ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން "މިހާރު"އަށް އިންޓަވިއު ދެއްވަނީ. މިހާރު ފޮޓޯ:އަހުމަދު ނިޝާތު
10 ޖެނުއަރީ 2019 - 11:01
މަތީ ތައުލީމުގެ ލޯން ސްކީމުން ދޫކޮށްފައިވާ ގިނަ އަދަދެއްގެ ފައިސާ ނުލިބި އެބަހުރި ކަމަށާއި އެ ފައިސާ ހޯދަން ކުރަން ޖެހޭ މަސަައްކަތްތައް ކުރައްވާނެ ކަމަަށް ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވެއްޖެ އެވެ.
"މިހާރު"އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ ބައެއް ފަައިސާ ނުލިބި ހުރީ ހަމަ އެކަނި ފައިސާ ދައްކަން ޖެހޭ ފަރާތްތަކުގެ މައްސަލައަކުން ނޫން ކަމަށާއި ފައިސާ ހޯދަންޖެހޭ އިދާރާތަކުގެ ޒިންމާ ވެސް އަދާ ނުކުރެވި އޮތް ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެެ.
"އެހެންވީމާ އެކަން އަޅުގަނޑުމެން މިހާރު ބަލަމުން އެބަ ގެންދަން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދައުލަތަށް ލިބެން އޮތް ފައިސާއެއް ހޯދަން އެކަމާ ބެހޭ ވުޒާރާއަކުން މަަސައްކަތް ކުރަން ޖެހޭނެ. އެއީ މި މިނިސްޓްރީން ކުރަން ޖެހޭ ކަމަކަށްވާ ނަމަ އެކަން މި މިނިސްޓްރީން ކުރަމުން ގެންދާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެއީ ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވާނެ މަސައްކަތެއް ކަމަށެވެ. ލޯން ސްކީމުން ކިޔަވަން ދާ ދަރިވަރުން ކިޔަވަން ދަނީ ސަރުކާރާ އެ ދަރިވަރުންނާ ދެމެދު އެއްބަސްވުމެއް ގާއިމްކޮށްގެންކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި އެކަމުގައި ސަރުކާރުން ޒިންމާ ނަގަން ޖެހޭ ކަންތައްތައްތަކެއް ހުންނަ ފަދައިން ދަރިވަރުން ޒިންމާ ނަގަން ޖެހޭ ކަންތައްތަކެއް ވެސް ހުންނާނެ ކަމަށް ވިދާޅުވި އެވެ. އެގޮތުން ލޯން ސްކީމްގެ ދަށުން ކިޔަވައިގެން އަންނަ ދަރިވަރުން، އެ ދަރިވަރުން އެއްބަސްވެފައިވާ ގޮތަށް ފައިސާ ދެއްކުމަކީ އަދާކުރަން ޖެހޭ ޒިންމާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވީމާ އަޅުގަނޑު އުއްމީދުކުރަނީ ސަރުކާރުގެ ޒިންމާ ސަރުކާރުން ނަގާ ބީދައިން ލޯން ސްކީމުގެ ދަށުން ދާ ކުއްޖާ ވެސް އޭނާގެ ޒިންމާ ނަގައި، އޭނާޔަށް ސަރުކާރުން އެ ކުރި އިންވެސްޓްމަންޓް އެ އޮންނަ އުސޫލެއްގެ ދަށުން ސަރުކާރަށް، އެއްބަސް ވެވުނު އުސޫލުން އަނބުރާ ދައްކަމުން ދިއުމުގެ ޒިންމާ އަދާކުރަމުން ދާނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭން ކިޔެވެން ހުރި ދާއިރާތަކުން ކިޔަވަން ރާއްޖޭން ބޭރަށް ފޮނުވުމުގެ ބަދަލުގައި ރާއްޖޭގައި މީހުން ތަމްރީނުކުރަން އިސްކަން ދެއްވާނެ ކަމަށާއި ނަމަވެސް ބައެއް ދާއިރާތަކުން އެގޮތަށް މީހުން ފޮނުވަން ޖެހެނީ ރާއްޖޭގައި އޮންނަ ފުރުސަތުގެ ހަނިވުމުން ކަމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގައި ކިޔެން ހުންނަ ދާއިރާތަކުގެ ތެރެއިން ވެސް ބައެއް ދާއިރާތަކުން ރާއްޖޭން ބޭރުން ކިޔަވަން ވެސް އެބަ ހުޅުވައިލަން. ސަބަބަކީ އެ ދާއިރާގެ މުހިއްމު ކަމާ ރާއްޖޭން އެދާއިރާއިން މީހުން ތަމްރީނު ކުރަން ލިބިފައި ހުރި ފުރުސަތުތަކުގެ ހަނިކަމާ އަދި މިކަހަލަ އެހެން ބައެއް ސަބަބުތަކާ ހެދި،" މިނިސްޓަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮބާ ހިލޭ ތައުލީމް
23 January 2019
އެމްޑީޕީން ވައުދުވި ހިލޭ މަތީތައުލީމް ދޭނެކަމަށް. މިތިބެނީ އިންތިޒާރުގަ
މަޖިލިސް
10 January 2019
ލޯނުން ކިޔެވި މީހުންނާ މަޝްވަރާކޮއް އެމީހުންގެ މެދުގަ ނެގޭ ސާވޭޔަކައް ބަލާފަ ގޮތެއް ނިންމުން ވަރައްމުހިންމު.
