މެލޭޝިއާގެ މަގެއްގައި ވެހިކަލްތަކެއް ދުއްވަނީ: އެ ގައުމުން ގެނައި ބަދަލަކާ ގުޅިގެން ރާއްޖޭގެ ލައިސަންސް އެ ގައުމުގައި ބޭނުން ނުކުރެވޭ
08 ޖެނުއަރީ 2019 - 12:58
މެލޭޝިއާގައި ބޭރު ގައުމުތަކުގެ ލައިސަންސް ބޭނުން ކުރުމުގެ އުސޫލަށް ގެނައި ބަދަލަކާ ގުޅިގެން ރާއްޖޭގެ ލައިސަންސް އެ ގައުމުގައި ބޭނުން ކުރުން މަނާކޮށްފި އެވެ.
މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނީ މެލޭޝިއާގައި ބޭރު ގައުމުތަކުގެ ލައިސަންސް ބޭނުން ކުރުމުގެ އުސޫލުތައް ހަރުދަނާ ކުރަން އެ ގައުމުގެ ސަރުކާރުން މަސައްކަތް ފެށުމާ ގުޅިގެން ބޭރު ގައުމުތަކުގެ ލައިސަންސް ގަބޫލުކުރުން ވަގުތީ ގޮތުން މިހާރު ހުއްޓާލާފައިވާ ކަމަށެވެ.
އެހެންވެ، ކުރިން އެމްބަސީގެ ލިޔުމަކާ އެކު ބޭނުން ކުރަމުން ދިޔަ ރާއްޖޭގެ ޑްރައިވިން ލައިސަންސް ބަލައިނުގަންނާނެ ކަމަށް އެ ގައުމުގެ ސަރުކާރުން އަންގާފައިވާތީ އެ ލިޔުން ބޭނުން ކޮށްގެން އުޅަނދުތައް ނުދުއްވަން އެ ބަޔާނުގައި އެދިފައިވެ އެވެ.
އެމްބަސީން ބުނި ގޮތުގައި މެލޭޝިއާ އިން ގެނައި ބަދަލަކީ ހުރިހާ ގައުމުތަކަށް އެއް ހަމައަކުން އެޅި ފިޔަވަޅެކެވެ. އެކަމަކު އެ ބަދަލުގެ ސަބަބުން މެލޭޝިއާގައި ދިރިއުޅޭ ގިނަ ބަޔަކަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށް ބަޔާނުގައިވެ އެވެ.
ދިވެހި އެމްބަސީން ބުީ އެކަމަށް ހައްލެއް ލިބޭތޯ ސަރުކާރުން މެލޭޝިއާގެ ކަމާ ބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
"ދިވެހި ސަރުކާރުން މިހާރު ގެންދަނީ މިކަމަށް އަވަސް ހައްލެއް ހޯދުމަށްޓަކައި މެލޭޝިއާގެ ކަމާ ބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރަމުންނެވެ،" ބަޔާނުގައިވެ އެވެ.
އެމްބަސީން އެދިފައި ވަނީ އެކަމަށް ހައްލެއް ލިބެންދެން މެލޭޝިއާގެ ޑްރައިވިން ސްކޫލަކުން ލައިސަންސް ނެގުން ނުވަތަ އިންޓަނޭޝަނަލް ލައިސަންސެއް އޮތް ނަމަ، އެ ލައިސަންސެއް ބޭނުން ކުރުމަށެވެ.
މެލޭޝިއާގައި އުޅޭ ވަރަށް ގިނަ ދިވެހިން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން ކާރު ފަދަ އުޅަނދުތައް ދުއްވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުރުހީ
08 January 2019
ހަމައެކަނި ސުރުހީ ކިޔާލާފަ ކޮމެންޓު ކުރާމީހުން މިތާ ގިނައީ. ޞައެއްމީހުންގެ ވައްތަރުދޯ..
12345
08 January 2019
ހަމަ ރަނގަޅު.. މާލޭގަ ކޮންތާކުތޯ އޮތީ ހައިވޭތަކާ ބްރިޖްތަކާ ލޭންތަކުގައި ދުއްވަން ދަސްކޮށްދީފަ ؟ މިލައިސަންސް ހިފައިގެން ފުރޮޅުލީ ގޮނޑި ދުއްވިއްޔާ މާރަނގަޅުވާނެ!
