ނަޝީދު ވާހަކަ ދައްކަވަނީ: އަތޮޅުތަކުގެ އެއާޕޯޓްތައް ބޭނުންކޮށް ރަށްރަށަށް ޓޫރިޒަމް ފުޅާކުރަންޖެހޭ ކަމަށް ވިދާޅުވި. --ފޮޓޯ/މިހާރު
04 ޖެނުއަރީ 2019 - 23:49
އަތޮޅުތަކުގައި ހުރި އެއާޕޯޓްތައް ބޭނުންކޮށްގެން ރަށްރަށުގައި ޓޫރިޒަމް ފުޅާކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
އަންނަ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ޕްރައިމަރީގައި ގއ. ވިލިނގިލީ ދާއިރާ އަށް ވާދަކުރައްވާ ދިޔާނާ ސައީދުގެ ކެމްޕެއިން ލޯންޗް ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އެކަނި ބަރޯސާވެގެން ތިބެވެން ނެތް ކަމަށެވެ. އަދި ކިތަންމެ ރިސޯޓްތަކެއް ތަރައްގީ ކުރިޔަސް، އެކަށީގެންވާ މިންވަރަށް ޓޫރިސްޓުންނަށް އެ އެއާޕޯޓުން މި ވަގުތު ޚިދުމަތް ދެވެން ނެތް ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ރަށްރަށުގައި ޓޫރިޒަމް ކުރިއަރަމުން ދާއިރު، އަތޮޅުތަކުގައި ހުރި އެއާޕޯޓްތަކުގެ ބޭނުން ހިފައި، ޓޫރިޒަމް ރަށްރަށަށް ފުޅާކުރަން ޖެހެ އެވެ.
"ކުރިއަށް މި އޮތް ތިން، ހަތަރު އަހަރަށް އަޅުގަނޑުމެންގެ ރާއްޖޭގެ ތަރައްގީ ހުއްޓައެއް ނުލެވޭނެ. އެހެން އެއާޕޯޓްތައް އަޅުގަނޑުމެން ހޯދަން ޖެހޭނެ. އެ އެއާޕޯޓްތައް މެދުވެރިކޮށްގެން ތަރައްގީ މިސްރާބު ބަދަލުވާން ޖެހޭ. ތަރައްގީގެ ހިސާބު، ސަރަހައްދު ވެސް ބަދަލުވާން ޖެހޭ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ބޭނުން ކޮށްގެން މިހާރު ވެސް އެ ބަދަލު ގެނެވެން އެބަ އޮތެވެ. އެގޮތުން އައްޑު އާއި ފުވައްމުލަކާއި ގދ. އަދި ގއ. އަތޮޅުގެ ރަށްތަކަށް ހެޔޮ އަގެއްގައި ޓޫރިސްޓުން ގެނެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން އަހަރެއްގެ މައްޗަށް ބޮލަކަށް 12،000 ޑޮލަރު ޖެހޭ ކަމަށާއި އެކަމަކު އޭގެ ހެޔޮ ބަދަލު ރައްޔިތުންގެ ދިރިއުޅުމުން ނުފެންނަ ކަމަށެވެ. އެހެންވެ، ބޯހިޔާވަހިކަމުގެ މައްސަލަ އާއި މަތީ ތައުލީމާއި ވަޒީފާގެ ފުރުސަތުތައް ނުލިބުމާއި އާއިލާއާ ދުރުގައި މަސައްކަތް ކުރަން ރައްޔިތުންނަށް މަޖުބޫރު ވެފައިވާ ކަމަށް ވިދާޅުވި އެވެ. އެކަންކަން ހައްލުކޮށް، މަސައްކަތްތެރިންގެ ހައްގުތައް ދެން އަންނަ މަޖިލީހުން ހޯދައިދޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އެންމެ ކުޑަ އުޖޫރަ އާއި އަދި އަނބިދަރިންނާ އެކީގައި ނިދޭ ގޮތް ނޫން ގޮތަކަށް ދިވެހިން ލައްވައި މަސައްކަތް ކުރުވާކަށް އެއްބަހެއް ނުވެވޭނެ. މަޖިލިސް 19 ވެގެން ދާނީ މަސައްކަތްތެރިންގެ ހައްގުތައް އިރާދަ ކުރެއްވިއްޔާ އެ މީހުންނަށް ހޯދައިދޭނެ މަޖިލީހަކަށް،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ މި ސަރުކާރުގެ ވައުދުތައް ފުއްދާނެ ކަމާ މެދު އެމަނިކުފާނު ޝައްކު ނުކުރައްވާ ކަމަށެވެ. އެކަމަކު ދިވެހިން އެދޭ ތަރައްގީ ގެނައުމަށް ބޭނުންވާ ގާނޫނީ ބާރުވެރިކަން ލިބެން އޮތީ މަޖިލީހުގެ އަޣުލަބިއްޔަތު އެމްޑީޕީ އަށް ލިބިގެން ކަމަށް ވިދާޅުވާ ވާހަކަފުޅު ތަކުރާރުކުރެއްވި އެވެ. އެގޮތުން ޝަރުއީ ނިޒާމް އިސްލާހު ކުރުމާއި މިނިވަން މުއައްސަސާތައް ޖަވާބުދާރީ ކުރުވުމާއި ވައުދުތައް ފުއްދަން ބޭނުންވާ ގާނޫނީ ބާރުވެރިކަން ލިބެން އޮތީ މަޖިިލީހުގެ އަޣުލަބިއްޔަތު ލިބިގެން ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން މަސްވެރިން ބާނާ މަހަށް ރަނގަޅު އަގު ލިބޭ ގޮތް ހެދުމާއި ކަރަންޓާއި ފެނުގެ ޚިދުމަތް އަގު ހެޔޮ ކުރުމާއި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ވެސް ބޭނުންވާ ކަންކަން ފަހިކުރެވޭނީ މަޖިލީހުގެ ތެރެއިން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެއީ މަޖިލީހުގެ މެމްބަރުން ރައްޔިތުންނަށް ދަރާފައި ހުރި ކަންކަން ކަމަށް ވިދާޅުވެ، ދެން އަންނަ މަޖިލީހަކީ އެ ދަރަނި އަދާ ކުރާނެ މަޖިލީހެއް ކަމަށް ވެސް، ރައްޔިތުންގެ މަޖިލިހަށް ވާދަކުރައްވާ ކުރީގެ ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފީނާ
06 January 2019
އޭ ތީ އަދި އެއްވެސް މީހަކު ކުރި ޚިޔާލެއްވެސް ނޫން.. ސަޅި އިނގޭ.. މަހީކުރީ ރަށްރަށުގައި އެއަރ ޕޯރޓް އަޅަނީ ބަތްކައްކާ ކުޅެން ކަމަށް.. ހީހީ
ކިނބޫ ރައީސް
06 January 2019
އެހެންތަ؟ ޔާމީން ރަށްރަށުގަ އެއަރޕޯޓް އެޅީ ކީއްކުރަންކަން ކަލެއަށް ރޭކާލާން ފަށައިފިތަ؟ ކެކެކެކެކެކެ
ޙައްގުބަސް
05 January 2019
ރައިސް ޔާމީނު ހިނގި މަގުން ހިގައިގެން ރާއްޖެ ތަރައްގީކުރެވޭނީ!! ނަމަވެސް އެވިސްނުމާ އެކެރުންތެރިކަމާ އެހިންގުންތެރިކަމާއެކު އެކަންކުރެވޭނެ ކެޕޭސިޓީއެއް އަދި ނުފެނޭ!! ރައިސް ޔާމީނަށް މިފަސް އަހަރުގެ ދައުރު ރައްޔިތުން ދިންނަމަ މިގައުމު ތަރައްގީގެ މަގުގައި ވަރަށް ބޮޑުތަނުން ކުރިއަށް ދިޔައީސް!! ދެން ބަލަމާ މިދައުރު ދާގޮތް!! ބޭނުންވަނީ ބައެއްގެ އަޅުވެތިކަމުގެދަށަށް ނުގޮސް ގައުމު ތަރައްގީވެގެންދާތަން ދެކެން!
ދާދޭ
06 January 2019
ފަސްއަހަރު ދިންނަމަ ރައްޔިތުންވެސް ކާލީސް. ދިން ފަސް އަހަރު ޚަޒާނާ ކާލީ ފެންކޮޅަކާވެސް ނުލާ. އެވަރުގެ ކަލްޕަބަލް ވިސްނުން ވަރަށް މަދު މީހެއްގެ ކިބާގައި ހުންނާނީ. މިހާރުވެސް މޮޅު ހިސާބު ޕްރޮފެސަރު އަދުރޭ ބޮލަށް އެރިގަނެގެން އެފަކީރު ލައްވައި ޕާޓީއެއް އުފައްދައި އޭގެމައްޗަށްވެސް ވެރިވެގަނެގެންނޫންތޯ އެހުރީ. މުޅިންވެސް އެހެންމީހުންގެ ބިއްދޮށަށްވަދެ ފިލާހުންނާނީ.
