ރިޕޯޓް / ދިރާސީ އާ އަހަރު

އާ ކަންތައްތަކާ އެކު ތައުލީމީ އާ އަހަރު ފަށައިފި

ދޮޅު މަހަށް ވުރެ ދިގު ބޮޑު ޗުއްޓީއަށް ފަހު، 73،000 އަށް ވުރެ ގިނަ ދަރިވަރުންނާ އެކު މިއަދު ތައުލީމީ އާ އަހަރުގެ ކިޔެވުން މުޅި ރާއްޖޭގައި މި ވަނީ ފަށައިފަ އެވެ. ސަރުކާރުން ދަރިވަރުންނަށް ހިލޭ ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމް ވެސް މިއަދު ބައެއް ސްކޫލްތަކުގައި އިފްތިތާހުކޮށްފި އެވެ. ތާރީހީ އެ ހޭދައާ އެކު، އާ ސަރުކާރުގެ ފުރަތަމަ ތައުލީމީ އަހަރާ މެދު އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ހުންނެވީ އުއްމީދުގަ އެވެ.

"ވަރަށް ބޮޑަށް މަސައްކަތް ކޮށްދޭނަން ވަށައި ޖެހޭ ތައުލީމެއް ލިބިފައިވާ ކުދިންތަކަކަށް އެ ކުދިން ހަދައިދޭން،" އާ ތައުލީމީ އަހަރުގެ ތައްޔާރީތަކާ ބެހޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު މިދިއަ ބުރާސްފަތިދުވަހު، "މިހާރު" އަށް ޑރ. އައިޝަތު ވިދާޅުވި އެވެ.

އަހުމަދިއްޔާ ސުކޫލުގެ ދަރިވަރުންތަކެއް މިދިޔަ އަހަރުގެ ފަހު ޓާމުގެ ރިޕޯޓު ފޮތާ އެކު--- ފޮޓޯ: ނިޝާން އަލީ/މިހާރު

ދަރިވަރުންނަށް މަރުހަބާ ކިޔަން ސްކޫލްތަކުގެ މުވައްޒަފުން ތިބީ ތައްޔާރުވެގެންނެވެ. ގިނަ ސްކޫލްތަކަކަށް ބޭނުންވާ މަރާމާތުތައް ނިންމައި، އާ ބައެއް ވަސީލަތްތައް ވެސް ބައެއް ސްކޫލްތަކުގައި ގާއިމްކުރި އެވެ. އެންމެ ފަހުގެ މަސައްކަތްތައް ނިންމަން ރޭ ވެސް، ބައެއް ސްކޫލްތަކުގައި މަސައްކަތްކުރި އެވެ.

އިމާދުއްދީން ސްކޫލުގެ ޕްރިންސިޕަލް އަހުމަދު މުޖާހިދު ވިދާޅުވީ ތައުލީމީ އާ އަހަރަށް ކުރިމަތިލާއިރު، އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރު ވެސް، ވަރަށް ގިނަ އަމާޒުތަކެއް އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި އިތުރު ހަރަކާތްތަކުގެ މަގުސަދު ހާސިލްކުރެވޭނެ ގޮތަށް ކަންކަން ރޭވުމާއި ރާއްޖޭގެ ގައުމީ މަންހަޖުގައި ކަނޑައަޅާފައިވާ އަސާސްތައް ކުދިންނަށް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުން ހިމެނެ އެވެ.

އެކަމަށްޓަކައި އެ ސްކޫލްގެ ޓީޗަރުން ތިބީ ތައްޔާރުވެގެންނެވެ. އިމާދުއްދީންގެ ލީޑިން ޓީޗަރު އަބްދުﷲ އަބްދުލްކަރީމްގެ ނަޒަރުގައި ކުރީ އަހަރުތަކަށް ވުރެ މި އަހަރު އެ ސްކޫލުން ތަފާތުތަކެއް ފެނިގެންދާނެ އެވެ. އެގޮތުން ފިލާވަޅުތަކަށް ކުދިންގެ ޝައުގު ބޮޑުކުރުމުގެ ބައެއް ފިޔަވަޅުތަކަށް ޓީޗަރުން ތައްޔާރުވި ތައްޔާރުވުން އޭނާ ކިޔައިދެއްވި އެވެ.

