ނޫސްވެރިންގެ ސުވާލުތަކަށް މައުމޫން ޖަވާބު ދެއްވަނީ: އެމްއާރުއެމް އަކީ މައުމޫން އުފައްދަވާ ތިން ވަނަ ޕާޓީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
10 ފެބުރުއަރީ 2019 - 10:35
މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ނަމުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާ ސިޔާސީ ޕާޓީ އުފައްދަވަން އިލެކްޝަންސް ކޮމިޝަނަށް މިއަދު ހުށަހަޅުއްވައިފި އެވެ.
ޕީޕީއެމަށް ދޫކޮށްލައްވައި، އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތްޕުޅު މައުމޫން ފެއްޓެވީ ޕީޕީއެމަށް ކުރިމަތިވި ގާނޫނީ މައްސަލަތައް ޝަރީއަތުން އެމަނިކުފާނާ އެއްކޮޅަށް ނިމޭނެ ކަމުގެ ޔަގީންކަން ގެއްލުމުންނެވެ. އެމްއާރްއެމްގެ ނަމުގައި ޕާޓީ އުފައްދަން ހުށަހެޅީ ހަޔަ އެޑިއުކޭޝަން މިނިސްޓަރު އިބްރާހިމް ހަސަންގެ ނަމުގަ އެވެ.
ޕީޕީއެމްގެ ރައީސް ކަމުން އެމަނިކުފާނު ދުރުކޮށް، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ޕީޕީއެމްގެ ޚާއްސަ ކޮންގްރެސް ސައްހަ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ އިރު، ޕީޕީއެމް ހިންގުން މައުމޫންއާ ހަވާލުކުރަން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށް ވެސް ސުޕްރީމް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.
މައުމޫން އަދިވެސް ވިދާޅުވަމުން ގެންދަވަނީ، ޕީޕީއެމްގެ ރައީސް ކަމުން އެމަނިކުފާނު ވަކިކުރީ ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފަށް ކަމަށެވެ.
އެމްއާރުއެމް އުފައްދަވާ ކަން އިއުލާން ކުރައްވަން މައުމޫން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައި ވަނީ، ނާއިންސާފާ ކުރިމަތިލައްވަން ޖެހިވަޑައިގަތަސް އަޒުމް ދޫކޮށްލައްވަން ބޭނުންފުޅު ނުވާ ކަމަށެވެ. ސިޔާސީ ކަންކަމުގައި ބައިވެރިވުމާއި ގައުމަށް ޚިދުމަތް ކުރުމަކީ ވަކި އުމުރެއް އޮތް ކަމެއް ނޫން ކަމަށާއި އެމަނިކުފާނު ދެމިހުންނަވާނީ އިސްލާހީ މަސައްކަތުގައި ސާބިތުކަމާ އެކު ކަމަށް ވިދާޅުވި އެވެ.
އެމްއާރުއެމްއަކީ މައުމޫން އުފައްދަވާ ތިން ވަނަ ސިޔާސީ ޕާޓީ އެވެ. ސިޔާސީ ޕާޓީތައް އުފެއްދުމުގެ ހުއްދަ ގާނޫނަކުން 2005 ގައި ދިނުމުން އެމަނިކުފާނު އުފެއްދެވީ ޑީއާރުޕީ އެވެ. އެ ޕާޓީގެ ހިންގުމުގައި، އޭރު ހުންނެވި ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީއާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކާ ހެދި އުފެއްދެވީ ޕީޕީއެމް އެވެ.
އެ ޕާޓީ ދޫކޮށްލަން މައުމޫނަށް ޖެހިވަޑައިގަތީ، ކޮއްކޯފުޅު، ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ދެމެދު އުފެދުނު މައްސަލަތަކުގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތުއްތޮންބެ
11 February 2019
ބަލަގަ މަނިކުފާނައް ތިރީސް އަހަރުން ނުކުރެވުނު ރިފޯރމެއް މިއަދު މުސްކުޅިފުޅުވީދުވަހު ކުރެވިދާނެ ކަމަކައް ގަބޫލެއްނުކުރެވޭ.
ރަށުމީހާ
11 February 2019
ދެން ދަރީން ލައްވާ ތިޕާޓީ ހަދަންވެއްޖެނޫން. ބޭބެ މުސްކުޅިވިދުވަހު މަޑުންހުރެފާ.
ބިންދާ
10 February 2019
އިނގިލި ބިންދައިގެން ގުނާލެވޭ ވަރަށް ކަންނޭގެ މީހުން ތި ޕާޓީއަށް ވަންނާނީ. ޕާޓީތައް ގިނަވެ ސޮއިކުރާނެ މީހުން ހުސްވަނީ..
