ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހް "މިހާރު" އަށް މިއަދު އިންޓަވިއު ދެއްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
31 ޖެނުއަރީ 2019 - 13:43
ދުނިޔޭގެ 26 ގައުމެއްގެ އިންޓަނެޓުގެ ޚިދުމަތުގެ އަގުތައް ޓެލެކޮމިއުނިކޭޝަން އޮތޯރިޓީން ދިރާސާ ކުރިއިރު، ރާއްޖެ ހިމެނެނީ އޭގެ ތެރެއިން ހަތް ވަނައިގައި ކަމަށާއި އިންޓަނެޓުގެ އަގު ހެޔޮވާން ޖެހޭނެ ކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް މިއަދު ވިދާޅުވެއްޖެ އެވެ.
އެ ދިރާސާގައި ހިމަނާފައި ވަނީ ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކާއި ތަރައްގީ ވެފައިވާ ބައެއް ގައުމުކާއި ތަރައްގީ ވަމުން އަންނަ ބައެއް ގައުމުތަކެވެ.
"މިހާރު" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މަލީހް ވިދާޅުވީ އިންޓަނެޓުގެ އަގު ހެޔޮކޮށްގެން ރާއްޖޭގެ ތައުލީމާއި އިގްތިސޯދީ ދާއިރާ އަށް އިންގިލާބީ ބަދަލުތަކެއް ގެނެވޭނެ ކަމަށެވެ. އަދި ރާއްޖޭގައި މުވާސަލާތީ ހިދުމަތް ދޭ ދެ ކުންފުންޏަށް އޭގެ ސަބަބުން ގެއްލުމެއް ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަލީހު ވިދާޅުވި ގޮތުގައި އިންޓަނެޓުގެ އަގުގެ ވާހަކަ ދައްކާއިރު، އިންޓަނެޓުގެ ސްޕީޑު ވެސް ރަނގަޅު ވާން ޖެހޭނެ އެވެ. އެގޮތުން އެ މީހަކު އިންޓަނެޓަށް ކުރާ ޚަރަދާ އެއްވަރުގެ އަގެއް ލިބެން ޖެހޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑަށް ގަބޫލުކުރެވޭ ކަމެއް ނޫން މަސް ނިމޭއިރު، އެ މީހަކު ގަންނަ ޕެކޭޖުގެ ބާކީ ހުންނަ ޑޭޓާތައް ދެން އަންނަ މަހަކަށް ޓްރާންސްފާ ނުވާ ގޮތަށް ނޫނިއްޔާ ގެއްލުންވާ ގޮތަށް ސިޔާސަތު ބައްޓަން ވުން. ނަގާފައި ހުންނަ ޕެކޭޖެއް ހުސްވީމާ އަންލިމިޓެޑްގެ ގޮތުގައި މިހާރު ޕްރޮމޯޓް ކުރަނީ. އެކަމަކު އެއީ ހަގީގީ މާނައިގައި އަންލިމިޓެޑް ވުމެއް ނޫން،" މަލީހް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންޓަނެޓުގެ ސްޕީޑު ދަށް ވާ ނަމަ، އެކަން ވެސް ރައްޔިތުންނަށް އެނގެން ޖެހޭނެ ކަމަށެވެ. އެހެންވެ އެފަދަ ކަންކަން ކުރިމަގުގައި ރަނގަޅު ވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުގެ ވިސްނުން މިހުރީ އިންޓަނެޓުގެ ޚިދުމަތް ދޭ މީހުންނާ ޖަދަލުކޮށްގެން ކަންކަން ރަނގަޅު ކުރާކަށް ނޫން. އެބޭފުޅުން ވެސް ގަބޫލު ކުރައްވާ. އެބޭފުޅުން ވެސް ތިއްބެވީ މި ކަމަށް [އިންޓަނެޓުގެ ޚިދުމަތުގެ އަގު ހެޔޮ ކުރުމަށް] އެއްބާރުލުން ދެއްވަން،" މަލީހު ވިދާޅުވި އެވެ.
