ޚަބަރު / ދޫނިދޫ

ސައުދުގެ ހިޔާލު: ދޫނިދޫގައި ކުށްވެރިން ބަންދުކުރުން ހުއްޓާލަންޖެހޭ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ދޫނިދޫ ޖަލުގެ ހާލަތު ބައްލަވާލައްވަނީ. --- ފޮޓޯ: ރައީސް އޮފީސް

ދޫނިދޫ ޖަލުގައި މީހުން ބަންދު ކުރުމުގެ ބަދަލުގައި އެ ރަށް ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ހަދަން ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން މިއަދު ގޮވާލައްވައިފި އެވެ.

ފުލުހުން ކުރާ ތަހުގީގުތަކާ ގުޅިގެން ތުހުމަތު ކުރެވޭ މީހުން ބަންދު ކުރުމަށް ހާއްސަ ދޫނިދޫ ޖަލު ހިމެނޭ ގޮތަށް ހުރިހާ ޖަލުތަކެއްގެ ހާލަތު ބެލުމަށް ހޯމް މިނިސްޓްރީން ވަނީ ކޮމިޝަނެއް އުފައްދައިފަ އެވެ. އަދި އެ ކޮމިޝަނަށް ހަތް މެމްބަރުން ހަމަޖައްސައި މަސައްކަތް ވަނީ ފަށައިފަ އެވެ.

ޖަލުތަކާއި ޕްރޯލްގެ ގާނޫނުގެ ދަށުން ތިން ބާވަތެއްގެ ޖަލު ރާއްޖޭގައި ހުރެ އެވެ. އެއީ ކަރެކްޝަނަލް ސާވިސް އިން ބަލަހައްޓަމުންދާ އާންމު ޖަލުތަކާއި ރިމާންޑް ޖަލުތަކުގެ އިތުރުން ފުލުހުންގެ ބެލުމުގެ ދަށުން މާލެ އާއި ރާއްޖޭގެ އެކި ރަށްރަށުގައި ހުންނަ ކަސްޓޯޑިއަލް ޖަލުތަކެވެ.

ވިލިނގިލީ ދާއިރާގެ މެންބަރު ސައުދުގެ ހުސައިންގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑީގެ މައްސަލާގައި ހުކުމް ކުރުމުގެ ޝަރީއަތުގެ މަޖިލީހަށް އޭނާ ސުޕްރީމް ކޯޓަށް ވަދެވަޑައިގަންނަވަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު

ސައުދު ކުރެއްވި ޓުވީޓު.

ސައުދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ގައުމުގައި އަމަލު ކުރަމުން ދަނީ "ރަދުން ވިދާޅުވީމަ" އާއި "ފަނޑިޔާރު މަނިކުފާނު" ބޭނުންވީމަ ބަންދުކޮށްފައި ބަހައްޓާ އުސޫލުން ކަމަށެވެ. އެހެންވެ، ދޫނިދޫ ޕިކްނިކް އައިލެންޑަކަށް ހެދުން މުހިންމު ކަމަށް ވެސް ސައުދު ވިދާޅުވި އެވެ.

ސައުދު ވިދާޅުވި ގޮތުގައި ދޫނިދު އަކީ ބަންދު ކުރަން ނުޖެހޭ އެތައް ރައްޔިތެއް ބަންދުކޮށްފައި ބަހައްޓައިގެން އެކި ގޮތްގޮތަށް ނާޖައިޒު ފައިދާ ބަޔަކު ހޯދަމުންދާ ރަށެއް ކަމަށެވެ. އެއީ ގައުމުގެ ޒުވާން ބޮޑު އާބާދީއެއް ބަންދުކޮށްގެން ހަލާކު ކުރަމުންދާ ރަށެއް ކަމަށް ވެސް ސައުދު ވިދާޅުވި އެވެ.

ސައުދު ކުރެއްވި ޓުވީޓު.

"ދޫނިދޫގެ އޮޕަރޭޝަން ހުއްޓާލުމަށް ގޮވާލަން،" ސައުދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނިކޮށް މަޖިލީހަށް ވަތް މައްސަލާގައި ސައުދު ވަނީ 29 ދުވަހު ދޫނިދޫގައި ހޭދަކުރައްވައިފަ އެވެ. ސައުދުގެ އެހެން ޓުވީޓެއްގައި ވަނީ ދޫނިދޫގައި ހޭދަކުރެއްވި ތަޖުރިބާ ވެސް ހިއްސާކޮށް ދެއްވައިފަ އެވެ.

