ޚަބަރު / އެޑިއުކޭޝަން މިނިސްޓްރީ

މި އަހަރު އަލަށް އެއްދަންފަޅިއަށް ބަދަލުކުރީ 10 ސްކޫލް

ހުޅުމާލޭގައި އިމާރާތްކުރި ހުރަވީ ސްކޫލް ހުޅުވަން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި އެ ސްކޫލުގެ ދަރިވަރުންތަކެއް: ހުރަވީ ސްކޫލުގައި ވެސް ކިޔަވައިދެމުން އަންނަނީ އެއް ދަންފަޅިއަށް--- ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

މި އަހަރު އަލަށް އެއް ދަންފަޅިއަށް ކިޔަވައިދޭން ފެށީ 10 ސްކޫލެއްގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ދިރާސީ އާ އަހަރާ ގުޅޭ މައުލޫމާތު ދިނުމަށް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވީ 134 ސްކޫލެއް މިހާރު އެއްދަންފަޅިއަށް ބަދަލުކުރެވިފައިވާ ކަމަށެވެ. ބާކީ ހުރި 79 ސްކޫލެއް އެއްދަންފަޅިއަށް ބަދަލުކުރަން ބޭނުންވާ އޮޑިޓް މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

މި ފަހަރު އެއްދަންފަޅިއަށް ބަދަލުކުރި ސްކޫލުތަކުގެ ތެރޭގައި އާބާދީ ބޮޑު ސްކޫލުތައް ހިމެނެ އެވެ. އޭގެ ތެރޭގައި ގދ. ތިނަދޫގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒާއި ހދ. ކުޅުދުއްފުށީގެ ދެ ސްކޫލަކާއިި ބ. އޭދަފުށީގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒު ހިމެނެ އެވެ.

އެޑިއުކޭޝަން މިިނިސްޓްރީގެ އެޑިއުކޭޝަން އޮފިސަރު އިބްރާހިމް އާސިފް ވިދާޅުވީ 134 އަކީ މިދިޔަ އަހަރުގެ ދިރާސީ އަހަރު ނިމުމުއިރު އެއްދަންފަޅިއަށް ކިޔަވައިދިން ސްކޫލުތަކުގެ އަދަދު ކަމަށެވެ. ނަމަވެސް އޭރު އެކަން ކުރީ އެއްދަންފަޅިއަށް ކިޔަވައިދިނުމާ ބެހޭ އުސޫލާ އެއްގޮތަށް ނޫންކަމަށް ވިދާޅުވި އެވެ.

މީގެ ކުރިން އެއް ދަންފަޅިއަށް ކިޔަވައިދެމުން އައި ސްކޫލުތަކުގެ އިތުރުން މި އަހަރު އަލަށް ފެށި 10 ސްކޫލުގައި އެކަން ކުރަމުން އަންނަނީ އުސޫލާ އެއްގޮތަށްކަން އޭނާ ފާހަގަކުރެއްވި އެވެ.

"އެއްދަންފަޅިއަށް ކިޔަވައިދޭއިރު، ރަސްމީ ގަޑި ނިންމާފައި ދަރިވަރުންނަށް އެބަޖެހޭ އެކި ކަހަލަ ޕްރޮގްރާމްތައް ހިންގަން. މިސާލަކަށް ކެރިއަ ގައިޑެންސް އާއި ހެލްތު އެޑިއުކޭޝަން ފަދަ ކަންތައް. ނަމަވެސް ދަރިވަރުން އެއްދަންފަޅިއަށް ސްކޫލަށް ހާޒިރުވުން ފިޔަވައި އިތުރު ކަމެއް އޭރު ނެތް،" އާސިފް ވިދާޅުވި އެވެ.

