މިރޭގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ: އޭސީސީގެ ރިޕޯޓް ހާމަ ނުކޮށް މިހާ ދުވަސް ވަންދެން ބޭއްވީ ކީއްވެގެންތޯ އެމަނިކުފާނު ސުވާލު ކުރެއްވި.---ފޮޓޯ: ނިޝާން އަލީ/މިހާރު
14 ފެބުރުއަރީ 2019 - 23:15
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރި ތަހުގީގުގެ ރިޕޯޓް ތިން އަހަރު ވަންދެން ހާމަނުކޮށް ބޭއްވީ ކީއްވެގެންތޯ ވިދާޅުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ސުވާލު އުފައްދަވައިފި އެވެ.
އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ޚިޔާނާތުގެ ތަހުގީގު ރިޕޯޓް އޭސީސީން އާންމުކުރީ މިއަދެވެ. ހިޔާނާތުގެ މައްސަލައިގެ ތަހުގީގު ނިންމިތާ ދެ އަހަރު ވީއިރު ވެސް، އެ ރިޕޯޓް އޭސީސީން އާންމުނުކޮށް އެތައް ދުވަހެއް ވަންދެން ބާއްވާފައި އޮތުމުން ގިނަ ބައެއްގެ ފާޑު ކިޔުން ކުރިން އެކަމަށް އަމާޒުވި އެވެ.
އޭޕްރީލް ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ހިންނަވަރު ދާއިރާއަށް ވާދަ ކުރައްވާ ޖީހާން މަހްމޫދްގެ ކެމްޕެއިން ލޯންޗް ކުރަން މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކޮރަޕްޝަނަށް މި ސަރުކާރުން ޖާގަ ނުދޭނެ ކަމަށެވެ. އޭސީސީގެ ތަހުގީގު ރިޕޯޓް މިއަދު އާންމު ކުރި ކުރުމަކީ ރަނގަޅު ކަމެއް ކަމަށާއި އެކަމަކު ތިން އަހަރު ވަންދެން އެ ރިޕޯޓް ހާމަ ނުކޮށް ބޭއްވީ ކީއްވެގެންތޯ ސުވާލު އުފެދޭ ކަމަށް ރައީސް ވިދާޅުވި އެވެ.
"ސުވާލަކީ ތިން އަހަރު ގާތްގަނޑަކަށް. ބަލައި ނިންމާފައި ފޮރުވާފައި ބޭއްވީ ކީއްވެގެންތޯ؟. މިއަދު ތޯ އެ އިއުލާން ކުރަންވީ؟ އެހެން ނަމަވެސް އަޅުގަނޑު ޔަގީންކަމާ އެކު މި ދަންނަވަނީ ހުރިހާ ފަރާތްތަކަށް ވެސް، މި ސަރުކާރުން ކުރަންޖެހޭ ހުރިހާ ކަމެއް ކޮރަޕްޝަނާ ދެކޮޅަށް އަޅުގަނޑުމެން ކުރާނަން." ރައީސް ވިދާޅުވި އެވެ.
މިރޭގެ ހަފުލާގައި ރައީސް ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
ރައީސް ވިދާޅުވި ގޮތުގައި، އޭސީސީގެ ރިޕޯޓުގައި ހުރި ވަކިވަކި މީހުންގެ މައްސަލަތައް ބަލައި، ކުށްވެރިވާ ފަރާތްތަކަށް ދައުވާ ކުރަން ފޮނުވައި، އަދި ކުށްވެރި ނުވާ ފަރާތްތަކުގެ ކުށެއް ނެތް ކަމަށް ކަނޑައަޅައި ދިނުމަށް އޭސީސީ އަށް ގޮވައިލައްވާ ކަމަށެވެ. އަދި އެކަންކަން އެގޮތަށް ނުކޮށްފި ނަމަ، އިތުރު މައްސަލަތަކެއްގެ ތެރެއަށް ގައުމު ވެއްޓިގެން ދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ތިބީ ސަރުކާރުން ކުރަންޖެހޭ ހުރިހާ ކަމެއް ކުރަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރާނަން. މިއަދު ވެސް އަޅުގަނޑުމެން މި އައީ އޭގެ ކަންތައްތަކެއް ކޮށްފައި." ރައީސް ވިދާޅުވި އެވެ.
