ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ: މަޖިލީސް އިންތިޚާބުގައި ދެ ޕާޓީން އެކުގައި ވާދަކުރަން އަދާލަތުން ވަނީ ހުށަހަޅާފައި. --ފޮޓޯ/މިހާރު
04 ފެބުރުއަރީ 2019 - 14:12
އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވައިލުމަށް ސިޔާސީ ޕާޓީތަކުން ވި އެއްބަސްވުމުގައިވާ ގޮތުން، އަދާލަތު ޕާޓީ އަށް ހައްގު މިންވަރު ދޫކޮށްލައިގެން ނަމަވެސް ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކުރާނެ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދެ ވަނަ ދައުރެއް ނުދޭން ހެދި ކޯލިޝަނުން އެކުލަވާލި އެއްބަސްވުމުގައި ރިޔާސީ އިންތިޚާބުގެ އިތުރުން، އަންނަ އެޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ލޯކަލް ކައުންސިލް އިންތިޚާބުގައި އެކުގައި ވާދަކުރަން އެއްބަސްވެފައިވެ އެވެ. ކޯލިޝަން ސަރުކާރުގައި ޕާޓީތައް ހިއްސާވާނެ ނިސްބަތް ވެސް އެއްބަސްވުމުގައި ވެ އެވެ.
މަޖިލިސް އިންތިޚާބުގައި އެ އެއްބަސްވުމާ އެއްގޮތަށް ވާދަކުރުމާ މެދު ހިޔާލުތަފާތުވެފައި ވަނިކޮށް، އަދާލަތު ޕާޓީން މިވަނީ މައްސަލަ އަށް ހައްލު ހޯދަން އިސް ނަގައިފަ އެވެ.
މަޖިލީހުގެ 13 ދާއިރާ އަށް ކެންޑިޑޭޓުން ނެރެން މަޝްވަރާ މަޖިލީހުން ނިންމުމަށް ފަހު، އަދާލަތު ޕާޓީން ވަނީ އެމްޑީޕީ އަށް ހުށަހެޅުމެއް ހުށަހަޅައިފަ އެވެ. އެއީ، ދެ ޕާޓީން ދޫ ދީގެން، އެކުގައި ވާދަކުރުމެވެ. މިގޮތަށް ހުށަހެޅިއިރު އެމްޑީޕީން އޮތީ މަޖިލީހުގެ 87 ދާއިރާގެ ތެރެއިން ނިލަންދޫ ދާއިރާ ފިޔަވައި އެހެން ހުރިހާ ދާއިރާތަކަށް ޓިކެޓް ދީފަ އެވެ.
އެގޮތަށް ނިންމާފައި ވަނިކޮށް، އެމްޑީޕީ އާއި އަދާލަތު ޕާޓީން އެކުގައި ވާދަކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ.
އަދާލަތު ޕާޓީގެ އިސް ބޭފުޅުންނާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮޓޯއެއް ނަންގަވަނީ. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ މީޑިއާ ކޮމިޓީގެ މުގައްރިރު އަލީ ނަޒީރު މިއަދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަސް އަހަރުގެ ދައުރު ފުރިހަމަކުރަން، ކޯލިޝަން ޕާޓީތަކުން އެކުގައި ދެމިތިބުމަކީ އަދާލަތުން އަބަދުވެސް ކުރިއަށް ނެރޭނެ ވިސްނުން ކަމަށެވެ. ކޯލިޝަން ވެރިކަމަކަށް ރައްޔިތުން ވޯޓު ދިން ކަން ފާހަގަކުރައްވައި، ވިދާޅުވީ ގައުމާއި ރައްޔިތުންގެ މަސްލަހަތު އޮތީ އެ ގޮތުގައި ދެމިތިބެގެން ކަމަށް އެ ޕާޓީން ދެކޭ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެކުގައި ވާދަކުރުމުގައި ޕާޓީތަކުގެ ހިޔާލުތަފާތުވުންތައް ހުއްޓަސް ހައްލެއް ހޯދައި އެކުގައި ވާދަކުރެވޭތޯ އަދާލަތުން ބާރުއެޅި އެވެ.
