ޓީއެމްއޭގެ ދެ ސީޕްލޭން ހުޅުލޭގައި | ފޮޓޯ: މިހާރު
26 ޑިސެމްބަރ 2018 - 11:10
ދުނިޔޭގެ ލީޑިންގް ސީ ޕްލޭން އޮޕަރޭޓަރުގެ އެވޯޑް އަނެއްކާވެސް ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް ލިބިއްޖެ އެވެ.
މި އެވޯޑް ޓީއެމްއޭއަށް ލިބުނީ ލިސްބަންގެ އާސާރީ ޕެޓިއޯ ޑަ ގާލޭގައި ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސް ގްރޭންޑް ފައިނަލް ގާލާގަ އެވެ. ޓީއެމްއޭއިން ވަނީ 2014، 2015 އަދި 2017 ވަނަ އަހަރު މި އެވޯޑް ހޯދާފަ އެވެ.
ޓީއެމްއޭއަކީ 1989 ވަނަ އަހަރު "ހަމިންގްބާޑް އައިލެންޑް ހެލިކޮޕްޓާސް"ގެ ނަމުގައި ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް އުފެއްދި ކުންފުންޏެކެވެ. އޭގެ އަށް އަހަރު ފަހުން ސީޕްލޭންގެ ޚިދުމަތް ފަށައި، އެ ކުންފުނީގެ ނަން "ހަމިންގްބާޑް އައިލެންޑް އެއާވޭސް" އަށް ބަދަލުކުރި އެވެ. ހަމައެކަނި ސީޕްލޭން އޮޕަރޭޓްކުރާ ކުންފުންޏަކަށް 1999 ވަނަ އަހަރު ވިޔަފާރި ބަދަލުކޮށް، 2000 ވަނަ އަހަރު އެކުންފުނީގެ ނަން، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ނަމަށް ބަދަލުކުރި އެވެ.
ޓީއެމްއޭއަކީ 50 ސީޕްލޭނާ އެކު ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރެވެ. އެގޮތުން 2016 ވަނަ އަހަރު އެ ކުންފުނިން ވަނީ 120،000 ދަތުރުގައި، 80،000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދީފަ އެވެ.
ޓޫރިޒަމް އަދި ސާވިސް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގު ވަޒަންކުރުމަށް ވޯލްޑް ޓްރެވަލް އެވޯޑަކީ 1993 ވަނަ އަހަރު ތައާރަފްކުރި އެވޯޑެކެވެ. މި ދާއިރާތަކުގެ ނަން މަޝްހޫރު ގިނަ ބައެއްގެ ބައިވެރިވުން މި ހަފުލާގައި އޮވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާރަނގާ - އައްޑޫ ސިޓީ
26 December 2018
ހަމައެކަނި އޮޕަރޭޝަން ލައިސެންސް ފީއަށް ލިބޭ ކުޑަކުޑަ ފައިސާކޮޅެއްގެ އެދުމުގައި މިވަރުކަމެއް މިގޮތަށް ކުރާން ދައުލަތުން ފުރުސަތުދީފައިއޮތުމުގެ ސިއްރަކީ ކޮބާ؟! * * ކުންފުނީގެ %85 ވޭޖާރސް އަދި މުވައްޒިފުންގެ %90 ވަރު ބިދޭސިން ގެންގުޅޭ މިފަދަ ކުންފުނިތަކަށް ގޮތްތަކެއް ނިންމާންޖެހޭ. * * ހުޅުލޭ ސީޕްލޭން އޭރިއާ، ޓާމިނަލް އެއަރޕޯޓްގެ ދަށަށް ގެނެސް ވީލްބޭސް އެއަރލައިންތަކަށް ހިދުމަތްދޭ ގޮތަށް އެެއަރޕޯޓް މުވައްޒިފުން ސީޕްލޭން ޓާމިނަލްއަށް ހަމަޖައްސަވާ.
މާރަނގާ - އައްޑޫ ސިޓީ
26 December 2018
އެއްވެސްހާލެއްގައި ދިވެހިންނަށާއިޤައުމަށް ފަޙްރުވެރިކަމެއްނެތް. * * ރާއްޖޭގެފަތުރުވެރިކަމާއި އެއާއި ގުޅުންހުރިދާއިރާތަކުން ދުނިޔޭގެފެންވަރުގެ މިލިޔަނަރުންނާއި ބިލިޔަނަރުންއުފެދޭއިރު މިޤައުމުގެ ރައްޔިތުންނަށާއިދައުލަތަށް މީގެފުރިހަމަ މަންފާނުލިބޭނަމަ މީކީއްކުރާނަންތަކެއް؟؟! * * އިގޭ ދިފާއުގައި ވާހަކަ ތަކެއް ދައްކާނެކަން. ލަދެއް ހުރީއްޔާ މުވައްޒިފުންގެ އަދަދާއި ދިވެހިން ތިބިވަރު ވޭޖާރސް ލިބޭގޮތް ބުނެލަބަލަ.
ބޯގޯސި
26 December 2018
5 ދިވެހިން އުޅޭ ރިސޯޓެކޭ ތިތަނެކޭ އެއްވަރު. ދިވެހިންނާ މުޅިން ބީރައްޓެހި ކުންފުންޔެއް ތިވެސް.