ހިންމަފުށި: އެ ރަށުން ރުއްތަކެއް ނެެގީ އީޕީއޭގެ ހުއްދައާއެކު ކައުންސިލުން ބުނޭ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
29 ޖެނުއަރީ 2019 - 13:36
ކ. ހިންމަފުށިން އިއްޔެ 50 އަށް ވުރެ ގިނަ ރުއް ނެގީ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ހުއްދަ ދީގެން ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.
ކައުންސިލްގެ ރައީސް ޝާން އިބްރާހިމް ވިދާޅުވީ އެ ރަށުން ރުއްތައް ނެގީ ބޯޓުޔާޑެއް ހަދަން ދޫކުރި ބިމުން ކަމަށެވެ. އެ މަސައްކަތް ކުރާ ފަރާތުން ރުއްތައް ނެގީ، އީޕީއޭގެ ހުއްދަ ލިބިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އީޕީއޭ އިން ބެލުމަށް ފަހު އެ މީހުންގެ އެއްވެސް މައްސަލައެއް ނެތް ކަމަށް ބުނުމުން ކައުންސިލުން އެންގީ ރުއްތައް ނެގުމުގައި އިއުތިރާޒެއް ނެތް ކަމަށް،" ޝާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ނެގި ރުއްތަކުގެ ބަދަލުގައި އެ ރަށުގައި މިހާރު ވަނީ ރުއްތައް އިންދައިފަ އެވެ. އިތުރަށް ވެސް ރުއް އިންދާނެ ކަމުގެ ޔަގީންކަން ބޯޑުޔާޑު އަޅާ ފަރާތުން ދީފައިވާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
ހިންމަފުށިން ނެގި ރުއްތަކުގައި އެވްރެޖް ދިގުމިނަކީ 10-12 ފޫޓު ކަމަށް ކައުންސިލުން ބުންޏެވެ.
ހިންމަފުށިން ރުއްތައް ނެގީ ރަށްރަށުން ގަވާއިދާ ހިލާފަށް ރުކާއި ގަސް ނެގުމުގެ މައްސަލަ ބޮޑުވެފައި ވަނިކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ihaaru.
01 April 2019
އަނބުރާ ހުރިހާ ރުކެއް ގެނޭ އަދި ފައިންކޮށް އިތުރައް 50 ރުއް އަތުލާ
ތިމާވެށި
30 January 2019
މައްސަލައިގަ ކޮންމެވެސް ބަޔަކު އިސްތިއުފާ ދޭން ޖެހެއެވެ. ލަސް ވެއްޖެއެވެ.
އަހުމަދު687
29 January 2019
ރައީސް ޔާމީނު ނުބައިކަމުން ދޯ؟ ތިމާވެއްޓަށް! ޤައުމަށް! ދެންވެސް ދުލަށް އަި އެއްޗެއް ގޮވަންވީ! އެމްޑީޕީގެ ވެރިކަމުގަ އެކަން ކުރީމަ މީހާރު ޚަބަރުވެސް ރިޕޯޓުކުރެވޭ ކިޔާލާން ތާހިރު ގޮތަކަށް
އަލްމާޓޯ ބޮރާޓާ
30 January 2019
ރަނާ ޖަވާހިރާ! ކާކުތަ ބުނީ މި އޯކޭ އޭ؟ ނިކަން ޓްވިޓަރ އާއި ފޭސްބުކަށާއި ދެންޖެހުނު އެހެއްޗެއް އެއްޗަކަށް ވެސް ވަދެގެން އުޅެބަލަ. މި އޯކޭ ވެގެން ނޫޅެ އޭ ބަޔަކު. ރައިސް ޔޯމިން ގެ ފޭނުން އެބަ ޖެހޭ ޖެލަސް އެކްސް ބޯއީ ފްރެންޑެއް އުޅޭ ތި ގޮތްގަނޑު ދޫކޮށްލަން.
މަރޭމިތުރު
29 January 2019
ރުއްތައް ކެނޑުމައް ނެގުމަށްނުވާނޭ! ރުއްގަސް އަމުދުން މެރުމަށްނުވާނޭ!........................................ ރުއްގަސް ނަގައިގެން ގެންދިއުމާއި ދެކޮޅުވަން.
އަލީބެ
29 January 2019
ކިތަންމެވަރަކަށް ވެސް ރުއްކަނޑާފަ ގޮނޑަށް އުކާލުން އޯކޭ، އެކަމު ތިމާވެށި ފެހިކުރަން އެހެން ރަށެއްގަ އިންދުން ގޯސްކަމެއް، ގަސް ގަސް ވެސް ކޮށާފަ ގޮނޑަށް އުކުން އޯކޭ، އެކަމު އެހެން ރަށަކަށް ގެންގޮސް އިންދުން ގޯސް، މީ ކިހިނެއް ވަކަމެއްކަމެއް ނުވިސްނުނު
ހިމާރުފުށި
29 January 2019
ނެގި ރުއްތައް ނީންދީ ކިއްވެ ޝާން؟ ބޮޑު ހުސްބިމެއް ތިއޮތީ ރައީސް ޔާމީން ހިއްކަވައި ދެއްވާފަ ދޯ؟!
އަޒުމީ
29 January 2019
އަޅުގަނޑަށް ާނުވާ ބަލާ ނުލާ މައްސަލަ ޖެއްސުނީ... ސޮރީ
ހިންމަފުށި
30 January 2019
ހިއްކި ބިމުގަ ވެސް ރުއް އިންދި ? ބަދަލު ގަ ރުއް އިންދި ވާހަކަ އޮތް ތަން ނުފެނުނީ ތޯ ?