ޚަބަރު / ހެލްމެޓް

ހެލްމެޓް ގަނެދޭނެ ބަޔަކު ހޯދަން ޓްރާންސްޕޯޓު އޮތޯރިޓީން އިއުލާންކޮށްފި

ސިނަމާލެ ބްރިޖު މަތިން ސައިކަލުގައި ދުއްވާފައި ދާ މީހަކު ހެލްމެޓް އަޅައިގެން:---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ސައިކަލު ދުއްވާއިރު އަޅާ ހެލްމެޓް ގަނެދޭނެ ބަޔަކު ހޯދުމަށް ޓްރާންސްޕޯޓު އޮތޯރިޓީން އިއުލާންކޮށްފި އެވެ.

މިިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނުގައި ބުނީ، ހެލްމެޓް ގަނެދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އާދިއްތަ ދުވަހުގެ ކުރިން އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ކަމަށެވެ.

ހެލްމެޓް ގަނެދޭނެ ބަޔަކު ހޯދަން އިއުލާން ކުރިއިރު، މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި 5،000 ހެލްމެޓް ބަހަން ވަނީ ނިންމައިފަ އެވެ.

ޓްރާންސްޕޯޓު އޮތޯރިޓީން ކުރިން ބުނިގޮތުގައި، ޓްރެފިކަށް އާއްމުން ހޭލުންތެރިކުރުމުގެ ބޮޑު ކެމްޕެއިނާ އެކު ހެލްމެޓް ބަހަން ފަށާނީ އަންނަ މަހު އެވެ.

ސަރުކާރުން ވަނީ ސިނަމާލެ ބްރިޖުން ދަތުރުކުރާއިރު، އަންނަ މާޗު މަހުގެ 10 ވަނަ ދުވަހުން ފެށިގެން ހެލްމެޓް އަޅަން މަޖުބޫރުކޮށްފަ އެވެ. އެއީ، ބްރިޖު މަތީގައި ހިނގަމުންދާ ނުރައްކާތެރި އެކްސިޑެންޓްތަކުން ބޮލަށް އަނިޔާވެ ފުރާނަ އަށް ނުރައްކާވުން ހުއްޓުވަން އޮތް ހައްލެއް ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވި އެވެ.

މި ފަހުން ގިނަ އެކްސިޑެންޓުތަކެއް ހިނގާފައިވާއިރު އޭގެ ތެރެއިން ބައެއް ހާދިސާތަކުގައި ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބި ފުރާނަ އަށް ނުރައްކާވެފައި ވެ އެވެ.

41 ކޮމެންޓް, 29 ރިއެކްޝަންސް

icon happy icon happy 62%
icon sad icon sad 3%
icon angry icon angry 34%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙަސަން444

23 January 2019

ކޮންހެލްމެޓެއްގެ ވާހަކައެއްމީ، ކުރަންވީ އަސްލުކަންތައް ބާއްވާފަ.

The name is already taken The name is available. Register?

ރޭސް

23 January 2019

60ހާސް ރުފިޔާ ދީފަ ސައިކަލު ގަނެފަ، ހެލުމެޓު ގަނޑެއް ނުގަނެވޭ މީހުން ސައިކަލު ނުދުއްވާނީ.

The name is already taken The name is available. Register?

ސުވާލު

23 January 2019

ގަނެދޭނެތަ ވިއްކާނެތަ؟

The name is already taken The name is available. Register?

ދޮންމޫސަ - އައްޑޫ

23 January 2019

މާލޭ މީހުން ބޮލުގައި ހެލްމެޓް އަޅުވާ.. ހަހަހަ

The name is already taken The name is available. Register?

ކުސްކުސް

23 January 2019

ތި ހުރިހާ ކަމެއް ނުކޮށް 30 ނުވަތަ 50 ކިލޯމީޓަރަށްވުރެ ބާރަށް ދުއްވުން މަނާކޮށްފިޔާ ނަތީޖާ މާރަންގަޅުވާނެހެން ހީވަނީ. އެއީ ހެލްމެޓް އަޅާގެން ހުއްޓަސް އާދަޔާއިހިލާފު ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް އެކުސިޑެންޓްވީމާ މީހާގެ ދުވަސް އޮންނަނީ ގޮސްފަ. އައްޑޫގެ އެކްސިޑަންޓް ތަކުން އެކަން ވަނީ ތަޖުރިބާ ކުރެވިފައި. ބާރަށް މިދުއްވަނީ ވަރަށް މަދުބައެއް. ވީމާ ހުރިހާގޮތަކުންވެސް ބާރުއަޅަންވީ މަޑުން ދުއްވުމަށް. ލަސްވާހާ ދުރު ދަރުރެއްނޫ މިކުރަނީކީ.

The name is already taken The name is available. Register?

ފަޅުމަސް

23 January 2019

މިއީ ވަކި ބަޔަކަށް މާލީ މަންފާއެއް ހޯދުމަށް ކުރާކަމެއް.. ބޭރު ޤައުމުތަކުގައި ހެލްމެޓް އެޅިޔަސް، މިއަށް ވުރެ އިފެކްޓިވްކޮށް ރާއްޖޭގައި ހައްލުކުރެވެން ހުރިކަމެއް. ބޭރު ޤައުމުތަކުގައި ދުއްވުމުގެ ހުުއްދަ އޮވޭ 100 ނުވަތަ 120 ކިލޯ މީޓަރަށް... ރާއްޖޭގައި ދުއްވުން ހުއްދަ އޮންނަ، 30 ނުވަތަ 50 ކީލޯ މީޓަރަކީ ސޭފް ސްޕީޑެއް.. އެހެންކަމުން، ފިޔަވަޅު އަޅައިދޭންވީ އެއަށްވުރެ ބާރަށް ދުއްވާ ފަރާތްތަކަކަށް،، އެކަމަށް ބޭނުންވަނީ، ސްޕީޑް ކެމެރާތަކެއް..

