ޔާމީންގެ ސަރުކާރުން މަތީ ތައުލީމަށް ކިޔެވުމުގެ ލޯނު މިދިޔަ އަހަރު ދިނީ 52 ދަރިވަރަކަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން، މަތީ ތައުލީމަށް ކިޔެވުމުގެ ލޯނުގެ ގިނަ ފުރުސަތުތަކެއް މިދިޔަ އަހަރު ހުޅުވައިލި ނަމަވެސް އެ ފުރުސަތު ދީފައި ވަނީ 52 ދަރިވަރަކަށް ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އިއްޔެ ވިދާޅުވެއްޖެ އެވެ.


މީޑިއާއާ އެކު ބޭއްވެވި ހަވީރު ސައިފޮދުގައި މިނިސްޓަރު ވިދާޅުވީ، މަތީ ތައުލީމަށް ކިޔެވުމަށް ގިނަ ފުރުސަތުތަކެއް ހުޅުވައިލި ކަން މީޑިއާ އިން އޭރު ހާމަކޮށްފައިވާ ކަމަށެވެ. އެކަމަކު، މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި މަގާމާ ހަވާލުވެވަޑައިގެން އެކަން ބެއްލެވިއިރު ޔާމީީންގެ ސަރުކާރުން ފުރުސަތު ދީފައި އޮތީ ވަރަށް މަދު ދަރިވަރުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މަތީ ތައުލީމަށް ކިޔެވުމަށް މިދިޔަ އަހަރުގެ އޮގަސްޓް މަހު 600 ފުރުސަތު ހުޅުވައިލިޔަސް، އެ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް ދިޔައިރު ވެސް ޔާމީންގެ ސަރުކާރު ގައި ދަރިވަރުންގެ ފޯމުތައް ޕްރޮސެސް ނުކުރާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، އެ ފޯމުތައް ޕްރޮސެސްކޮށް ބަޖެޓް ކަނޑައެޅީ ވެސް މި ސަރުކާރުންނެވެ.

އޭގެ ކުރިން މިދިޔަ އަހަރުގެ މާޗު މަހު ސަރުކާރުން ވަނީ މަތީ ތައުލީމް ލޯނުގެ 560 ފުރުސަތަށް ހުޅުވާލައިފަ އެވެ.

މި ސަރުކާރަށް މި ވީ އެއް އަހަރުގެ ތެރޭގައި މަތީ ތައުލީމަށް ކިޔަވަން 567 ލޯނު ދޫކޮށްފައި ވެ އެވެ. އެކަމަށް 54 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް މަތީ ތައުލީމާ ބެހޭ ވަޒީރު ވިދާޅުވެ އެވެ.