ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބައްދަލު ކުރައްވަނީ –ފޮޓޯ: އޭއެފްޕީ
19 ޑިސެމްބަރ 2018 - 14:49
ރައީސް: މި އެއްބަސްވުމުންތަކުގައި ވިސާގެ އެއްބަސްވުން ފިޔަވައި އެހެން އެއްވެސް އެއްބަސްވުމެއްގައި އިންޑިޔާ އަށް ރާއްޖެއިން ކޮށްދޭން ޖެހޭ ކަމެއް ނޯންނާނެ.
ރައީސް: އިންޑިޔާއިން ދޭ 1.4 ބިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރު މި މަހުގެ ތެރޭގައި ލިބޭނެ. މީގެ ތެރޭގައި ހިމެނޭ 800 މިލިއަން ޑޮލަރެއް ވެސް. އަޅުގަނޑުމެން އެ ފައިސާ ނަގާނީ ބަޖެޓަށް ބުރަ ނުވާ ގޮތަށް ބޭނުން ވެއްޖެ ހާލަތެއްގައި. އަޅުގަނޑު ހިތުން އެ ފައިސާ އަކީ ލޯނުތައް ވެސް ދެއްކުމަށް ބޭނުން ކުރެވިދާނެ ފައިސާ. ދެން އޮތް މައްސަލައަކީ ދައުލަތުގެ އާމްދަނީ އިތުރުކުރުން. އަޅުގަނޑުމެން މި ދައްކަނީ ބައިވަރު ރަށްތަކެއް ހަދަމުން ދާ ވާހަކަ. އަޅުގަނޑުމެން މި ބަލަނީ މި ރަށްތައް މާކެޓަށް ނެރެން.
ރައީސް: އެއްވެސް ގައުމަކާ އެކު އަސްކަރީ ބޭނުމަކަށް އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ. އެކަމަކު ކުރީ ސަރުކާރުތަކުގެ ބައެއް އެގްރީމެންޓްތަކުގެ ތަފުސީލެއް އަދި ނޭނގެ. ރައީސް ޔާމީންގެ ސަރުކާރުން ޗައިނާ އާ އެކު ކޮށްފައި އޮތް ބޮޑު އެއްބަސްވުން. އެ އެއްބަސްވުން އަޅުގަނޑުމެން މި ހޯދަނީ. އެކަމަކު އަޅުގަނޑަކަށް ހިޔެއް ނުވޭ އެ ސަރުކާރުން ވެސް ރާއްޖޭގެ ސަލާމަތަށް ނުރައްކާވާ ވަރުގެ ކަމަކަށް އެއްބަސްވެފައި އޮންނާނެ ކަމަކަށް.
ރައީސް: ޗައިނާއިން ނަގާފައިވާ ލޯނު އެބައުޅޭ 1.4 ބިލިއަން ޑޮލަރުގެ ލޯނު. އޭގެ ތެރޭގައި އެބައުޅޭ ކޮންސެޝަން ލޯނު ވެސް. އަޅުގަނޑުމެން އެ ލޯނުތަކުގެ މައްސަލައިގައި ޗައިނާއާ ވާހަކަ ދައްކަމުން އެބަ ގެންދަން. އެބޭފުޅުން ތިއްބެވީ ފަހި ގޮތްތަކެއް ހޯދައިދޭން. އިންޑިޔާ އިން ދޭ ފައިސާގެ އެއްވެސް އެއްޗެއް އެ ލޯނުތައް ދެއްކުމަށް ބޭނުން ކުރާކަށް ހަމަޖެހިފައެއް ނެތް.
ރައީސް: ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެން މިދިޔައީ. އަޅުގަނޑުމެންނަށް މި އެއްބަސްވުމުގެ ސަބަބުން ކުރިއަށް އޮތް ހަތަރު ފަސް މަސް ދުވަހުގެ ތެރޭގައި ހަމަޖެހިލެވޭނެ.
ރައީސް: 100 ދުވަހުގެ ތެރޭގައި މި ސަރުކާރުން ކުރަން ހުރި އެޖެންޑާގަިއ ހިމެނޭ 161 ކަންތައް އެ ގޮތުގައި ކުރިއަށް ދާނެ.
