ޗައިނާގެ ރައީސް އާއި ރާއްޖޭގެ ކުރީގެ ރައީސް ޔާމީން ސަލާމް ކުރައްވަނީ: ޗައިނާއަށް އޮތް ދަރަނި ބޮޑު -- ފޮޓޯ: ރައީސް އޮފީސް
10 ޑިސެމްބަރ 2018 - 21:35
ރާއްޖެ ދަރަނިވެރިވާ ގޮތަށް ނުވަތަ ރާއްޖޭގެ މިނިވަންކަމަށް ގެއްލުންވާ ގޮތަށް ނަގާފައިވާ ލޯންތަކާއި އެއްބަސްވުންތައް މުރާޖާކުރަން ހާއްސަ ކޮމެޓީއެއް އެޓާނީ ޖެނެރަލް އޮފީހުން މިއަދު އެކުލަވާލައިފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ 100 ދުވަހުގެ ވައުދުތައް ފުއްދަން ކުރާ މަސައްކަތްތަކާ ގުޅޭ ގާނޫނީ އޮނިގަނޑާ ބެހޭ ބައެއް މައުލޫމާތު ހާމަކޮށް އެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އެއްބަސްވުންތައް މުރާޖާކޮށް އަލުން މަޝްވަރާކޮށް ބަދަލު ގެނެވޭނެ ފުރުސަތު އޮތްތޯ ބަލަން ކަމާ ބެހޭ އިދާރާތަކާ ގުޅިގެން، އެ ކޮމިޓީން މަސައްކަތް ކުރާނެ ކަމަށެވެ.
އެކަމަކު އެ ކޮމެޓީގެ މެމްބަރުންގެ އަދަދެއް އަދި ހިމެނެނީ ކިތައް ބޭފުޅުންނެއްކަމެއް ހާމައެއް ނުކުރެ އެވެ.
އޭޖީ އޮފީހުން ބުނީ ބަލަމުން އަންނަ އެއްބަސްވުންތަކުގެ ތެރޭގައި ލޯނުގެ އެއްބަސްވުންތަކާއި ސޮވެރިން ގެރެންޓީތަކުގެ އެއްބަސްވުންތަކާއި އާއްމު ހިދުމަތްތަކާ ގުޅޭ އެއްބަސްވުންތަކާއި ޓޫރިޒަމް ދާއިރާގެ އެއްބަސްވުންތައް ހިމެނޭ ކަމަށެވެ.
އެ އެއްބަސްވުންތައް ހަދާފައި ވަނީ ގާނޫނާއި ގަވައިދުގެ ތެރެއިންތޯ ބަލާނެ ކަމަށް ވެސް އޭޖީ އޮފީހުން ބުނެ އެވެ.
"ގައުމުގެ ސިޔާދަތަށް ގެއްލުންވާ ގޮތަށް އެކުލަވާލައި ސޮއިކޮށްފައިވާ އެއްބަސްވުންތަކެއް ވާ ނަމަ އަލުން އެ އެއްބަސްވުންތައް ރީ-ނެގޯޝިއޭޓް ކުރުމުގެ ފުރުސަތު އޮތް މިންވަރެއް ދެނެގަނެ، އެ ފުރުސަތު އޮތް އެއްބަސްވުންތައް އިސްލާހު ކުރެވޭނެ އެވެ،" ބަޔާނުގައި ބުނެފައިވެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންގެ ދަރަންޏާއި ގެރެންޓީގެ ގޮތުގައި 3.7 ބިލިއަން ޑޮލަރު (57 ބިލިއަން ރުފިޔާ) ނަގާފައިވާ އިރު، އޭގެ ތެރެއިން 1.4 ބިލިއަން ޑޮލަރު ހޯދީ ޗައިނާ އިން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖުހާ 2
11 December 2018
މިނިވން ކަމޭ ކިޔާ އިރު ފުރަތަމަ އިންޑިއާ ސިފައިން މިތަނުން ބާލަބަލަ. ރާއްޖޭގެ މިނިވން ކަަަމައް ބުރޫ އަރާ އެބަ
ހާޖީ
11 December 2018
މިސަރުކާރަކީ އޮޅުވާލުމާ މަކަރުވެރިކަން އިންތިހާއަށް ކުރާނެ ސަރުކާރު. އެހެންވެ ހިތަށްއަރާނެ އެހެން މީހުންވެސް މިގޮތަށޭ ކަންތައް ކުރާނި. އޮޅުވާލި ވޯޓްން އައި ސަރުކާރެއް.
