ފުލުހުން ހޯދަމުން އަންނަ މީހާ--
06 ޖެނުއަރީ 2019 - 19:12
ފުލުހުން ތަހުގީގުކުރަމުން އަންނަ މައްސަލައަކާ ގުޅިގެން، ސިންގަޕޫރު ރައްޔިތަކު ހޯދަން މިއަދު އިއުލާން ކޮށްފި އެވެ.
ފުލުހުން ކޮށްފައިވާ އިއުލާނުގައި ބުނީ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގުކުރާ މައްސަލައަކާ ގުޅިގެން ހޯދަނީ ނޯރަޒިމަތު ބިންތު ރޯހަނި (ޕާސްޕޯޓް ނަންބަރު K0546350N) ކަމަށެވެ.
އޭނާއާ ގުޅޭ އިތުރު ތަފްސީލެއް އަދި ބަލަމުންން އަންނަ މައްސަލައިގެ ތަފްސީލެއް ވެސް ފުލުހުން ނުދެ އެވެ.
އޭނާ އާގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަމްބަރު 9631696 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަހުމަދުބެ
07 January 2019
އިތުރު މައުލޫމާތު ބޭނުމެވެ. ކޮން ކަމަކާ ގުޅިގެން ހޯދާ މީހެއް ހެއްޔެވެ؟
ކެކެ
07 January 2019
ފޮޓޯ އެއް އޮވެގެންތާ ޖެހޭނީވެސް.. ސަރުކާރައް ނޭގޭރައްޖޭގަ އުޅެނީ ކތައް ބަންގާޅިންކަންވެސް.
އަބްދުއްالله
07 January 2019
ފުލުސްގެ އަށް އަންގަވާ މިނަން އިވުނީމާ މި މީހާއަކަށްވެސް ނޭގޭނެއޭ އެއީ އޭނާގެ ނަންކަމެއް.
ސައީދު ޢަބޫބަކުރު
07 January 2019
ނައިވައިދޫންފެނުނު ބޮޑީ ވައްތަރު މިޒާތު މީހަކާ
އެޔާމީނު
07 January 2019
ރާއްޖޭގައި ބިދޭސީންނަށް ދީފައި އޮންނަ މިނިވަން ކަމުގެ ބޮޑުކަމުން ދިވެހިންނަށް ވުރެ އެމީހުން ކަންކަމުގައި މާ ފަސޭހަ، ބިދޭސީން ދުއްވާ ސައިކަލެއް ރަޖިސްޓްރީއެއް ނުކުރާނެ. އެމީހުން ބޭނުން ތަނެއްގައި ޕާކް ކުރާނީ، އެމީހުން އުޅޭއެއް ނޫޅޭއެއް ނޭނގޭނެ. ކައްޕަޅި އިންޑިއާ ވަރު ވެސް އަހަރުމެން ނުވޭ، އިންޑިއާގައި އެއްގެއިން އަނެއް ގެއަށް ބަދަލުވާއިރު ސަރުކާރަށް އަންގަންޖެހޭ.
ޝައުފާ
07 January 2019
ސިންގަޕޫރުގެ ކިތައް ވިޔަފާރިވެރީންތަ ރާއްޖޭގެ ކޮންމެނުންގެ އަތުން ބޮނޑިބޮއެފަ ތިބީ.. ގައިމު ސިންގަޕޫރު ނޫހެއްގަ ދިވެހި ކޮންމެނަކުގެ ފޮޓޯއެއް ނުޖެހާކަނަ ރަނގަޅުނޫންތޯ..
ކަކުނިބޯ
07 January 2019
ދެކޮޅުބަލަފަ ކިޔާ ދުނިޔޭގަ ވިޔަފަރީގަ އެންމެގިނަ ވައްކަންކުރާ އެއްޤައުމު ތީ
ބަކަރިބޯ
07 January 2019
ދުވާލަކު ކިތައް މީހުންނަށް ފޯނުން ގުޅައިގެން ބީއެމްއެލް އިންނޭ ނުވަތަ ލަކީ ޑުރޯއޭ ނުވަތަ އިންވެސްޓަރެކޭ ކިޔައިގެން އޮޅުވަލައިގެން ފައިސާ ހޯދާ ކިތައް ދިވެހިން؟ ފުލުހަށް ނަންބަރާ އެއްކޮށް ރިޕޯޓުކުރިއަސް ވާ ކަމެއް ހަރާން. މަށަށް ހީވަނީ މިމަންޖެގެ މަޅީގައި ކޮންމެވެސް "އިއްޒަތްތެރި" އެއް ޖެހުނީހެން. އެހެންނޫންނަމަ މިވަރަކުން ނޫޅޭނެ ހޯދާކަށް!
ފައިސާ ފައިސާ
07 January 2019
މޮޅުމީހާ ދެން ފުލުހުންގެވތަހުގީގަށް ޖޮއިން ކުރަންވީނުދޯ.
މާރަނގާ - އައްޑޫ ސިޓީ
07 January 2019
މީނާ އަކީ މަކަރާއި ހީލަތުގެ ކަމެއްގައި ހޯދާމީހެއްނަމަ ފުލުހުން މިކަން ވަރަށް ސީރިއަށްކޮށް ބަލާ ޔަޤީނަށް އަދި މީނ އެކަންކޮށްފައިވާނަމަ މީނާގެ ފަރާތުން ގެއްލުން ލިބުނު އެންމެނަށް ޝަކުވާހުށަހެޅުމުގެ ފުރުސަތުދީ މައްސަލަ ތަޙްޤީގު ކުރާންޖެހޭ. * * ބޭރު ބައެއް ޤައުމުތަކުގެ މީހުން ވަރަށްގިނަ މައުސޫމު ދިވެހިންނަށް މިފަދަ ގެއްލުންދީފައި އެކަން ބެލޭނެ ގޮތެއްނެތިފައި އެބަހުރި. މިފަދަ ފުރުސަތު ހުއްޓުވާން ތިއީ ހަމައެންމެ ރަނގަޅުގޮތް. ތާއީދު.
ޚަސް
06 January 2019
ދިވެހިން ވަރަށް ގަމާރުވާނެ.
ފާރަގެމަ
06 January 2019
މިހާރު އޮންނާނީ އިންވެސްޓް ކުރެވިފަ.