އަނގަފާރު
10 January 2019
އެއީ ޖުމްލަ ޢަދަދުވެސް ހާމަ ނުކުރާ ޢަދަދެއް ތޯ އެހެން ވިއްޔާ ތިޔަވާހަކަ ދެއްކުމުގެ ބޭނުމަކީ ކޮބައިބާ
ޟުހައްމަދު
10 January 2019
ސަރުކާރުން ހިލޭ މަތީ ތައުލީމަށް ކިޔެވުމުގެ ފުރުސަތު ދީފައިވާތީ އެ ބީދައިން ކިޔެވުމަށް ބޮޑެތި ލޯނުތަށް ނަގާފައިވާ ދަރިވަރުންށަ އެކަށީގެންވާ ލުޔެއް ދެއްވުމަށް ގޮވާލަން
ހުސެން ސާކިރު
10 January 2019
އަޅުގނޑު ޖެހި ކޮމެނޓޫ ނުޖެހިމަ އަލުން ލިޔެލަނަމެވve. ފުރަތަމަ 1.4 ބިލިއަން ހޯދާށެވve. .... ކިޔެވި ކުދިން ފަރާތުން ވާނި ފައިދަ އެވ. ސަރުކާރެއް އައުމާ ފަގީރުން ނުފަހަށެވެ... ވައްކަން ތަކުންނާއި އިއްޒަތްތެރިްން ކެިއި ވަރު މަދީ ތޯއެވve
އިކްރާމް
10 January 2019
ތި ނުޖެހޭނެ ދައްކާކަށް. މިކާކުތަ މާ ކަންތައްވާކަަމަށް ހެދިގެން މިއުޅެނީ. މިހެން ކިޔަވައިގެން އައިސް ހިދުމަތް ކުރަނީ ގައުމަށް. އެވަރުން ފުދެން ޖެހޭނެ!
ރާއްޖެ
10 January 2019
އެބައޮތް 1 ލައްކަ ރފ ގެ ލޯނެއް. ވަޒީފާ ލިބުނީމަ ދައްކަން ފަށާނަން.
ޑަނެބެސް
10 January 2019
ޕޮލިޓިޝަނުން ދައުލަތް ލޫޓުވަނީ، ނުޖެހޭނެ ތިދައްކާކައް..
މުހައްމަދު
10 January 2019
ކިޔަވާނިމި ވަޒީފާ ނުލިބުނީމާ ދަރަނިވެރިވެ ދައިސާނުދެއްކިފަ ބައިވަރު ކުދިން ކިހިނެތް ހަދާނީ ވަޒީފާއެއް ވަޒީފޢެއް ނުލިބޭ ވ ދެރަ
މުބީނު މާރނީ
10 January 2019
ފުރަތަމަ ފަށައިގަތުން ވެސް ނުބައި. މައުމޫނު ގެ ރިފޯރމް މޫވްމަންޓަކީ ކޮންތާކު ރެޖިސްޓްރީ ކޮށްފަ އޮތް ތަނެއް؟؟؟؟ މިއީ ލޯން ދައްކަން ނުޖެހޭ ފުރަތަމަ ސަބަބު. ޗަބީ އަށް މިނިސްޓަރު ކަން ދިނީ ނުަހައްގުން، މައުމޫނު. އަހަރުމެންގެ ޖީބުން މުސާރަ ދައްކާ ގޮތަށް. ވީމާ އެއްގޮތަކުން ބަލާނަމަ ޗަބީގެ މުސާރަ އަކީ ވެސް އަނބުރާ ރައްޔިތުން ނަށް ދޭންޖެހޭނެ އެއްޗެއް.