މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދާއި (ކ) މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު. ފޮޓޯ: މަޖިލިސް
26 މެއި 2016 - 19:54
ކުރީގެ ރައީސް މުހައްމަދު ނަޝީދާ ބެހޭ ގޮތުން ޗެނަލް 13 ގެ ޕްރޮގްރާމެއްގައި ޕީޕީއެމްގެ މަޖިލިސް ދެ މެމްބަރަކު ދެއްކެވި ވާހަކަތައް ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާ ހިލާފުނުވާ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމައިފި އެވެ.
އެ ކޮމިޝަނުން ބުނީ މި މަހުގެ އެއްވަނަ ދުވަހުގެ ރޭ ޗެނަލް 13 އިން ދެއްކި "ނިއުސް ޓޯކް" ޕްރޮގްރާމްގައި މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދާއި މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު، އެމްޑީޕީ އާއި ނަޝީދާ ބެހޭ ގޮތުން ސާބިތު ނުހިފޭ ދޮގު ވާހަކަތައް ބްރޯޑްކާސްޓް ކުރި ކަމަށް ބުނެ ހުށަހެޅި މައްސަލަ ބެލިއިރު، ނަޝީދުގެ މައްޗަށް ތުހުމަތުތަކެއް މެމްބަރުން ކުރެއްވި ނަމަވެސް ކަމެއް ހިނގާފައި އޮތް ގޮތެއް ހާމަކުރުމަށް ޝަރުއީ ކޯޓުތަކުގެ ހުކުމަށް ރިއާޔަތްކޮށް އިބާރާތްތައް ބޭނުން ކުރެވޭނެ ކަމަށެވެ.
އެ ބަޔާނުގައި ވަނީ ޗެނަލް 13ގެ ކޮންޓެންޓްގައި ގެނެސްދިން ވާހަކަތައް، ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފުވާ މިންވަރަށް ހުރި ކަމަށް ބެލެން ނެތް ކަމަށް ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ނިންމާފައިވާ ކަމަށެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން ބެލީ އިދިކޮޅު އެމްޑީޕީން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އައީ "ޒުވާނުންނަށް މަސްތުވާތަކެތީގެ ވަބާގެ ދަޅަ ދައްކައިގެން ރާ ބޮވޭނެ ގޮތްތަކެއް މަގު ފަހިކޮށްދޭނެ ކަމަށް ބުނެ މިކަހަލަ ވަރަށް އެހެން ކަހަލަ ނުލަފާ ޖައްބާރު ވިސްނުންތައް" މިހެން ބްރޯޑްކާސްޓް ކުރި ކަމަށް ބުނެ ހުށަހެޅި މައްސަލައެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފިޔަވަޅު
27 May 2016
ޗެނަލް 13 އަށް ފިޔަވަޅު އެޅުމުގެ ކުރިން އެންމެ ފުރަތަމަ ރ.ޓީވީ އަށް ފިޔަވަޅު އަޅާބަލަ. މީޑިޔާއިން ފިތުނަ ފަސާދަ އުފައްދަން ފެށުމުގެ އަސްލަކީ އެއީ. ރ.ޓީވީ.އަށް ފިޔަވަޅު ނޭޅުމުގެ ސަބަބުން މިއަދު މިފެންވަރަށް ޤައުމު ދިޔައީ.
އަޙްމަދު
27 May 2016
ޝަހީބަކީ މައުމޫނުގެ ޢާއިލާއިން އައިސް ހުރި މީހެއް.ދެންވާނީ ކިހިނެތް.މައުމޫނު ދުވަކު ކުށެއް ކުރިތަ؟
އަލީ
26 May 2016
މިއީ މި ގައުމުގެ ހަމަޖެހެން ނެތް ސަބަބަކީ! ހަމަ ކަޑައެޅި ސާފުކޮށް ފެންނަނަން އޮތް ތަނުގައި އެކި މީހުންނަށް އެކި ގޮތް ހަދާތީ!
