ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓް ރަންވޭ ސަރަހައްދުގައި ގިނަ އަދަދެއްގެ ފްލައިޓްތައް ޕާކުކޮށްފައި
31 ޑިސެމްބަރ 2018 - 11:30
މިދިޔަ ފަސް ދުވަހުގެ ތެރޭގައި ވެލާނާ އިންޓަނޭޝަަލް އެއާޕޯޓަށް 83 ޕްރައިވެޓް ޖެޓް ޖައްސައިފި އެވެ.
މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ކޯޕަރޭޓް ކޮމިއުކޭޝަންގެ ޖެނެރަލް މެނޭޖަ ހަސަން އަރީފު ވިދާޅުވީ، މި މަހުގެ 25 އިން މިއަދުގެ ނިޔަލަށް ޕްރައިވެޓް 83 ޖެޓް ޖައްސާފައިވާ ކަމަށެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޖެއްސީ 55 ޕްރައިވެޓް ޖެޓް ކަމަށް އޭނާ ވިދާޅުވި އެވެ.
މި ދުވަސްވަރު އެއަޕޯޓުގެ ދަތުރުތަކަށް ވަރަށް ބާރު ބޮޑުވެފައިވާ ކަމަށާއި ކޮންމެ ދުވަހު ފަސިންޖަރުން އިތުރުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެއާޕޯޓަށް ބާރު ބޮޑުވި ނަމަވެސް އޮޕަރޭޝަންގެ ކަންކަން ކުރަނީ ފަސިންޖަރުންނަށް ދަތިނުވާނެ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ފަސިންޖަރުންނަށް ހިދުމަތް ދިނުމުގައި އެއާޕޯޓުގެ މުވައްޒަފުން މި ދުވަސްވަރު ވަރަށް ބުރަކޮށް މަސައްކަތްކުރަމުން އަންނަ ކަމަށް ހަސަން ވިދާޅުވި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓުގައި ކިޔު ހަދާއިގެން ގިނަ އަދަދެއްގެ ދަތުރުވެރިން
ހަސަން ވިދާޅުވީ، އެއާޕޯޓަށް އަންނަ ބޯޓުތަކުގެ އަދަދު އިތުރުވުމުގެ ސަބަބުން، ވައިގެ ތެރޭގައި ބައެއް ފްލައިޓްތައް ހޯލްޑު ކުރަންޖެހޭ ކަމަށެވެ. ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ނިޔަލަށް އެއާޕޯޓުގެ ޓްރެފިކް ބާރު ބޮޑުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކްރިސްމަސް އާއި އާ އަހަރާ ދިމާކޮށް ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުން އިތުރުވެފައިވާ އިރު މިމަހުގެ 23 ވަނަ ދުވަހަކީ އެއަޕޯޓުގެ ރެކޯޑް ދުވަހެކެވެ. އެއާޕޯޓަށް ޖެއްސި އަދި ފުރި ފްލައިޓްތަކުގެ އަދަދު 729 އަށް އަރަ އެވެ. މީގެ ކުރިން ވީއައިއޭގެ ރެކޯޑް އަދަދެއްގެ ދަތުރުގެ މުއާމަލާތް ހިންގާފައި ވަނީ 644 އެއާޕޯޓް ޓްރެފިކް މޫވްމެންޓް (އޭޓީއެމް) އާ އެކު މި އަހަރުގެ ޖެނުއަރީ މަހު އެވެ.
މި މަހުގެ 23 ވަނަ ދުވަހު އެމްއޭސީއެލުން ވަނީ 21،992 ފަސިންޖަރުންނަށް ހިދުމަތް ދީފަ އެވެ. އޭގެ ތެރޭގައި 17،723 ބައިނަލްއަގުވާމީ ދަތުރުވެރިންނާއި 4،269 އެތެރޭގެ ދަތުރުވެރިން ހިމެނެ އެވެ. އަދި ސީޕްލޭންތަކުން 5،500 މީހުން ދަތުރުކުރި އެވެ.
އެއާޕޯޓު ފުރި ބާރު ބޮޑުވެފައިވާ އިރު މިދުވަސްވަރަކީ ރާއްޖެއަށް އަންނަ ޓޫރިންސްޓުން ވެސް އިތުރު ދުވަސްވަރެކެވެ. އެގޮތުން ގިނަ ރިސޯޓްތަކާއި ގެސްޓްހައުސްތަކެއް ހިންގަމުންދަނީ ފުލް އޮކިއުޕެންސީގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެންދެރި
31 December 2018
ޕްރައިވެޓް ޖެޓް ޖައްސާފަ އޮންނަ ގަޑިތައް މަދުކޮށް ވަކި ބަޔަކު ޖީބައް އެތައް ހާސް ޑޮލަރެއް ލާވާހަކަ އަކީ އިވޭ އަޑެކެވެ. މިއީ ތެދަކަށް ވެދާނެއެވެ.
