ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކަށް 15 މެޖިސްޓްރޭޓަކު އައްޔަން ކުރައްވައި އެ ބޭފުޅުން މަގާމުގެ ހުވާ ކުރައްވުމަށް ސުޕްރީމް ކޯޓްގައި ބޭއްވި ރަސްމިއްޔާތު--. ފޮޓޯ: ނިޝާން އަލީ/މިހާރު
08 ޖެނުއަރީ 2019 - 15:05
ބައެއް ފަނޑިޔާރުންނާއި ގޭންގްތަކާ ގުޅުން އޮތް ކަމަށް ތުހުމަތުކޮށް، ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ދެއްކެވި ވާހަކަތަކުގެ ހަގީގަތް ބެލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކޮމެޓީއެއް އެކުލަވާލައިފި އެވެ.
ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އެކުލަވާލާފައިވާ ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވަނީ ގޭންގްތަކުގެ ނުފޫޒުގައި ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނުގައި ބުނީ ފަނޑިޔާރުންނާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައި ފިޔަވަޅު އެޅުމަކީ އެ ކޮމިޝަންގެ ގާނޫނީ މަސްއޫލިއްޔަތެއް ކަމަށާއި ގޭންގްތަކާ ފަނޑިޔާރުންނާ ގުޅުން އޮތް ކަމަށް ވިދާޅުވެ، ސުއޫދު ދެއްކެވި ވާހަކަތަކުގެ ހަގީގަތް ބެލުމަށް ކޮމެޓީއެއް އެކުލަވާލައި، އެ މަސައްކަތް އެ ކޮމިޝަނުން ފަށާފައިވާ ކަމަށެވެ.
އެ ބަޔާނުގައިވާ ގޮތުން އެ ކޮމިޝަނުން ފަނޑިޔާރުން އައްޔަންކުރާ ގޮތާ މެދު ނުބައި ތަސައްވުރެއް އުފެދޭ ގޮތަށް އަދި އެކަމާ ބެހޭ އެއްވެސް މައުލޫމާތެއް އެ ކޮމިޝަނަށް ދިނުމެއް ނެތި މީޑިއާގައި އެފަދަ ވާހަކައެއް އާންމުކުރުމަކީ އެ ކޮމިޝަނުން ކަންބޮޑުވާ ކަމެކެވެ. އަދި ފަނޑިޔާރުންނާ މެދު ރައްޔިތުންގެ ހިތްތަކުގައި ނުރުހުންތެރިކަން އުފެދޭ ފަދަ ވާހަކަތައް އެއްވެސް ފަރާތަކުން ނުދައްކަން އިލްތިމާސް ކުރާ ކަމަށް ބުނެފައިވެ އެވެ.
ސުޕްރީމް ކޯޓުން ވެސް ކުރިން ވަނީ ސުއޫދު ދެއްކެވި ވާހަކަތާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި އެކަމާބެހޭ މައުލޫމާތު އެ ކޯޓާ ހިއްސާ ކުރުމަށް އެދިފަ އެވެ.
ސުއޫދުގެ އެ ވާހަކަތަކާ ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ އެކަން ދޮގުކޮށްފަ އެވެ. އަދި އެ ވާހަކަތަކަކީ ގައުމު ހަލަބޮލިކުރަން ދެއްކި ވާހަކަތަކެއް ކަމަށް އެ ކޯޓުން ކުރިން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޯކަ!
22 January 2019
މިހާރު ގޭންގުތަކަކީ ޤައުމީ އިދާރާ ތަކަކަށް ވީތަ!
ކޮސްގޮވާ
17 January 2019
ފަޑިޔާރުންނަކީ ދުވަހަކުވެސް އަދި މިވީތަމަނަކަށް އެއްވެސް އިރެއްގައި މިގައުމުގައި ރައްޔިތުން ގަބޫލްކުރާ ފެންވަރެއްގައި އިންސާފް ގެނެސް ދޭ ބަޔެއްނޫން. ތިގޮތަށް ތެޅިގައްނަނީވެސް ކަމެއް ގޯސްވީމާ.
