ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ދެ ޓޫރިސްޓަކު ލަގެޖު ހިފައިގެން ދަނީ: އާ އަހަރު ފެށުމާ ދިމާކޮށް، ރާއްޖޭގެ ރިސޯޓުތައް ވަނީ ފުލްވެފައި.---ފައިލް ފޮޓޯ: މިހާރު
30 ޑިސެމްބަރ 2018 - 22:01
ކްރިސްމަސް ބަންދާއި އާ އަހަރުގެ ފެށުމާ ދިމާކޮށް ރާއްޖެ އަންނަ ޓޫރިސްޓުން އިތުރުވެ ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓަށް ބާރު ބޮޑުވެއްޖެ އެވެ.
ވީއައިއޭގެ ޓްރެފިކް ބޮޑުވުމާ އެކު ރަންވޭ ބިޒީވެ ފްލައިޓްތައް ލޭންޑް ނުކުރެވި އެތައް އިރަކު މަތީގައި އޮންނަން ވެސް ވަނީ ޖެހިފަ އެވެ.
ގިނަ އަދަދެއްގެ ޓޫރިސްޓުންނާ އެކު ގިނަ ރިސޯޓްތަކާއި ގެސްޓް ހައުސްތައް މިހާރު ވަނީ ފުރިފަ އެވެ.
ވިލާ ހޮޓެލްސް އެންޑް ރިސޯޓްސްގެ ގްރޫޕު ޖެނެރަލް މެނޭޖަރު ގައިސަރު ނަސީމް ވިދާޅުވީ ވިލާ ގްރޫޕްގެ ހުރިހާ ރިސޯޓެއް ވެސް ފުލްވެފައިވާ ކަމަށެވެ.
ޑިސެމްބަރު މަސް ފެށުނީއްސުރެ ވިލާގެ ހުރިހާ ރިސޯޓެއް އުޅެނީ ފުލްކޮށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވިލާގެ ދަށުން ޕެރެޑައިސް އައިލެންޑް ރިސޯޓާއި، ފަން އައިލެންޑް ރިސޯޓާއި ސަން އައިލެންޑް ރިސޯޓާއި ރޯޔަލް އައިލެންޑްގެ އިތުރުން ހޮލިޑޭ އައިލެންޑް ރިސޯޓު ހިންގަ އެވެ.
"ޖެނުއަރީ މަހުގެ ފުރަތަމަ ހަފްތާއާ ހަމަޔަށް އޮތީ ފުލްކޮށް. މިދިޔަ އަހަރު ވެސް މި ދުވަސް ވަރުގެ އޮކިއުޕެންސީ ރަނގަޅު. އެހެން ނަމަވެސް މިދިޔަ އަހަރަށް ވުރެ ވެސް މި އަހަރު ރަނގަޅު ކަމަށް ފާހަގަކުރެވޭ،" ގައިސަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި އަހަރުގެ ފެބްރުއަރީ މަހު އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ދަށަށް ދިޔަ ޓުއަރިޒަމް ރަނގަޅުވެ ޓޫރިސްޓުންގެ އަދަދު އިތުރުވަމުން އަންނަ ކަަށެވެ.
އޭރުގެ ރައީސް އަބްދުﷲ ޔާމީން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވީ ސިޔާސީ ކުށްވެރިން މިނިވަންކުރާށާއި ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ނުކުރަންވެގެންނެވެ.
މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ވަނީ 1.3 މިލިއަނަށް އަރައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޜެންދޫ
31 December 2018
5އަހަރުގެ ދައުރެއް ނިމިދިޔައީ، ދިވެހިންގެ އެއާޕޯޓު ދިވެހިންނައް ދީގެން ވީކަމެއްނެތް! 2022ގަޔޯ އެއާޕޯޓު ނިމޭނީ، ރީތިވެއްޖެ. ކައުންޓަރސް އިތުރުކުރަންޖެހޭ އަދި އިމިގުރޭޝަން،ސެކިއުރިޓީ،ކަސްޓަމްސް އޮފިސަރުން ވެސް އިތުރުކުރަންޖެހޭ އެބަ.......
bitlyphone2earn
31 December 2018
ވަރަށްވެސް ރަނގަޅު، އޮކިއުޕަންސީ ހައި ވީމަ ފައިދާ ވާނެ
އާރީ
30 December 2018
ވެލާނާއިންޓަރނޭސަލް އެއާރފޯޓް މުއަށްޒަފުންނަށް ސާވިސްތާޖް ދޭން ފަށާނި ކޮންއިރަކުންބާ.? އެއަށްވުރެ ސާވިސްތާޖް ހައްގުބަޔަކު ނެތް. ވަރަށް ސާފްބަހުން މިބުނީ.
ސިންތިލީ ވޫމް
31 December 2018
މުވަޒިއްފުންނަށް ސާވިސްޖާޖު ދިނުމަ އަކީ ކޮރަފުށަނައް މަގުވަހިފާ ކަމެއް، މުސާރަ ބޮޑުކުރަން އަހާ މަސައްކަތް ކުރާތަނުގެ.