މެންޗެސްޓާ ޔުނައިޓެޑުގެ ފޯވާޑް ލުކާކޫ (ކ) ލަނޑު ޖަހަނީ. --ފޮޓޯ: އޭއެފްޕީ
06 ޖެނުއަރީ 2019 - 09:57
ލަންޑަން (ޖެނުއަރީ 6) – އިނގިރޭސި އެފްއޭ ކަޕުގެ ހަތަރު ވަނަ ބުރުން މެންޗެސްޓާ ޔުނައިޓެޑް، ޗެލްސީ އަދި އާސެނަލް ފުރުސަތު ހޯދައިފި އެވެ.
މި މުބާރާތް ކާމިޔާބުކުރަން ވަރަށް ބޮޑަށް އަމާޒުކޮށްފައިވާ މެންޗެސްޓާ ޔުނައިޓެޑް ފުރުސަތު ހޯދީ ތިން ވަނަ ބުރުގައި ރޭ އަމިއްލަ ދަނޑުގައި ރެޑިން އަތުން 2-0 އިން މޮޅުވެގެންނެވެ. މިއީ އާ ކޯޗު އޮލެ ގުނަ ސޯލްޝެއާގެ ކޯޗުކަމުގައި ޔުނައިޓެޑް ކުޅުނު ފަސް މެޗުން ހޯދި ފަސް ވަނަ މޮޅެވެ. އެ ޓީމަށް މެޗުގެ 22 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ލީޑު ނަގައިދިނީ ހުއާން މަޓާ އެވެ. ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ތަފާތު ބޮޑުކޮށްދިނީ ރޮމެލޫ ލުކާކޫ އެވެ.
ޗެލްސީން އަމިއްލަ ދަނޑުގައި ނޮޓިންހަމް ފޮރެސްޓް އަތުން 2-0 އިން މޮޅުވިއިރު ދެ ގޯލް ވެސް ޖަހައިދިނީ އަލްވާރޯ މޮރާޓާ އެވެ. ރޭގެ މެޗުގައި ޗެލްސީގެ ކެޕްޓަންކަން ކުރީ، އެ ޓީމު ދޫކޮށް މޮނާކޯ އަށް ބަދަލުވުމާ ގާތުގައި ހުރި މިޑްފީލްޑަރު ސެސް ފެބްރިގާސް އެވެ. މި މެޗުގައި ޗެލްސީ ލީޑު ނަގަން ލިބުނު ޕެނަލްޓީ ޖަހަން ދިނީ ފެބްރިގާސް އަށެވެ. އެކަމަކު ކާމިޔާބެއް ނުކުރެވުނެވެ. މެޗަށް ފަހު ޗެލްސީ ސަޕޯޓަރުންނަށް ފެބްރިގާސް އަލްވަދާއުކީ އިރު ހުރީ ރޮވިފަ އެވެ.
ރޭގެ މެޗާ އެކު، ފެބްރިގާސްގެ އިނގިރޭސި ލީގުގެ ކެރިއަރު ވެސް ނިމުމަކަށް އައީ ކަމަށް ބެލެވެ އެވެ. ބާސެލޯނާ ދޫކޮށް އިންގްލެންޑުގެ އާސެނަލުގެ ޔޫތު ޓީމާ ގުޅި އޭނާ ފަހުން ވަނީ އެ ކްލަބުގައި ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފަ އެވެ. ޗެލްސީއާ ގުޅުނީ ފަހުން ބާސެލޯނާ އަށް ބެސް ކުޅެފަ އެވެ.
އާސެނަލް ހަތަރު ވަނަ ބުރުން ފުރުސަތު ހޯދީ ބްލެކްޕޫލް އަތުން ރަށުން ބޭރުގައި 3-0 އިން މޮޅުވެގެންނެވެ. ފުރަތަމަ ދެ ގޯލް ޖެހީ ޖޯސެފް ޖޯޖް ވިލްކޮކެވެ. ފަހު ގޯލް ކާމިޔާބުކުރީ އިވޯބީ އެވެ.
ތިން ވަނަ ބުރުގައި މެންޗެސްޓާ ސިޓީން އަމިއްލަ ދަނޑުގައި ރޮތެހަމް ޔުނައިޓެޑާ ބައްދަލުކުރާއިރު މާދަމާރޭ ލިވަޕޫލް ނުކުންނާނީ ރަށުން ބޭރުގައި ވޮލްވެހަމްޓަން ވޮންޑަރާސްއާ ދެކޮޅަށެވެ. ހަތަރު ވަނަ ބުރުގެ ގުރުނެގުން އޮންނާނީ މާދަމާރޭގެ މެޗަށް ފަހު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްް
06 January 2019
އޯ ގަދަ. މަގޭ ފެވަރިޓް 3 ޓީމް 3>
ސުޒޭން
06 January 2019
ކަލޭގެ ފެވަރިޓް ނޫން ޓީމެއް އޮވޭތަ؟
ރަދީފް
08 January 2019
*ނޮޓް ރިއަލް ރަދީފް.ވ.ވެދުން