19 އޯގަސްޓް 2016 - 14:52
މިއީ އުމުރުން ފަސް އަހަރު އުމްރާން ދަގްނީޝް އެވެ. ލެޔާއި ހިރަފުހުން މޫނާއި ހަށިގަނޑު ފޮރުވިފައި އެ ވަނީ އެ ކުއްޖާގެ އެއްވެސް ކުށެއް އޮވެގެންނެއް ނޫނެވެ. އާއިލާއާ އެކު ގޭގައި ނިދަން އޮއްވައި ދިން ހަމަލާއަކުން ސަލާމަތްވުމުން އިށީނދެލައިގެން އެ އިނީ އެމްބިއުލާންސެއްގެ ގޮނޑިއެއްގަ އެވެ. ސީރިއާ ސަރުކާރާއި ހަނގުރާމަވެރި ޖަމާއަތްތަކުގެ ފަސް އަހަރުވީ ކުރިމަތިލުންތަކުގެ ހިތްދަތިކަން ސިފަކޮށްދޭ އަސަރުހުރި މަންޒަރަކަށް މި ފޮޓޯ ވެސް ވެއްޖެ އެވެ.
ހަނގުރާމަވެރިންގެ އަތްދަށުގައިވާ ހަލަބް އަށް ސިފައިން ދިން މި ހަމަލާޔާ ބެހޭ ގޮތުން ސީއެންއެން އިން ގެނައި ޚަބަރު ހުށަހަޅައިދިން ކޭޓް ބޮލްޑުއާން އަށް ވެސް މި ވާހަކަ ކިޔައިދޭން ކެތެއް ނުވި އެވެ. ހަމަލާގައި މަރުވި މީހުންގެ ޒަހަމްވި މީހުންގެ އަދަދު ކިޔައިދެމުން ގޮސް، އުމްރާނަށް އިޝާރާތްކުރަމުން ޕްރެޒެންޓަރު ބޮލްޑުއާން އަށް ރޮވުނެވެ.
ބޮލްޑުއާން ޚަބަރު ކުރިއަށް ގެންދަމުން ބުނީ އެ ކުޑަ ކުއްޖާގެ ލޮލުން އެންމެ ކަރުނަ ތިއްކެއް ވެސް ނާންނަ ކަމަށާއި އެކަމަކު އަހަރެމެންނަށް އެ މަންޒަރު ބަލަން ކެތް ނުވެ ރޮވޭ ކަމަށެވެ.
އޮމްރާން އެމްބިއުލާންސްގައި
"... އެ ކުއްޖާ އެންމެ ފަހަރަކު ވެސް ނުރޮއެ. އެ ކުއްޖާ ގޭގައި އޮއްވައި ކުއްލިއަކަށް އައި ހަނގުރާމައިގެ އަނިޔާވެރި ހަމަލާއެއްގައި އެ ކުއްޖާ އެ އިނީ ޝޮކެއްގައި،" ޕްރެޒެންޓަރު ރޮމުން ކިޔައިދިނެވެ.
އުމްރާން ޒަހަމްވި ހަމަލާގައި މަދުވެގެން ތިން މީހަކު ވަނީ މަރުވެފަ އެވެ. އަދި 12 ކުއްޖަކު ޒަހަމްވެ ފަރުވާ ދޭން ޖެހުނެވެ.
ޕްރެޒެންޓަރު ޚަބަރު ނިންމާލަމުން ބުނީ މިއީ އުމްރާން ކަމަށާއި އޭނާ ސަލާމަތްވި ކަމަށެވެ. އަދި އެންމެންނަށް މިކަން އަންގައިދޭން އުމްރާން ބޭނުންވާ ކަމަށް ވެސް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ައަހުމަދު،ވިލިމާލެ.
20 August 2016
މި ކޮމެންޓް ށާއިޢު، ނުކުރާތީ. ލިޔުންތެރިޔާއަށް: މި ޚަބަރު ލިޔަންވީ މައި ޚަބަރެއްގެ ގޮތުގައި، ސަބަބަކީ މި ޚަބަރު މީ އެ ދުވަހުގެ އެންމެ ޓޮޕް ޚަބަރެއް ކަމަށް ވާތީ،.... އަދިވެސް ލޮލުން ކަރުނަ ފޭދޭ..... . ވ. ށުކުރިއްޔާ..... މިހާރު ނޫހުގެ ލިޔުންތެރިންނަށް. މަރުޚަބާ!......