"އަޅުގަނޑު މި ކިޔަނީ އިންޓަނެޓުގެ ޚިދުމަތް ދޭ ކުންފުނިތައް މަރާލާ ވާހަކައެއް ނޫން. އަޅުގަނޑު ދެކޭ ގޮތުގައި އިންޓަނެޓުގެ އަގު ހެޔޮކޮށްގެން ވެސް އަދި ޚިދުމަތް ފުޅާކޮށްގެން ވެސް މިހާރު ލިބޭ އާމްދަނީ އެ ބޭފުޅުންނަށް ލިބޭނެ."
ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ބައެއް މަސައްކަތްތައް މިނިސްޓަރު މަލީހް "މިހާރު" ގެ ނޫސްވެރިންނަށް މިއަދު ދައްކާލައްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
އޭނާ ވިދާޅުވި ގޮތުގައި، ރާއްޖޭގެ ތަރައްގީ އަށް މަގުފަހި ކުރުމަށްޓަކައި އިންޓަނެޓުގެ ޚިދުމަތް ދިވެހިންނަށް އެކަށީގެންވާ އަގެއްގައި ދޭން ދިރާގާއި އުރީދޫން ވެސް ވިސްނަން ޖެހެ އެވެ. އަދި މިހާތަނަށް ވެސް އެ ދެ ކުންފުނިން ރާއްޖޭގެ ތަރައްގީއަށް މަސައްކަތްކޮށްފައިވާ ކަން އޭނ ފާހަގަކުރެއްވި އެވެ.
ރާއްޖޭގެ އިންޓަނެޓުގެ ޔޫޒޭޖާއި ސައުތު ކޮރެއާގެ އިންޓަނެޓު ޔޫޒޭޖާ އަޅާބައްލަވައި މަލީހް ވިދާޅުވީ، ސައުތު ކޮރެއާގައި މީހެއްގެ ބޮލަކަށް މަހަކު ޖެހެނީ ހަތަރު ޖީބީ ކަމަށެވެ. ރާއްޖޭގައި އެ ނިސްބަތް އުޅެނީ ބޮލަކަށް 6.5 ޖީބީގައި ކަމަށް ވިދާޅުވި އެވެ.
"އިންޓަނެޓުގެ ސްޕީޑް ދަށްވީމާ އިގްތިސޯދީ ގޮތުން ވާ ގެއްލުން އަޅުގަނޑުމެންނަށް ވެސް ފާހަގަވޭ. އެކަންކަން ރަނގަޅު ކުރަން ޖެހޭ. އިންޓަނެޓަކީ އަސާސީ ޚިދުމަތެއް. އަޅުގަނޑު ވަކާލާތު ވެސް ކުރާނަން އިންޓަނެޓަކީ އަސާސީ ޚިދުމަތެއް ކަމަށް ރާއްޖޭގެ ގާނޫނުއަސާސީގައި ހިމެނުމަށް. ދުރު މުސްތަގުބަލްގައި އެކަން ވެސް ދާނެ ކުރިއަށް. އެއީ އިންޓަނެޓާ ނުލައި މިހާރު އުޅެވޭކަށް ނެތް،" މަލީހް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ކުރިމަގުގައި ރިސޯޓުތައް އިތުރުވެ، ޓޫރިސްޓުން ބޭނުންކުރާ ޓެކްނޮލޮޖީގެ ވަސީލަތްތައް ގިނަވާ ވަރަކަށް ޕްރިމިއަމް އަގުތަކެއް ކަނޑައެޅިދާނެ ކަމަށެވެ. އަދި ދިރާގާއި އުރީދޫން ވެސް އިތުރު ފައިބާ ސަބްމެރިން ކޭބަލް ގެންނަން ބޭނުން ނަމަ އެކަމަށް ވެސް ސަރުކާރުން މަގުފަހި ކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިކުއްޖާ
02 February 2019
މުޅި ދިވެހިރާއްޖޭގެ އެންމެނަށްވެސް އެނގޭ އަގުބޮޑުކަން. މިނިސްޓަރަކު މިކަހަލަ ވާހަކަދެއްކީމަ ދެރަވޭ. މިއަށްވުރެ ބޮޑަށް މިނިސްޓަރަށް ކުރެވޭނެ ކަންތައް އޮންނާނެ. އަބަދު މީޓިންގް ބާއްވާފައި ފޮޓޯނަގާފައި ނޫހަށް އެރުމަކުން ކަންކަންވާކަމަކަށް ނުވޭ. އަގުހެޔޮުކުރަން ކަމެއްކޮއްފައި ނޫހަށް އަރާބަލަ
ސަކީނާ
01 February 2019
ގިނަވާހަކަ ދައްކަން ނަހަދާ އިތުރު ދެތިން ސާވިސްޕޮރަވައިޑަރުން ގެނެސްބަލަ. ދިރާގު އެކަނި އޮތްއިރު މޮބައިލްކޯލް މިނިޓެއްގެ އަގު އިނގޭބާ. އޭރުބުނީ ހަރަދުވެސް ނުލިބޭކަމަށް މިހާރުއިތުރު އެހެންފަރާތެއްއައުމުން މިވީކިހިނެއް. ގެއްލުމުގަބާ ދިރާގުހިންގަނީ. ވަކި މުވާސަލާތެއްނޫން. ކޮންމެކަމެއްގަވެސް މިހެން. ސަރުކާރަކަށްނުކެރެނީބާ ކަންކަން ހަމަމަގަށް އަޅުވާ ރެގިއުލޭޓުކުރަން.