"މަސްލަހަތު އިސްކޮށް، އަދާލަތުން އެމްޑީޕީ އަށް ހުށަހެޅީ ދޫދީގެން، އެކުގައި ދެ ޕާޓީން ވާދަކުރަން. އެއްބަސްވުމުގައިވާ ގޮތުން އަދާލަތު ޕާޓީ އަށް ހައްގު މިންވަރަކީ 13 ދާއިރާ ކަމަށް ވިޔަސް، ހައްގު މިންވަރު ދޫކޮށްލައިގެން ވެސް އަދާލަތު ޕާޓީން މަސްލަހަތު އިސްކުރަން ތައްޔާރު،" ނަޒީރު ވިދާޅުވި އެވެ.
"މިކަމުގައި ރަސްމީކޮށް ގޮތެއް ނިންމާނީ ޕާޓީގެ މަޝްވަރާ މަޖިލީހުން،"
އެކުގައި ވާދަކުރަން އަދާލަތުން ހުށަހެޅި ހުށަހެޅުމާ މެދު ގޮތެއް ނިންމަން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް މާދަމާ ބާއްވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
ސަރުކާރުގައި ޕާޓީތައް ހިއްސާވާނެ ނިސްބަތް ކަނޑައެޅި އެއްބަސްވުމާ އެއްގޮތަށް މަޖިލީސް އިންތިހާބުގައި ވާދަކުރި ނަމަ، ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އަށް 35 ދާއިރާ ލިބޭނެ އެވެ. ޖުމްހޫރީ ޕާޓީ އަށް 22، މައުމޫނަށް 17 އަދި އަދާލަތު ޕާޓީ އަށް 13 ދާއިރާ ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުދޫ
05 February 2019
ރައްޔިތުންގެ މަޖިލިސްގެ ގޮނޑިއަކީ އެދާއިރާއެއްގެ ރައްޔިތުންގެ ހައްޤަކެވެ. އެދާއިރާއަކުން މަޖިލީހަށް މަމްދޫބަކު ފޮނުވަނީ އެދާއިރާގެ ރައްޔިތުންގެ ހައްޤުތައް ހިމާޔަށްކުރާށެވެ. ވީއިރު ޕާޓީތަކުގައި ނެތް ގޮނޑިއެއް ޕާޓީތަކުން ބެހޭނީ ކިހިނަކުންތޯއެވެ؟ މަޖިލީހުގަވެސް ، އަދި ސިޔާސީޕާޓީ އުފައްދާ ހިންގުމުގައިވެސް ޕާޓީތަކުގައި މަޖިލިސްގޮނޑި ތިބެންޖެހޭނެ ކަމަކަށްނޯވެއެވެ. އެދާއިރާއެއްގައި އުޅޭހުރިހާ ރައްޔިތުންނަކީ ސިޔާސީ ޕާޓީތަކުގައި އުޅޭ ބައެއްވެސް ނޫނެވެ.
ފުޅު
05 February 2019
13 ގޮނޑިއަށް ވާދަކުރިޔަސް އެންމެ ގޮނޑިއެއް ނޫނީ 2 ގޮނޑިއެއް އެންމެ ގިނަވިޔަސް އަދާލަތަށް ލިބޭނީ. އެހެންވިމާ އެއަށްވުރެ ގިނަ ގޮނޑި ހޯދޭނެ ހަމައެކަނި ފޯމިއުލާއަކީ އެމްޑީޕީއާއެކު ކޯލިޝަނެއް ހެދޭތޯ ބެލުން.
ހޮޓްކިންގ
05 February 2019
އިމްރާނު މަސްލަހަތޭ އެއްޗެކޭ ކިޔާނެ ކަމެއްނެތް. ތިމާމެންގެ ޕާޓީގައި ދިހަހާސް މެންބަރުން ނެތްއިރު ތިއީ ސިޔާސީގޮތުން އެއްވެސް ބުރަދަނެއް އޮތް ބައެއްނޫން މިވެރިކަމުގައި ހޯމް މިނިސްޓަރުކަމާއި ޖެންޑަ މިނިސްޓަރުކަންލައްވާލައިގެން އުޅުނަސް. ކަލޭމެންނަށް ޖެހޭނީ ދޫދޭން. ދީގެންވެސް ވެރިކަމުގެ ސާނާއި ސައުކަތުގައި ތިބެވޭނީ އޭރުން. އެނޫން އެއްވެސް އެއްޗެއް ތިޔަ އަދާލަތު ޕާޓީއަށް ނެތް.