The name is already taken The name is available. Register?

މުޑަހަނދި

23 January 2019

މިދައުލަތުގެ ހުރިހާކަމެއްވެސް ހުރީ މިހެން. ނިކަން ވިސްނާލާ، މާލޭގަބީލާމެންގެ ގޯޅިގަނޑުތެެރޭ ވެހިކަލް ގިނަވެއްޖެއޭކިޔާފަ 2 ކުރޮޅި ދުއްވާރަށުގަ ދަނޑުވެރިކަންކުރާމީހާ ގެންނަ ވެހިކަލަށްވެސް އިންޕޯޓު ޑިއުޓީ 200 ޕަސެންޓަށް ހެދީ. މިކަހަލަ ކަރާޓީ ނިޒާމެއް އޮތްތަނެއް މިއީ.

The name is already taken The name is available. Register?

ނަސްލީ އިންތި

23 January 2019

އައްޑޫގަ އެކްސިޑެންޓްވެ މީހުން މަރުވާތާ 15 އަހަރުވެއްޖެ. ކުރިހާވެސް ކަމަކީ ކަލޭމެން ހެލްމެޓުއަޅާށޭ ކިޔާފަ ސިޓީއެއް ފޮނުވީ. އެކަމަށް ހޭދަވާނީ ދޮޅުރުފިޔާ. މާލޭގަ އެކްސިޑެންޓްހިނގަންފެށިތާ 3 މަސް. 5000 ހެލްމެޓު ހިލޭ ދެނީ. ދިހަބާރަ ވައްތަރު ކެމެރާ ހަރުކުރަނީ، އޯވާސްޕީޑުވާއިރަށް ސައިކަލު ދުއްވާމީހާގެ ފޯނަށް އެކަން އަންގާނެގޮތް ހަދަނީ، އެކިފާޑުފާޑުގެ ބޮކިތަކުން މަގުމަތި އަލިކުރަނީ. އެކިއެކި ގަވައިދުތައް ހަދަނީ. ފުލުހުންގެ ދައުރު ފުޅާކުރަނީ. #ރޭސިޒަމް

The name is already taken The name is available. Register?

ކުސްކުސް

23 January 2019

ގެއަށް ގެންދަން ހެލްމެޓް ދޫކުރުމަށްވުރެ މަގު ދެކޮޅުގައި ހެލްމެޓް ދޫކުރާ ދެޕޯސްޓް ބެހެއްޓުން މާރަނގަޅު. އެއްކޮޅުން ގެންދާ ހެއްމެޓް އަނެއްކޮޅާއި ހަވާލުކޮށްފަދާނީ. އެހެންހެދުމުން ދަތުރުކުރާ މީހުންނަށްވެސް ފަސޭހަވެފައި ހަރަދު ކުޑަ. ސަރުކާރުން ބަހާއެއްޗެއް ހުރިހާ ރައްޔިތުންނަށް ނުލިބި ދިއުމުން އުފެދޭ ނަފުރަތާއި ޝަކުވާވެސް މަދުވާނެ. ރަނގަޅު މަގުސަދެއްގައި ކުރިޔަސް، އެކަންކުރަނީ ބޭއިންސާފުންކަމަށް ރައްޔިތުންނަށް އިހުސާސްކުރެވޭނަމަ ކަން ރަނގަޅު ނުވީއެވެ

The name is already taken The name is available. Register?

ރާޖާ

23 January 2019

ރަނގަޅު ޚިޔާލެއް .. އާނ އެހެންޏާ ހެލްމެޓް ވަކި ބަޔަކަށް އެންމެންގެ ޓެކްސުން ގަނެ ދިނުމަށްވުރެ އެންމެނަށް ލިބޭ ގޮތަށް ހުރުން ބުއްދިވެރި.

The name is already taken The name is available. Register?

މާރަނގާ - އައްޑޫ ސިޓީ

23 January 2019

ތިކަންހުއްޓާލާ. މިޤައުމަކީ “އެއްރަށް ދައުލަތެއް” ކަމަށް ހަދާ ރޭސިސްޓް ސިޔާސަތު ޕްރޮމޯޓް ކުރާންފަށައިފިނަމަ ނަތީޖާ ރަނގަޅެއްނުވާނެ. * * މާލެ ނޫން ގިނަރަށްރަށުގެ ހޮސްޕިޓަލް ސިއްހީ މަރުކަޒުތަކުގައި ކުޑަމިނުން ލޭގެ ޤުރޫޕް ބަލާލެވެން ނެތް. މާބަނޑުމީހާ އުފުލަނީ ވީލްބަރޯ ގަ. * * މާދަމާކަންނޭގެ “މާލޭމީހުނަށް ޗުއްޓީއަށް އެއަރލައިން ޓިކެޓާއި ރިސޯޓް ޕަކޭޖް އަދި ހޮލިޑޭ އެލަވަންސް ދޭންފަށާނީ” މިވަރު ދެންތަންކޮޅެއްބޮޑު. ނަސްލީ ތަފާތުކުރުން ހުއްޓާލާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454