މާނާ
19 August 2016
ޔާ ﷲ މި ކުދިންގެ އިހްސާސްތައް ދެނެގަންނާނޭ ވެރިންތަކެއް މިދުނިޔޭގެ ގައުމުތަކުން ތެދުވާނެ ދުވަހެއް ދައްކަވާ ފާންދޭވެ. ތަންތަނުން ޖަނަވާރުގެ ނަސްލުތައް ހިމާޔަތް ކުރަން އުޅޭމީހުނާއި ޖަމްއިއްޔާތަކުން އެތަކެއްޗަށް ކުރާ ހަރަދާ ބަހައްޓާ ފަރުވާތެރިކަން ފެނިފައި ހައިރާންވެ އަންތަރީސްވޭ .. އެކަމަކު މި ތިބީ އަހަރެމެން އިންސާނުންގެ މައުސޫމް ތުއްތު ތުއްތުކުދިންނަށް ހަދާގޮތް .. މި ކުދިންގެ ހައްގަކީ ކޮބާ ،، އަނގަޔަށް ލާ ކާއެތިކޮޅު ދިރުވަންވެސް ލަދުގަނޭ ރާއްޖެއިން ވެސް މިފަދަ ކުދިން އެޑޮޕްޓް ކުރެވޭނެ ޤާނޫނެއް ނިކަން ތިތިބަ މެންބަރުން ހަދާ ފާސްކޮށް ދީބަލަ ..
ދރ
21 August 2016
ވަރަށް ފުރިހަމަ!
އައިއެސްހަރާމް
19 August 2016
މިކަމާ ޒިންމާވާން ޖެހޭނެ ދިވެހިރާއްޖެވެސް، އެއީ އައިއެސްއޭ ކިޔާ ޔަހޫދީ ބައިގަނޑުގައި ދިވެހިންވެސް ހިމެނޭތީ، އެމީހުންގެ ލާއިންސާނީ ހަމަލާތައްމިއީ، މިއޮއްރީތި ސީރިއާ ހަލާކުކުރީ އައިއެސްއޭ ކިޔުނު ޔަހޫދީ ނުލަފާ މީހުން
ގގ
19 August 2016
ޔަހޫދީން ނަސާރާއިން އަޑީގައި ތިބެގެން މުސްލިމުން ނިކަމެތިކޮށް ގެއިން ބޭރުކުރަމުން ދަނީ ޔަހޫދީ ދައުލަތުގެ ހިމާޔަތުގައި ޔަހޫދީ މީޑިޔާތަކުން ހަޤީގަތެއް ހާމަނުކުރޭ!
އަލީ
20 August 2016
ޔަހޫދީންނެއްނޫން ސީރިޔާގަގޮސް ހަނގުރާމަކޮށް ކުށެއްނެތް އާއްމުން މަރާ ކުޑަކުދިން ޔަތީމުކުރަނީ. ނަމެއްގަނަމަވެސް މުސްލިމުންނޭ އަމިއްލައަށް ކިޔައިގެން އުޅޭމީހުން. ދިވެހިންވެސް އެދަނީ ހަމަ މިފަދަ އަމަލުތަކުގައި ބައިވެރިވަމުން. ކޮންމެހެން ޔަހޫދީން މާރަގަޅެކޭ ބުނަނީކީނޫން. މުސްލިމުން އެހެން މުސްލިމުންނަށް ކުރާ އަނިޔާގެ ވާހަކަ ދައްކަން ބިރުގަންނަނީ ކީއްވެ؟ ޔަމަނުގެ ހޮސްޕިޓަލުތަކަށަާއި ސްކޫލްތަކަށް މިހާރުވެސް ބޮންއަޅަމުން އެގެންދަނީ ދިވެހި ސަރުކާރުވެސް ބައިވެރިވާ ސައޫދީ ކޯލިޝަނުން.
ދރ
21 August 2016
މިހުރިހާ ކަމެއްގެ އަޑީގައި ތިބީ ޔަހޫދީން! ޔަމަނުގަވެސް، ސީރިޔާގަވެސް، މިސުގަވެސް އަދި އިރާގުގަވެސް ސުންނީންނާއި ޝީންގެ މެދުގައި ހުޅުޖަހަނީ ޔަހޫދީން އަޑީގައި ތިބެގެން! ގައުމެއްގައި ވަލިއްޔުލް އަމުރާއި ދެކޮޅައް ބަޣާވާތް ނުކުރުމަށް އަންގަވާފައިވާ ހީކްމަތް އަހަރެމެންގެ ލޯމަށްޗަށް މިދަނީ ފެންނަމުން! ދީން ފުރިހަމަ ވަނީ ހަމަ އެކަނި ފުރިހަމަ ވަނީ ގުރުޢާނާއި ހަދީޝް އަކުން ނޫން! އަސްޙާބުން ކަންކަމުގައި ދީނުގެ ހުކުމްތަކަށް އަމަލުކުރެއްވި ގޮތްވެސް އުގެނުންލާޒިމު! މީޑިޔާގައި ހާމުނުކުރާ އެއްމެބޮޑު އެއް ސިއްރު - ޝީންނަށް ސުންނީންގެ މަށްޗަށް ނަސްރުލިބޭދުވަހު ގެފުޅު ހަލާކުކޮށް ސުންނާފަތިކޮށް އަލީގެ ފާނުގެ ހަށިކޮޅު އެބިމުން ނެރޭނެކަމަށް ސުންނީން ގަބޫލުކުރޭ! ސައުދީންނާއި ތުރުކީން މިހަނގުރާމަ ތެރެއަށް ވަދެ ޝީންނާއި ހަގުރާމަ ކުރަނީ މިސަބަބަށްޓަކައި! އަހަރެމެން މުސްލިމުންނަށް ވީ އިރު ސީއެންއެނާ ބީބީސީ ގެ މައުލޫމާތުގެ އިތުރުން ދީނީގޮތުން ހޭލުންތެރިވުން މުހިއްމު ކަމަށް ދެކެން! މިހަންގުރާމަތަކާއި ފަސާދަ އަހަރެމެންގެ ތެރެއިން ނެތިކުރައްވައި ހަމަޖެހުން މިންވަރުކުރައްވާށި!
