30 ޑިސެމްބަރ 2018 - 18:37
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ހާދިސާ އާއި ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވައިލުމާއި ބްލޮގާ ޔާމީން ރަޝީދު މަރާލި ހާދިސާ ވަނީ ގުޅިފައި ކަމަށް، މަރުގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން މިއަދު ބުނެފި އެވެ.
ގޮތް ނޭނގޭ މަރުތަކާއި މީހުން ގެއްލުވައިލުމުގެ މައްސަލަތައް ތަހުގީގު ކުރަން ރައީސް އުފައްދަވާފައިވާ ކޮމިޝަނުން ރައީސް އޮފީހުގައި ބޭއްވި ނޫސްކޮންފަރެންސްގައި "މިހާރު"ން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވީ އެ ތިން މައްސަލައިގައި އެއްގޮތް ކަންތައްތަކެއް އެބަހުރި ކަމަށެވެ.
"އެއް ޕެޓާނަކަށް، އެކަތި އަނެކައްޗާ ގުޅުން ހުރި ކަމަށް އަޅުގަނޑުމެން މި ބަލަނީ. ތިން މައްސަލަ ވެސް ގުޅިފައި އޮތް ކަމަށް،" އޭނާ ވިދާޅުވި އެވެ.
އެ މައްސަލަތަކުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ބައެއް ފަރާތްތަކުން ތުހުމަތުކުރާއިރު އޭނާއާ ސުވާލުކުރާނެތޯ ނޫސްވެރިއަކު އެހުމުން ސުއޫދު ލ ވިދާޅުވީ ސުވާލު ކުރަން ޖެހިއްޖެއްޔާ އަދީބާ ވެސް ސުވާލުކުރާނެ ކަމަށެވެ.
ކޮމިޝަނުގެ މަސައްކަތްތައް ކުރިއަށް ގޮސްފައިވާ މިންވަރާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ސުއޫދު ވިދާޅުވީ މިހާރު ބައެއް މައްސަލަތަކުގައި ކަންހިނގި ގޮތުގެ ތަސައްވުރެއް ކޮށްލެެވޭ ވަރަށް މައުލޫމާތު އެއްކުރެވިފައިވާ ކަަމަށެވެ. އެގޮތުން ފަސް މައްސަލައެއްގައި ކުރިއެރުން ލިބިފައިވާ ކަމަށާއި އެ މައްސަލަތަކުގެ ތެރޭގައި ޑރ. އަފްރާޝީމާއި ރިލުވާން އަދި ޔާމީން ރަޝީދުގެ މައްސަލަ ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރިލުވާނާއި އަފްރާޝީމްއާ އަދި ޔާމީން ރަޝީދުގެ މައްސަލައިގައި މިދެންނެވީ އަޅުގަނޑުމެންނަށް ވަރަށް ގިނަ މައުލޫމާތުތަކެއް އެއްކުރެވިއްޖެ. އަޅުގަނޑުމެންނަށް ވަރަށް ގިނަ މީހުންތަކެއް ހާޒިރު ކުރެވިއްޖެ. ބަޔާންތަކެއް ނެގިއްޖެ. އެހެންވީމާ އެ ބަޔާންތަކުގެ އަލީގައި އަޅުގަނޑުމެންނަށް މުޅި މައްސަލައިގެ އޯވަރޯލް ވެފައި އޮތް ގޮތް އަޅުގަނޑުމެންނަށް އަންދާޒާ ކުރެވޭ ވަރުގެ މައުލޫމާތުތަކެއް ލިބިއްޖެ،" ސުއޫދު ވިދާޅުވި އެވެ.
ސުއޫސު ވިދާޅުވި ގޮތުގައި ފުލުސް އޮފީހުން ވަނީ އެ ތިން މައްސަލައިގައި ލިބިފައި ހުރި މައުލޫމާތު ކޮމިޝަނާ ހިއްސާކޮށްފަ އެެވެ. ނަމަވެސް އެ ތިން މައްސަލައިގެ ތެރެއިން ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގެ ތަހުގީގު ވަކި މުއްދަތަކަށް ހުއްޓައިލި ކަމުގެ މައުލޫމާތު ވެސް ފުލުހުން ދިން ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން 2013 ވަނަ އަހަރު ވެރިކަން ބަދަލުވި ހިސާބުން އެ ތަހުގީގު ހުއްޓުނުކަމަށް ފުލުހުން މައުލޫމާތު ދިން ކަމަށް ސުއޫދު ވިދާޅުވި އެވެ.
"ދެހާސް ބާރައިގައި އެހާދިސާ ހިނގުމަށް ފަހު 2013 ގައި ވެރިކަން ބަދަލުވީ، 2013ގެ ނޮވެމްބަރު 17 ގައި ވެރިކަން ބަދަލުވުމާ ހަމައިން ޑރ. އަފްރާޝީމްގެ މަރުގެ މައްސަލަ އޮތީ ހުއްޓިފައި،" އޭނާ ވިދާޅުވި އެވެ.
