10 ޖެނުއަރީ 2019 - 15:57
މާލެ އާއި ހުޅުމާލެއާ ދެމެދު އެމްޕީއެލް އިން ދެމުން އަންނަ ބަސް ދަތުރުގެ ހިދުމަތް އެމްޓީސީސީއާ ހަވާލުކުރަން ސަރުކާރުން ނިންމައިިފި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގައި މިިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ ބަސްދަތުރުގެ ހިދުމަތް ދިނުން އެމްޓީސީސީއާ ހަވާލުކުރަން ނިންމީ މާލެ ސަހަރައްދުގެ އާއްމު ދަތުރުފަތުރު އެއްފުރާޅެއްގެ ދަށަށް ގެންނަން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ބަހުގެ ހިދުމަތް ދެ ކުންފުންޏަކުން ދެމުން އަންނާތީ ދަތިތަކާ ކުރިމަތިވާ ކަމަށެވެ.
"އެެހެންވީމާ އަޅުގަނޑުމެންގެ ވިސްނުން މި ހުރީ އަޅުގަނޑުމެން އެއްފުރާޅެއްގެ ދަށަށް މި މަސައްކަތް ބަދަލުކުރުމަށް. އެގޮތުން އެމްޓީސީސީގެ ދަށަށް ބަހުގެ ހިދުމަތް އެއްކޮށް ބަދަލުކުރަން އަޅުގަނޑުމެން ނިންމި ވާހަކަ ދަންނަވަން،" އޭނާ ވިދާޅުވި އެވެ.
މާލެ އާއި ހުޅުލެ އަދި ހުޅުމާލެ ގުޅުވައިދޭ ސިނަމާލެ ބްރިޖް ހުޅުވުމުގެ ކުރިން މާލެ އާއި ހުޅުމާލެއާ ދެމެދު ފެރީގެ ހިދުމަތް ދިނުމާއި ހުޅުމާލޭގައި ބަސް ދަތުރުގެ ހިދުމަތް ދިނުމަކީ އެމްޓީސީސީން ކުރަމުން އައި މަސައްކަތްތަކެވެ. ނަމަވެސް ބްރިޖް ހުޅުވުމާ އެކު މާލެ-ހުޅުމާލެ ބަސް ދަތުރުގެ ހިދުމަތް ހަވާލުކުރީ އެ ހިދުމަތް މުޅިން އަލަށް ފެށި އެމްޕީއެލްއާ އެވެ. ފެރީތަކަށް އަރާ މީހުން މަދުވެ، އެމްޓީސީސީއަށް ގެއްލުންވާން ފެށި އެ ވަގުތު އެ ކުންފުންޏަށް ބަސް ދަތުރު ނުދިނުމުން އެކުންފުންޏަށް ގެއްލުން ބޮޑުވި އެވެ.
މާލެ-ހުޅުމާލެ ބަސް ދަތުރުގެ ހިދުމަތުގެ އިތުރުން މާލޭގައި މިނީ ބަހުގެ ހިދުމަތް ތައާރަފްކުރަން ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރު މިއަދު ވިދާޅުވި އެވެ. އެ ގޮތުން މާލޭގައި މިނީ ބަހުގެ ހިދުމަތް ދިނުން ވެސް އެމްޓީސީސީއާ ހަވާލުކުރާނެ ކަމުގެ އިޝާރާތެއް ވެސް އޭނާ ކުރެއްވި އެވެ. ނަމަވެސް އެ ހިދުމަތް އެކުންފުންޏާ ހަވާލުކުރަން ނިންމާފައިވާ ކަމަށް ސީދާ ވިދާޅެއް ނުވެ އެވެ.
"އެއް ފުރާޅެއްގެ ދަށަށް މި ހިދުމަތް ބަދަލުކުރަނީ. ބަހުގެ ހިދުމަތް ބަދަލުކުރާ އިރު އެމްޓީސީސީއަށް އެކަން [މިނީ ބަހުގެ ހިދުމަތް] ދާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" އައިޝާ ވިދާޅުވި އެވެ.