ސައުދު ކުރެއްވި ޓުވީޓު.

ސައުދު ވިދާޅުވީ ދޫނިދޫގައި ބަންދުކޮށްފައި މަހެއްހާ ދުވަހު ބެހެއްޓި އިރު، ތަހުގީގަށް ސުވާލު ކުރަން ހޭދަވީ އެންމެ 10 މިނިޓު ކަމަށެވެ. އަދި 10 މިނިޓުގެ ބޭނުމަށް އެތައް ދުވަހެއް ވަންދެން ޖަލުގެ ކުޑަ ގޮޅީގައި ބަންދު ކުރަން ޖެހޭ ސަބަބަކީ ކޮބައިތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

ސައުދު ކުރެއްވި ޓުވީޓުތަކުގެ ތަފްސީލް ދެއްވައި، އޭނާ "މިހާރު" އަށް މިއަދު ވިދާޅުވީ ކުދި ކުދި ކުށްތަކުގައި ހައްޔަރު ކުރާ ޒުވާނުން ދޫނިދޫ ޖަލުން ނުކުންނައިރު، އެމީހުން ތިބެނީ "ކޮންމެވެސް ގޭންގެއްގައި" ކަމަށެވެ. ދޫނިދޫ ޖަލަށް ދިއުމުގެ ސަބަބުން އެ ޒުވާނުން އިތުރަށް ގޯސްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މަގުމަތީގައި މިއުޅޭ ކުދިން ކުޑަ ކުށެއް ކުރީމަ ޖަލަށް ގެންގޮސް އެހާ ގިނަ ދުވަހު އޮންނަން ޖެހުނީމަ ޖަލުން ބައްދަލުވާ އެހެން މީހުންގެ ފަރާތުން އެ ކުއްޖާ އަށް ނޭދެވޭ އަސަރު ކުރޭ،" ސައުދު ވިދާޅުވި އެވެ.

ސައުދު ވިދާޅުވި ގޮތުގައި، ކުށްތަކުގެ ތުހުމަތުގައި މީހުން ދޫނިދޫގައި ބަންދު ކުރަނީ މާލޭގައި ހުންނަ އަތޮޅުވެހީގައި ޖާގަ ވެސް ހުއްޓަ އެވެ. އެހެންވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ދޫނިދޫގައި މީހުން ބަންދު ކުރުން ހުއްޓާލަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

20 ކޮމެންޓް, 56 ރިއެކްޝަންސް

icon happy icon happy 64%
icon sad icon sad 5%
icon angry icon angry 30%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސޭކުބެ

23 December 2018

ހަގީގަތަކީ މިއަދު މާލޭގެ ރައްޔިތުން ގޮސްލާނެ ފަޅުރަށެއްވެސް މާލެ އަތޮޅުގަނެތްކަން. މިދިވެހި ޤައުމުގެ ގުދުރަތީ ރީތިކަން ތަޖްރިބާކޮއްލުމުގެ ފުރުސަތު ދިވެހިންނަށް ގެއްލިގެން ގޮސްފަވާކަން. ފޭދޫ ފިނޮޅާ ކުޑަބަނޑޮސްވެސް އެންމެ ފަހުން ވިއްކާލީ. ދިވެހި މީހާ މިއަދު މިދާންޖެހެނީ މޫދަށް އެރިލަންވެސް ބޮޑުއަގުދައްކައިގެން. އަޅުގަޑު ބޭނުންވަނީ ފޭދޫ ފިނޮޅާ ، ކުޑަ ބަނޑޮހާ އަދި ދޫނިދޫވެސް ފަޅު ރައްރަށުގެ ގޮތުގަ ހަމަޖެއްސުން

The name is already taken The name is available. Register?

ދީދީ

23 December 2018

ޏޫހުގެ ފަލަސުރުހީއައް މިވެސް އެރީތަ. ދެން ކުއްވެރިން ބައްތިއްބަނީ ސައުދުގެ ގޭގައިތޯ. ޥަހިދުއްދީން ކުޑަބަންޑޮސް ކަޓުވާލި ގޮތް ކިޔައިދިނިއްޔާ މާބުއްދިވެރި ވާނެ

The name is already taken The name is available. Register?

