ޖަޕާންގެ ފޮރިން މިނިސްޓަރު، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި (ކ)، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު (ކ-3) އަދި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއެކު ފޮޓޯއަކަށް ހުއްޓިގެން. --- ފޮޓޯ: ފޮރިން މިނިސްޓްރީ
20 ޑިސެމްބަރ 2018 - 10:54
ރާއްޖޭގައި ތަރައްގީގެ އާ މަޝްރޫއުތަކެއް ހިންގުމާ ގުޅޭ ގޮތުން، ޖަޕާންގެ އެންވަޔަރަމަންޓް މިނިސްޓަރު ޔޮޝިއަކީ ހަރަޑާއާ އެކު ރާއްޖޭގެ ވަފްދުން މިއަދު މަޝްވަރާކޮށްފި އެވެ.
ޖަޕާން ސަރުކާރުގެ ވެރިންނާ ބައްދަލުކުރެއްވުމަށް، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެ ގައުމަށް ވަޑައިގަތީ އިއްޔެ އެވެ. މި ދަތުރުގައި ދެ ގައުމުގެ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހި ކުރަން ވަނީ ހަމަޖެހިފަ އެވެ.
Met Environment Minister of #Japan, H.E. @yoshiaki_harada and congratulated for Japan’s leadership role in the global arena to combat climate change. Discussed possible new projects for strengthening resilience in the #Maldives in combating climate change. pic.twitter.com/gXj2ktL6Qt
— Abdulla Shahid 🎈 (@abdulla_shahid) December 20, 2018
ޝާހިދު ކުރެއްވި ޓުވީޓު.
ފޮރިން މިނިސްޓްރީން ބުނީ ޖަޕާންގެ އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި ޝާހިދު ދެއްކެވި ވާހަކައިގައި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ޖަޕާނުން ކުރަމުން އަންނަ މަސައްކަތާއި ރާއްޖެއަށް އެ ގައުމުން ވަމުން އަންނަ އެހީތައް ފާހަގަ ކުރައްވާފައިވާ ކަމަށެވެ.
Minister Shahid meets Environment Minister of #Japan, H.E. @yoshiaki_harada. Discussed possible new projects for strengthening resilience in the #Maldives in combating climate change, specifically in areas such as coastal protection, water supply networks & sanitation mechanisms pic.twitter.com/6cgIxmIE9r
— MFA Maldives (@MDVForeign) December 20, 2018
ފޮރިން މިނިސްޓްރީން މިއަދު ކުރި ޓުވީޓު.
ރާއްޖެއަށް ކުރިއަށް އޮތް ތަނުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ޖަޕާނުން ދީފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި ރާއްޖޭގައި ގޮނޑުދޮށް ހިމާޔަތް ކުރުމާއި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫއުތަކާ ގުޅޭ ގޮތުން މަޝްވަރާކުރި ކަމަށް މިނިސްޓްރީން ބުންޏެވެ.
ޖަޕާނަކީ ރާއްޖެ އަށް ބޮޑެތި އެހީތަކެއް ވަމުން އަންނަ ގައުމެކެވެ. ޖަޕާނުން އެންމެ ބޮޑެތި އެހީތަކެއްވަނީ ސިއްހީ ދާއިރާ ކުރިއެރުވުމުގެ އިތުރުން ތަރައްގީގެ މަޝްރޫއުތަކަށެވެ.
ފޮރިން މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ޝާހިދު މިހާތަނަށް ބޭރުގެ ތިން ގައުމަކަށް ވަނީ ވަޑައިގެންފަ އެވެ. އެއީ ޖަޕާންގެ އިތުރުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި އިންޑިއާއަށެވެ. ޝާހިދު ދެ ފަހަރަށް އިންޑިއާ އަށް ވަޑައިގެންނެވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރު ވެރިކަމަށް އައި އެންމެ ބޮޑު އެއް ބޭނުމަކީ ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަހަތުތައް ހިމާޔަތް ކުރެވޭނެ ގޮތުގެ މަތިން ގައުމުތަކާ ގުޅުންތައް ބަދަހި ކުރުމެވެ. ގުޅުން ބަދަހި ކުރަން ސަރުކާރުގެ ވަފުދުތައް ކުރިއަށް އޮތް ދުވަސްތަކުގައި އެކި ގައުމުތަކަށް ވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓަރު ޝާހިދު ކުރިން ވަނީ ވިދާޅުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝޮކްތެރަޕީ
20 December 2018
އިންޑިޔާ މިރާއްޖެގެ މުސްސަދިކަން ފޭރިގަންނަނީ. އިންޑިޔާމީހުންނަ މިރާއްޖޭގަ ވަޒީފާ މިލިބެނީ.
ހަސަނު
20 December 2018
އީރާނާ ގަތަރާ ގުޅުން ބަދަހި ކުރުން އޮތީ ކޮން އިރަކުންތޯ؟؟
ބަލައި ދެކޭނަށް
20 December 2018
ފެލުވަރި ތަރައްޤީ ކުރަން ޖަޕާނުގެ އެހީ ހޯދުމަކީ ވަރަށްބޮޑަށް އެދޭކަމެއް. ފެލިވަރު އުފެއްދި ބަޔަކީވެސް ޖަޕާން. ގެރެންޓީ 100% ޔަޤީން .
Haruge
20 December 2018
ޖަޕާނަކީ މިޖާތަނަށް އެންމެ ބޮޑު އެހީތެރިކަން ދީފައިވާ ޤައުމު. ދެވަނަ އަށް ޗައިނާ 3 ވަނައަށް ސައުދީ. ޙަޤީ ގަތުވަ އިންޑިޔާއިން އެމެރިކާއިން ރާއްޖެއަކަށް އެހީއެއްނުވެ. ޢުޅެނީ އަޅުވެތިކުރަން. ބޭފުޅަކުވިދާޅުވި ޔޫ. ޢެން މެމްބަރ ޤައުމަކަށް ރާއްޖެވުމަށް އިންޑިޔާއިން ވޯޓް ނުދޭކަމަށް. ކިހާރަގަޅު ކިހާއެކުވެރި. ގާތްބައެއްދޯ؟
ބަރުގެ
20 December 2018
1988 ނޮވެމްބަރު 3 އިން ފެށިގެން ތަމަޅައިންގެ ވެރިކަމެއް މިތާ ނެތީ އިންޑިޔާ އާއި ހެދި. އެއީ އެހީއަކަށް ނުވިދޯ؟ ކާލެވޭނެ ފައިސާގަޑެއް އެކަމުގައި ނެތީމަތަ؟
ފޮސްކަލޯ
20 December 2018
ޖަޕާން އޯކޭ...އިންޑިއާ ހިންދޫންނަށް ނަމަސްކާރު ކީހިސާބުން މިސޮރުމެންނަށް ފޮސްކަލޯ ސަލާން ބުނެލާއިފީމުއެވެ. ވަރަށް ސަލާން އިބޫއަށް
އަލިބެއްޔާ
20 December 2018
އިންޑިޔާއާއި ޗައިނާއަށްވުރެ އަހަރެންނަށް ޖަޕާނު މާރަގަޅު ގާތް ގުޅުމެއް ބާއްވަން
ކަރީމުއްދީން ބާޝާ
20 December 2018
ސަލާންޖެއްސަސް ހެޔޮ. އެކަމަކު ދަރަންޏަށް އެއްޗެއް ނުނަގާތި. މިހާރުރުވެސް ކާފަދަރިންނަށް ވާރުތަވާވަރަށް ބޯކޮށް ދަރަނިއެބައޮތް.