ކެބިނެޓް ބައްދަލުވުމެއްގައި ރައީސް: ސިޓީ ކައުންސިލްތަކުގެ ބާރުތަކާއި ޚިދުމަތްތައް ރައީސް މިއަދު ވަނީ ކަނޑައަޅުއްވާފައި --ފޮޓޯ/ރައީސް އޮފީސް
19 ޑިސެމްބަރ 2018 - 21:46
ސިޓީ ކައުންސިލްތަކުގެ ބާރުތަކާއި ސިޓީ ކައުންސިލްތަކުން ދޭ ޚިދުމަތްތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަލުން މިއަދު ކަނޑައަޅުއްވައިފި އެވެ.
ލާ މަރުކަޒީ ގާނޫނު އޮންނަ ގޮތުން ސިޓީ ކައުންސިލްތަކުގެ ބާރުތަކާއި އެ ކައުންސިލްތަކުން ދޭ ޚިދުމަތްތައް ކަނޑައަޅުއްވާނީ ރައީސެވެ. ކުރީގެ ސަރުކާރުގައި ގާނޫނަށް ގެނައި އެ އިސްލާހުގެ ދަށުން ސިޓީ ކައުންސިލްތަކުގެ ގިނަ ބާރުތަކާއި ޚިދުމަތްތަކެއް ސަރުކާރުގެ އެކި އިދާރާތަކުގެ ދަށަށް އޮތީ ބަދަލުކޮށްފަ އެވެ.
ރައީސް އޮފީހުން ބުނިގޮތުގައި ސިޓީ ކައުންސިލްތަކުގެ ބާރުތައް އަލުން ރައީސް ކަނޑައެޅުއްވީ ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިންނެވެ. އެގޮތުން ސިޓީ ކައުންސިލްތަކުގެ ބާރުތަކުގެ ގޮތުގައި ރައީސް ކަނޑައަޅުއްވާފައިވަނީ އިގްތިސާދީ އަދި އިޖްތިމާއި ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ބިމާއި ފަޅާއި ފަރުތައް ކުއްޔަށް ދޫކުރުމާއި އެފަދަ ތަންތަނުގައި އިންވެސްޓް ކުރުމާއި ކައުންސިލްގެ ނަމުގައި މިލްކު ކުރުމުގެ ބާރެވެ.
މީގެ އިތުރުން ސިޓީ ކައުންސިލްތަކުގެ ދަށުން ޚިދުމަތް ދޭ ތަންތަނާއި އުޅަނދުފަހަރާއި މަގުތަކާއި ޕާކް ފަދަ ތަންތަނަށް ނަން ދިނުމާއި ނަން ބަދަލު ކުރުމުގެ އިތުރުން މަގުތަކާއި ޕާކްތަކާއި މައިދާންތައް ވަގުތީ ގޮތުން ނުވަތަ ދާއިމީ ގޮތުން ހުޅުވުމާއި ބަންދު ކުރުމުގެ ބާރު ވެސް ސިޓީ ކައުންސިލްތަކުގެ ބާރުތަކުގެ ތެރޭގައި ހިމެނުމަށް ރައީސް ވަނީ ކަނޑައަޅުއްވައިފަ އެވެ.
ސިޓީ ކައުންސިލްތަކުން ދޭ ޚިދުމަތްތަކުގެ ގޮތުގައި ރައީސް ކަނޑައަޅުއްވާފައި ވަނީ ބިން ދޫކުރުމާއި ބިމާއި އިމާރާތްތައް ރަޖިސްޓްރީ ކުރުމާއި ބިންތަކާ ބެހޭ މުއާމަލާތްތަކުގެ ރެކޯޑް ބެލެހެއްޓުމާއި މިސްކިތްތައް ބެލެހެއްޓުމާއި ވިހައި އަދި މަރުވާ މީހުންގެ ރެކޯޑް ބެލެހެއްޓުމާއި ތަފާސް ހިސާބުތައް ބެލެހެއްޓުމުގެ އިތުރުން އެ ސިޓީއެއްގައި އުޅޭ މީހުންނާއި ބިދޭސީންގެ ދަފްތަރު ބެލެހެއްޓުމާއި މަގުތައް ހެދުމާއި މަރާމާތުކޮށް، ބެލެހެއްޓުމެވެ.
ރާއްޖޭގައި ސިޓީގެ ދަރަޖަ ލިބިފައި އޮތީ މާލޭގެ އިތުރުން އައްޑޫ އަދި ފުވައްމުލަކަށެވެ. ކައުންސިލްތަކުގެ ބާރު އަނބުރާ ދިނުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބައްތިލަ
20 December 2018
ސިޓީކައުންސިލަށް ފުރަތަމަ ދޭންޖެހެނީ އެމީހުން ދިރިއުޅޭ ރަށުގެ ވަށައިގެންވާ ބިންތަކާއި މާހައުލު މެނޭޖުކުރަން، ނުޖެހޭ ފަޅުރަށްތަކާއި ފަޅުތަކާއި އެހިސާބުގެ ފަރުތަށް ހަވާލުކޮށް ކުއްޔަށް ދިނުމުގެ ބާރުދޭން، ރާއްޖޭގެ އާބާދީގެ ނިސްބަތުން ތަންތަން ހަވާލުކުރަންޖެހެނީ، ނޫން އެރަށެއްގެ ފަޅުތެރޭގައި އޮންނަ ރަށެއް ދެވިދާނެ
ފޮސްކަލޯ
20 December 2018
ތިންލައްކަމީހުން މެނޭޖްނުކުރެވިގެން ތިއުޅެނީކީއްވެހެއްޔެވެ. ތިކައުންސިލްތަކަކީ ބޮޑުފެއިލިއާއެކެވެ. އެންމެކަތީބަކު ހުރިއިރު މާރަގަޅަށް ތިރައްތައް މެނޭޖްކުރެވުނެވެ. ކޮންމެ ރަށެއްގައި 100 ކައުންސިލަރުން ތިބޭކަށް ނުޖެހެއެވެ. ތީބޮޑު ޚަރަދެކެވެ. ތިމީހުން ކުލަކުލައިގެ ކަރުނުފެންނަވަރުގެޓައި އަޅާއިގެން ސޮއިކޮށްފަ ރަށްރަށުގައި ކުރަނީ އަމިއްލަކަންކަމެވެ. ބޭނުމަކީކޮންމެވެސް ކޮރަޕްޝަނެއް ހިންގާއިގެން ލާރިގަނޑެއްކާލުމެވެ. މީތިކައުންސިލްތަކުގެ މިއަދުގެހާލެވެ.