އައިޝާ ވިދާޅުވީ މާލޭގައި މިނީ ބަހުގެ ހިދުމަތް ދިނުމުގެ ކަންތައްތައް ހަމަ ޖައްސާނީ އެކަމާ ބެހޭ ގޮތުން ކުރަން ޖެހޭ ދިރާސާތައް ކުރުމަށް ފަހު ކަމަށެވެ. އެގޮތުން މާލޭގެ މަގުތަކުގެ ޓްރެފިކަށް ބަލައި، އެހިދުމަތް އެންމެ ރަނގަޅަށް ދެވޭނެ ގޮތްތަކެއް ހޯދާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި މަގުތައް އެނަލައިޒްކޮށްފައި ކޮން ކަހަލަ ބަދަލުތަކެއްތޯ ގެނެވޭނީ ބަސް ދަތުރުތައް ކުރާއިރު ފަސޭހަވާނެ ގޮތަކަށް ރާވައި، އެ ދިރާސާތައް ކުރަމުން ދަނީ. ދިރާސާތައް ކޮށްފައި ގޮތެއް ކަނޑައަޅާނީ،" އައިޝާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާއަލިމޯޑު
27 December 2020
ތިޔަ މިނީ ބަހަކީ އައިސާ މެންގެ ވެރިކަމުގެ 100 ދުވަހުގެ ވައުދެއްނޫންތޯ.އަދިވެސް ދިރާސާ ނުނިމެ
އަހުމަދުބެ
11 January 2019
މީޓަރު ހަރުކުރީމަ ހަދާނެގޮތްވެސްއޮންނާނެ މަޑުންދުއްވާނީ އޭރުންމީޓަރުހިގާނެފަތުއަޑުކިޔާފަ މާލޭން ހުޅުމާލެއަިއްދެވޭއިރު 200 ރުފިޔާވެސްއަރާފާނެ ދެންކޯޗެކޭބުނާނީ އެހުރީމީޓަރުޖައްސާފަ
މަރޭމިތުރާ
11 January 2019
ރާއްޖޭގެ މީހުންނަށް ބޭރައްގޮސް ފެނިފައިވަނީ އިންޑިއާގެ އޮޓޯގައި މީޓަރު ހަރުކޮށްގެން ދުއްވާތަން. ބޭރަށްގޮސް ތައިލެންޑު ނުވަތަ އެހެންގައުމުތަކުގައި ވެސް މީޓަރުބޭނުންކުރަނިކޮށް. އެކަމަކު އެއްވެސް މީހަކަށް މިއަދާއި ހަމައަށްވެސް ނޭނގިފައޮތީ މީޓަރުހަރުކުރާ އުޅަނދައް އަޅަނީ ކޯއްޗެއްކަން. ހީކުރަނީ ޕެޓްރޯލުކަމަށް. ހަގީގަތަކީ އެލްޕީޖީ ގޭހުން އޮޓޯއާއި ކާރު މީޓަރުހަރުކޮށްގެން ދުއްވަނީ.
ބުއްދި
11 January 2019
އެމް.ޕީ.އެލް އިން މުދާ ފަސޭހައިން މުދާ ނެރެވޭނެ އިންތިޒާމުތަޖެއް ހަމަޖައްސައިދީބަލަ އެހެން ކަންކަމާއި ނޫޅެ. ހުރިހާ ވެހިކަލެއް އެހެރީ ހަލާކުވެފަ. ކޮންޓެއިނަރެއް ތިރި ނުކުރެވޭ......... ކޮން ބަހެއް ދުއްވަން ވީ. ކުންފުނީގެ ނަމަކީ "ޕޯޓްސް" ލިމިޓެޑް. އެހެންވީމަ ހިންގަން ޖެހޭނީ ޕޯޓްސް އެންނުދޯ، ނޫނީ މިވާގޮތަކީ އެއީ ލިމިޓެޑް އެޑިޝަން އެއްކަންނޭގެ. ސާރވިސް ވަކި ވަރަކަށް ލިމިޓްކޮށްފައި......
Fisaarikanbaleh
11 January 2019
އައިސެލިއުޓް ނަހުލާ، ތީފިސާރި ކަނބަލެއް، ރާއްޖެތެރޭގެ ސިޔާސީ މަގާމްތަކާއި ސިޔާސީކަންތަކުގެ ބައިވެރި ކުރަނީ ފިރިހެން، އަންހެނުން ތިބެނީ އެމީހުންނަށް ކެއްކުމާއި ޖަލްސާތަކުގެ ގޮނޑި ފުރާލުމައް
މަރޭމިތުރާ
11 January 2019
ޓެކްސީގައި މީޓަރުހަރުކުރުމުން ނުކުންނާނެ ނުބައިނަތީޖާތައް. 1 ކިތައްމެ ކުރު ހިސާބަކަށްވެސް ތާށިވެފައިއޮތުމުން ވެއިޓިންއަށް މިހާރަށްވުރެ ގިނަފައިސާދައްކަންޖެހުން،2 ފަހުން ފައިސާދައްކަންޖެހޭތީ މަގުތާށިވުމުގެ މައްސަލަ 3 ވަކިލާރި އަރައިފިނަމަ އެކަން ހައލުނުވުން. 4 އާއްމުންނަށް އުނދަގޫވުން ފަދަ މައްސަލަތައް.[ މީޓަރު ޓެކްސީތަކުގައި ހަރުކޮށްްފިނަމަ ޑުރައިވަރުންނަށް މިހާރަށްވުރެ ބޮޑު މަންފާއެއްލިބޭނެ.]