އިހޫ
31 December 2018
މޮޅުވެފަ ތިވާހަކަ ދައްކާ އިރު އެތެރޭގެ އުދުހުންތަކަށް ހާދަހާ ދައްޗޭ! އިއްޔެވެސް ހަނިމާދޫން މާލެ އައި ފްލައިޓެއް 45 މިނެޓް އެއަރޕޯޓު މަތީ އުދުހެން އޮންނަން ޖެހުނު.. ޓްރެފިކް ބޯ ކަމުންނޯ! އެހެންވީމަ، ލޯކަލް ފްލައިޓްތަކަށް ޖާގަ ދެވެނީ އިންޓަރނޭޝަނަލް ފްލައިޓްތަކާއި ޕްރައިވެޓް ޖެޓްތަކަށް ވަގުތު ދީފަ ވަގުތެއް ބާކީ ވިއްޔާހެން ހީވަނީ. ޖާގަ ހޯދާފަ އެއް ނޫންތަ ފުރަނީ؟؟
Haruge
31 December 2018
ވެލާނާ އިންޓަރނޭޝަލް އެއަރޕޯރޓް ތަރައްޤީކުރުމަށް ނަގާފަވާ ލޯނު ގިނަވެގެން 5 އަހަރުތެރޭ ނިންމޭނެ. ޅޯނުދެއްކުންލަސްނުކޮއްދައްކާނިންމާތި. ޢިންޑިޔާ އަށް ނުއަގުގަ ވިއްކާލާނީކީ ނޫން.
ކުޜެންދޫ
31 December 2018
5 އަހިރުގެ ވެރިކަން ނިމިއްޖެ....އަދި ކޮނެނުނިމެ. އޭ.ޑީ.ބީ ، ޗިއިނާ ، ސައުދީން ލޯނުނަގާފަ ޓީވީއަށް އަރާފަ އެވާހަކަދެއްކި.......ކޯބާ އެފައިސާ
އެޔާމީނު
31 December 2018
އެއަރޕޯޓުގެ ޕާސްޕޯޓު ކޮންޓްރޯލް އޭރިއާގައި އިންނަނީ ބަރާބަރު 4 ފާހާނާ އަންހެނުންނަށް. މީހުންތައް ފުރިބާރުވެފައި، ކުދިކުދި ކަންކަން ކަމަށް ހީވިޔަސް މީ ރާއްޖެއާއި މެދު ވަރަށް ގޯސްކޮށް ދެކޭނެ ކަންކަން.
އަބްދުލް
31 December 2018
އަސްލުވެސް. ވަރަށް ކަންބޮޑުވާ ކަމެއް. ބޮޑެތި ކިއުތަކުގަ ފާޚާނައަށް ވަންނަން ތިބެންޖެހުމަކީ ތަރައްޤީ ނޫންކަން އަންގައިދޭ ކަމެއް. ލަގްޒަރީ ތަނެއް ގޮތުގަ ޓުއަރިސްޓުން ރާއްޖެއާއި މެދު ދެކޭ ގޮތް ބަދަލުވާނެ.
މަށޭ މަށޭ
31 December 2018
ރައީސް ޔާމިން ކޮށްދެއްވިމަސައް ކަތަށް ޝުކުރުދަންނަވަން....މިކަންކުރާނެގޮތް މިސަރުކާރަށް ބުނެދީ
ދސަަސދަ
31 December 2018
ތިބުނާ ސަރުކާރައްވުރެ ފުލައިޓް ޖެއްސިވަރު މި ސަރުކާރުގަ ގިން ދެން މަހީޙީހީ ހަލާކު
ރައްޔިތު އަހުމަދު
31 December 2018
ފްލައިޓް އިތުރައް ޖެއްސުނީ ކުރީ ސަރުކާރުން އެކަމަށް ވިސްނާ ޕާކިން އޭރިޔާ ބޮޑުކޮއް ފުރިހަމަ ކޮއްފަ އޮތީމަ ދޮންކަލޯ.
ފައިސަލްބީ
01 January 2019
ތިޔަބުނާ ހުރިހާ ޖެޓްތައް ޖެއްސީ މިސަރުކާރުގެ ފުރަތަމަ 30ދުވަހުހެދި އެއާޕޯޓުގައި. އެހުރިހާ ޖެޓްތައް އައީވެސް އާރައީސް ދެކިލަން.