އަލިހަންޖާ
11 December 2018
އިންޑިއާގެ ހެލިކޮޕްޓަރ އެއްބަސް ބުން ގައުމީ ސަލާމަތަށް ނުރައްކާ ނުވޭ ދޯ ކަލޭމެނަށް؟ ކަލޭމެންގެ ސަރުކާރުގަ ކޮށްފަ އޮތް ކަމަކަށް ވީމަދޯ؟ އެއްސަރުކާރުން އައިސް އަނެއް ސަރުކާރުން ކޮށްފަ ހުންނަ ކަންކަން ނިއުޅާ ތަޅާ ސުންނާފަތި ކުރަންޏާ ކޮބާ ކުރި އެރުމަކީ؟
Haruge
11 December 2018
ދަރަންޏަށް ފައިސާނަގާހިސާބުން އެ ދަރަނި އަދާކުރެވެންދެން އެއޮތީ ދަރަނިވެފަ.ބަލަންޖެހޭ ކަމެއްނެތް. ޢެކަމު ޤައުމުގެ މިނިވަންކަމާއިސްތިޤްލާލު ގެއްލޭފަދަ އެގްރީމެންޓް ހުރިނަމަ ކެންސަލްކުރަން ޖެހޭނެ.މިސާލަކަށް އެހެން ޤައުމިއްޔަތެއްގެންނަން އުޅޭމީހާ ޖީއެމްއާރ އަށްއެއަރޓްދިންގޮތަށް. މިހާރުވެސް 1ބިލިޔަން ޑޮލަރު އިންޑިޔާ އިން ހޯދަން އުޅެނީ ޤައުމުގެ މިނިވަންކަމާ އިސްތިޤަލާލް ގެއްލޭ ގޮތަށް ވަރަށް މަކަރުވެރިގޮތަކަށް އިންޑިޔާކަޑުފިތުނަވަނީ އިންޑިޔާގެސަބަބުން
ހޮޓްކިންގ
11 December 2018
5 ވަނަ ގިޔަރުގައި ހިންގި ތަރައްގީ ކުއްލިއަކަށް ބުރަކި ޖެހިއްޖެ. ދެން ފެންނަނީ ހުސް ކޮމެޓީއާއި ކޮމިޝަން އުފައްދއިގެން ގޭސްގަނޑު އަނބުރަން އުޅޭތަން. އިބޫގެފުށުން ފެންނަނީ ބަޔަކު ކައިރިޔަށް ލައިގެން ވަރުބަލިކަންމަތީ ވެރިކަން ހިންގަން އުޅޭތަން. ދެން ފެންނަނީ އަބަދު މީހުންގެ ދަރިން އުރައިގެން ސެލްފީނެގުން. މިނޫން ކަމެއްނެތް.
ހޮޓްކިންގ
11 December 2018
ތިހާވަނީ ހަޑި. ތިގޮތަށް އުޅުނު ލަންކާ ސަރުކާރު ބަދަލުވީމާވެސް. ކޮންތާކު ޖެހުނީފަހުން. އިބޫގެނެތް ތިބުނާ ހިންގުންތެރި އިގްތިޞާދީ ވިސްނުމެއް. ތިހެން ކޮންމެ ކަމަކަށް ކައުންސިލެއް ހަދައިގެން އުޅެންޏާ ޖެހޭނީ އެއްކަމެއްވެސް ނުކޮށް މައްސަލަ ބަލަން ދައުރު ނިމެންދެން ހުންނަން. ގައުމުތަކާއެކު ވެފައި ހުރީއަކީ އިބޫބޭނުންވާއިރަށް ބަދަލު ކުރެވޭނެ އެއްބަސްވުންތަކެއް ނޫން. ރާއްޖެތެރެއަށް ގޮސް މީހުންގެ ދަރިން އުރިޔަސް ރަށްތަރައްގީއެއްނުވާނެ.
ހެލިކޮޕްޓަރު ދުއްވާހިތްވާކުއްޖާ
11 December 2018
ތިޔަ ސަކަރާތް ނުޖަހާ މިގައުމުގަ ބަގުބައްދައގެން ތިތިބަ އިންޑިޔާ ސިފައިން ބޭލޭތޯ ބަލާދީ.. މިތަނަށް ހެލިކޮޕްޓަރެއްދިންނަމުގެ މޮހޮނަށް އޮޑިދިންހެން މިތާތިބޭކަށް ނުޖެހޭ... މިއަށްވުރެ ގައުމަށް އޮތްބިރުވެރިކަމެއް ކޮބާތޯ
ގައްބަރު
11 December 2018
ކުނިކެހުމާ މަދިރިމެރުމާ ވަޅުވަޅަށް ފަސައެޅުންތޯ ރައްޔިތުން ހަވާލުކުރީ... ބައްލަވާ ބޭނުމީ ތަރއްގީގެ ރަނގަބީލުގެ އަޑު ކަންފަތުގަ ގުގުމާލުމޭ....
ބޮއްކަލޯ
11 December 2018
ތިފަދަ އެއްބަސްވުމެއް ވާނަމަ އެއާބެހޭ މައލޫމާތު ރައްޔިތުންނާ ހިއްސާކުރޭ... ތައުނީ ރައްޔިތުންގެ އިތުބާރު ތިޔަ ކޯޅޭޝަނަށްވަނީ ގެއްލިފަ...
އަޝްރަފް
11 December 2018
"އެކަމަކު އެ ކޮމެޓީގެ މެމްބަރުންގެ އަދަދެއް އަދި ހިމެނެނީ ކިތައް ބޭފުޅުންނެއްކަމެއް ހާމައެއް ނުކުރެ އެވެ." މިދެބައިގަ ތަފާތަކީ ކޮބަުތޯ؟