ދުންފިނިބަ
20 December 2018
އެހެންވެއްޖެއްޔާ ސިޓީކައުންސިލުން އެމީހުންގެ ވަށައިގެންވާ ތަންތަން އެމީހުންނަށް ފެންނަގޮތަކަށް ހަމަދޭނީތޯ؟ ބަލަ ޓޫރިޒަމްގެ ޤާނޫނުވެސް އެބައޮތް، ފަޅުރަށްތަކާއި ބެހޭ ޤާނޫނުވެސް އެބައޮތް، ބިމާބެހޭ ޤާނޫނުވެސް އެބައޮތް، ސިޓީކައުންސިލުން ބިންތަށް ދޫކޮށް ފަޅުތަކާއި ފަރުތަކާއި ފަޅުތަށް ދޫކުރަންވާނީ ޤާނޫނެއްގެ ދަށުން ހެދިފައިވާ އުސޫލެއްގެ ދަށުން، އެއުސޫލްތަށް ޖެހޭނެ ރަނގަޅަށް ބަހުސްކޮށް ހަމަޖެހިފައި އޮންނަން،
މޫސަޔަށް
20 December 2018
އަނެއްކާވެސް މިސްކިތްތައް ތިދިނީ، ކުރިންވެސް އަޅައިނުލެވި މަރާމާތުވެސް ނުކުރެވި އިމާމުންނަށް ބިރުދައްކައިއުޅުނޫއެވެ. ދެންވާގޮތް ބަލަންތިބެމާ. ކޮބާ އިސްލާމީ މިނިސްޓަރު އެއްވެސް ރޫހެއްނެތްދޯ
ވާލުސޮރު
20 December 2018
ސިޓީ ކައުންސިލްތަކަށް ބާރުދިނުމުން ގާނޫނާ ގަވައިދުތައް ތަންފީޒުކުރުމުގެބައި މިހާރަށްވުރެ ހަރުދަނާކޮށް (ފުލުހުންގެ އެހީތެރިކަމާއެކުގަނަމަވެސް) ސައުވީސް ގަޑިއިރު ރަށުތެރެ ބެލެހެއްޓޭނެގޮތް ރާވަން އެބަޖެހޭ. މިހެންމިބުނީ ސަރުކާރުގެ ރަސްމީގަޑި ނިމުމުން ނުވަތަ ސަރުކާރު ބަންދު ދުވަސްތަކުގަ އެޗްޑީސީ އާ މުނިސިޕަލްޓީން ނުވަތަ ސިޓީކައުންސިލުން މަނާ ކަންކަން ކުރުންއާންމުވެފަވާތީ. ކެފޭ/ހޮޓާތަކުން މަގުތަކުގެ ޕޭމަންޓް މަތީ އަތުރާ މޭޒުތައް އެއީމީގެ އެއްމިސާލު.
ވާލުސޮރު
20 December 2018
އިސްލާހު: މަނާކޮށްފަވާ ކަންކަން ކުރުން އާންމުވެފަވާތީ
ސޭމްޑޭ
20 December 2018
ހޫން... ފައިދަށައް ކަހާ ދުވަސްވަރު އަންނަނީ. ދެން ނޭނގޭނެ ފައިސާއަށް ވާއެއް ނުވާއެއް.
އެމީހާދޯ
20 December 2018
ކުޅުދުއްފުށި ސިޓީއަކަށް ހަދާފައި ޕޯސްޓް ކުރާނީ ކޮންއިރަކުން ބާވައެވެ!
ނިމާލު
20 December 2018
އާން ކައުންސިލަރުންނައް ލާރިކާންދޭވަރަކައް ރާއްޖެދާނީ ދަރަނި ފިލަމުން އަރަނި ވަމުން.. އެހެނުންތޯ އިބޫ..
ހަސްނާ
20 December 2018
ރާއްޖެ ތަރައްގީ ނުވެގެން މިއުޅެނީ އެއްވެސް އިލްމީފެންވަރެއް ނެތް ހުސް މުސާރަކައިގެން ތިބޭ ކައުންސިލްތަކާއި ކައުންސިލަރުންނައް ބޮޑު ބަޖެޓުތަކާއި ރައްޔިރުންގެ ފައިސާއިން ބޮޑުމުސާރަނުދެވިގެން ވިއްޔާ..
މަނޫ
20 December 2018
ކީއްވެބާ ކުޅުދުއްފުށި ސިޓީ އަކަށް ނަހަދަ އެއޮތީ. ކުޅުދުއްފުށި ސިޓީ އަކަށް ހެދޭވަރަށް މިހާރު ގައިމު އާބާދީ ހަމަވެއްޖެ. ޢުންމީދު ކުރަން މިސަރުކާރުން މިކަން ވަރަށް އަވަހަށް ނިންމަވާނެކަމަށް!