"ބައެއް ސްކޫލުތަކުގައި އަލަށް ގާއިމްކުރި ވަސީލަތްތަކާއި ކީ ސްޓޭޖްތަކަށް އައި ބަދަލުތަކާ އެކު، ވަސީލަތްތައް ހަމަ ސްކޫލުގެ ގޮތުގައި އެއްދަންފަޅިއަށް ކިޔަވައިދެމުން އަންނަނީ،"

8 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 61%
icon sad icon sad 0%
icon angry icon angry 39%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

fathumath Ahmed

15 January 2019

ތިހުރިހާ ސްކޫލަކީ މިނިމުނުއްމަހަރުވެސް އެއްދަންފަޅިއަށް ކިޔަވައިދޭ ސަކޫލުތައް.

The name is already taken The name is available. Register?

މޫސަތައްޚާން

14 January 2019

އަވަހަށް އިސްކަންދަރު ސްކޫލް އެއްދަން ފަޅިއަށް ބަދަލުކޮށް ދެއްވާ! މިހާރު އުޅެންޖެހޭ ގޮތް ވަރަށް ބުރަ.

The name is already taken The name is available. Register?

ހަނު ހުންނަ މީހާ1

14 January 2019

ގުރޭޑް 8، 9 އުފެއްދުމުގެ ގޮތުން ކިތަށް ސުކޫލްތޯ މިއަހަރު ދެ ދަންފަޅިއަށް ބަދަލުކުރަން ޖެހުނީ.

The name is already taken The name is available. Register?

ޙަަހަ

14 January 2019

މިވެސް އަތަށް ގޮވީ.ހިޔެއްނުކުރަން އެޑިއުކޭޝަން މިނިސްޓަރ އެވަރުގެ ބޮޑު އޮޅުވާލުމެއް ލާނެކަށް. މާދަން އިގޭނެ އެ 10 ސްކޫލކީވެސް ރޔ އެއްދަންފަޅިއަށް ބަދަލުކުރަން ނިންމައިފައިވާ ސްކޫލް ކަން

The name is already taken The name is available. Register?

ވޯލް

14 January 2019

ހުރިހާ މޮޅެއް މިއޮންނަނީ މާލެ ނޫން އެހެން ރަށްރަށަށް، އެ ރަށްރަށުގެ ސްކޫލްތައްވެސް އެއް ދަންފަޅިއަށް، ކުދިން ދުވެ ސަކަރާތްޖަހާނެ މާހައުލު އޮވޭ، އެކަމަކު ނަން މިވަނި މާލެ މީހުން. މާލޭގައި މީހުން ގިނަކަމުން އުޅެވޭ ވަރެއް ނޫން. މާލޭގެ ގެތައް ބުރިބުރިއަށް ނާގާގެން ބޮޑު އަގުގައ ކުލި ވިޔަފާރިވެރިންގެ ތެރޭގައި ރަށްރަށަށް ނިސްބަތްވާ ބައިވަރު މީހުން، މާލޭގެ ގިނަ އާއިލާގެ ކުދިންވެސް އުޅެނީ ކުލި ދައްކާގެން. އެންމެ ވެގެން ރަގަޅުކުރަންވެއްޖެ.

The name is already taken The name is available. Register?

ހުތާނި

14 January 2019

ފުރަަތަމަ ބުނީ 130 ސްކޫލް އެއްދަނފަޅިޔަށް ބަދަލުކޮށްފިޔޯ. ދެން މިޔޯ.

The name is already taken The name is available. Register?

ކކކކ

14 January 2019

އެހެންވީމާ ބައެއްކަންތައްތައް ގިނަ ސްކޫލްތަކުގަ ނުކޮށް ހުރީ ކޮންމެހެން އެއްދަންފަޅި ނުވެގެނެއް ނޫނެއްނުން. ހަމަ ކަންފަސޭހަކަމުން ދޯ. ދެންވެސް ހަމަ ތިބޭނީ އެއްބަޔެއް

The name is already taken The name is available. Register?

އަޑަފި

14 January 2019

އޮޅުވާނުލާ ކަން އޮތްގޮތަށް ބުނުމުން ގައިން ތަންގަނޑެއް އުނިވަނީހެއްޔެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454