އަންހެނަކާއި ފިރިހެނުންތަކެއް އޮފީހެއްގައި މަސައްކަތް ކުރަނީ.
06 ފެބުރުއަރީ 2019 - 07:32
ބައެއް މީހުންގެ އުމުރުން ދުވަސް ވިޔަސް ހިތް މުސްކުޅި ނުވާ ކަމަށް ބުނާ މީހުންނެވެ.
އަލަށް ކުރި ދިރާސާއަކަށް ބަލާއިރު މިއީ ރަނގަޅު ވާހަކައެކެވެ. އޭގައި ބުނަނީ ފިރިހެނުންގެ ސިކުނޑި އަށް ވުރެ އަންހެނުންގެ ސިކުނޑި އެވްރެޖްކޮށް، އަބަދު ވެސް ޒުވާން ކަމަށެވެ.
ޔޫއެސް ޖާނަލްގައި ޝާއިއުކޮށްފައިވާ ނެޝަނަލް އެކެޑެމީ އޮފް ސައިންސްންގެ ދިރާސާގައި ބުނެފައިވާ ގޮތުގައި އަންހެނުންގެ ސިކުނޑި އެ މީހުންގެ އަސްލު އުމުރަށް ވުރެ 3.8 އަހަރު ޒުވާނެވެ. ފިރިހެނުންގެ ސިކުނޑިގޭގެ ޒުވާންކަން ހުންނަނީ އެ މީހުންގެ އަސްލު އުމުރަށް ވުރެ 2.4 އަހަރު ޅަކޮށެވެ.
މި ދިރާސާ ހެދުމަށް 121 އަންހެނަކާއި 84 ފިރިހެނުން ބޭނުންކޮށް އެ މީހުންގެ ސިކުނޑީގެ މެޓަބޮލިޒަމާއި އޮކްސިޖަން ދައުރުވާ މިންވަރާއި ގުލްކޯޒް ލެވެލް ހުރި މިންވަރު ބަލާފައިވެ އެވެ. އެ ހިސާބުތަކަށް ރިއާޔަތް ކުރުމަށް ފަހު، ދިރާސާގައި ބުނީ ހަށިގަނޑުގެ އެހެން ގުނަވަންތައް ފަދައިން ހަކުރު (ގުލުކޯޒް) އަކީ، ސިކުނޑީގެ ހަކަތަ ކަމަށެވެ. މީގެ ސަބަބުން ސިކުނޑީގެ މެޓަބޮލިކް އޭޖް ކަނޑައަޅަން ފަސޭހަވާ ކަމަށް ބުންޏެވެ.
އެގޮތުން މި ކަންކަމަށް ބަލާފައި ގޮތެއް ނިންމާއިރު، އުމުރުން 20-80 އަހަރާ ދެމެދުގެ ދެ ޖިންސްގެ މީހުން އަޅާ ކިޔާއިރު، އަންހެނުންގެ ސިކުނޑި މެޓަބޮލިކަލީ ޒުވާންކަމަށް ދިރާސާގައި ބުންޏެވެ.
"އެކަމަކު މީގެ މާނައަކީ ފިރިހެނުންގެ ސިކުނޑި މުސްކުޅިވާލެއް އަވަހީއެއް ނޫން،" ދިރާސާ ޓީމްގައި ބައިވެރިވި ވޮޝިންޓަން ޔުނިވަސިޓީ ސްކޫލް އޮފް މެޑިސިންގެ އެސިސްޓަންޓް ޕްރޮފެސަރު މަނޫ ގޯޔަލް ވިދާޅުވި އެވެ. "އަސްލު ވާ ގޮތަކީ އަންހެނުންނަށް ވުރެ ތިން އަހަރު ކުރިން ފިރިހެނުން އެޑަލްޓްހުޑަށް ދިއުން. އެއީ ސިކުނޑީގެ ޒުވާންކަމުގައި ދެ ޖިންސްގެ މެދުގައި ފަރަގު އުޅޭ ސަބަބަކީ."
އޭނާ ފާހަގަ ކުރެއްވި ގޮތުގައި އެގޮތަށް ދިމާވާ އަނެއް ސަބަބަކީ ސިކުނޑީގެ މެޓޮބޮލިޒަން ބިނާވުމުގައި ހޯމޯން އަދާ ކުރާ ދައުރެވެ.
ދެ މީހަކު މަސައްކަތެއްގައި.
ދިރާސާ ޓީމުން ބުނާ ގޮތުގައި ފިރިހެނުންގެ ސިކުނޑި އަށް ވުރެ، އަންހެނުންގެ ސިކުނޑި ޒުވާންވުމަކީ ދިރުއުޅުމާ ކުރިމަތިލުމުގައި އަންހެނުންނަށް ބޮޑު ހިތްވަރެއް ލިބޭ ކަމެކެވެ.
