ޕީޕީއެމްގެ އޮފީހުގައި ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޔާމީނާއި ޕާޓީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. --މިހާރު ފައިލް ފޮޓޯ
15 ޖެނުއަރީ 2019 - 00:15
ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ އެދިވަޑައިގަތުމަކަށް މިރޭ ބޭއްވި ކައުންސިލްގެ ކުއްލި ބައްދަލުވުމުގައި ނިންމީ އާ ސެކްރެޓަރީ ޖެނެރަލަކު އައްޔަންކުރުމާއި ކޯޓުގައި ހިނގަމުންދާ މައްސަލަތަކުގައި ޕީޕީއެމް ތަމްސީލްކުރާނެ ވަކީލުންގެ ޓީމެއް ނެގުން ކަމަށް އެ ޕާޓީން ބުނެފި އެވެ.
ޕީޕީއެމްގެ އާ ސެކްރެޓަރީ ޖެނެރަލް އަބްދުލް މަތީން މުހައްމަދު "މިހާރު" އަށް ވިދާޅުވީ ޕީޕީއެމްއާ ގުޅޭ މައްސަލަތަކެއް ކޯޓްތަކުގައި ކުރިއަށްދާތީ އެ ޕާޓީ ތަމްސީލު ކުރަން ތިން ވަކީލަކު ހަމަޖައްސާފައިވާ ކަމަށެވެ. އެއީ، ކ. ގުރައިދޫ ޖަންބުމާގެ އިބްރާހިމް ރިޒާ އާއި ޅ. ނައިފަރު ނަސީމާ މަންޒިލް، އަބްދުﷲ ޝިޔާޒްގެ އިތުރުން ފުވައްމުލަކު ދޫޑިގަން ގޯލްޑަން ގޭޓް، އަހުމަދު ޝަހީދު ކަމަށް މަތީން ވިދާޅުވި އެވެ.
މި ބޭފުޅުންގެ ތެރެއިން އަބްދުﷲ ޝިޔާޒަކީ ޔާމީންގެ ގާނޫނީ ޓީމްގައި ވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
މަތީން މިރޭ ޕީޕީއެމަށް އަލުން ސޮއި ކުރެއްވި އިރު އޭނާ މިދިޔަ ހަފުތާގައި ޕީޕީއެމްގެ ލީޑަޝިޕުން އަލަށް އުފެއްދި ޕީއެންސީ އަށް ސޮއި ވެސް ކުރެއްވި އެވެ. އެކަމަކު މިހާރު ވަނީ އެ ޕާޓީން ވަކިވެވަޑައިގެންފަ އެވެ.
ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް މިރޭ ބޭއްވި އިރު އެ ޕާޓީގެ މިލްކުވެރިކަމާ މެދު ސުޕްރީމް ކޯޓަށް ވައްދާފައިވާ މައްސަލައިގެ އަޑުއެހުމެއް މިއަދު ވަނީ ބާއްވައިފަ އެވެ. އެ މައްސަލައިގެ ތެރެއަށް ތަދައްޚުލް ވުމަށް އެ ޕާޓީގެ އަދި ރާއްޖޭގެ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު ވަނީ ހުށަހަޅުއްވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާލުސޮރު
16 January 2019
އަދުރޭމެން ޕާޓީން ބޭރުކުރަން ޔާމީނު މިޖެއްސީ ސަޅި ގޭމެއް. އަދުރޭ ލައްވާ ޕާޓީއެއް ހަދާފަ އަނެއްކާ ޕީޕީއެމް ގަދައަށް ޖެއްސީ. ނޫނޭވާ ތީތި ސަޅި.
އަޙްމަދު މުޙައްމަދު
15 January 2019
ސުޕްރީމް ކޯޓުގައި އޮތް މައްސަލައަކަށް ޢައްޔަނުކުރާ ވަކީލުންގެ ޓީމުގައި ސުޕްރީމް ކޯޓުގައި ވަކާލާތުނުކުރެވޭ ވަކީލުން ޢައްޔަނުކޮށްގެން ވާނެ ފައިދާއެއް އޮންނާނެތޯ
އިޚްލާޞްތެރިއެއް
15 January 2019
މިހާރު ގުރައިދޫ ދާއިރާގެ މެމްބަރަށްވެސް ކުރެވޭނެ މާބޮޑު ކަމެއް ނޯންނާނެ. މީގެކުރިން 1 ޞަފްޙާގެ ޚުލާޞާ ބަޔާނެއް ހިފައިގެން ގޮސް މައްސަލަ ކާމިޔާބުކުރިޔަސް މިހާރު ވަރަށް ބުރަ މަސައްކަތްކޮށްގެން ތިކަންވާނީ.