ބެލެވޭ ގޮތުގައި ރައީސް އެ ވިދާޅުވީ، އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފައިސާ ވަން ސްކޯސް އޮފް ފްލެެއާ (އެސްއޯއެފް) ކުންފުންޏާ އެކު ކުރެއްވި ފައިސާގެ މުއާމަލާތާ ގުޅިގެން ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މަގާމުގެ މަސްއޫލިއްޔަތުން ދުރުކުރެއްވުމެވެ.
އެ ދެބޭފުޅުން މަގާމުތަކުން ސަސްޕެންޑް ކުރީ މައްސަލަ ބަލައި ނިމެންދެނެވެ.
ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރުން ކުރަންޖެހޭ ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެ، ރައީސް މިރޭ ވިދާޅުވީ ކޮރަޕްޝަނަށް އޮންނާނީ "ޒީރޯ ޓޮލަރެންސް" ކަމަށާއި އެއީ ސަރުކާރުގެ މުހިންމު ވައުދެއް ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަތްނެތްކުއްޖާ
15 February 2019
ބަޔަކު މީހުނަށް މިކަން މަޖަލަކަށް ވިއަސް މިއީ ރައްޔިތުންގެ ޙަޒާނާ އިން ވަކި ބަޔަކު ރައްޔިތުން ނަށް ނޭގި ކޮއްފައިވާ ވައްކަމެއް ކަމުން މިކަން ހަމަ މަގައް އެލުވޭނީ ރައްޔިތުންނަށް ކަމަށް ދެކެން. މިކަން ދޫކޮއްލައިފި ނަމަ ދެންވާނީ ސަބީލިއްލާހި އަށް. އެމީހަކާއި އެމީހެއް. އޭރުން ދެން އަންނަ ޖީލު ތަކަށްވެސް ދަސްވާނީ ރައްޔިތުންގެ ޙަޒާނާއިން ވައްކަންކުރަން. ރައްޔިތުން ޖެހޭ މިފަހަރު މިކަން ހަމަ މަގަށް އަލުވަން. ދެންތިބޭ ބަޔަކަށްވެސް އިބްރަތެއް ދެއްކުމަށްވެސ
ބޭބެ
15 February 2019
ހިޔާާނާތް ފަޅާ އަރުވާލި ބެންކް މުވައްޒަފު އެއޮތީ ގޮޅީގައި މިނިވަން ކުރޭ
ރޭނާ ޑި ފެއުދޫ ބިން މޫނިމާ
16 February 2019
ބޭބެ ކަހަލަ ތަންދޮރު ނުދައްނަ މީހުނާ ހެދީ ގައުމު ފަނާ ވަނީ. އޭނާ މިނިވަން ވިތާ ކޮންޒަމާނެއް
ވަތުބަތާނަ
15 February 2019
މަނިކުފާނު ކެމްޕެއިނާށް ޚަރަދުކުރި ފައިސާ ހޯދީ ކޮންތާކުންހޭ؟ ކޮބައިހޭ އޭގެ ތަފުޞީލު؟
ކަދުރޭ22
15 February 2019
ދެން ލަސްވެގެން ރުޅިއައުމަށްވުރެ އަވަހަށް ފިޔަވަޅު އަޅަންވީނޫންތޯ؟
ޝޮކްތެރަޕީ
15 February 2019
އިބޫ އުޅުނީ ޔާމިން އެކަނި ބާނާލަން. ރިޕޯޓް ނެރުނީމަ އެމްޑީޕީގެ ގިނަމީހުން މިކަމުގަސާމިލް ވާތީ އިބޫ ރައިސް ޔާމިން ފިޔަވަޅު އަޅާނެގޮތެ ނޭގިފަ.