އެގޮތުން ކަންކަމާ ދޭތެރޭ ފުންކޮށް، ސީރިއަސްކޮށް ވިސްނުމާއި ހަނދާން ގަދަވުމާއި ކަންކަން ހައްލު ކުރުމުގައި އަންހެނުންގެ ތޫނު ފިލިކަން މީގެ ސަބަބުން ބޮޑު ކަމަށް ދިރާސާގައި ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެން؟
13 September 2019
ޖޭޖޭ06 ފެބުރުއަރީ 2019 09:31 ރަގަޅުވާހަކައެއް. އަންހެނުންނަކީ ބޮޑު ހިސްޓްރީ ފޮތެއް. 1900 ގެ ރޭގަޑުކު ރިހަ ކުޅިވެގެން ރުޅިއައިސްގެން ބުނިއެއްޗާ ވަގުތާ ހުރިހާ އެއްޗެއް ހަދާން ހުންނާނެ....ފާއިތުވެގެން ދިއަ އުފަން ދުވަހެއްގެ ރޭގަޑު 12:00ގަ ވިޝްނުކޮށް ސިކުންތެއް ލަސްވިއަސް ކޮންމެވެސް ދުވަހަކުން އެބޮޑު މައުޝޫނަގާނެ ކުޑަކުޑަ ކަަމަކާ ރުޅިއަންނަ ދުވަހު. އަނެއްހެން ބުނާނަމަ އާޓްސް ސްޓިރީމް ކިޔަވާއިރު ހިސްޓްރީ ކިޔެވުމަކީ ކޮންމެހެން މުހިއްމު ކަމެއްނޫން
އަލްޖިބްރާ
06 February 2019
އަންހެނުންގެ ސިކުޑި ފިރިހެނުންނަށް ވުރެ ޒުވާންކަމަށް ޤަބޫލު ކުރަމެވެ. 60 އަހަރުގެ އަންހެނެއް ގާތުގަ އޭނާގެ އުމުރުން ވީ ކިހަވަރެއްތޯ އަހާލަބަލާށެވެ. ސިކުޑި ޒުވާންކަން އެގޭނެއެވެ.
ވަޖީހް
06 February 2019
ދެން ކީއްވެ ގިނަ ދިވެހި އަންހެނުންގެ ސިކުނޑި ޒުވާން ނުވަނީ؟ އުމުރުން 24 25 ގައިވެސް ބޭބީ އަކަށްވުރެއް ބޮޑަށް ބޮޑާ ހާކާ.
ބުޖަޑާ
06 February 2019
އެކުދިންގެ ބައްޕަމެން ބަނޑުފުރަން ކަނީ ރިހާކުރާ ބަތާ، ފޫހި ފިލުވަން ސުއްޓާ، ނިދަނީ ދެތިން ގަޑިއިރު، އިންނަނީ ރަށުން ގާތްގަޑަކަށް ތިމާގެ މީހަކާ( ޖީން ޕޫލް ވޭރިއޭޝަން ކުޑަވޭ މިހެންވެޒ) އެއީ މައްސަލަ އަކީ
ގައް
06 February 2019
"ދިރާސާ ހެދުމަށް 121 އަންހެނަކާއި 84 ފިރިހެނުން ބޭނުންކޮށް" އެންމެ ފުރަތަ އިންސާފުން އެއްކިބާވެފަ މިއޮތީ.
ޖޭޖޭ
06 February 2019
ރަގަޅުވާހަކައެއް. އަންހެނުންނަކީ ބޮޑު ހިސްޓްރީ ފޮތެއް. 1900 ގެ ރޭގަޑުކު ރިހަ ކުޅިވެގެން ރުޅިއައިސްގެން ބުނިއެއްޗާ ވަގުތާ ހުރިހާ އެއްޗެއް ހަދާން ހުންނާނެ....ފާއިތުވެގެން ދިއަ އުފަން ދުވަހެއްގެ ރޭގަޑު 12:00ގަ ވިޝްނުކޮށް ސިކުންތެއް ލަސްވިއަސް ކޮންމެވެސް ދުވަހަކުން އެބޮޑު މައުޝޫނަގާނެ ކުޑަކުޑަ ކަަމަކާ ރުޅިއަންނަ ދުވަހު. އަނެއްހެން ބުނާނަމަ އާޓްސް ސްޓިރީމް ކިޔަވާއިރު ހިސްޓްރީ ކިޔެވުމަކީ ކޮންމެހެން މުހިއްމު ކަމެއްނޫން