ފުލުހުންނާ ހަވާލާދެއްވައި ސުއޫދު ވިދާޅުވީ އެ މައްސަލަ ދެން ބަލަން ފެށީ 2015 ވަނަ އަހަރުގެ އޮކްޓޯބަރުމަހު ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި 2015 ވަނަ އަހަރު އެ މައްސަލަ އަލުން ތަހުގީގު ކުރަން ފެށީ އެކަމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލައިގެންނެވެ.
"ދެން އަނެއްކާވެސް އެނގިވަޑައިގަންނަވާނެ މިއަހަރުގެ ނޮވެމްބަރުމަހުގެ ހަތަރު ވަނަ ދުވަހު އަނެއްކާ އާ ތަހުގީގު ކޮޮމިޓީއެއް އެކުލަވާލައިގެން ވަރަށް ބާރަށް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެ އަނެއްކާ އިތުރު މަސައްކަތްްތައް ކުރައްވާފައި އެބަހުރި،"
އޭނާ ވިދާޅުވި ގޮތުގައި އެ ތިން މައްސަލައިގެ ތެރެއިން ޑރ. އަފްރާޝީމްގެ މައްސަލައިގެ ތަހުގީގުގެ އަމާޒު އެކި ފަހަރު މަތިން ބަދަލުވެފައިވާ އިރު 2015 ވަނަ އަހަރުގެ ފަހުކޮޅު ކުރި ތަހުގީގުން އާ މައުލޫމާތުތަކެއް ވަނީ ލިބިފަ އެވެ. އަދި އެ މައުލޫމާތުތައް ވެސް ފުލުހުން މިހާރު ވަނީ ކޮމިޝަނާ ހިއްސާކޮށްފަ އެވެ.
ކޮމިޝަނުން ބަލަން މިހާތަނަށް ނިންމާފައި ވަނީ 24 މައްސަލައެއް ކަމަށާއި އެ މައްސަލަތައް ބެލުމުގައި ބޭރުގެ ތަޖުރިބާކާރުންގެ އެހީ ހޯދަން ނިންމާފައިވާ ކަމަށް ސުއޫދު މިއަދު ވިދާޅުވި އެވެ.
ކޮމިޝަނުން ބަލަން މިހާތަނަށް ނިންމާފައިވާ މައްސަލަތަކުގެ ތެރޭގައި، ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށް ނެގި މައްސަލަ އާއި ޑރ. އަފްރާޝީމް އަލީ އާއި ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ އިތުރުން، ކުޑަކުދިންގެ ހިޔާގައި މަރުވި ކުއްޖަކާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ގެއްލުނު މީހެއްގެ މައްސަލަ ވެސް ހިމެނެ އެވެ. އަދި ޖަލުގައި މަރުވެފައިވާ ބައެއް މީހުންނާއި މާރާމާރީތަކުގައި މަރާލާފައިވާ ބައެއް މީހުންގެ މައްސަލަތައް ވެސް ހިމެނެ އެވެ.
ސުއޫދު ވިދާޅުވި ގޮތުގައި ނޮވެމްބަރު 25 ގައި ކޮމިޝަންގެ މަސައްކަތް ފެށުމަށް ފަހު، ވަރަށް ހަލުވިކަމާ އެކު ދަނީ ކުރިއަށެވެ. އަދި ކުރިން ލަފާކުރި ވަރަށް ވުރެ އަވަހަށް މައްސަލަތައް ބެލެމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ. "އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ އޭޕްރީލް މަހު ކޮމިޝަންގެ މަސައްކަތް ނިންމާލެވޭނެ،" ސުއޫދު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިލްސް
31 December 2018
ބަަލަ ކީއްކުރާ ކޮމިށަނަކާއި ތަހުގީގެއް؟ ނަށީދު ބުންޏެއްނު ތިކަން ކުރި ބަޔަކު ތިމަންނާ އަށް އެނގެޔޭ؟ އެ ބޭފުޅާ އާއި ސުވާލު ކޮށްލީމަ އެއޮތީ އެނގިފަ.
ކަތީއްބެ
31 December 2018
ތިޔަ ގުޅުވަން އުޅޭ މީހާއާއި އަދިވެސް ގުޅުވައި ނުލެވޭތީ ހީއެއްގެ މައްޗަށް ތި ވާހަކަ ދައްކަނީ، ކުރިންވެސް ކުރެވުނީ ހީ، މިހާރުވެސް ކުރެވެނީ ހީއެއް، އަހަންނަށްވެސް ހީވަނީ ތިކަމުގައި އުޅެނި ޙަސަދަވެރި ޙީލަތްތެރި ކުށްހީއެއްހެން.