ސާދާސީދާ
19 August 2016
އޮމްރަން އަށް ކެއްތެރިކަންދެއްވާ ބޮލްޑުއާން އަށް ހިދާޔަތްދެއްވާނދޭވެ. އާމީން.
އިބިރިހިން ތައްކާނު
19 August 2016
މިފަހުގެ ތާރީޚުގައި މުޅި ޔޫރަޕް އަތްދަށުލާން ހަގުރާމަކުރީ ޖާމަނީން. ޢަޅުވާލީ ހިޓލަރު ބޮލުގަ. ޢިހައްދުވަހު އަފްގާނިސްތާން. ކެނޑީ ބިންލާދިން ބޮލަށް. ދެން... ޢިރާގު. ސައްދާމު ބޮލަށް. ދެން ލީބިޔާ... ގައްޒާފީ ބޮލަށް. މިސްރު. ހުސްނީ މުބާރިކު ބޮލަށް. މިހާރު ސީރިޔާ. ފުރަތަމަ އަސަދު ބޮލަށް. ދެން އައި އެސް ބޮލަށް. ނަސީބެއް ދިވެހިރާއްޖެ އެހިސާބަށް ނުގޮސް ސަލާމަތްވިކަނ ކުދިންކޮޅަކަށް ހިމާޔަތްދީގެން އަދި ފުދޭކަން.
އަހުމަދު
19 August 2016
ސިރިޔާގަ ހަނގުރާމަ ވެރީން ގެ ހަމަލާ ތަކަށް ވުރެ ބޮން އަލައިގެން މަރުވާ މީހުން މާގިނައެވެ. ހަނގުރާމަ ވެރީންގެ އަތުގައި ބޮން އަޅާ ބޯޓު ތަކެއް ނުހުރެއެވެ. މިއި މުސްލިމުން ނަސްލު ފޮހެލަން ދޭ ބޮމުގެ ހަމަލާ ތަކެކެވެ.
ދޮންދީނި
19 August 2016
ހާދަހާ ހިތްދަތި މަންޒަރެކޭ.... ﷲ ތަބާރަކަ ވަތަޢާލަ މި ތުއްތު ކުއްޖާ އަށް ރަޙްމަތް ލައްވާނދޭވެ..
އިގްނޮރެންސީ
19 August 2016
މިކުއްޖާ އަށް މިދިމާވިގޮތް މިރާއްޖެ އަށް ވެސް ދިމާވުމަކީ އެއީ އެކަށީގެންވާ ކަމެއް އެހެން ސިފައެއްގައި. މިފަދަ ކަންކަން ދިމާވަނީ އެއީ ސިޔާސީ ގޮތުން ވަކި ބަޔަކު ނޫނީ ގައުމުގެ ވެރިކަމުގައި ތިބެގެން ނޫން ގޮތަކަށް ގައުމު ނުހިންގޭނެ ކަމަށް ގަބޫލުކުރާ ބަޔަކު ގައުމު ގައި ތިބެގެންނެވެ. ސީރިއާ އަށް މިމައްސަލަ ދިމާވީ ސީރިއާ ނަލަ ކޮށް ނަލަ ދުވެލީގައި ދުވަމުން ދަނިކޮށް އަރަބް ސްޕްރިންގް ތެރެއަށް އަރަބި ދުނިޔޭގައި ތިބި ޑްރަގް ލޯރޑުން ތަކެއް އެފްރިކާގެ ބަކޯ ހަރާމް އާއި ގުޅިގެން ވަދެ އެމީހުން ސީރިއާގައި މިހާރު އޮތް ވެރިކަން ވައްޓާލަން ކުރާ މަސައްކަތުގެ ތެރެއިން ނެވެ. އައިއެސް މި މީހުންނަކީ. މިދުނިޔެ އިން އައިއެސް ނައްތާނުލާ މިޒާތުގެ އަނިޔާވެރި އަމަލު ތައް ނުހުއްޓުވޭނެއެވެ. އައިއެސް އަދި އަލްގައިދާ އަދި އަފްއާނިސްތާނާއި ޕާކިސްތާނު ތާލިބާނުން އެއީ މު ވުޖޫދުން ފުހެލަން ޖެހޭނެ ބަޔެއް މިފަދަ އަނިޔާވެރި އަމަލު ތަކުން ދުނިޔެ ސަލާމަތް ކުރަން ބޭނުންނަމަ. ޕާކިސްތާނު ރޮޓެން ކަންޓްރީ އަކަށް ބަދަލު މިކުރަނީ އެއީ ތާލިބާނުންނެވެ. އެއީ ދެން ކޯއްޗެއް ދަނެގެން އުޅޭ އިގްނޮރެންޓުން ތަކެއްތަ.