ފަންސޫރު
08 January 2019
މީ ތިއަރީ ޓެސްޓް ނަހަދާ ޒަމާނުގެ މީހެއްދޯ؟ ބަލަ މިހާރު ރާއްޖޭގައިވެސް ލައިސަންސް މިހާރު ލިބެނީ ތި ހުރިހާ އެއްޗެެއް އެގިގެންނޭ! އެއައަށް އަމަލުނުކުރުމަކީ އެހެންކަމެއްދޯ!
މަޖުނޫނު
08 January 2019
މި ސަރުކާރުގެ ގޮތާއި ފޮތް މެލޭޝިއާ ސަރުކާރަށް އެނގޭތީ މިކަހަލަ ކަންތައް ކުރަނީ. ދެން މައްސަލައެއް ނެތްތާ ދިވެހިންގެ މައި ސަރުކާރު އޮތް ރޭޕިސްޓް ކަންޓްރީ އިންޑިއާގައި ދުއްވޭނެތާ.
ސަހަލު
08 January 2019
ދުއްވުމުގެ އަހުލާގީ މިންގަޑު މިހާދައްގައުމެއް ދުނިޔޭގަ ނެތް. ބަރުގޮނު އަޑުނީވޭ ގައުމުތަކައް ދެވިއްޖެ. ހިގާމީހާއައް އިސްކަންދޭ ގައުމަތައް ދުށިން.. މަގެއް ލިބުނީމަ ހިގާ އެކްސިޑެންޓުގެ އަދަދު އެމަގުގެ ކުރު ތާރީހާ އަޅާކިޔާފަ ދިވެއްސަކަ ދުއްވުމުގެ ހުއްދަ ދޭންނުޖެހޭ ކަމައް މަ ދިވެސަކައްވެހުރެ ބުނަނީ ލަދުވެތި ކަމާއެކު.. ސިޔާސީ ކޮއްބުނާނަމަ 2018ވަނަ އަހަރު ކުރީގެ ސަރުކާރުން ވޯޓައް ލައިސަންސް ބަހާލިކަން ދުނިޔެއައް އެގެމުންދާތީ އެޅިފިޔަވަޅެކޭ ބުނެވިދާނެ.
އައިމޮން
08 January 2019
އެމްބަސީގެ ތައްގަނޑުޖަހާފައިވާ ލިޔުމެއް ހިފައިގެން އަސްލު ނުދުއްވޭނެ. މެލޭޝިޔާއިން ތިހެދީ ރަގަޅަށް. އެގައުމުގެ ތިއަރީ އަދި ޑްރައިވިންގް ޓެސްޓުހަދާ ފާސްވެގެން ގަވާއިދުން ލަައިސަންސް ނަގައިގެން ދުއްވޭނީ.
އައިމް
08 January 2019
އައިމޮނާ، ތަންދޮރު ނޭންގުނަސް އަނގަ ކޮއްޕާތި. މި ހުއްދައަކީ ބައިނަލްއަގްވާމީ ކޮންވެންޝަންތަކާއި އެއްގޮތަށް ދެގައުމުން އެއްބަސްވެވިގެން ވަކި އުސޫލަކުންކުރެވޭ ކަމެއް. ހަަމަ ހުރެފަ އެމްބަސީން ލިޔުމެއް ދެނީއެއް ނޫން. އަދި މި އުސޫލު އުވާލީ ދިވެހިންނަށް އެކަންޏެއްވެސް ނޫން. އެއްވެސް ގައުމެއް އިސްތިސްނާ ނުވާނެހެން ހުރިހާ ގައުމުތަކަށް!!
ބަދުރުއްދީން
08 January 2019
ތަންދޮރު ނޭގިގެން އުޅެނީކާކުކަން ތިހިރީ އޮޅިފަ؟ ބައިނަލް އަގްވާމީ ކޮންވެންޝަންއޭ ކިޔާ އަންގަކޮއްޕަނީ މެލޭޝިއާ އާ ރާއްޖެއާ ދެމެދު ސޮއިކޮށްފައެއް ނޯވޭ ތިކަހަލަ ކޮންވެންޝަންއާ އެއްގޮތަށް އެއްވެސް އެއްބަސްވުމެއް! ރާއްޖޭގެ ލައިސެންސް އަކީ ބައިނަލްއަގްވާމީ އެއްޗެއްވެސް ނޫން. އަނގަކޮއްޕާ އެހެންމީހުންނާ ދިމާލަށް ވައްވައްޖަހައިގަންނާނެ ތިކަހަލަ ދެއުޅިއެއްނުވާ މީހުން! ދެން ނިކަން ދުއްވަބަލަ މެލޭޝިއާގަ ދިވެހި ލައިސެންސް ބޭނުންކޮށްގެން!