ކަތީބު
15 February 2019
އެސީސީއަށް އިތުބާރު ނުކުރެވޭނެ. ސަބަބަކީ ރިފޯޓްލަސްވުން. އެނެއްކާ ވެރިކަން ބަދަލުވި ފަހުން ފީފީއެމަށް ނިސްބަތްވާ ވަރަށް ގިނަ މެންބަރުން ވަނީ އެމީހަކު ގާނޫނީ ގޮތުން ނުބޭދޭނެ ހުރިހާ ގޮތެއް ހޯދައިފަ އެސީސީގެ ލިޔުން ހޯދައިފަ. އެމީހުންގެ މަންސަލަ ނެތްކަމަށް ހަދާ.
ކަދުރޭ2
15 February 2019
ލާރީގަ ޖެހިފަހުރިއްޔާ ސަލާމަތެއް ނޯންނާނެ.
ސަބަބު
15 February 2019
3 އަހަރުވަންދެން ރިޕޯޓް އާއްމުނުކޮށް ބޭއްވީ ވައިޖެހޭ ކޮޅު ބަދަލުނުވާތީ. އެއިރަކު ވައިޖެހޭ ކޮޅަކަށް ހުރިހާކަމެއްވެސް އެނބުރެމުންދަނީ.
ޢަހްމަ
16 February 2019
ބަލަ މައްސަލަ ބަލަންފަށާދުވަހު ރިޕޯޓް ނެރެވޭތަ؟ 2015 ގަ ބަލަންފެށީވެސް އަދިވެސް މައްސަލައެއްނުނިމޭ. ދެން ކޮންމެވެސް އެއްޗެކޭ ކިޔަނީއޭ.
ބަލަން ތިބޭ
15 February 2019
އޭސީސީގަ ތިބި މީހުން ދެން އެންމެ އަވަހަށް ބޭރު ކުރާނީ. މަގާމު ތަކުގަ ތިބި "ވަގުން" ތިބޭނީ ހަމަ އެގޮތުގަ.
ދޮގެއްތަ؟
15 February 2019
ރިިޕޯޓު ސިިއްރު ކޮށްގެން އޭގަ ހިމެނޭ ތިމާމެން ބައި މީހުންނަށް ބޮޑެތިި މަގާމުތައް ދީގެން ޔާމީނާއި އަެގަ ނުވެސް ހިމެނޭ އާޒިމާ އަށް ދައުވާ ކުރުމާ ހަމައިން ނިންމާލަން ހުއްޓާ ރިޕޯޓް ނެރުނީމަ ރުޅި އަންނާނެތާ.
އިބިރިހިންބެއްޔާ
15 February 2019
ކޮރަޕްޝަން، ޒީރޯ ޓޮލެރެންސް. ސަޅި ބަސްތަކެއް. ވަކިފަރާތަކަށް ޖެހިވަޑައި ނުގަންނަވާނެކަމަށް ވިދާޅުވާ ރައީސް ކޮރަޕްޝަނާ ދެކޮޅަށް ވާހަކަފުޅު ދެއްކެވީީ އޭޕްރީލްމަހު ބާއްވާ "ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެެޓެއްގައި" ދާއިރާއަކަށް ވާދަ ކުރައްވާ ކެންޑިޑޭޓްގެ ކެމްޕެއިން ލޯންޗް ކުރި ޖަލްސާގަ. ދިވެހި ޤައުމުގެ ރައީސް ޖުމްހޫރިއްޔާ ވަކިކެންޑިޑޭޓުންތަކެއްގެ ކެމްޕެއިން ލޯންޗްކުރާ ޖަލްސާގައި ބައިވެރިވުން އެއީީ ކޮރަޕްޝަނަކަށް ނުވޭބާ؟
ރިމްސް
16 February 2019
މާނަ ނޭގެންޏާ ގޫގްލް ޕުލީޒު
ޚާޗުސް
19 February 2019
ބޯނުބައިކަމުގެ ބޮޑުކަމާއޭ