭނުމަކީ،" ނައީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގަވާއިދާ ހިލާފަށް ކުނި އަޅާ މީހުން ހޯދުމަކީ އުނދަގޫ ކަމެކެވެ. ނަމަވެސް އެކި ސަރަހައްދުތަކުގައި ކެމެރާ ހަރުކޮށްގެން ވިއަސް ކުނި އަޅާ މީހުން ދެނެގަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުންޏަކީ މާލެއަށާއި ރާއްޖޭގެ އެހެން ހިސާބުތަކަށް ދިމާވެފައިވާ އިޖުތިމާއީ އެންމެ ބޮޑު މައްސަލަ ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.
މުޅި ރާއްޖެ ސާފުކުރަން ފެށި އާ ޕްރޮގްރާމް އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ އެކަން ހައްލުކުރުމުގައި އެންމެންގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފީބީ ބުފޭ
10 December 2018
ސައިކަލު ފަހަތުގަ އިނދެގެން ސުޕާރީ ކައިފަ މަގުމައްޗަށް އެއްލާލާ މަންޒަރު އެބަހުރި ވަރަށް ގިނައިން ފެނިފަ. އަހުލާގެއް ނެތީ ހަމަ އެއްވެސް ވަރަކަށް.
ފޫހި
10 December 2018
ކުނިއަޅާ މީހުން އެނގެންޏާ ނަން އާއްމުނުކޮށް ނިކަން ބޮޑު ޖޫރިމަނާއެއްކޮށްބަލަ. އެކަމަކު މި ޤައުމުގައި އުޅޭނެ ޤާނޫނު ނުހިނގާ އަދި ޤާނޫނާ ޖެހުމުން ހަމްދަރުދީވާންޖެހޭ ބޭރު ގައުމެއްގެ ބައެއް. އެމީހުން މުޅި މަގުތަކަށް ކުޅުތަޅަނީ. އެމީހުން ދިރިއުޅޭ ތަނަކާ އިންވެގެން ދިރިއުޅުމަކީ ބޮޑުވޭނެއް. އާއްމު ސިއްހަތު ސަލާމަތްކުރަން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކުރާހާވެސް ކަމަކީ ޤަވާޢިދުން ހިންގާ ކެފޭތައް ޖޫރިމަނާކުރުން. ހުއްދަ ނުހޯދާ ކާނާ ތައްޔާރުކުރުންއޯކޭ
ހޮޓްކިންގ
10 December 2018
އޮފީސްތަކަށް މަސްތައް އެޅުމާއި މަގުތަކަށް ކުނި އެޅުމަކީ އެމްޑީޕީން ދެއްކި ނަމޫނާ.
ޅަބޭ
10 December 2018
މުޅި ރަށުތެރޭ ވެރިކަންކުރާ ޕާޓޭންނާ ގުންޑާއިންނާ ކުޑަކުދިނާ ޖިންސީ ގުޅުން ހިންގާ މީހުން މައިތިރި ނުކުރެވުނު ބަޔަކައް ކުނި އަޅާމީހުން މައިތިރި ކުރެވޭނީ ކިހިނެތް؟؟! މިއަދު ސުވާލު.
އެހެންތަ
10 December 2018
އެހެންތަ. އެހެންވިއްޔާ ނަން ހާމަކުރޭ. ތިޔަ ލިސްޓުވެސް ވާނީ ސައިކަލް ޕާކިންގ ސްޓިކަރަށްވީގޮތަށް. އެންމެންގެ ނަން ލިސްޓަށް އެރީމާ އެކަމާ ދެރަވާނީ ކާކު؟ ދެން ވާނެ ގޮތަކީ ކުށްވެރިންނަށް ވަޒީފާ ނުލިބޭތީ ކުށް ފޮހެލިގޮތަށް ނަން ލިސްޓުން ނަން ފޮހެލަންޖެހޭނީ. މިއީ ދިވެހިރާއްޖެ. މި ދިވެހިރާއްޖޭގައި ތަރައްޤީވާނީ އަތުގައި އޮންނަ ފޯނު، ލައިގެން ހުންނަ ޖީންސް، މީހާ ތަރައްޤީއެއް ނުވާނެ.
ދަންނަމީހާ
10 December 2018
މަގުމައްޗަށް ކުނި އެޅުން ހުއްޓުވުނައްޓަކައި، ފުރަތަމަ ކޮންމެ ފިހާރަ/ސައިހޮޓާ ކައިރީގައި (އެފަރާތް ޒިންމާ ކުރާ ގޮތަށް) ކުނިއަޅާ ބިންތައް ބެހެއްޓުން. މަގުމައްޗަށް ކުނިއަޅާ މީހުންގެ ނަން ހާއްމަ ކުރުމުގެ ބަދަލުގައި ކުނިއަޅާ މީހަކު އެގިއްޖެނަމަ އެމީހަކު ލައްވާ އެކުނި ނެގުން، ނުނަގައިފިނަމަ، ޖޫރިމަނާ ކުރުން... ( ޖޫރިމަނާ ކުރުމުގެ ބޭނުމަކީ އކަން ހުއްޓުވުން....)
ސޯލްޓް
09 December 2018
ކުނިއަޅާ ބިންތައް އެކިސަރަހައްދުގައި ބަހައްޓާ އެތަކެތިން ކުނިޖަމާވުމުން އަވަސް އަވަހަށް އުކާލެވޭ ނިޒާމެއް ހެދިގެން ކުނި އެޅުން ހުއްޓުވޭނީ އަދި ފިހާރަ ކެފޭތަންތަން ހިންގާމީހުން ޒިއްމާވާން ވީ އެސަރަހއަދެއްގައި ކުނިޖަމާކުރާ ބިންތައް ބަހައްޓަން.
ގޫގުލާ
09 December 2018
ތިކަން ތިހެން ވެއްޖެއްޔާ ކިތަންމެހާވެސް ރަނގަޅު.. މިއުޅެނީ ތި ކެމެރާތައް ކުރިމަތީ ހުންނަ އަގުބޮޑު ސައިކަލްތައް ވަގަށް ނަގާއިރުވެސް މާބޮޑު ކަމެއް ނުކުރެވިގެން ސްޓެޓިކްސްޓިކް ބެލެހެއްޓުން ފިޔަވާ.. ހާދަހާ ސައިކަލެއް ކޮންމެ ދުވަހަކުވެސް ޖަހަޔޭ އެމްވީ ލޮސްޓުގަ..
ޒެޑް
09 December 2018
ކުޅުތަޅާ މީހުންގެ ނަން ވެސް ހާމަ ކުރަންވީ
ތުއްތުނާ
09 December 2018
ކުނި އަޅާ މީހުން ނަން ހާމަ ނުކުރުމަށް ވުރެ ވީޑިއޯ ކޮށްފައި ސޯޝަލްމީޑިއާތަކުގައި ފެތުރުން ނަތީޖާ ރަނގަޅުވާނެ.........