ފާރިސް މައުމޫން: ޕީޖީ އޮފީހުން އޭނާގެ މައްސަލަ ބޭރުކޮށްލީ އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވާތީ. --މިހާރު ފައިލް ފޮޓޯ
25 ޖެނުއަރީ 2019 - 12:08
ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމުގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބޭރުކޮށްލައިފި އެވެ.
ޕީޖީ އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކްރިމިނަލް ކޯޓުގައި ހިނގަމުންދާ އެ މައްސަލަ ބޭރުކޮށްފައި ވަނީ އިތުރަށް ކުރިއަށް ގެންދަން ބޭނުންނުވާތީ ކަމަށެވެ. ނަމަވެސް އޭގެ ސަބަބެއް ޕީޖީ އޮފީހުން ނުބުނެ އެވެ.
ޕީޖީ އޮފީހުން ފާރިސްގެ މައްޗަށް ރިޝްވަތުގެ ދައުވާ އުފުލާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް މެންބަރުންނަށް ރިޝްވަތު ހުށަހަޅަމުންދާ ކަމަށް ބުނެ އެވެ.
ފާރިސް ހައްޔަރު ކުރުމަށް ފަހު ރިޝްވަތުގެ ތުހުމަތުގެ އިތުރުން ޝަހުސު އޮޅުވާލުމުގެ ތުހުމަތު ވެސް ވަނީ ކޮށްފަ އެވެ. އެއީ ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުން ކުރުމުން ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.
ޝަހުސު އޮޅުވާލި ކަމަށް ބުނާ މައްސަލައިގައި ފާރިސްގެ މައްޗަށް ޖަލު ހުކުމެއް ވެސް ވަނީ ކޮށްފަ އެވެ. ކޯޓުން އޭނާ މިނިވަންކޮށްފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވި ފަހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަގޫރޯޅި
26 January 2019
މި އަދު ތިރިސްވަތުގެ މައްސަލަޔާ ދެންހުރި މައްސަލަތައް ބޭރުކުރެވިދާނެ، އެކަމު އަބަދު ތިމަގާމުގަ ނުތިބެވޭނެ. އެދުވަސް އެނބުރި އަންނަން މާދުވަހެއް ނުނަގާނެ. އަނިޔާވެރިޔޭ ކޮންމެ އެއްޗެކޭކިޔަސް އެދުވަސް އެނބުރި އަންނާނެ، ލަސްނުވެ ގާނޫނު އަރާހަމަކުރާނެ.
ގުޑުވުޑާ
25 January 2019
ފާރިސުގެމައްސަލަބޭރުކޮއްލއަސްއ އެތެރެކޮއްލިއަސް އެމީހަކުޅަކަމަކައް އެމީހަކާގާނޫނުއަރާހަމަކުރާނެ އެއީމިއަދުކަމައްވެސްވެދާނެ ކަށަވަރުކަމަކީ މާދަމާގާނޫނުއަރާހަމަކުރާނީހުރިހާހެކިތަކާއެކު އެއިރުއްސަލާމަތްކުރާނީކާކު ?
ޜޮޒާ
25 January 2019
ޢުފާވެރި ޚަބަރެއް. ޢެކަމު ޕީޖީގެ ކުރީގަ އަމަލުކިރިގޮތާއި ގުޅޭގޮތުން ސުވާލު ކުރަންޖެހޭ