ބޭންކް
01 February 2019
ބޭންކް ޗާރޖަސް ބޮޑެއް ނޫންތަ؟ ޕީ.އޯ.އެސް މެޗިނުން އެމެކްސް ކާޑުން ކަނޑާ އަދަދުގެ %4 ބޭންކަށް.
ޢަލީ
01 February 2019
އިންޓަނެޓް އެކަންޏެއް ނޫން. ކޯލްގެ އަގުވެސް އިންތިހާއަށް ބޮޑު
އުދުހޭ
01 February 2019
ދިވެހިރާއްޖޭގައި އިންޓަރނެޓް ދެވޭނެ އެންމެ ދަށް ސްޕީޑަކީ ކޮބައިކަން ގާނޫނަކުން ކަނޑައެޅީމައި އެކަން ވާނެ. 4ޖ އޭ ކިޔައިގެންވެސް ރާއްޖޭގައި ކުންފުނިތަކުން ހަދަނީ މަކަރު. އެމެރިކާގައި 4ޖ ސްޕީޑަކީ 130 އެމްބީޕީއެސް.
އަގު
31 January 2019
ބަލަ ތިކަން އެނގޭ ކުޑަކުދިންނަށްވެސް! އަގު ބޮޑުތޯ ބަލާކަށްނޫނޭ ވަޒީފާގަ ތިހުރީ! އަގު ކުޑަކޮށް ތަރައްޤީކޮށްބަލަ! މަށަކަށް ނޭނގެ މިމީހުން ކިޔަވަނީ ކޮންއެއްޗެއްކަމެއް!
ޖޯޖް
01 February 2019
މާ އެނގިގަނެގެން ނޫޅެބަލަ
ދޮގެއްތަ؟
31 January 2019
ވާން ޖެހޭ ކުރަން ޖެހޭ ކިޔަން ވީއެއް ނޫން. މިހާރު ތީ ކުރަން ޖެހޭ މީހާ. ކޮށްފަ ދައްކަންވީ. ތިހެން ބުނެވިދާނެ ކޮންމެ މީހަކަށްވެސް.
އަލީބަލީ
31 January 2019
އިންޓަނެޓުގެ އަގު ނިސްބަތުން ބެލިއަސް ރާއްޖޭގައި ވަރަށް ބޮޑު. މިކަން ހައްލުކުރަން ސަރުކާރުން މަސައްކަތް ކުރަންޖެހޭ.
ހުތްކިބަ
31 January 2019
ހައްތަހާވެސް ތިބީ ރައްޔިތުންނަށް ކަމެއް ކޮށްދޭން ބޭނުން ނުވާ ހުސްއަނގަތަޅާ މީހުން. މަލީހަކީ.......
އަހުމަދުމަނިކު
31 January 2019
ރާއްޖޭގަ ޓެރިފު މާހައި ކެނެޑާ މީހަކު ލަންކާގަ ހުރެގެން ލަންކާގެ ދެރިފިޔާއަށް މިނިޓެއް ރާއްޖޭގެ މީހުން ލަންކާއިން ރާއްޖެއަށް ގުޅަށް މިނިޓަކަށް ލަންކާގެ -/15 ( ފަނަރަ ރުފިޔާ ) ސީއީ އޯ ބޮޑުވަރެއް މީ މައިތިރިކޮށް ބައްދަލ މިންވަރަށް ތިރިކުރޭ