ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ އެންމެ ފަހުން އިންޑިއާ އަށް ކުރެއްވި ދަތުރުގައި އެ ގައުމުގެ ޑިފެންސް މިނިސްޓަރާ އެކު.
07 ފެބުރުއަރީ 2019 - 23:14
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އިންޑިއާގެ ނޫސް ޗެނަލަކަށް ދެއްވި އިންޓަވިއުގެ ޚަބަރު ފަތުރަމުން ދަނީ އޮޅޭ ގޮތަށް ކަމަށާއި އެއީ ސުލްހަ މަސަލަސްކަން ނަގައިލުމަށް ކުރާ ކަމެއް ކަމަށް ޑިފެންސް މިނިސްޓްރީން މިރޭ ބުނެފި އެވެ.
ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މާރިޔާގެ ވާހަކަ އޮޅޭ ގޮތަށް ހަބަރުފަތުރަމުން ދަނީ ސިޔާސީ މަންފާ ހޯދަން ކަމަށެވެ. އޭނާ ދެއްކެވި ވާހަކައަކީ އިންޑިއާ އަސްކަރިއްޔާގެ ހައިބަތު ކިތަންމެ ބޮޑު ނަމަވެސް ދެގައުމުން އަބަދުވެސް ދެގައުމުގެ ސިޔާދަތަށް އިހުތިރާމް ކުރާކަމަށް ވިދާޅުވެ ދެއްކި ވާހައެއް ކަމަށް ވެސް ބުނެފައި ވެ އެވެ.
"... އެހެން ނަމަވެސް މިނިސްޓަރު ދެއްކެވި ވާހަކަފުޅުގެ ތެރެއިން ބައެއް އުނިކޮށް ދެއްކެވި ވާހަކަފުޅު އޮޅޭ ގޮތަށް ފަތުރަމުންދާ ހަބަރުތަކަކީ ގައުމުގެ ސުލްހަ މަސަލަސްކަން ގެއްލުވާލައި ސިޔާސީ މަންފާ ހޯދުމަށް ފަރުރާ ހަބަރުތަކެކެވެ،" ބަޔާނުގައި ވެ އެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ ސްޓްރެޓެޖިކް ނިއުސް އިންޓަނޭޝަނަލް (އެސްއެންއައި) އަށް ދެއްވި އިންޓަވިއުއެއްގައި މާރިޔާ ވިދާޅުވީ އިންޑިއާ އިން ރާއްޖެ ހިފުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ. އެކަމަކު، ހަމަ އެ ނޭވާގައި މާރިޔާ ވިދާޅުވީ އިންޑިއާ އިން ބޭނުންވެގެން ރާއްޖެ ހިފަން އުޅޭނަމަ، އެކަން ހުއްޓުވަން ކުރާނެ ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި އިންޑިއާ އަކީ އަސްކަރީ ގޮތުން ބާރުގަދަ ބައެއްގެ ގޮތުގައި މާރިޔާ ވަނީ ސިފަ ކުރައްވައި، އިންޑިއާ އަސްކަރިއްޔާ އަށް ތައުރީފް ކުރައްވައިފަ އެވެ.
މާރިޔާގެ ވާހަކަ އަށް ފާޑުކީ ބައެއް މީހުން ބުނި ގޮތުގައި، މިއީ ރާއްޖޭގެ މިނިސްޓަރަކަށް ހުންނަވައިގެން ދައްކަވަން ޖެހޭ ފަދަ ވާހަކަތަކެއް ނޫނެވެ. މިއީ، ގައުމީ ސަލާމަތާ ގުޅުން ހުރި ވާހަކައެއް ކަމަށާއި މާރިޔާ ދިވެހިންގެ ރައްޔިތުންގެ ކިބައިން މައާފަށް އެދެން ޖެހޭނެ ކަމަށް އެ މީހުން ބުންޏެވެ. އަދި ބައެއް މީހުން ވަނީ ޑިފެންސް މިނިސްޓަރު ކަމުން މާރިޔާ އިސްތިއުފާ ދިނުމަށް ވެސް ގޮވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތިމާ
10 February 2019
މާރިޔާ އިސްތިއުފާ ގައުމުގެ ދިފާއީ ބާރުގެ ވެރިއަކަށް ގައުމު ސަލާމަތް ކުރެވޭނެ ގޮތް އިގެން ޖެހޭ ބޮޑު ތަނުން ފޭލި
ބަރުބާދު
09 February 2019
ކާކައްބާ އޮޅުނީ، ޑިފެންސް މިނިސްޓްރީ އައްތޯ ނޫނީ މާރިއާއައްތޯ. ހަމަގައިމުވެސް އާންމުންނަކައްނޯޅޭ އިންޓަރވިއު އެއޮތީ ފެންނަން.