ޢަލއ
05 January 2019
ބަލަ ބުނީމެއްނު އެއީ ކީއްކުރަންއަޅާހާ އެއަރޕޯޓެއްހޭ، މިހާރު ތިވަނީ ކިހިނެތް؟ ޖަޒީރާ ދޫކޮށްލީތޯ؟ ކޮންކްރީޓް ތާރު ބޭނުންވަނީދޯ. މޮޔާ
އަހަނ
05 January 2019
މިހާރު އެއަޕޯޓް ބޭނުމޭތޯ؟ ޔާމީން ސަރުކާރުން އެއަޕޯޓް އަޅާވަރުން ނުކަތައިގެން އުޅުނީ. ދެން އަނެއްކާ ވިސްނުން އަނބުރާލަންވީ އެއަޕޯޓްތައް ހެދުމަށް. މިސަރުކާރުވީމަ އެކަންވެސް އޯކޭވާންވީ. ދެ ސަރުކާރުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފައިދާކޮށްދިން މީހަކާ މިހާރުގެ ރައީސް ބައްދަލުކުރީމަ އެކަންވެސް މި ސަރުކާރުވީމަ އޯކޭވާންވީ. މިކަހަލަ ހާދަ ކަމެއް އޯކޭވާން އެބަޖެހެއޭ.
؟؟؟؟؟؟
05 January 2019
ކީކޭ ތިކިޔަނީ އެއްފަހަރު ބުނާނެ ކީކުރާ އެއަރޕޯޓެއްހޭ؟ ކަނޑުމަގުން ދެވޭނޭ އަނެއްބައި ފަހަރު އެެއަރޕޯޓް ކޮންމެސް އެކެއްޗެއް ކިޔާބަލަ އޭރުން ކޮންގޮތެއްކަން ރަގަޅީ ވިސްނަން އެގޭނީ. ބޯހަލާކު .....
ރޯޒްސް
05 January 2019
ބައްލަވާ އެއަރޕޯޓް އަޅަން ގަސް ކެނޑުމަކީ އަދި ބިން ހިއްކުމަކީ ރަނގަޅުކަމެއް ނޫންކަމަށް ތިބޭފުޅާ ވިދާލުވި.. ދެން ކިހިނެއް އެއަރޕޯޓް އަޅަނީ؟
ޑރ.ނަޒުނާ/ހިތަދޫ/ޔޫކޭ
05 January 2019
ރަނަގަލީ އަޅުގަނޑުމެން އަމިއްލައަށް ކަންތައް ތައް ކުރުމަށް ދޫކޮށްފިއްޔާ، އަޅުގަނޑުމެން އަތުން މަނިކުފާނުމެން ތިޔަނަންގަވާ ޖިޒީ ނުނަންގަވައި އަޅުގަނޑުމެނަށް މިނިވަންކަމާއި އެކު އުޅެލެވުމުގެ ފުރުސަތު ދެއްވުން. ޖިޒީ ނަންގަވައިގެން ތިބޭފުޅުންގެ ރިމޯޓު ސަރަހައްދު ދުނިޔޭގެ އެއްމެ މުއްސަނދި ސިޓީތަކަށްތުރެން މަތިކޮށްފި މިއަދުވެސް އަޅުގަނޑުމެން މިތިބީ މީގެ 80 އަހަރު ފަހަތުގައި.މަނިކުފާނު ކެބިނެޓުޕޯސްޓެއްނުދެއްވިޔަސް އެބަތިބިއަމިއްލައަށް ހިންގޭވަރުގެގާބިލ
އަނގަފޫޚު
05 January 2019
އެކަމަކު ދިއްދޫގައި ހުރެ ބުނީ އެއަރޕޯޓް އަޅާ ވާހަކަ ނުދައްކާށޭ..ކަނޑު ދަތުރު ފަތުރު ތަރައްޤީ ކުރުން މާރަގަޅޭ ތިމީހާ އެދުވަހު ބުނި ހަނދާން ނެތުނީ ތާއެވެ
އިބްރާ
05 January 2019
ޓޫރިޒަމް ފުޅާކުރަން ޔޫރަޕަށްގޮސް ރާއްޖޭގައި ޓެރެރިސްޓުން އުޅޭކަމަށް ވާހަކަދައްކަންޖެހޭ.