"ޓީޗަރުންނަށް މިހާރު ވާނީ ކޯޑިނޭޝަން މީޓިންތައް ބާއްވާފައި. ފިލާވަޅުތަކަށް ޝައުގުވެރިކުރުމަށް ގެންދާނެ ތަފާތު އެކްޓިވިޓީތައް ރާވައި ކްލާސްރޫމުގަ އާއި ކްލާސްރޫމުން ބޭރުގައި އެ ކުދިން ޝައުގުވެރިކުރުވާނެ ކަންތައްތައް ކުރެވިފައި މިހާރު ވާނީ،" ގްރޭޑް 1-4 ގެ ލީޑިން ޓީޗަރު ވިދާޅުވި އެވެ.

ހަމައެކަނި އިމާދުއްދީން ސްކޫލެއް ނޫނެވެ. އެހެން ސްކޫލްތަކުން ވެސް އާ އަހަރުގެ ކިޔެވުމަށް ތަފާތު ވިސްނުންތަކުގެ ބޭނުންހިފަން ޓީޗަރުންނާއި މެނޭޖްމަންޓުން ރާވާފައިވެ އެވެ.

އިމާދުއްދީން ސްކޫލުގެ ދަރިވަރުން -ފޮޓޯ: ނިޝާން އަލީ/ މިހާރު

އިސްކަންދަރު ސްކޫލުގެ ލީޑިން ޓީޗަރު އިބްރާހިމް މުޒާހު އުއްމީދުކުރައްވަނީ މިިދިޔަ އަހަރަށް ވުރެ މި އަހަރު ހުރިހާ ގޮތަކުން ވެސް ކާމިޔާބު ވާނެ ކަމަށެވެ. ތައުލީމާއި އިތުރު ހަރަކާތްތަކުން ވެސް ބޭނުންވަނީ، އޭނާ ވިދާޅުވި ގޮތުގައި، މިދިއަ އަހަރަށް ވުރެ މި އަހަރުގެ ކާމިޔާބީތައް މަތިކުރާށެވެ.

ސްކޫލްގެ "ޑިޕާޓްމަންޓްތައް ބައިވެރިވެގެން ސަބްޖެކްޓުތަކާއި ކުދިންނާ ގުޅޭ އެކިއެކި ކަންތައްތައް ކުރަން ނިމިފައި މިވަނީ،" މުޒާހު ވިދާޅުވި އެވެ.

އިސްލާމީ އަގީދާ އާއި ރަނގަޅު އަހުލާގެއްގެ މަތީގައި!

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ވިދާޅުވި ގޮތުގައި ސަރުކާރުގެ އެންމެ ބޮޑު ސިޔާސަތަކީ އިސްލާމީ އަގީދާގެ މަތީގައި ދެމިތިބި، އަޚުލާގު ރަނގަޅު ކުދިންތަކެއް ބިނާކުރުމެވެ. އޭގެ އިތުރުން ކުޅިވަރާއި އެހެން ހުނަރުތައް ތަރައްގީކުރުމުގެ ބަޔަށް އިތުރު ސަމާލުކަމެއް ދޭން، މިނިސްޓްރީން ބޭނުންވެ އެވެ.

"ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭނަން ކުޅިވަރު ވެސް ކިޔެވުމުގެ ތެރެއަށް ވައްދަން. ހަމައެކަނި ކިޔެވުމަކީ އިމްތިހާނަށް ތައްޔާރުވުމެއް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.

"ބޭނުންވަނީ އޭގެ އިތުރުން ދަރިވަރަށް ބޭނުންވާ ހުނަރުތައް، ރަނގަޅު ދިރިއުޅުމެއް އުޅުމަށް އެ ކުއްޖާއަށް ބޭނުންވާ ހުރިހާ ހުނަރުތަކެއް ތައުލީމީ ނިޒާމުގެ ތެރެއިން، ސްކޫލުގެ ތެރެއިން އެ ކުއްޖާއަށް ދަސްކޮށްދިނުން."

އޭނާ ވިދާޅުވި ގޮތުގައި އަބަދުވެސް އެންމެ ބޮޑު ގޮންޖެހުމަކީ ހުރިހާ ހިސާބެއްގައި އެއް ފެންވަރަކަށް ތައުލީމް ފޯރުކޮށްދިނުމެވެ. ރާއްޖެ އުފެދިފައިވާ ގޮތުން އެކަމަށް ހުރަސްތަކެއް ދިމާވިޔަސް، ޑރ. އައިޝަތު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް އެއް ފެންވަރެއްގެ ތައުލީމް ފޯރުކޮށްދޭން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ދިރާސީ އާ އަހަރާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވާހަކަދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މި އަހަރުގެ ތައުލީމީ ބަޖެޓަކީ ތިން ބިލިއަން ރުފިޔާ އެވެ. ބައެއް ސްކޫލްގައި ހިލޭ ހެނދުނުގެ ނާސްތާ ދޭން ފެށުމުގެ އާ ސަރުކާރުން ވަނީ ގިނަ ސްކޫލުތަކެއްގެ ކިޔެވުން އެއް ދަންފަޅިއަށް ވެސް ބަދަލުކޮށްފަ އެވެ.