ހާސަރޭ
10 February 2019
ބޭފުޅާ ރާއްޖޭގަ އެއްޕާޓީއިން އަނެއްޕާޓީއައް މީހުންދަނީކީ އިގިލިބިންދައިގެނެއްނޫން. އެކަމަކު ކުރިންހުރިޕާޓީއިން ކެނޑިގެން. ބޭފުޅާ ކިތައްވަނަ ޕާޓީގަތޯ ތިއުޅުއްވަނީ، އެކަމަކު އިގިލިތައް ބިންދާހުހެއްނުވެދެއްތޯ؟.
އަބްދުއްالله
10 February 2019
ދިވެހި ބަހުން ނަން އޮތުމަކީ ލަދުވެތިކަމެއް ދޯ ސީދިބޭ؟
ނޭގުނު
10 February 2019
ޑީ.އާރު.ޕީ އުފަންވީ 2 ޖޫން 2005ގައި. ޕީ.ޕީ.އެމް އުފަންވީ 17 އޮކްޓޯބަރ 2011ގައި. އެމް.އާރު.އެމް އުފަންވާނީ 2019ގައި. ދޭތެރެ ދުރުކުރުމުގެ ޕްރޮގްރާމާ އެއްގޮތަށް ޕާޓީ އުފަން ކުރުވާތީ މަނިކުފާނަށް ޝުކުރު.
އެމް އާރް އެމް
10 February 2019
ބަޔަކު ބޭނުން ކޮށްފަ އޮތް ނަމެއް ނޫނީ ހޯދާ ހޯދާ ވެސް ނުފެނުނީތަ؟ މުނައްވަރުގެ ހުއްދަ އެބަ އޮތް ބާ؟
ހޮޓްކިންގ
10 February 2019
މައުމޫނު ބަލައިގަންނާކަށް ނެތީން. މައުމޫނު ކަމުނުދާތީ، އަނިޔާވެރިވާތީ، ޚުދުމުޚްތާރު ކަމުން ވެރިކަން ބަދަލު ކުރީވެސް.
ބަނިއާދަން
10 February 2019
ކުދިންނޭ. ޕާޓީއަށް ކިޔަނީ މޯލްޑިވްސް ރީފޯމް މޫވްމަންޓް... މައުމޫން ރީފޯމް މޫވްމަންޓެއް ނޫން.
ނަގިއްޔާ
10 February 2019
މައުމޫމު ޕާޓީ ހަދާހަދާ ލޮޑުވަނީ. ވަކިހިސާބަކުން ކޮންމެވެސް ދުރުތާ ތިމާގެ މީހެއް ޕާޓީއަށް ކޮށްޕި މައުމޫނު އަތުން މިލްކުވެރިކަން ނަގަނީ. މިހާރު ކުލަހުސްވާ ހިސާބައް ކަންތައް ހިގައްޖެ މިފަހަރު ތިހަދާ ޕާޓިގެ ކުލައަކަށް ބަކީ އޮތި ހުދާ ކަޅު އެކަނި ކަންނޭގެ!
ބޮޑުބެގެ ނަސޭހަތް
10 February 2019
ނަގިއްޔާވެސް އެކަނި ފިލާއިދެގެން ކޮމެންޓް ނުކޮށް ނިކަން ވަރުގަދަ ސިޔާސީ ޕާޓީއެއް ހަދާގެން ނިކުމެ ތިޔަ މޮޅު ވިސްނުން ދައްކާލަ ބަލަ.
ދެކޭމީހާކިޔާމީހާ
10 February 2019
މިޢުމުރުގައި ޢިލްމުވެރިއެއްގެޙައިޞިއްޔަތުން ޤައުމަށާއި ނަފުސަށް ޚިދުމަތެއް ކޮށްދެއްވުމުގެބަދަލުގައި ސިޔާސީރޮނގު ޚިޔާރުކުރެއްވުމުގައި ސަބަބުތަކެއް އޮންނާނެކަން ކަށަވަރެވެ. 30 އަހަރުގެމުއްދަތުގައި، ރާއްޖޭގެ ސިޔާސީމަސްރަޙަށް ނުގެންނެވިބަދަލެއް ގެނުއްވިދާނެކަމާއިމެދު އުފެދެނީ ސުވާލެވެ. ހަމަކަށަވަރަށް ފެންނަ އެއްމަންޒަރަކީ ގައިގެއެއްގަނޑާއި ޖަދަލަށް މަޖިލީހަށް މެންބަރަކު ނެރުއްވަވަން އުޅުއްވާތަނެވެ. މިއީ ހުތުރުކަމެއްގޮތުގައި ދެކެވަޑައިނުގަންނަނީތާ!