މަރޭމިތުރާ
11 January 2019
މީޓަރު އެއްވެސް ޕަބުލިކު ދުއްވުމެއްގައި ބޭނުންކުރަންޏާ އެލްޕީޖީ ގޭސް ގެންނަވާފައި އެކަންކުރަށްވާ! އެހެންނޫނީ ކަނޑުގައި އެޅޭ ރޮނގަކަށް ތިކަންވާނީ! އިންޑިއާގަ އޮޓޯއަށް އަރާފަ މީޓަރު ފެންނައިރު އެއްވެސް ފަރާތަކަށް ނޭނގެ އޭގައި ބޭނުންކުރަނީ ޕެޓްރޯލުނުންކަން. ކޮންމެ އޮޓޯއެއްގެ ފަހަތުގަ އޮންނާނެ އެލްޕީޖީ ސިލިންޑަރު.
ސަޒަން
11 January 2019
މާކުރިންވެސް އެނގޭ ތިކަން ތިހެންނިމޭނެކަން އެމްޓީސީސީ އަށް އެކަމަށް ހަރަދު ނުކުރެވިގެން ނުވަތަ ނުކުރާންވެގެން އެމްޕީއެލް ގެބޮލުގައި އެޅުވިކަމެއްތީ ވޭތުވެދިޔަ 7 އަހަރު ކަންކުރީ ކުންފުނިތައް ދަވާލާ އުސޫލުންކަން އެންމެނައްވެސް އެނގޭ އެކަންގަބޫލް ކުރަންބޭނުންނުވާ ބައެއް އުޅެނީ އެމީހުންނައް ލިބޭ ފައިދާއެއްގެބޮޑުކަމުންކަން ކަށަވަރު އެކަމަކު އެމްޕީއެލްއަށް އެޙަރަދު އެމްޓީސީސީ އިން ލިބެންޖެހޭނެ! ނުވެސްގުޅޭކަންކަންވެސް ހަވާލުކުރަނީ ހެޔޮހިތާނުކުރަންވިޔަސް
ޢައްމަޑެއި
11 January 2019
އެމްޕީއެލް އަށް ކުރާ އަނިޔާ ހުއްޓާލާ. ޢެމްޕީއެލް އަކީ ސަރުކާރަށް ނުހަނު ބޮޑު ހޭދައެއް ކުރާ 100% ފައިދާވާ ކުންފުންޏެއް. ސަރުކާރުތަކުގެ ބޭނުމަށް އެމްޕީއެލްގެ ފައިސާ އިސްރާފް ނުކުރާ ނަމަ އެމްޕީއެލް މުވައްޒަފުންގެ މުސާރަ ބޮޑުކުރެވި ދިރާގާ އެމްޑަބްލިއު އެސްއީ އިން ދޭފަދަ ރަނގަޅު ބޯނަހެއް ދެވޭނެ. އުއްމީދަކީ މިހާރުގެ ސީއީއޯ މިކަންކަމާ ވިސްނާ ރަނގަޅު ގޮތްތަކެއް މުވައްޒަފުންނަށް ހަމަޖައްސައިދިނުން.
އަބްދުއްލާ
11 January 2019
ބަރާބަރު ގޮތެއް ތިޔަ ހެއްދެވީ. ޓެކްސީ ޑުރައިވަރުން ސައިޒް ކޮށްލާ
ެެެއ444
10 January 2019
މަށެއް ހަބަަރެއް ނުކިޔަން. ފޮޓޯ ބަލާލީ. ދެން ކޮމެންޓް. ކޮންމެވެސް ރަގަޅު ކަމެއް ކުރީ ދޯ. އޯކޭ
އުމޭއް
11 January 2019
ޓްރާންސޕޯރޓް ހަބަރެއްވިއްޔާ މަވެސް ހަމަ ފޮޓޯ ބަލާލަން ހުޅުވާލަނީ،