ގޫގުލާ
09 February 2019
ވަރަށް ހަޑި ތިހެން ސްކާޓެއް ލައިގެން ރާއްޖެ ތަމްސީލް ކުރަން ދިޔައީމަ.. ގައުމީ ހެދުންލައިގެން ދޭބަލަ.. މީހުން ސަލާމަތް ކުރަން ތިހެން ނޫސް ބަޔާންތައް ނެރުނީމަ ރައްޔިތުންގެ އިތުބާރު ގެއްލެނީ ތި މުއައްސަސާތަކާމެދު..
މުހައްމަދު އަމީން
09 February 2019
މާރިޔާ އިސްތިއުފާ ދީފަ ކޮންމެސް އެހެންކަމަކާ އުޅޭ
ދާދޭ
09 February 2019
ދިވެހިންގެ އެއްވެސްމީހަކު ނުޖެހޭނޫންތޯ ބޭރުގައުމުތަކަށް ގޮސް ރާއްޖެ އަޅުވެތި ވެދާނެ ނުވަތަ ކުރެވިދާނީ ކޮންބަޔަކަށް ކަމާއި އެކަން ހުއްޓުވޭނެ ގޮތެއް ނޭގެޔޭ ކިޔައިގެން ވާހަކަ ދައްކާކަށް. ޑިފެންސް މިނިސްޓަރަށް ރާއްޖެ ދިފާޢުކުރާނޭގޮތް ނޭގޭނަމަ ގޭގައި ހުންނަންވީ ނުން.
ވެލިދޫ މީހާ
09 February 2019
އޮޅުވައެއް ނުލާ ސާފުކޮއް އިނގެރޭސި ބަހުން ބުނީ ދެން އެހެން ނޫނަސް ތީމިހާރު އާދަ ސިޔާސީ މީހަކު އެއްޗެއް ބުނެފިނަމަ ދިވެހި ބަހުން ބުންޔަސް އެ ތަރުޖަމާ ކޮށް އެމީހާ ސާފު ހުދު ފޮތި ކޮޅަކައް ހަދާލާނެ ، މާރިޔާ އަކީ މިހާރު ތިމަގާމަށް ކުފޫހަމަވާ މީހެއް ނޫން
އަނދަވަޅު
09 February 2019
އޮޅުވާލީ ކާކު ތޯ؟ ބުނި އެއްޗެއް ބުނި ގޮތަށް ބުނުމަކީ އޮޅުވާލުން ތޯއެ ވެ؟
ދޮހޮއްކޮބެ
09 February 2019
ކަލޭމެން އިރެއްގަ ރައްޔިތުން ގުނބޯ ހެއްދުޔަސް މިހާރު ނުހެއްދޭނެ. އެ އޮތީ ދެއްކި ވާހަކައިގެ ރިކޯޑިންގ
ޢެޑްމުންޑޯ
09 February 2019
މާރިޔާ ވާހަކަދެއްކީ ދުނިޔެއަށް އަލަށް އައި ބަހެއްތަ އޮޅުވާލަން ފާޑުފާޑުގެ ނޫސްބަޔާން ތިނެރެނީ
ސިސްޓަމް
08 February 2019
މާރިޔާގެ ހިތުގައި ގައުމީ ލޯބި އޮތްވަރާމެދު އަހަރުން ޝައްކު
ދޮހޮއްކޮބެ
09 February 2019
ސައްކު ކުރަނީ ކީއްކުރަން؟ ޔަގީން. މަޖިލިސް ތެރޭވެސް އުޅުން ގާނޫނު އަސާސީ މައްޗަށް ފައިން އަރައިގެން.