މި އަހަރު 200 ދުވަހު ކިޔަވައިދޭ ގޮތަށް، ތައުލީމީ ކަލަންޑަރުގައި ވަނީ ހަމަޖައްސައިފަ އެވެ.

18 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 71%
icon sad icon sad 10%
icon angry icon angry 19%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޓީޗަރު

13 January 2019

އިމާދުއްދީން ސުކޫލު ހާދަ ތަފާތޭ ދޯ މިހާރު.

The name is already taken The name is available. Register?

ބެލެނިވެރިއެއް

13 January 2019

އިމާދުއްދީން ސްކޫލްގެ އާ ޕްރިންސިޕަލްއާއެކު ސްކޫލަށް ވަރަށް ހެޔޮ ބަދަލު އަންނަތަން ފެނޭ...ބެލެނިވެރިއެއްގެ ހައިސިއްޔަތުން ވަރަށް އުފާވެ.

The name is already taken The name is available. Register?

މަންޑޭ

13 January 2019

ޢިމާދުއްދީން ސްކޫލަށް ގެންނަމުންދާ ހެޔޮ ބަދަލުތަކަށް ޕްރިންސިޕަލް އަށް ޝުކުރުދަންނަވަން . ޢުއްމީދު އާވެއްޖެ.

The name is already taken The name is available. Register?

މަރޭމިތުރާ

13 January 2019

[އާސަރުކާރުގެ ވައުދުތައް ހަގީގަތަކަށް ހަދަނީއޭ! އާސަރުކާރުގެ ހިދުމަތްތަށް އާގޮތަކަށް ނެރެނީއޭ!] ............................................... އާސަރުކާރުން ދޭ ހިދުމަތްތައް ރަނަގަޅުވާނެކަމަސް މިދެކެނީ!

The name is already taken The name is available. Register?

މޯޑު

13 January 2019

ހާދަ އަމިއްލަ އެދުން ބޮޑު މީހެކޭ

The name is already taken The name is available. Register?

ކުދަހުވަދޫން

13 January 2019

73000 ދަރިވަރުންނަށް ކޮންމެ ދުވަހަކު ދެވަށްދޮންކޭލާއި 5ރ ގެ މަގުން ބެލިނަމަވެސް ދުވާލަކަށް 365000ރ ޖެހޭނެއެވެ. އެއީ ހަފްތާއަކު 5 ދުވަހުގެ މަގުން ބަލާނަމަ ހަފްތާއަކަށް 1825000ރ އެވެ. އަހަރު ދުވަހަށް ބަލާނަމަ ކިޔަވާދޭ 28 ހަފްތާއަށް، އަހަރަކު 51100000ރ ޚަރަދު ވާނެއެވެ. މި ކަމަށް ވުރެ މުޙިއްމު އެހެން ޚަރަދުތަށް ސްކޫލްތަކުގައި ނެތީ ހެއްޔެވެ. ނޫނީ ޒަރޫރީ އެހެން ކަން ކަން ފުދި ނިމުނީކަމަށް ރައީސް ދެކެލައްވަނި ތޯއެވެ؟

The name is already taken The name is available. Register?

ރަދީފުގެ ދަރި ކުމާރު

13 January 2019

ޓިއުޝަންދޭން ނުޖެހޭ ދުވަހެއް އައިއްސިއްޔާ ބަދަލެއްއަިކަމަށް މަ ބަލާނީ. އެހެންނޫނީ ބަދަލެއް ނާދޭ. ބެލެނިވެރިން ބޮޑުއަގުދީގެން ޓީޗަރުން ގެނަސްގެން ނަތީޖާ ނެރެނީ.

The name is already taken The name is available. Register?

ކަލޯބެގެ

13 January 2019

ކިރުޕެކެޓެއް 10 ރުފިޔާ ބިހެއް 4 ރުފިޔާ ދޮންކޭލެއް 5 ރުފިޔާ ސޭންޑްވިޗެއް 10 ރުފިޔާ ފެންފުޅިއެއް 3 ރުފިޔާ ދުވާލަކަށް 500 ކުދިންނަށް16000 ރުފިޔާ. އަހަރަކަށް 5.7 މިލިއަން. މިކަން ޓެކްސް ފައިސާއިން ނުކޮށް ބެލެނިވެރިން އަތުންނަގާ. އަހަރުންގެ ދަރިންނެއް ނުތިބޭނެ ތިތާކު

The name is already taken The name is available. Register?