ހައު
31 December 2018
މޫނަކަށް ކަނދުރާއަކަށް ނުބަލާ އިންވެސްޓިގޭޓްކޮށް ރައްޓެއްސަކަށް ފޭވަރނުކޮށް ދަންނަ މީހާ ނުވަތަ އޭނާގެ ގާތްމީހަކަށް ނިސްބަތްވާ ކަމެއްވީމަ ދޫކޮށްނުލާ ވަރަށް އިންޑިޕެންޑެންޓް ގޮތަކަށް ތިޔަ ކަންތައް ކުރެވޭނީ. އިލްމީ ގޮތުން ކިތަންމެ އަރާ ހުއްޓަސް ތިކަމުގައި ހުންނަންވީ އެހެން ކަހަލަ ހިތްވަރެއް. ކޮންމެފަދަ ހަތަރު އަނގޮޅި ކަންމައްޗެއް ދިމާވިއަސް ކޮންމެފަދަ ކަމެއް ކުރިމަތިވިއަސް އެކަމަކާ ނެގޯޝިއޭޓްނުކޮށް "ތެދު" ހާމަކުރުން އޮންނަންވީ.
Haruge
31 December 2018
ރަގަޅު. ސަރުކާރު ހިންގުން އިންޑިޔާ އާ ހަވާލުކުރި ގޮތަށް ކޮމިޝަން ހިންގުންވެސް އިންޑިޔާ އާ ޙަވާލުކުރަނީ ދޯ؟ ކޮމިޝަންގެ މެމްބަރުންނަށް ރައްޔަތުން ފައިސާއިން މުސާރަދީފަ މައްސަލަބަލަން ރައްޔަތުންގެ ފައިސާއިން އިންޑިޔާ އަށް ޚަރަދުކުރަނީ. ޑރ. ޢަފްރާޝީމްގެ މަރުގެ ހަޤީގަތް އެގޭ މީހާ ރައީސް ނަޝީދު އާ ސުވާލު ކޮށްފިންތަ.؟ އަފްރާޝީމް އަވަހާރަކޮއްލި މީހުން އެދުވަހު ފުރާގެން ހިގައްޖެ ކަމަށް އެކަން ހިގިދުވަހު ނަޝީދުނުބުނޭތަ.؟ ކޮމިޝަނުން ތި ބަލަނީ ކޮންކަމެއްތަ؟
ކީއްވެހޭ ނުހޯދެންވީ؟
31 December 2018
ތިކަންކުރި ބަޔަކު ހޯދަން އުޅެފިނަމަ ނިކަންފަސޭހައިން ހޯދިދާނެ. މީހުންނާއި ވާހަކަދަށްކައި އިންޓަގްރޭޓް ކުރާއިރު ޕޮރފެއްސާ އުގެއިލްގެ އީޖާދު ބޭނުންކޮށްފިނަމަ ތިކަން އޮންނާނީނިމިފައި. https://www.bbc.com/news/science-environment-14900800 އެކަމަކު މިހާރުވެސް ފަސްއަޅާ ފޮރުވަން އުޅޭކަހަލަ.
މުހައްމަދު ޙަސަން
31 December 2018
މަރްހޫމް ޑރ އަފްރާޝީމް ގެ މަރުގެ ކަންތައް ވަރަށް ރަގަޅަށް އިސްތިއުފާ ދެއްވި ރައީސް ނަޝީދުއަށް އެނގިވަޑައިގަންނަވާނެ. ޢެމަނިކުމާނު ވިދާޅުވެފަ އޮންނާނެ އެކަން ކުރި މީހުން އެކަން ކޮއްފަ ފުރައިގެން ދިޔަވާހަކަ. އެމީހުންނަކީ އެހެން ޤައުމަކަށް ނިސްބަތްވާ ބައެއްކަމަށް. ޢޭރުގެ ވީޑިއޯތައް ބައްލަވާ ކޮމިޝަނުން ނަޝީދު ވިާޅުވެފަ ވާނެ
ފާތާނިކެ
31 December 2018
މަސްދުވަސްވެ ބޮޑުވީމަވެސް އަރާ ބުނަންއެނގުނީ އެންމެންދަންނަ ވާހަކައެއް ތިކަން ނުވަންޏާ އިސްތިއުފާދީ ގޮޑި ހޫނުނުކޮށް
ލައިލާ
31 December 2018
ތިޔަ ހަމަ ދާނީ ބޮނޑު ނަގުލައް. ތިޔަ ކޮމިޝަނުން ލާރި ގަނޑެއް ޚަރަދުވުން ނޫން އިތުރުކަމެއް ނުވާނެ ކޮބާއައްޑިހަމިލިއަން ރުފިޔާއޭކިޔާގެން މީހުންގެލޮލުގައެޅިއަދުން
ރާއްޖެ
31 December 2018
އަފްރާޝީމް މަރުގެ މައްސަލައިގައި ސްޕްރީމް ކޯޓުން މަރަށް ހުކުމް ކޮއްފަ އޮތް ހުމާމްގެ ގަޒިއްޔާއަށް ދެންވާނީ ކިހިނެއް؟ އަނެއްކާ ހުމާމްވެސް ކުށް ނުކުރާ ކަމަށް ބަލާފަ ދޫކޮއްލަނީތަ؟ ޝަރުއީ އެންމެ މަތީމަރުހަލާއިން ނިމިފަ ހުރި ކަންކަން ކޮމިޝަން ހަދައިގެން ބަލާތީ.
ހިނިހިނި
30 December 2018
ކަން ކުރިމީހުން މިހާރު ފިސާރި ބިރުގަންނާނެ. ޓްރުތް ވިލް ޕްރިވެއިލް.