އައިމް
09 January 2019
ތިހާވަރަށް އެނގެންޏާ ބަދުރުއްދީނަށް ކިޔާދިނުމުގެ ބޭނުމެއް ނެތް. މަ ބުނީ ދިވެހި ލއިސަންސް އަކީ މާ މޮޅު އެއްޗެކޭއެއް ނޫން ދިވެހި ލައިސަންސް މެލޭޝިއާގައި ބޭނުންކޮށް، މިހާރު މެލޭޝިއާގެލައިސަންސް ބޭނުންކުރާ މީހެއްގެ ހައިސިއްޔަތުން މި ބުނަނީ. މި ދައްކަނީ ރާއްޖެއާ މެލޭޝިއާއާ ދެމެދު ބައިލެޓެރަލް އެގްރީމެންޓެއް ހެދި ވާހަކައެއް ނޫން. ޖެނީވާ ކޮންވެންޝަންގެ ދަށުން މެލޭޝިއާގެ އޮތޯރިޓީސް ތަކުން އެމްބަސީއަށް ދީފައިވާ ހުއްދައެއްގެ ދަށުން މިކަން ކުރެވުނީ.
އަޖައިބެއް
08 January 2019
ދެން އަދި ރާއްޖޭގެ އެކަނި ވާހަކައެއް ނޫންދޯ މީގަ މިއޮތީއެއް. ސުރުޚީ އެކަނި ކިޔާލީމަ އެހެން ހީވެދާނެ. އެހެން ނޫނަސް ރާއްޖެ އަދި އިންޓަނޭޝަނަލް ވާކަށް ގާތެއް ނުވެޔޭ ބުނާ އިރު ދުނިޔޭގެ ހުރިހާ ތާކު ވެސް އޮވޭ ލޯކަލް މިންގަނޑުތަކެއް. އިންޓަނޭޝަނަލް ވުމަކީ އޭތި މާ އެޑްވާންސް ވުމެއް ނޫން. ބައެއް ހާލަތުގަ ލޯކަލީ ގޮތުން ތަނަށް ހުންނަ ހާއްސަ ސިފަތަކެއް އިންޓަނޭޝަނަލް މިންގަނޑަށް ވުރެ އުނދަގު ވެސް ވެދާނެ.
އަހެމް
08 January 2019
ބައި ބައި މެލޭޝިޔާ، ޗައިނާ އަދި ގިނަ ޢަރަބި ގައުމު! ހެލޯ ޔޫރަޕް، ޔޫއެސްއޭ އިންޑިޔާ! އަދި މިއުޅެނީ އާ އެޑްމިނިސްޓްރޭޝަން އަށް ދެތިން މަސް ނުވެ! މެލޭޝިޔާގައި އުޅޭ އެތައް ސަތޭކަ ބަޔަކަށް މިވީ ހާދަ އުދަގުލެކޭ! މެލޭޝިޔާގެ މިހާރުގެ ލީޑަރާ އެހާ ރައްޓެހި 30 އަހަރުގެ ބާނީ އަދި ކޯލިޝަންގެ ބައިވެރިޔާ މެލޭއަށް ދިއުމުން މިފަހަރު ބައްދަލުވެސް ނުކުރި! އަނެއްކާ މިހާރު އެބަ ރޭކާލާ ސަރުކާރު ބަދަލުކުރީ ރައްޔިތުންނަށް އެތައް ދޮގުތައް ހަދާ އަދި ބޭރުގެ ނުފޫޒުންކަން!
މަންސޫރު
08 January 2019
ރާއްޖޭގައި ލައިސެންސް ދެނީކީ އެއްވެސް ސްޓޭންޑަރަޑަކަށް ބަލައިގެންނެއް ނޫން. ރާއްޖޭގައިވެސް ދުއްވަން އިނގެނީކީނޫން. ކުޑަމިނުން ސިގްނަލެއް ބޭނުންކޮއްލަން އިނގެނީކީ ނޫން. ރޯޑް ސައިން އިނގެނީކީ ނޫން. ލޭން ބޭނުންކުރަން އިނގެނީކީ ނޫން.
ރާކޯ
08 January 2019
އެއްލަކިން ލައިސަންސް ދިންކަން އެނގުނީމަ އިތުބާރު ގެއްލުނީ
ތެދުވިޔާ ތެދު
08 January 2019
ރާއްޖޭގަ ލައިސެންސް ނުނެގިޔަސް އޯކޭ ވާނެ 18 އަހަރު ނުފުރޭ ކުދިން އަށް ސައިކް ދުއްވޭނެ ހިފެހެއްޓީމަ ގޯސްވާނީ ހިފަހައްޓާ ބަޔަކު