ރައިސް: ރާއްޖޭގެ މިނިވަން ކަމާއި އިގްތިގްލާލަށް ގެއްލުން ލިބޭނެ ހަމަ އެއްވެސް ކަމެއް މި ސަރުކާރަކުން ނުކުރާނެ. އިންޑިޔާ އަކީ އަޅުގަނޑުމެން އޮތް ގޮތުން ވަރަށް މުހިންމު ގާތް ގުޅުމެއް.
ރައީސް: ރާއްޖޭގެ އެކި ސިނާއަތްތަކަށް މި ދަތުރުގެ ސަބަބުން ކުރިއެރުން ލިބިއްޖެ. މި ދަތުރުގައި ރާއްޖޭގެ ސިޔާދަތަށް ގެއްލުން ވާނެ ހަމަ އެއްވެސް އެއްބަސްވުމެއް ނޯންނާނެ.
އިންޑިޔާއިން ރާއްޖެ އަށް ދޭ 1.4 ބިލިއަން ޑޮލަރުގެ އެހީއަކީ، ގައުމު އިތުރަށް ދަރަނިވެރިވާނެ އެއްޗެއް ނޫން ކަމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އިއްޔެ ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވަމުން އެމަނިކުފާނު މިއަދު ވިދާޅުވީ އެއީ އެއްފަހަރާ ނަގާނެ ފައިސާއެއް ނޫން ކަމަށެވެ.
(އިތުރު ތަފުސީލު އަންނަނީ)
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުޓުރެޓަޖީސާރ
19 December 2018
ބުނަންތަ އިބޫ ތިޔަ ދަރަނި ނުނަގާ ކުރިއައް ގެންދެވޭނެ އޮޕްޝަން. ދަރަނި ނުނަގާ މިހާރުނިމެމުން އަންނަ އެޔާޕޯޓް ޕުރޮޖެކްޓު ނިމެންވާއިރައް ރާއްޖޭގެ ޓުއަރިޒަމް އެޑްވަޓައިޒިން އިތުރުކޮއް އަލައް ހެދޭ ރިސޯޓުތައް އިހައް ފުލް ކޮއް .. އެޔާޕޯޓުން އެޔާލައިންތަކައް އިތުރު ސާވިސްތައް ދިނީމަ އާމްދަނީ 40% އިތުރު ކުރެވިދާނެ. ދެން ޗައިނާގެ ލޯން ޕޭމަންޓުތައް ރީ ނެގޯޝިއޭޓް ކޮއް ގުޅުން ބަދަހި ކުރަންވީ އިތުރު ލޯނު ނުނަގާ.
ހައްހައްހާ
19 December 2018
ބޭންކުން ދޫކުރާ ލޯނު ނެގިއަސް އެމީހާ ދަރަނިވެރި ނުވާނެ މި އުސޫލުގެ ދަށުން.
ރާވެރިބެ
19 December 2018
ހީވާކަހަލަ ހުރިހާ ދިވެހިންވެސް ގަމާރޭ
އަހުމަދޭ
19 December 2018
އިތުރަށް ދަރަނި ނުވާގޮތްވެސް ބުނެދޭންޖެހޭނެ.
ހައްމާދު
19 December 2018
އިންޑިޔާގެ ދަރަނި ޖަރީމަ އިބޫ އަކައް ދެނެއް އެއްވެސް ތާއީދެއް ނެތް.. ވަރައް ހިތާމަ ކުރަން.. ރަނގަޅުވެރިޔަކު ލިބޭނެކަމައް ކުރި އުންމީދު ފެނައް.. ކުރިން ލިބުނީ ޑިކްޓޭޓަރެއް ..މިފަހަރު މިލިބުނީ ކޮންމޭން އެއް ގައުމު ވިއްކާ.. ދިވެހީނައް ހެޔޮ ވެރީންތަކެއް މިންވަރު ކުރެއްވުން އެދި ދުއާކުރަން.. އަދި މިކަހަލަ ކޮން މޭނުންނާއި ޑިކްޓޭޓަރުންގެ ތަކާއި ކޮޮރަޕްޓު ސިޔާސީ އެންމެން ގެ ބަދަލުގައި ރަނގަޅު އައު ވެރީން ތަކަކާއި އިޚުލާސްތެރިމެމްބަރުންތަކެއް ދެއްވާށި.
