ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ވަޒީރުކަމުގެ ލިޔުން މަހްލޫފަށް މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ދެއްވަނީ: މިހާރު މަހްލޫފް ހުންނެވީ މަގާމުން އެކަހެރި ކޮށްފައި.---ފައިލް ފޮޓޯ: ހުސައިން ވަހީދު/މިހާރު
15 ފެބުރުއަރީ 2019 - 00:18
ވަޒީރުންގެ މަޖިލިހުގެ މެމްބަރުކަމަށް ރައްޔިތުންގެ މަޖިލިހުން އޭނާ އަށް ރުހުން ދިން މަރުހަލާގައި ވެސް، ކޮރަޕްޝަންގެ މައްސަލައެއް ބަލަމުން ނުދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން މަޖިލިހަށް އަންގާފައިވާ ކަމަށް އަހުމަދު މަހްލޫފް މިރޭ ވިދާޅުވެއްޖެ އެވެ.
މަހްލޫފު މިހެން ވިދާޅުވިއިރު، އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފައިސާ ވަން ސްކޯސް އޮފް ފްލެެއާ (އެސްއޯއެފް) ކުންފުންޏާ އެކު ކުރެއްވި ފައިސާގެ މުއާމަލާތާ ގުޅިގެން މަގާމުގެ މަސްއޫލިއްޔަތުތަކުން މިއަދުން ފެށިގެން ވަނީ ދުރުކޮށްފަ އެވެ. އޭނާގެ އިތުރުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވެސް މަގާމުގެ މަސްއޫލިއްޔަތުތަކުން ވަނީ މިއަދުން ފެށިގެން އެކަހެރި ކޮށްފަ އެވެ.
Vazeerunge Majileehuge membarukamah alhugandah ruhundhin maruhalaagaves alhuganduge massalaeh balamun nudhaakamah ACC in vanee Majlis ah angaafa.
— Ahmed Mahloof (@AhmedMahloof) February 14, 2019
Mi massalaige thahugeeguga ACC inn alhugandaa suvaalunukuree ekamuga alhuganduge baiverivumeh netheema kamah qaboolkuran.
މަހްލޫފުގެ ޓުވީޓު
ގަލޮޅު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު މަހްލޫފުގެ އެކައުންޓަށް އެސްއޯއެފުން 33،000 ޑޮލަރު އަދި އަކްރަމްގެ އެކައުންޓަށް އެ ކުންފުނިން 30،000 ޑޮލަރު ޖަމާކޮށްފައިވާ ކަމަށް އޭސީސީގެ ރިޕޯޓުން ދައްކާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެ ދެބޭފުޅުން މަގާމުތަކުން ސަސްޕެންޑް ކުރީ މައްސަލަ ބަލައި ނިމެންދެނެވެ.
މި މައްސަލައިގައި ޖަވާބުދާރީވެ މަހްލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެސްއޯއެފުން އޭނާގެ އެކައުންޓަށް ޖަމާކުރި ފައިސާގެ މައްސަލައިގައި މިހާތަނަށް ވެސް އޭސީސީން ސުވާލު ކޮށްފައި ނުވާ ކަމަށެވެ. އަދި، އެ ކޮމިޝަނުން ސުވާލު ނުކުރީ އޭނާގެ ބައިވެރިވުމެއް އެކަމުގައި [ހިޔާނާތުގައި] ނެތުމުން ކަމަށް ގަބޫލު ކުރައްވާ ކަމަށް މަހްލޫފު ވިދާޅުވި އެވެ.
މި ސަރުކާރުގެ ވަޒީރުންނަށް ރައްޔިތުންގެ މަޖިލިހުން މިދިޔަ ޑިސެމްބަރު މަހު ރުހުން ދިނުމުގެ ކުރިން، އެބޭފުޅުންގެ އެއްވެސް މައްސަލައެއް އޭސީސީގައި އޮތްތޯ ސަރުކާރުން ބެލި އެވެ. އޭރު އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގު ނިންމައި ރިޕޯޓު ކަމާ ގުޅޭ އިދާރާތަކަށް ފޮނުވިތާ ވެސް ދެ އަހަރެއްހާ ދުވަސް އޮތީ ވެފަ އެވެ. އަދި އެ ރިޕޯޓު އޮތީ ޕްރޮސެކިއުޓާ ޖެނެރަލަށް ވެސް ފޮނުވައިފަ އެވެ.