ބިޓު
15 January 2019
ޑީއާރުޕީ އިން ޕީޕީއެމަށް، މިހާރު ޕީޕީއެމް ވީދާލާފައި އެހެން ޕާޓީއެއް ހަދަނީ. ހުސް އެއްބަޔެއް. ތަފާތަކީ ހަރުގަނޑު އުމަރު ނެތްކަން މިފަހަރު. އެމީހުން ޕާޓީ ހަދާނެ ވަރަކަށް ހަދަން ދީފައި ގައުމު ސަލާމަތް ކުރަން ބޭނުމިއްޔާ ރައްޔިތުން ޖެހެނީ މިކަހަލަ ފެއިލްޑް ޕޮލިޓީޝަނުންނަށް ވޯޓު ދިނުން ހުއްޓާލައި ބާކީކޮށް ސިޔާސީ މަސްރަހުން ބޭރުކުރަން. މާޒީއިން އެއޮތީ އެމީހުންގެ ފެންވަރު އެގެން. މިގައުމު ހަމަ މަގަށް އެޅުވޭނީ ފުރަތަމަ ރައްޔިތުން އިޚްލާސްތެރި ވެގެން.
މުލުވަގު
15 January 2019
ސޯޓުގައި ތަމްސީލު ކުރާނެ ބައެއްވެސް ކަނޑައަޅާ އަވަހަށް.
ނޫސް ބަލާމީހާ
15 January 2019
ޔާމީނު ހީކުރައްވަނީތޯ އެއްއުރައަކަށް ދެކަނޑި ލައިގެން ސިޔާސީ ޙަރަކާތްހިންގައިގެން ކާމިޔަބު ކުރެވިދާނެކަމަށް. ނުވާނެ . ތިކަމެއް . މިބުނި ދެކަނޑިއަކީ ޕޕމ އަދި އަލަށް ހަދަން އުޅޭ ކޮންގޮރެސް ޕާޓީ.)
ބޮން
15 January 2019
ޕީޕީއެމް ދުކޮށްލާފައި ދާއިރު ވަކީލުންގެ ޓީމަށްވެސް ތިން ހަތަރު މިލިޔަން ދޭންޖެހޭގޮތަށް އެގްރީމެންްޓެއް ހަދާލާފައި ބާއްވާށެވެ. އޭރުން އެ ދަރަނިވެސް ދެން އަންނަ ބަޔަކު ދައްކާނެއެވެ. ގާތް ކުދިން ކޮޅަށް އެކަށީގެންވާ އަދަދެއް ލިބޭނެ ގޮތް ހަދާލަނީއެވެ.
ހުނި
15 January 2019
ރައީސްކަން ކުރިގޮތަށް ތަންތަނުން މީހުން ނެރެގެން އަދިވެސް ގަދަކަން ދައްކަނީ
ތެމާ
15 January 2019
ޕީޕީއެމުން ވަގުން ހުސްކޮށް ޕީޕީއެމް ސާރުކުރަންޖެހޭ
މާރަނގާ - އައްޑޫ ސިޓީ
15 January 2019
ޔާމީން ވެރިކަމުގައިހުރެ “ބާރާއިނުފޫޒުބޭނުންކޮށް ސަރުކާރު އަދި ދައުލަތްހިއްސާވާ ކުންފުނިތަކުގެމުވައްޒިފުން ޕާޓީއަށްވެއްދުމަށްފަހު” އަދިވެސް އެފަދަ ގަދަދައްކާން ވިސްނަނީތޯ؟ * * ހަމައެކަނި މޯލްޑިވިއަން އިން ޔާމީނުގެ ބާރުގައި 3.4މ ރުފިޔާގެ ދަރަނި ޤަވާއިދުތަކުގެ ބޭރުން ޕާޓީއަށްނަގާފައިވާއިރު ޔާމީންގެ މައްޗަށް މަނީ ލޮންޑްރިންގއާއި ހިޔާނާތުގެ ތުހުމަތު ވަނީ ކުރެވި ތަޙްޤީގީ މަރިހަލާގައި. މިފަފަ މީހަކަށް ޕާޓީ ހަވާލު ކޮށްގެން ނުވާނެ. ބޭރުކުރޭ.