ލޯކަ!
22 January 2019
ފަނޑިޔާރުން އެކަނިތޯ؟ މިތަނަށް އިސްވާ ވެރިންނޯ؟
އެދުރުބެ
17 January 2019
އެލެކްސް (ކެނެރީގޭނަޝީދު) އަހާބަލަ ތަޅާނެކުދިން ކޮޅެއް ހޯދަން ނުބުނާންތޯ. ސިޔާސީ ލޯޔަރުން ގިނމީހުން ދިރިއުޅެނީ ޕާޓޭންގެ އެހީތެރިކަމުގައި
އަޙުމަދު
09 January 2019
ތިކަން ބެލުމަށް ވުރެ މާ ތާހިރުވާނެ ހުރިހާ ފަނޑިޔާރުން ވެގެން 2013ގައި ބޭއްވި ރިޔާސީ އިންތިހާބު ބާތިލްކުރީ ކޮންތާކު އޮތް ޤާނޫނެއްގެ ދަށުން ތޯ ބެލިއްޔާ، ޚާއްސަކޮށް އިސްފިރޭނު ކޯޓުގަ ތިބި ފަނޑިޔާރުން އެންމެން ވެގެން މިކަން ބަލާބަލަ. ޤާނޫނާ ޤަވާއިދާ އޮތްތާ އޮއްވާ މަހުޖަނުން ބޭނުންވާ ގޮތަށް ޝަރީއަތް ކުރުމުން ކޯޓުތަކަށްވެސް ފަނޑިޔާރުންނަށްވެސް ރައްޔިތުން ފާޑުކިޔާނެ. ފާޑުކިޔާއިރަށް ފުންމައިގެން ގޮސް އެކަން ބަލަންވީކީ ނޫން، ކަންކަން ރަނގަޅުކުރަންވީ.
އެމްސް
08 January 2019
ކޯޓް ތަކުގަ ކަންކަން ހުންނަ ގޮތް އެންމެނަށްވެސް އެނގޭ
ނޯޓް
08 January 2019
އެއްވެސް ކަމެއް ބަލާ ނިމޭ ގައުމެއްތަމީ
މުލޭ
08 January 2019
ގާސިމް އިބްރާހީމް ހޮސްޕިޓަލުގައި އޮއްވާ ހުކުމް ކުރި ގާޒީ ކައިރިން އަހާބަލަ އެރޭ ގާސިމަށް ހުކުމްކުރީ ކޮން ނުފޫޒެއްގައި ނުވަތަ ކޮން ބިރުވެރިކަމެއްގައި ހުރެގެންތޯ.
ކަތީއްބެ
08 January 2019
ޖޭ.އެސް.ސީގެ މެޖޯރިޓީ އަބަދުވެސް އޮންނަނީ އޭރަކު ހުންނަ ރައީސެއްގެ މުށުތެރޭގައި، މިހާރުވެސް އެކަން އޮތީ އެގޮތަށްކަމަށް ބެލެވޭ، މިހެންވުމުން ރައީސް އުފެއްދި ކޮމިޝަނެއްގެ ރައީސަކު ފެތުރި ވާހަކައެއް، އެފެތުރިގޮތަށް ގުޅުވާލައި ސާބިތުކުރުން ނޫންކަމެއް ކުރެވޭނެ ހެނެއް ހިއެއްނުވޭ، ހިނގާ މަގު ބަލަންތިބެމާ! ދާ އެއްޗިއްސާ އަންނަ އެއްޗެހި ފެންނާނެ.
ތަރަބެ
08 January 2019
ޖަޒީރާ ރާއްޖޭގަ ގޭންގް ތައް އޮވޭތަ؟ނުދެނެހުރިން
ޅިޔަނާ
08 January 2019
ޢެހެންތޯ