މަހްލޫފުގެ މައްޗަށް ކުރާ ތުހުމަތުތަކާ ގުޅިގެން އޭނާ މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެސްއޯއެފުން ޖަމާކުރި ފައިސާ އަކީ އޭނާގެ އާއިލާއިން ހިންގި ފިހާރައަކަށް ޑޮލަރު ހޯދުމަށްޓަކައި ކޮއްކޮ އަކު މެދުވެރިވެގެން، ނަގުދު ފައިސާ ދީގެން އެސްއޯއެފް އަތުން ޑޮލަރު ގަތުމަށް ހިންގި މުއާމަލާތެކެވެ. އަދި އެކަމުގެ މުއާމަލާތް ހިންގިއިރު ބަދަލުކުރި ލިޔުންތައް ވެސް އޭނާ ވަނީ އޭސީސީއާ ހިއްސާކޮށްފަ އެވެ.
"... އެ މުއާމަލާތަކީ އަޅުގަނޑުގެ އާއިލާއިން ދަ ޖީންސްގެ ނަމުގައި ފިހާރައެއް ހިންގި އިރު އަޅުގަނޑުގެ އެއްބަފާ ކޮށްކޮ އަލީ މުބީން ގ. ހާފްސީ މެދުވެރިވެގެން ކޮށްފައިވާ ސައްހަ ކަރަންސީ އެކްސްޗޭންޖްގެ މުއާމަލާތެކެވެ،" މި ސަރުކާރު ހިންގާ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީއާ މިދިޔަ އަހަރުގެ ނޮވެމްބަރު 12 ގައި ސޮއިކުރެއްވި މަހްލޫފްގެ ބަޔާނުގައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބްރާ
19 February 2019
އެެސްއޯއެފްގަވެސް މައްސަލަނެތީމަދޯ ޒިޔަތު ދޫކޮއްލީ. ލޮލް
މިއޮއްހަނާވަނީ
15 February 2019
މަވެސް އެސް.އޯ.އެފް އިން ޑޮލަރުކޮޅެއް ގަންނަން ބޭނުން ލިބޭނެ ބާ!
ރަދީފްް
15 February 2019
ފައިސަލް ނަސީމް، ގައިސަރު ނަސީމަކީ މަހުލޫފްގެ ޅިޔަނުން. ވިލާ ކުންފުނީގެ މެނޭޖަރުން، ބޮޑެތި ވިޔަފާރިވެރިން. އެމީހުން އަތުން ބޭނުން ވަރަކަށް ޑޮލަރު ލިބެން ހުއްޓާ ޑޮލަރ ވިއްކުމުގެ ހުއްދަ ނުވެސް ނެތް އެސްއޯއެފް އާ ޑީލް ކުރާނީ ސިކުނޑީގައި އެއްވެސް ކަހަލަ ތެތްކަމެއް ނެތީމާ. އޮޅުވާލަން އެންމެންވެސް މިކިޔަނީ ޑޮލަރު ގަތީއޭ؟ ވަގަކު ވައްކަން ކޮށްފަ ރެކެވެން އޮއްވާ އެއްބަސް ވާނެތަ؟
ނަަޒޫ
15 February 2019
ކަލެއަށް ކީއްތަ މަހޭ ކޮންމެ މީހެއްގެ އަތުން ޑޮލަރު ގަތަސް؟
ައައްލާބެއްޔާ
15 February 2019
ތިޔަބުނި ލިޔުން އަވަހަށް ސޯސަލް މީޑިޔާގައި ހިއްސާކުރައްވާ؟؟؟؟
ރީލޯޑޭ
15 February 2019
