އަދީބަށް ހޮސްޕިޓަލުގައި ފަރުވާ ދެނީ. --ފައިލް ފޮޓޯ
25 ޖެނުއަރީ 2019 - 15:09
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މާފުށީ ޖަލުގައި ހުންނަވާ ގޮޅި ތެރެއަށް ވެއްޓި، ނޭފަތުން ލޭ އައުމުން އެމަޖެންސީގައި މިއަދު މާލެ ގެނެސް ފަރުވާދޭން ފަށައިފި އެވެ.
އަދީބު ނިސްބަތްވާ މޯލްޑިވިއަން ތާޑް ވޭ ޑިމޮކްރަޓްސް (އެމްޓީޑީ)ގެ ނައިބު ރައީސް އަދި ވެލިދޫ ދާއިރާގެ މެންބަރު ޔާމީން ރަޝީދު ޓުވިޓާގައި ލިޔުއްވާފައި ވަނީ އަދީބު ވެއްޓުނީ ބޮލަށް އެނބުރުން އަރައިގެން ކަމަށެވެ.
ވެއްޓުމުގެ ސަބަބުން އަދީބުގެ ނޭފަތުން ލޭ އައިސް ނިއްކުރިއަށް އަނިޔާވެފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ. އެކަމަކު އަދީބަށް އެއްވެސް ފަރުވާއެއް ނުދީ ކަރެކްޝަންސްގެ މުވައްޒަފުން ތިބީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"... ސިއްހީ ފަރުވާދޭ އެއްވެސް މަރުކަޒަކަށް ނުގެންގޮސް ބާއްވާފައި، ނޯ އޮޕްޝަންވެގެން، އައިޖީއެމްއެޗް އެމަޖެންސީއަށް ގެނެވުނީ،" ޔާމީން ވިދާޅުވި އެވެ.
އަދީބަށް ބާރުގަދަ ބޭސްތަކެއް ދެމުން އަންނާތީ ބޮލަށް އެނބުރުން އެރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޑޮކްޓަރު ބުނެފައިވާ ކަމަށް އެމްޓީޑީން ބުންޏެވެ.
ކިޑުނީގައި އުފެދިފައި ހުރި ހިލަ ނައްތާލުމަށް އަދީބު ވަނީ ނޮވެމްބަރު، 19 ގައި، ސާޖަރީއެއް ކޮށްފަ އެވެ. އަދީބު ޖަލަށް ގެންދިޔައީ މި މަހުގެ ދެ ވަނަ ދުވަހެވެ.
ހޮސްޕިޓަލުން ގެއަށް ބަދަލު ކުރުމުން އަދީބު އިސްވެ ހުންނަވައި އެމްޓީޑީ ވަނީ އުފައްދައިފަ އެވެ. އަދި އެ ޕާޓީގެ ރައީސް ކަމަށް އަދީބު ވަނީ ހަމަޖައްސައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
÷ަޕޭ
26 January 2019
މި ރާއްޖޭގެ %99 ޕަސެންޓް މީހުން ނޭދޭ ތި އަދީބު ޖަލުން ދޫކުރަން. ބޮޑުޚިޔާނާތްތެރިއެއް
ލުގުމާން
26 January 2019
ނަހަލާލު ތަކެތި ހަލާލު ކަމުގައި ދެކުނުބަޔަކު މިގައުމުގާ ގިނައެވެ. ދައުލަތުގެ އެތަށް ސަތޭކަ މިލިއަން ޑޮލަރެއް ވަގަށް ނަގައިގެން އެ ފައިސާއަށް ހިތުހުރި ގޮތްތަކެއް ހަދަމުން ދިޔަކަމީ އޮޅުވާ ލެވޭ ވަރަށް ތުތެން ސާފުކޮށް ފެން ނަން އޮތްކަމެކެވެ. މިހާ ބޮޑު މުޖުރިމަކު ދޫކޮށްލުމަކީ މުޅި ސަރުކާރަށް ކުރާ އިތުބާރު އެއްކޮށް ގޭއްލޭނެ ކަމެކެވެެ.
ހަނު ހުންނަމީހާ
26 January 2019
އެއްބަސް. އެއްވެސް މީހަކަށް ދެރަގޮތެއް ވުމަކަށް ނޭދެން. އޭގެ މާނައަކީ ކުށްކުރުމުން އޭގެ އަދަބު ނުދީ ދޫކޮށްލުމެއްނޫން. އަދީބަށް އަވަސް ޝިފާއެއް ދެއްވާށި. އަދި ހުމްތަންފީޒުކުރުމަށް ފަހު ސިޔާސީ މައިދާނުގައި އުޅުމާމެދު އިއުތިރާޒެއް ނެތެވެ.