އަވަރސް
26 May 2016
ރައީސް ނަޝީދާއި ގުޅޭގޮތުން ޕީޕީއެމް މެމްބަރުން ދެއްްކިވާހަކަ އެއް މައްސަލަ އެއް ނެތެވެ. އެއީ ޑިމޮކްރަސީގެ ހަމަތަކަކީ. ދެން ރައީސް ނަޝީދު ރާއްޖެ އަށް ވަޑައިނުގަންނަވާތީވެ މާ ގިނަ އިން ރައީސް ނަޝީދުގެ ވާހަކަ ޕީޕީއެމް އިން ދައްކާނެ ކަމެއް ނެތެވެ. ޕީޕީއެމް އެމްޑީއޭ އިން ދައްކަންވީ މާލެ ސަރަހައްދު ލިޓިލް ސިންގަޕޫރަށް ހަދާނެ ގޮތާއި ބެހޭ ގޮތުން ދެން އެކިއެކި ފޯރަމް ތަކުގައި. އެއިރުން އެމްޑީޕީގެ ހުރިހާ ގާލްސް ތަކާއި އަދި ބޯއިސް ތައް ގުޅޭނެ ޕީޕީއެމް އާއި. އައާއާ، އައާއާ، ވީ އާރ އޮން ދަ ބްރިޖް ޑާންސިންގް އަންޑަރ ދަ މޫން ލައިޓް. ލެޓް ދަ ޖެލަސީ ނެވަރ ލުކްސް ބެކް ޓު އަސް. އައި އޭމް ލުކިންގް އެޓް ޔޫ ސްޓޭންޑިންގް ދެއަރ ހޯލްޑިންގް ބްރިޖް ރެއިލިންގް. ވޮންޑަރިންގް ވައި ޔޫ އާރ އަޕްސެޓް. އައި ކޭން ސީ އިޓް ނައު. ފްލޭޝް ފޯވާރޑް އެން ގިވް މީ އަ ސްމައިލް އޮން ޔުއަރ ފޭސް. ވީ ގޮޓާ ފިގަރ އިޓް އައުޓް. ޕުޓް ޔުއަރ އާރމްސް އެރައުންޑް މީ ފޯރ ދަ ފަސްޓް ޓައިމް، ޔޫ އާރ ދަ ބެސްޓް ތިންގް އިޓްސް އެވަރ ބީން އަވަރސް.
މުނާޒު
26 May 2016
މިހާރު އަބުރު އޮތީ ހަމައެކަނި ޔާމީންގެ
ބުރުނީ
26 May 2016
މިފެންނަ ކޮންމެ މީހެއްގެ ފައިލެއް ޔާމީނު އަތުގަ އޮންނާނެ. ބުނާގޮތް ނުހަދައިފިނަމަ ވަގުތުން އެއްކަލަ ފައިލުނެރިފަ ތަހުގޫގުކުރުމަށް ފުލުހުނަނާ ހަވާލުކޮށް މައްސަލަ ނިމެންދެން ޖަލުގައި ބައިންދަން ކޯޓުން އަމުރު ނެރޭނެ.
ޒިޔާ
26 May 2016
ރާއްޖޭގައި އަބުރު އޮންނަނީ ވަކި އާއިލާ އަކަށް ވަކި ގަނޑުވަރެއް ގައި އުޅޭ ބަޔަކަށްތޯ؟ ޓީވީން ދެއްކި ލައިވް ޕްރޮގްރާމެއްގައި މެމްޑީޕީ އަށް ވޯޓްދިން މީހުންނާއި ތާއީދު ކުރާ މީހުންނަކީ "ޔަހޫދީން' ކަމަށް ބުނި.. އެހެންކަމަށް ވާނަމަ ރާއްޖޭގެ ގިނަ ބަޔަކަށް ޔަހޫދީން ކަމަށް ގޮވީމައި ރައްޔިތުން ގެ އަބުރު އެއްވެސް އެއްޗަކަށް ނުވީ..
ޖިނާހު
26 May 2016
މައްސަލަ އަކަށް ނުވާނެ ކޮށްމެ ވާހަކަ އެެއް ދެއްކިޔަސް ނަގޫ ފިތިފަ އޮތް ކޮމިށަނެއް ތިޔަ ކޮމިށަނަކީ. ވަރަށް ސަލާމް
މުނީޒް
26 May 2016
އެހެންވީމަ އަބުރަކީ ޔާމީނުގެ އެކަނި އޮންނަ އެއްޗަކަށް މިވީ.
ސަހީމް
26 May 2016
ދިވެހިންގެ އިޖުތިމާއީ ފޭރާން ވެއްޔާ މޮޑެލި މީހަކީ ގ. ކެނެރީގޭ ނަސީދު ކަން މި އިސްލާމީ އުއްމަތް ހެކިވެ،