ވީލްބަރޯ

13 January 2019

ބްރޯކާރިން ނައަހަންތަ އެމްއެމްޕީއާރްސީން އަހަރުމެންގެ ފައިސާކޮޅަށް ކިހިނެތްހޭ ހެދީ؟ އޭނަ ދޭތެރެއަކުން އެބަފެނޭ ގިޓާ ޖަހާފަ ލަވަކިއަނިކޮށް!

The name is already taken The name is available. Register?

ރަސް

13 January 2019

ތިޔަ ކިރުޕެކެޓް ބޯން ހެޔޮ ނުވާނެ އޭގަ ހަކުރު ވަރަށް ގިނަ ވާނެ ދޮންކެޔޮ ބިސް އޯކޭ އެކަމަކު ތިޔައީ ގާތް މީހަކަށް ފައިސާ ގަނޑެއް ކައްވާލުމަށް ފެށި ކަމެއް ކަމަށް ފެނޭ އަދި ދަރިވަރުން ތަފާތު ކުރުމެއްވެސްމެ

The name is already taken The name is available. Register?

ދޮން

13 January 2019

ބަލައިފިން. އިސްކަންދަރު ސްކޫލުގައި އެ އޮތީ، ސާފުތާހިރު ކަމަކީ އީމާންކަމުގެ ތެރެއިން ވާކަމެއް ކަމަށް. އެކަން ވާކަމަކަށް ވަނީ ކިހިނެތްބާ؟ އަހަރެމެންނަށް އެނގިފައި އޮންނަނީ ސާފުތާހިރު ކަމަކީ އީމާންކަމުގެ ތެރެއިންވާ ކަމެއް ކަމަށް. މިހެންވީމާ ދަރިވަރުންވެސް ބަލައިގަންނީ ވާކަމަކަށް ދޯ.

The name is already taken The name is available. Register?

ތުނިޔަ

13 January 2019

އެއްވެސް އެއްޗެއް ނުކައި ކުދިން ސްކޫލަށްދާނީ ބެލެނިވެރިންގެ ފަރުވާކުޑަ ކަމުން! އަޅުގަނޑުގެ ދަރިފުޅު ގަޑިޖެހުނަސް ކިރުތަށި ނުބޮނީސް ސްކޫލަށް ނުފޮނުވަން ދުވަހަކުވެސް.

The name is already taken The name is available. Register?

ސަރީފު

13 January 2019

ކުއްޖާ ގަޑިޖެހިގެން ސްކޫލަށް ގެންދަނީ ބެލެނިވެރިޔާ ފަރުވާ ކުޑަވީމަ. ނެތެއްނު ސަލާމަތެއް،

The name is already taken The name is available. Register?

މަރީނާ777

13 January 2019

މި ސަރުކާރުން ކުރި ވަރަށް ރަގަޅު ހަރުދަނާ ދުރުވިސްނޭ ކަމެއް.އަހަންނާއި ދިމާވެފައި އެބަހުރި ހެދުނު ގެ ނާސްތާ ނުދީ ސްކޫލަށް ކުދިން ފޮނުވާކަން. އަދި މެންދުރު ވެސް ކާންނުދީ ކުދިން ސްކޫލަށް ފޮނުވާކަން. މިކަންހުއްޓުވުމަށް އިތުރު ސަމާލުކަމެއް މިއުފެދުނީ. ތޭންކްކިޔު ރައީސް.

The name is already taken The name is available. Register?

ރާއްޖެ

13 January 2019

ނާސްތާ ނެތި ފޮނުވީ ފައިސާ ނެތިގެންތަ ނޫނީ މައިންބަފައިން ކަންނެތް ކަމުންތަ؟

The name is already taken The name is available. Register?

ތުނިޔަ

13 January 2019

ދެން ތިވީ ގޮތުން ކުރިއަށްވުރެ ފަރުވާ ކުޑަކުރާނެ ބައެއް ބެލެނިވެރިން ކުދިންނަށް، ސްކޫލަށް ފޮނުވުމުގެ ކުރިން ކާންދޭން..އެނގޭނެނު ސްކޫލަށް ދިޔާމަ ކޮންމެވެސް އެއްޗެއް ލިބޭނެކަން!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454