20 ޑިސެމްބަރ 2018 - 13:26
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، މި ހަފުތާގައި އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުފުޅާ އެކު، ރާއްޖެ-އިންޑިއާގެ ގުޅުން ކުރިއަށް ވުރެ ބަދަހި ވެފައި ވާތީ އެމެރިކާ އިން އިންޑިއާއަށް މަރުހަބާ ކިޔައިފި އެވެ.
އެމެރިކާގެ ޑެޕިއުޓީ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ސައުތު އެންޑް ސެންޓްރަލް އޭޝިއާ ޑޭވިޑް ރާންޒްއާ ހަވާލާދީ، އިންޑިއާގެ ބައެއް ނޫސްތަކުގައި ބުނެފައި ވަނީ އިންޑިއާއިން ރާއްޖެއާ މެދު ގެންގުޅެނީ އެމެރިކާއިން ވެސް ރާއްޖެއާ މެދު ގެންގުޅޭ ވިސްނުން ކަމަށެެވެ. އެގޮތުން، އެމެރިކާ އިން ދެކޭ ގޮތުގައި ރާއްޖެ އަކީ އިންޑޯ-ޕެސިފިކް ސަރަހައްދުގެ ސަލަމާތީ ކަންކަމުގައި މުހިއްމު ދައުރެއް އަދާކުރެވޭނެ ގައުމެެކެވެ.
"އިންޑިއާ އިން ދިވެހިރާއްޖެއާ އެކު އޮންނަ ގުޅުން އަލުން ވަރުގަދަ ކުރުމުން އަހަރެމެން އެކަމަށް މަރުހަބާ ކިޔަން،" ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގައުމުން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި މިދިޔަ އާދިއްތައިން އަންގާރަ ދުވަހުގެ ނިޔަލަށް އިންޑިއާއަށް ވަޑައިގަތުމާ ގުޅިގެން ރާންޒް ވިދާޅުވި ކަމަށް ނޫސްތަކުން ބުންޏެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު ބަދަލުވަމުން އަންނަ އިރު އެހީތެރިވުމަކީ މުހިއްމު ކަމެއްގެ ގޮތުގައި އިންޑިއާ އެކޭ އެއްގޮތަށް އެމެރިކާއިން ވެސް ދެކޭ ކަމަށް ރާންޒް ވިދާޅުވި އެވެ. އޭނާ ވަނީ ދާދި ފަހުން ރާއްޖެއަށް ޒިޔާރަތް ކުރައްވައި، އެމެރިކާއިން ރާއްޖެއަށް އެހީތެރި ވެދެެވެން ހުރި ދާއިރާތަކާއި ދެވޭނެ އެހީތައް ބައްލަވައިފަ އެވެ.
މިދިޔަ ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބާ އެކު، ސުލްހަވެރިކަމާ އެކު ވެރިކަން ބަދަލުވި ބަދަލުވުމަކީ ޑިމޮކްރެޓިކް ގޮތުން މުހިއްމު ކަމެއްގެ ގޮތުގައި އެމެރިކާއިން ދެކެ އެވެ.
"ދަރަނި އެނަލައިޒް ކުރުމާއި ދެމެހެއްޓެނިވި ތަރައްގީ އާއި އަދުލު އިންސާފުގެ ދާއިރާ އާއި ސިވިލް ސޮސައިޓީތަކަށް އެހީވުމާއި ތިމާވެށީގެ ކަންކަމަށް އެހީވުން އަދި ދިވެހި ސަރުކާރުން ފާހަގަކޮށްފައިވާ އެންމެހައި ދާއިރާތަކުން ދިވެހިރާއްޖެއަށް އެހީވާން އެމެރިކާ އިން އަންނަނީ ބަލަމުން،" ރާންޒް ވިދާޅުވި އެވެ.
