ޚަބަރު / އަބްދުލް މަތީން

ޕީޕީއެމަށް އަލުން ސޮއިކޮށް، އެސްޖީ ކަމަށް މަތީން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އާ ޕާޓީއެއް އުފެއްދުމަށް ހަރަކާތްތައް ހުއްޓާލާފައި އޮތް ޕީޕީއެމަށް އާ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްމަތީން މިރޭ ހަމަޖައްސައިފި އެވެ.

ޕީޕީއެމުން ވަކިވެވަޑައިގަތުމަށް ފަހު އަލުން އޭނާ ޕީޕީއެމަށް ސޮއި ކުރެއްވައި ޔާމީނާ ފޯމު ހަވާލު ކުރެއްވީ ވެސް މިރެ އެވެ.

މަތީން، ޕީޕީއެމަށް ސޮއި މި ކުރެއްވީ ޕީޕީއެމްގެ ކުއްލި ކައުންސިލް ބައްދަލުވުމެއް މިރޭ ބާއްވަން ނިންމާފައި ވަނިކޮށެވެ. ޕީޕީއެމްގެ ގިނަ މެމްބަރުންތަކެއް އެ ޕާޓީން ވަކިވެ އާ ޕާޓީ ޕީޕަލްސް ނެޝަނަލް ޕާޓީ (ޕީއެންސީއާ) އަށް ސޮއިކޮށްފައިވާތީ ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމުގެ ކޯރަމް ހަމަވެދާނެ ކަމުގެ ވެސް ބިރު އޮތެވެ.

ޕީޕީއެމްގެ އެސްޖީ ކަމަށް ސޮއި ކުރެއްވުމާ އެކު މަތީން ވެސް ކައުންސިލްގައި ހިމެނިވަޑައިގަންނަވާނެ އެވެ.

މަތީން މިރޭ ޕީޕީއެމަށް އަލުން ސޮއި ކުރެއްވި އިރު އޭނާ މިދިޔަ ހަފުތާގައި ޕީޕީއެމްގެ ލީޑަޝިޕުން އަލަށް އުފެއްދި ޕީއެންސީ އަށް ސޮއި ވެސް ކުރެއްވި އެވެ. އެކަމަކު މިހާރު ވަނީ އެ ޕާޓީން ވަކިވެވަޑައިގެންފަ އެވެ.

ޕީޕީއެމްގެ އެސްޖީ އަކަށް މީގެ ކުރިން ހުންނެވީ މުުހައްމަދު ހުސެއިން ޝަރީފް (މުންދު) އެވެ. އޭނާ އިސްތިއުފާ ދެއްވީ ޕީއެންސީއާ ގުޅިވަޑައިގަތުމަށެވެ. މީގެއިތުރުން ވެސް އެ ޕާޓީގެ ލީޑަޝިޕްގެ ގިނަ އަދަދެއްގެ ބޭފުޅުން ވަނީ ޕީއެންސީ އަށް ސޮއިކުރައްވައިފަ އެވެ.

ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް މިރޭ ބޭއްވި އިރު އެ ޕާޓީގެ މިލްކުވެރިކަމާ މެދު ސުޕްރީމް ކޯޓަށް ވައްދާފައިވާ މައްސަލައިގެ އަޑުއެހުމެއް މިއަދު ވަނީ ބާއްވައިފަ އެވެ. އެ މައްސަލައިގެ ތެރެއަށް ތަދައްޚުލް ވުމަށް އެ ޕާޓީގެ އަދި ރާއްޖޭގެ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު ވަނީ ހުށަހަޅުއްވައިފަ އެވެ.

16 ކޮމެންޓް, 73 ރިއެކްޝަންސް

icon happy icon happy 19%
icon sad icon sad 1%
icon angry icon angry 79%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކުނި

15 January 2019

އަނެއްކާވެސް ޖަރީމާއެއް ހިންގާލަންވީމާ ސޮރަކު ނެރެެގެން ކޯރަމް ހަމަކޮށްލީދޯ ވެރިކަން ކުރީވެސް މިގޮތަށް

The name is already taken The name is available. Register?