ކަތީއްބެ
05 February 2019
ކޮންކަހަލަ މަޞްލަޙަތެއްގެ ވާހަކަބާ! ދޫދީދީފަ ވާންކުރާކަށް މާބޮޑު މަޞަލަޙަތެއް ބާއްވައިގެން ތިއުޅޭ ކަމެއް ހަމަނުވިސްނުނު، ކޮންމެ ކަމެއްކުރިޔަސް ހަމަ ދޫ ދޭންޖެހޭނީ، ދޫ ދީ ދީ ބިމުގައި ދޫ ކޭއްތޭއިރުވެސް ހެދޭނެ އެއްގޮތެއްވެސް އޮންނާނެހެނެއް ހިއެއްނުވޭ، އެއަށްވުރެ ބޮޑަށް ދޫ ތާށިވެފަ ތިތިބީ!
.ދާއިރާތައް ދޫކޮށްލުން
05 February 2019
.މިނިސްޓަރު ކަމާ ވަޒީފާ ތަކުގާ ތިބެވޭނީ އެމްޑީޕީ ބައިގަނޑު ބުނާގޮތެއް ހަދާ އެބައިގަނޑު ދަށުވެގެން އެވަރުންވެސް އެއްމެ ގޮނޑިއެއްވެސް ތި އަދާލަތަކަށް ނުލިބޭނެ ތިމޑޕއަކުން ވޯޓެއް ނުދޭނެ ތިމޑޕ މީހުން އަބަދުވެސް ފުމޭނީ އެމީހުންގެ އަމިއްލަ މެޔަށް.
ޞިޔާމު
05 February 2019
އަދާލަތުގެ ނަން ކިލަބުވުން ނޫންކަމެއް މިފަހަރު ނުވާނެ. މޫމިނިއްގެ ގަޔަކު އެންހަރަކުން ދެކައްޓެއް މުލެޑޭނެ.
ޢަދާލަތުމީހާ
11 March 2019
ކިލަބުނުވެ އޮތް ނަމެއްތަ ކިލަބުވާން ؟
ކުބޭ
05 February 2019
ގޮނޑިއޭ ފޮޑިއޭ ދެން ކިޔާނެ ކަމެއްނެއް ދިވެހިން ޖަހަން ބޭނުން ވެގެން އުލޭފޮޑި މޑޕ އާއި އިންޑިއާެިން މިފަހަރު ޖަހާދޭނެ ދިވެހިންގެ ފަޓުލޫނާ ހެދުން ވީދާގެންދާވަރަށް މި މޮޔަ ދިވެހިން މީ ވ ވާހަކަ
ސުހު
05 February 2019
ޕާޓީގ އުޅޭ 50 އަކަށް މީހުންނަށް ވަޒީފާ ހަމަޖެހުނީމަ މި އަދާލަތު ޕާޓީއަށް ކޮންމެ ކަމެއްވެސް އޯކޭވާނެ. މި ޕާޓީގެ ފިކުރު ކުރިއަރުވަންވަސް އުޅޭ ބައެއް ނޫން މީކީ. ޢަމިއްލަ އެދުމުން ފޯވެފަ
ރީތި މޫސަ
04 February 2019
ނުވާނެ މަސްލަހަތަކީ މަޤާމްތަށް އެހެންނޫނީ ވަކިކުރާނެ މަޤާމުތަކުން މިޔަދު އަދާލަތަކީ ދީނާ ޤައުމަށްވުރެ އަމިއްލަމަސްލަހަތު އިސްކޮށްފައިވާ ބަޔެއް
މުޅޯ
04 February 2019
ވައިކަރަދޫ ދާއިރާގެ ގޮނޑި އަދާލަތަށް ދީގެން ގޮނޑި ކާމިޔާބެއް ނުކުރެވޭނެ..މީ ވަރަށް ވާހަކަ