އަބުލްބަރކާ

23 December 2018

އަޅުގަނޑަށް ފެންނަނީ ހުޅުމާލޭގައި ހައިސެކިޔުރިޓީ ޖަލެއް ހަދާ ތުހުމަތުގައި ޕޮލިސްބަންދު ކުރާމީހުންނަށް އެތާގަޢި ބައީތިއްބަން

The name is already taken The name is available. Register?

ނިލޯ

23 December 2018

ކުޑަ ކުށެއް....؟؟ ތި ބުނާ ކުޑަ ކުށަކީ ކޮބާތަ؟؟؟؟؟؟

The name is already taken The name is available. Register?

ޖޯކަރު

23 December 2018

ސައުދު އަށް އިހްސާސްވެސް ނުވާވަރުގެ ކަންކަން ކޮށްލަން ކެރޭ ރަނގަޅު ޒުވާނުން ދޫނިދޫގަ ތިބެނީ...މިތާންގަ މިއުޅޭ ބަސްއަހާ ކުދިން ދޫނިދޫ ގޮޅީގަ ނޫޅޭ.....އޭގެން މީހެއްގެ ދިފާއީ ލޯޔަރަކަށް ގޮސް އަހާލަންބާ ކުރި ކަމެއްތޯ ނުކުރާ ކަމެއްތޯ؟؟؟ ކުރި ކަމެކޭ ބުނެފިއްޔާ ދިފާއު ކުރާނަންތޯ؟؟؟؟ ގޯސް މީހުންގެ ދިފާއުގަ ނުނިކުމެބަލަ...

The name is already taken The name is available. Register?

ކާލާދޭއް

23 December 2018

ގޯސް މީހަކަސް ރަގަޅު މީހަކަސް ކޮންމެވެސް ބަޔަކު ދިފާއުގައި ނުކުންނަންޖެހޭނެ. ގޮތް ނިންމާނީ ފަޑިޔާރުން.

The name is already taken The name is available. Register?

.ކުށްވެރީން

23 December 2018

.ދެން ކުށްވެރީން ބަންދު ކުރަންވީ ތިނަދޫގާތޯ؟!!!!!!!!!!!!!!!!!!!!!!!!!!!!

The name is already taken The name is available. Register?

6987

22 December 2018

އެރަށް ދީ އޭނަރިސޯޓެއް ހަދަން

The name is already taken The name is available. Register?

މޯޑް

22 December 2018

ދޫނިދޫ ޖަލުގެ މައްސަލަ އެއް ނޫން މިއުޅެނީކީ. ސިސްޓަމް ރަގަޅު ކުރަންވީ. މުޅިއަކުން ދޮގު ވާހަކަ އެއް ނޫން ސައުދު އެބުނަނީ. ކުދިކުދި މައސަލަ ތަކުގަ ވެސް ހައްޔރު ކޮށްފަ ސުވާލް ކޮށްނުލާ އެބަބާތިއްބާ

The name is already taken The name is available. Register?

56778

22 December 2018

ޝަރީއަތްތަށް އަވަހަށް ނިމޭނަމަ ތި ދޫނިދޫ ޖަލެއްގެ ބޭނުމެއް ނުޖެހޭނެ. ޝަރީއަތަކާނުލާ އެބަ ހައްޔަރުކޮށް ހިފަހައްޓާ ތިންމަސް ހަމަސް ވަންދެން. ވެރިމީމީހާގެ ވެރިކަން ހިފެހެއްޓުމަށްޓަކާ އެކަން އެގޮތަށް ކުރަނީ. ވ. ސަލާމް ދޫނިދޫ ޖަލަށް

The name is already taken The name is available. Register?

އަލީރާޖާ

22 December 2018

ތިޔައީ ބުރިޖުގައި އެކްސިޑެންޓު ހިގާތީ ބުރިޖުން ދަތުރު ކުރުން ހުއްޓާލާ އެތަން ކުޑަކުދިންގެ ބާތުޑޭ ޕާޓީ ބާއްވާ ތަނަކަށް ބަދަލު ކުރުން ކަހަލަ ކަމެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454