ރައްޔިތުންވެސް ދަރަނި
19 December 2018
އިބޫ ކަލޭ ދަރަނީގެ ފޯކާސްޓެއް ހަދައިފިންތަ.. ؟ ދަރަނި ކިޔަނީ ކޯޗަކައް ކަން އިނގޭތަ..
ހަސަންބޭ
19 December 2018
މީ އަދި މުޅިން އައު ޒަތެެއްގެ އިކޮނޮމިސްޓެއް.. މީނަ މިބުނަނީ އިންޑިޔާއިން ދަރަނި ނެގީމަ ގައުމުގެ ދަރަނި މައްޗަކައް ނުދާނެޔޭ.. ގައިމު ދަރަނި ވިއްޔާ އެއީ މައްކާއިން ނެގިއެއްޗެއް ވިޔަސް ހަމަ އެއްކުރެވޭނީ ގައުމުގެ ދަރަންޏައް. އަދި މިވަގުތު އެހާ ދަރަނި ބޮޑުވެފަ އޮތް ދުވަސް ވަރަކު އިތުރައް ދަރަނި ނެގީމަ އެވެގެން ދާނީ ދަރަނީގެ އަލިފާނައް އެޅޭއިތުރު ޕެޓްރޯލައް.. އޭގެ ސަބަބުން ދަރަނި ކެކިއަރާ ދަރަނީގެ ހުޅުގަނޑު ބޮޑުވާނީ.
އަދި
19 December 2018
އެބުނީ އިންޑިއާއިން ދޭ ފައިސާއިން ޗައިނާގެ ލޯނު ނުދައްކާނެ ވާހަކަ. ދެން ދަރަނި ބޮޑުނުވާނީ ކިހިނެތްބާ؟ މިއީ ހާދަ އޮޅުންނުފިލާ ކަމެކޭ.
އަސްލުކަން
19 December 2018
އާދެ. އާދެ. ދަރަނިވެރިނުވާނެ. އަޅުވެތިވާނީ.
ރައީސް ބޮލުރޮދި
19 December 2018
އިންޑިޔާގެ އެހީ އޭ. އިންޑިޔާއިން ދަރަންޏައް ފައިސާ ނެގިޔަސް ޗައިނާއިން ދަރަންޏާއް ފައިސާނެގިޔަސް ގައުމުގެ ދަރަނި ބޮޑުވަމުންދާނީ.. ކަލޭމެން އިހަކައް ދުވަހަކު ކުރި ރިޔާސީ އިނތިޚާބު ކެމޕޭނުގައެއް ނުން ރައްޔިތުންކާރީ އެކި އެކި ޕޯޑިއަމްތަކުގަ ކިޔަމުން ގެންދިޔައީ ރާއްޖެ އޮތީ ކުރިއައް އޮތް ޖީލުތަކައް ދަރަނިވެރިކޮއްފައޭ.. ދެން މިހާރު އިންޑިޔާއިން ކުރީސަރުކާރައް ވުރެ ބޮޑު ދަރަނި ފައިސާގަނޑެއް ހަމަޖެއްސީމަ ޖީލުތަކައް ދެމިގެންދާނެ ދަރަނި ކުޑަތަވާނީ.
ބޯ ހަލާކު
19 December 2018
ތަންތަނަށް ފޮނުވަންވީ މީނަތާ! މިއައީ މޯދީ ބޮލަށް ޗިޕްޖަހާލަފަ 800 މިލިއަންގެ ލޯނު ހޯދައިގެނޯ އިންޑިއާއަށް ހަމަ އެކަނި ވިސާގެ ފައިދާކުރާގޮތަށް. އެނޫން އެއްވެސް ފައިދާއެއް ނުކުރާނެޔޯ. މިވަރުގެ ވެރިއެއް ނުލިބޭނެ... މަބިﷲ ހަތަހުވަ.