މިސްރުގެ ދީނީ ކަންތަައްތަކާ ބެހޭ މިނިސްޓަރު ޑރ. މުހައްމަދު މުުހުތާރު ޖުމާ (މ) އާއި ރާއްޖޭގެ އިސްލާމިކް މިނިސްޓަރު ޑރ. ޒާހިރު (ވ) އަދި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ބައްދަލުކުރައްވަނީ.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
18 ފެބުރުއަރީ 2019 - 14:36
އަރަބިއްޔާ ސްކޫލަށް ދިމާވެފައިވާ ޓީޗަރުންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުގެ މިނިސްޓަރުންގެ ފެންވަރުގެ ވަފުދެއް މިސްރަށް އިއްޔެ ވަޑައިގެންފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ރޭ ކުރި ޓްވީޓުގައި ބުނީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އަދި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ގާހިރާ އަށް ވަޑައިގެންފައިވާ ކަމަށެވެ.
އެ ގައުމަށް ވަޑައިގެން ސަރުކާރުގެ ވަފުދުން ވަނީ ދީނީ ކަންތައްތަކާ ބެހޭ މިނިސްޓަރު ޑރ. މުހައްމަދު މުހުތާރު ޖުމާ އާއި މިސްރުގެ މުފްތީ ޑރ. ޝައުކީ އިބްރާހިމް އައްލާމްއާ ބައްދަލުކުރައްވައިފަ އެވެ.
އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ޝުޖާއު އަބްދުލްރަހީމް މިއަދު ވިދާޅުވީ އަޒްހަރު ޓީޗަރުން ނުލިބި ލަސްވާތީ ކޮންޓްރެކް އުސޫލުން މިސްރުން ހައެއްކަ ޓީޗަރުން ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރެއިން އެކަކު މިއަދު އަންނާނެ ކަމަށް ވިދާޅުވި އެވެ.
"މި ހަފުތާގެ ތެރޭގައި ޓީޗަރުން ގެނައުމުގެ މަސައްކަތް ކުރަމުން އަންނަނީ،" ޝުޖާއު ވިދާޅުވި އެވެ.
Meeting with Dr. Shawki Ibrahim Allam, Grand Mufti of Egypt. @aisthly @AhmedZahirAli @alixahir @MVIaffairs pic.twitter.com/n42QVAWzTd
— Ministry of Education (@EducationMV) February 17, 2019
އަޒްހަރު ޔުނިވާސިޓީން، އަރަބިއްޔާ ސްކޫލަށް މި އަހަރު ފޮނުވަން ހަމަޖެއްސި ގިނަ ޓީޗަރުން އަދިވެސް ނުލިބޭތީ ސްކޫލުގައި ކިޔަވައިދިނުމަށް ދަތިތަކާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ. މި އަހަރު 22 ޓީޗަރުން ފޮނުވަން ހަމަޖައްސާފައި ވިޔަސް މިހާތަނަށް ރާއްޖެ އައީ ހަތަރު ޓީޗަރެކެވެ.
އެ ޓީޗަރުން ނުލިބޭތީ އަރަބިއްޔާގައި ކިޔަވައިދެނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އަދި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ލެކްޗަރާއިންގެ އެހީގަ އެވެ. އެގޮތުން އެމްއެންޔޫގެ 18 ލެކްޗަރާއިން ކިޔަވައިދެމުން އަންނައިރު އައިޔޫއެމްގެ ވެސް ހަތަރު ވަރަކަށް ލެކްޗަރާއިން ކިޔަވައިދެ އެވެ. އަންނަ އާދިއްތަ ދުވަހު އެމްއެންޔޫގެ ކިޔެވުން ފަށާއިރު، އޭގެ ކުރިން ޓީޗަރުން ނުލިބިއްޖެ ނަމަ ވަރަށް ދަތިތަކާ ކުރިމަތިވާނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ.
މިިދިޔަ މަހުގެ 17 ވަނަ ދުވަހު އަޒްހަރު ޔުނިވާސިޓީން އަންގާފައިވަނީ، ޓީޗަރުން ފޮނުވުމަށް އަދި މަހެއް ނަގާނެ ކަމަށެވެ. ނަމަވެސް އިއްޔެ އެ މުއްދަތު ހަމަވިއިރު ވެސް އެކަމާ ގުޅޭ އިތުރު މައުލޫމާތެއް ނުލިބޭ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒާޔާ
18 February 2019
ބަލަ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވި ހުރިހާ ސްކޫލަކށް ޓީޗަރުން ހަމަވެއްޖެއޭ ކިހިނެއް މިވީ އަރަބިއްޔާ ސްކޫލަކަށް ނުވަނީބާ! ކަމަނާ އޮޅުވާލި ޔަސް ތިޔައީ ދެން ބޮޑުވަރު
އަލީ ރާޖާ
18 February 2019
މިޞްރުން ޓީޗަރުން ލިބިދާނެ ކިތަންމެ ގިނަ އަދަދަކަށް ވެސް. އެކަމަކު މުއާދަލާ ކިޔާ އެއްބަސް ވުމެއް އޮވޯ ދިވެހި ދަރިވަރުންނަށް އަޒުހަރު ޔުނިވަރސިޓީން ހިލޭ ކިޔަވައި ދިނުމުގެ. އޭގައި ބުނެފައި އޮންނަނީ މިސްރު ސަރުކާރުން ފުނުވާ މުދައްރިސުންނޭ ކިޔަވައިދޭން ޖެހޭނީ. މިފަހުން އެއުސޫލުގެ ދަށުން އައި ބައެއް މުދައްރިސުން އެތައް އިރަކު އެއަރޕޯޓުގައި މަޑު ކުރުވާފައި އަނބުރާ ފުނުވާލި ހިސާބުން މިމައްސަލަ ކުރިމަތިވީ.