މާސްކް
26 January 2019
އަދީބްގެ ކުށަކީ ފައިސާ ކަމުގަވާނަމަ، އެފައިސާ އަކީ އަނބުރާ ދެއްކޭނެ އެއްޗެއް، ނަމަވެސް ބަގާވާތަކީ އަނބުރާ އިޔާދަ ކޮށްދެވޭނެ އެއްޗެއްނޫން، މިކަމާ އެއްވެސް މީހަކު ވިސްނާ ބާއޭ ހިތަށްއަރާ،
ޓޮމްނީ
26 January 2019
ކަލޯ އެސޮރުނެގީ 500 ރުފިިޔާތަ؟
ފިލުމުބަލާ
26 January 2019
މިއީ ކޮންމެވެސް އިނގިރޭސި ފިލުމެއްގައި ނުބައިބައި މީހާ ޖަލުން ފިލަން ވެގެން ޖައްސާ މެނިޕިލޭޓިވް ސްޓަންޓް. ޖަލު ތެރޭގައި ފިލުމުގެ ބައި ކުރިޔަށް ގެންދަނީ އަދީބު. ޖަލުން ބޭރުގައި ޑުރާމާގެ ބައި އޭނަގެ އަންހެނުން ކުރިޔަށް ގެންދަނީ. މި ދެމީހުންގެ ނަން އޮސްކާ އަށް ފޮނުވަން ފެނޭ. ހުވާ ހަމަ މޭޑު ފޯރ އީޗް އަދަރ. ލަނޑަޔާ ލަނޑާ ވެފަ މިތިބީ.
އަދީބް ބްރޯ
26 January 2019
އަދީބަކާ ނުކުޅެވޭނެ، އެއްވެސް ކުށެއް އަސްލު ސާބިތެއްވެސް ނުވެ، ޔާމީން އަދީބް ޖަލައްލީ. އަދީބައް ކުރި ހުކުމް ރަގަޅު ކަމުގަވާނަމަ، އަންނި، ނާޒިމް، އިމްރާން، މި މީސްމީހުންނަށް ކުރި ހުކުމްވެސް ރަގަޅުވާނެ، އަދީބުގެ މައްސަލަވެސް އަލުން ޖެހޭނީބަލަން، ބަލާފަ ސާބިތުވާނަމަ ޖަލުގަބަހައްޓާ، އަސްލާމްދީނުގަ ހުކުމް ކުރާނީ ބޭރުފުށަށް، އާޚިރަތުގަ އެމީހަކު ކުރިކަމަކަށް އެންމެ އެކަށީގެންވާ ޖަޒާ ލިބޭނެ!!!
ޖަމަލު
26 January 2019
ގެއަށް ބަދަލު ކޮއްލާ.. އޭރުން ތިވީ. ހުރިހާ ބައްޔެއް ޝިފާވެ، ޕާޓީ ކަމުގަ އާއި މިއޒކު ކުޅެން. ފަޓާސް
އިންސާފް
26 January 2019
ޖަލުގައިވެސް އެޑްމިޓްކޮށްގެން ފަރުވާދެވޭނެ އިންތިޒާމްތައް ހަމަޖައްސަންޖެހޭ.
ތަމީމް
26 January 2019
އޭ ބަލަ، އަދީބުގެ ދިފާއުގައި ވާހަކަ ދައްކާ މީހުންނޭ...! ރައްޔިތުންގެ ހައްގަށް ވުރެ، އިސްކަންދޭންވީ އަދީބަށްތަ؟؟ ކޮބައިތަ ދައުލަތަށް ހިޔާނަތްތެރިވި ފައިސާ؟؟ ދައުލަތަށް ހިޔާނަތްތެރިވިއޭ، މި ކިޔަނީ ދިވެހި ދައުލަތުގެ ސަތޭކަ އިންސައްތައިގެ ހިއްސާ އޮތް އެމްއެމްޕީއާރުސީން "ވައްކަން" ކުޅަ 2.4 ބިލިއަން ރުފިޔާއަށް! އެ ވައްކަން ކޮށްގެން ކުރި ދައުވާތަކުގެ ތެރެއިން މިހާތަނަށް ނިންމި މައްސަލަތަކުގެ ހުކުމްތަކަށް ނުބަލަނީތަ؟ ކުށްވެރި ނުވޭތަ؟ ވިސްނަން ނުވޭތަ؟
ކޮވެލި
26 January 2019
ހާދަ ޑްރާމާ އޭ ދޯ. ތިޔާމީން ބްރޯ ފަހަތުން ތިވަރުން ތިއުޅެނީ ހަމަ އިންސާނިއްޔަތަށް ޓަކައި ދޯ
މާސީ
26 January 2019
އާން ފައިސާ ގޯނިތަކުގެ އިންސާނިއްޔަތުކަން
ނިއްޓެ
26 January 2019
މި ނޫނީ ނޫޅޭނެ ހިލަ ކޮޅަކާ ހެދި އަވަދި ވާ މީހެއް.