މީހެއްގެ ގައި ހާދަ ވަރަކަށް އެބަކަހައޭ ދޯ؟؟
ކޮމިޝަން
15 February 2019
ކޮމިޝަނުން މަހުލޫފާ ސުވާލު ނުކުރުމަކީ އެކަމުގައި މަހުލޫފުގެ ބައިވެރިވުމެއް ނެތްކަމަށް ނިންމޭނެ ކަމެއްނޫން. މަހުލޫފު ދައްކަންޖެހޭ ވާހަކަތައް އެއޮތީ ސިޓީގެ ޒަރީއާއިން ކޮމިޝަނަށް ހުށައަޅާފަ. ދެން މަހުލޫފާ ކުރަން ޖެހޭ ސުވާލެއް ނޯންނާނެ. ކޮމިޝަނުން ޖެހޭނީ މަހުލޫފު ދެއްކި ވާހަކައަށް ބާރުލިބޭ ހެކި އެހެނިހެން ސޯސްތަކުން ހޯދަން. މަހުލޫފުމެން ސިޔާސީ ދާއިރާގަ އުޅެ މުސްކުޅިވާއިރުވެސް. ކަންތައްތައް ހިނގާ އުސޫލެއް ނޭގެ. އިގެނީ ހަޅޭލަވަން އެކަނި.
ނަޒޫ ނަޒްރާ
15 February 2019
ނުވޭހޭ މާފު ލިބުމެއް މަހޭއަށް ނުވިސްނި ކުރެވުނު ކުޑަ ކުށަކަށް؟ އެހާ ގިނަ ފައިސާއެއްވެސް ނޫނެއްނު؟
ރައީސްބޭބެ
15 February 2019
މަހުފޫލޫ އޭސީސީ އިން ކުރިން އެމް.އެމް.ޕީ.އާރ،ސީ ގެ އެއްވެސް ހިޔާނާތެއްކަމަށް ބުންޏޭ. އެކަމު މިއަދު މިފެންނަނީ އެހެން މަންޒަރެއް. ހަމަ އެއްބައެއް ތިއްބަ އެކި ދުވަހު އެކިގޮތަށް ކަންކަން ބަދަލުވެގެން މިއަންނަނީ. ދެން ހިޔާނާތުގަ ޖެހިފަ ހުރީމަ ތިހާވަރަށް ސޯސިއަލް މީޑިއާ އަށް އެކި ލިޔުންތައް ލަމުން ތިދަނީ. ފޮޓޯ ކޮޕީ ތަކާ އެއްޗެހި ވަރަށް ފެންނަމުންދަނީ. ކަމެއް ނުކުރާނަމަ ތިވަރަށް ނޫޅޭނެ. ފުރިފަ ހުރި އެއްޗެއް ގުޑުދުޑެއް ނާޅާނެ
އަދުލީ
15 February 2019
މައްސަލަ ނުބެލުމަކީ ކުށެއް ނުކުރުމެއް ނޫން. ރައީސް ނަޝީދުގެ އަމުރަށް ގާޒީއަކު ހައްޔަރުކުރިކަން އެންމެންނަށް އިނގޭ. ގާނޫނީ ގޮތުން ގާޒީން ހައްޔަރުކުރަން އޮންނަ ގަވާއިދާ އިދިކޮޅަށް މިކަން ކުރި މައްސަލައިގެ ހުކުމް ބާތިލްކޮށް މައްސަލައަލުން ބަލަންދެން އެހެރީ މިނިވަންކޮށްފަ. މައްސަލަ ނުބެލުމަކީ ކުށެއް ނުކުރުމެއް ނޫން.
ސަވީދު
15 February 2019
މަކައިރީ ބުނިނަމަ .... މަހޭ ތީ ޖިޒީ ނަގާކަމައް މައްސޫރު ބޭފުޅެއް.. ތެޅި ފޮޅޭނެކަމެއް ނެތް .. އިބޫ އައް ރަނގަޅައް އިނގޭނެ ތީ ކާކުކަން