ނޭފަތުފޫޅު

15 January 2019

ކައުންސިލް ބައްދަލުވުމުގެ ކޯރަމް ހަމަ ނުވެގެން މަގުމައްޗަށް ނުކުމެ، އެހެން ޕާޓީ އަކަށް ސޮއިކޮށް ފޯމު ހުށަހަޅާފައިވާ، ކުދިންކޮޅެއް ގެނެސް ޕާޓީ އަށް ވައްދާ މަގާމުދީ، ވަގުތުން ވަގުތަށް ކޯރަމް ހަމަކޮށްގެން ޖަލްސާ ބޭއްވި އިރު، ހަމަ އެއްވެސް ގަވާއިދަކަށް އެއްވެސް ހުރުމަތެއް ބޯލެނބުމެއް ނެތީބާ؟ ތިމާ ކަމެއްކުރަން ބޭނުންވީމަ، އެކަމެއް ހަމަ އެވަގުތުން ވަގުތަށް ކުރެވުނު ކޮންމެ ގޮތަކަށް ކުރުމަކީ އެކިޔާ ޑިކްޓޭޓަރސީޕްގެ ވައްތަރެއް.

The name is already taken The name is available. Register?

ގުދުގުދުވެފަ ހޭން

15 January 2019

އެތޯ ހެވީ މިތޯ ހެވީ.

The name is already taken The name is available. Register?

ސައީދު ޢަބޫބަކުރު

15 January 2019

ޔާމީނަކީ ދެޕާރޓީގެ ވެރިމީހަދޯ

The name is already taken The name is available. Register?

ބަރުބާދު

15 January 2019

މާފަހުން ރޭކާލީ މިއެރެނީ ފައިންކަން. ޕްރޮފެސަރ އަދުރޭދޯ؟.

The name is already taken The name is available. Register?

ބަތްބަޑި

15 January 2019

އެހެން ވިއްޔާ ހެޔޮއެދޭ ފަރާތް ތަކުން ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ޕީޕީއެމް އަށް ހަދިޔާ ކުރި 100 އެތަށް މިލިޔަން ރުފިޔާ އިންތިޚާބަށް ޚަރަދު ނުކޮށް އަމިއްލަ ފުޅު އެކައުންޓަށް ޖަމާކޮށްގެން ހުންނެވި ސަބަބު އަޅުގަޑުމެނަށް ޔާމީނު ސާފުކޮށް ދޭން ވީ ނޫންތޯއެވެ?

The name is already taken The name is available. Register?

ތަކުރުބޭ

15 January 2019

ސާފުކޮށްދޭންވީކީ ނޫން. އެއީ ހަމަ އަސްލުގައިވެސް އިންތިޚާބަށް ލިބުނުފައިސާ ނަމަ އެފައިސާއިން މޯލްޑިވިއަންގެ ދަރަނި ދައްކާ، އަދި އެހެނިހެން ދަރަނިތައްވެސް ދައްކާ ބާކީބައި ޕާޓީގެ އެކައުންޓަށް ޖަމާކުރަންވީ.

The name is already taken The name is available. Register?

އުބަށްޖަހާ

15 January 2019

ފުންމާލެވުނީ ވެރިމީހާގެ ކުރިމައްޗަށް ..

The name is already taken The name is available. Register?

އަގަރު ވާލޭ

15 January 2019

ޕީއެންސީ ވަޔަކު ނުހިފާނެއެވެ. ޕީއެންސީ ގެ މެމްބަރުން ތަށް ވެސް އުޅެނީ ޕީޕީއެމް ހެދިގެން ނެވެ.

The name is already taken The name is available. Register?

ޕޕމމޗޗ

15 January 2019

ކިޔަނީ ޕީޕީއެމް އެވެ.އެކަމަކު ޕީއެންސީ ޔޯލައެވެ.މީ މަޖާ ކަމެއް!

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454