އެ ކަންތައްތަކަށް އެހީތެރިވުމަކީ ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާވެ، ކޮރަޕްޝަން ނައްތައިލުމަށް އެޅޭ ބާރަކަށް ވާނެ ކަމަށް އެމެރިކާއިން ދެކެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަޅިރަވަ
21 December 2018
އެމެރިކާގެ ގޮނޑިކޮއްކޮއެއް އިންޑިއާއަކީ. އެމެރިކާގެ އަސްކަރީބޭސްއެއް އިންޑިއާ ކަނޑުގައި އެބައޮތް. އެކަމަކަށް އިންޑިއާއަކަށް އެއްޗެއް ނުބުނެވޭނެ. އެމެރިކާއިން ބޭނުމެއްނުވޭ ޗައިނާއިން ރާއްޖެއާ ގުޅުން ބަދަހިކުރާކަށް. އެބޭނުމަށް އެމެރިކާގެ އެހީގައި ރާއްޖޭގެ ވެރިކަން ބަދަލުކުރުމަށް އެކިގޮތްގޮތުން ބާރުއަޅާ އެހީތެރިވެ އިންޑިއާ މެދުވެރިކޮށް ފައިސާ ގޯންޏެއް ރާއްޖެއަށް ޖެހުމުން އެއީ ގުޅުން ބަދަހިވީކަމަށްބަލައި އެކަމަށް މަރުހަބާ އެމެރިކާއިން ކިޔާނެތާ.
ްއުގުލު
20 December 2018
އިންޑިއާ އެއީ އެމެރިކާއިން ބޯއީއަކައް ހަދައިންއުޅޭ ގައުމެއް
ޝޮކްތެރަޕީ
20 December 2018
ރާއްޖޭގެ މުސްސަދިކަން މިއޮތީ އިންޑިޔާ ނަގާފަ. ދެރަ.
ރުމާލު10
22 December 2018
ވަރަށް މުއްސަދި ގައުމެއްމީ؟
ހަސްބާން
20 December 2018
އެމެރިކާއާއި އިންޑިއާ އާއި ގުޅުން ބަދަހި ކޮއްގެން ތަރައްގީ ކުރެވިފަ އޮތް އެއްވެސް ގައުމެއް ނެތް.. ކިރިޔާވެސް ކަމެއް ކޮއްދޭތަނެއް އޮންނަނީ އެމީހުންގެ ނަންމައްޗައް ބަދަލު ކޮއްލާފަ ނުވަތަ މިލިޓަރީ ބޭހެއް އަޅާފަ.. މިދުނިޔޭގަ އޮތް އެނެމެ ފަނާ ކުރުވަނިވި ފިތުނަ އުފައްދާ ބަޔަކީ އެމެރިކާ..އަދި އިސްލާމީ ގައުމުތަކުގަ ފިތުނަ އުފައްދާ މަގުފުރައްދަނީ ވެސް ހަމަ އެމީހުން. ދެން އެމީހުން ކިހާ އުފާވާނެ ރާއްޖޭގެ ސަރުކާރަކީ އެމީހުންގެ ބަޔަކައް ވީމަ.
މަރޭމިތުރާ
20 December 2018
ގައުމުތަކާއި ގިނަ ގުޅުނީމާ އިންޓަރނެޝަނަލް ވެގެންދާނީ! ގައުމުތަކުން އެހީވެދީ އެކުވެރިވެލަން ބޭނުންވަމުންދާނީ!
ފަލަޑޭ
20 December 2018
ކަލެޔާއި ދޮހޮއްކޮބެ ތިމާގެތަ؟ މިހެން މިއެހީ މާވަރަކަށް ޅެންބައިތު ލިޔާތީ!!
Haruge
20 December 2018
ޢާއްމުގޮތެއްގައި ސަލާމަތާ ރައްކާތެރިކަމުގެ ވާހަކަ ގިނައިންދައްކާނީ ކުއްވެރިން. ޢެމެރިކާ އަދި އިގިރޭސިން މިހާރު އިންޑިޔާ އަކީވެސް ކުދި ގައުމުތަކަށް ބިރުދައްކާ ފޭރޭބައެއް. ފައިސާހޯދުމުގަ ގޮތެއްފޮތެއް ހުންނަ ބައެއްނޫން. ޢެފަދަ ޤައުމުތަކާ އާދަޔާ ޚިލާފު ގުޅުން ބަދަހިކުރާނީ ހަމަ އެފަދަމީހުން . ޑީމޮކްރަސީ އޭ ކިޔާނެ އެކަމު ޑިމޮކްރަސީ ދަންނަބައެއްވެސްނޫން.. ދުނިޔެ ފަސާދަކުރާބައެއް. ﷲ މި ޤައުމު ސަލާމަތް ކިރައްވާށި. ޢާމީން.
ކަރީމުއްދީން ބާޝާ
20 December 2018
އިންޑިޔާ އެމެރިކާ އަދި އިޒުރޭލުމީ އެއްބައެއް އެއް އަމާޒަކަށް ދަތުރުކުރާ. އަމާޒަކީ އިސްލާމުން ހަންޓޯޓޯކޮށްލުން.
ލަލަލާ
20 December 2018
ހަޖަމްކޮށްލާ