ކުރީގެ ރައީސް މައުމޫން: އެމަނިކުފާނުގެ އާ ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދަ އީސީން ވަނީ ދީފައި. --ފޮޓޯ/މިހާރު
19 ފެބުރުއަރީ 2019 - 13:43
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އާ ޕާޓީ، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ނަމުގައި އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ދީފި އެވެ.
މައުމޫންގެ ފަރާތްޕުޅުން އެމްއާރުއެމްގެ މުއައްސިސްގެ ގޮތުގައި ނަން ހުށަހެޅުއްވި ހަޔަ އެޑިއުކޭޝަން މިނިސްޓަރު އިބްރާހިމް ހަސަންއާ، އީސީން މިއަދު ވަނީ ޕާޓީ އުފެއްދުމުގެ ހުއްދަ ހަވާލުކޮށްފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ޕާޓީގެ ބޭނުމަކީ މައުމޫން ފައްޓަވާފައިވާ އިސްލާހީ މަސައްކަތްތައް ކުރިއަށް ގެންދިއުމެވެ. އޭގެއިތުރުން ޕާޓީގެ އެއް މަގްސަދަކަށް ވާނީ، ސިޔާސީ ޕާޓީތައް ގުޅިގެން އެކުލަވާލި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކޯލިޝަން ސަރުކާރު ދެމެހެއްޓުން ކަމަށް ވިދާޅުވި އެވެ.
ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމާ އެކު ދެން އޮންނާނީ ސައްހަ 3،000 މެމްބަރުން ހަމަކުރުމެވެ. އެ އަދަދު ހަމަވުމުން ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ފުރުސަތު ފަހިވީ އެވެ. ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްދޭނީ އެ ޖަލްސާ އަށް ފަހު ގާނޫނީ ކަންކަން ފުރިހަމަވުމުންނެވެ.
މައުމޫންގެ އާ ޕާޓީ އުފެއްދުމުގެ ހުއްދައާ، އިބްރާހިމް ހަަސަން ހަވާލުވެވަޑައިގަންނަވަނީ. --ފޮޓޯ/ސޯޝަލްމީޑިއާ
ގިނަ ދުވަސްތަކެއް ވަންދެން މައުމޫނާ އެކު ސަރުކާރުގައި މަސައްކަތް ކުރެއްވި އަބްދުﷲ ކަމާލުއްދީން ވިދާޅުވި ގޮތުގައި މައުމޫންގެ ފިކުރު އުފެދުނީ މިއަދަކު ނޫނެވެ. އެ ފިކުރަކީ މީގެ 49 އަހަރު ކުރިން 1970 ގައި އުފެދިފައި އޮތް ފިކުރެއް ކަމަށާއި އެކި ދުވަސްވަރު ދިމާވަމުން އައި ކަންކަމާ ގުޅިގެން އެ ފިކުރު ވަރަށް ބޮޑަށް ރޫޅިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
"އަލަށް އުފެދޭ ޕާޓީގެ މަގްސަދަކަށް ވާނީ ރޫޅިވިހާލި ވިއްސިވެގެން ގޮސްފައިވާ ބައިތައް ވެސް އެއްކޮށް، އަނެއްކާވެސް އަޅުގަނޑުމެން އެންމެން އެކީގައި ވަރަށް ވަރުގަދަ ފިކުރެއްގެ ގޮތުގައި އެމްއާރުއެމްގެ ފިކުރު ކުރިއެރުވުން،" ކަމާލުއްދީން ވިދާޅުވި އެވެ.
ޕީޕީއެމަށް ދޫކޮށްލައްވައި، އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތްޕުޅު މައުމޫން ފެއްޓެވީ ޕީޕީއެމަށް ކުރިމަތިވި ގާނޫނީ މައްސަލަތައް ޝަރީއަތުން އެމަނިކުފާނާ އެއްކޮޅަށް ނިމޭނެ ކަމުގެ ޔަގީންކަން ގެއްލުމުންނެވެ. އެ ޕާޓީ ދޫކޮށްލަން މައުމޫނަށް ޖެހިވަޑައިގަތީ، ކޮއްކޯފުޅު، ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ދެމެދު އުފެދުނު މައްސަލަތަކުގަ އެވެ.
ޕީޕީއެމްގެ ރައީސް ކަމުން އެމަނިކުފާނު ދުރުކޮށް، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ޕީޕީއެމްގެ ޚާއްސަ ކޮންގްރެސް ސައްހަ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ އިރު، ޕީޕީއެމް ހިންގުން މައުމޫންއާ ހަވާލުކުރަން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށް ވެސް ސުޕްރީމް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.
އެމްއާރުއެމްއަކީ މައުމޫން އުފައްދަވާ ތިން ވަނަ ސިޔާސީ ޕާޓީ އެވެ. ސިޔާސީ ޕާޓީތައް އުފެއްދުމުގެ ހުއްދަ ގާނޫނަކުން 2005 ގައި ދިނުމުން އެމަނިކުފާނު އުފެއްދެވީ ޑީއާރުޕީ އެވެ. އެ ޕާޓީގެ ހިންގުމުގައި، އޭރު ހުންނެވި ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީއާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކާ ހެދި އުފެއްދެވީ ޕީޕީއެމް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިލްސް
20 February 2019
30 އަހަރުން ވެސް ނުފުދުނީތޯއްޗެ.
އަބްދުﷲ
20 February 2019
ރައީސް މައުމޫނާއި އެހެނިހެން ސިޔާސީ ބޭފުޅުން ވަރަށް ތަފާތު. މައުމޫނު ބޭނުންވާނެ ރިޔާސީ ދައުރު ނިމުމުގެ ކުރިން ސަރުކާރު ނިއްމާލަން އެހެޔޮ ގައުމަށް ކިތަންމެ ބޮޑު ގެއްލުމެއް ލިބުނަސް. އެކަމަކު އެހެން ބޭފުޅުން 5 އަހަރުގެ ދައުރެއް ނިމެންދެން ކެތް ކުރުމުގެ ގާބިލުކަން ހުރޭ. ވެދާނެ އުމުރު މަތިވީމަ ސިޔާސީ މަންފާއަށް ވަގުތު ނެތް ކަމަށް ހީފުޅު ވަނީ ކަމަށް ވެސް. ވަﷲ އައުލަމް.
ބުރީފްކޭސް
20 February 2019
ކިތައްމެ ޑިމެކްރެޓިކްވިޔަސް ރނަޝީދާ ވާދަކޮއްގެނެ ރޔާމީނާ ގާސިމުގެ ތާއިދުނެތި ހުވަފެނުގަވެސް ވެރިކަމެނުފެންނާނެ އިންތިހާބެއްގަ ރނަޝީދާ ވާދަކޮއްލަބަލަ އެކަނި ނުކުމެ ކިތައްޕަސެންޓް ލިބޭތޯ. ވޯޓުދޭންތިބީ އަހަރެމެން އަހަރެމެންނެތިން ގައްދާރުންނަ ވޯޓުދޭކަށް މޑޕ މީހުން ނުދޭނެ ވޯޓެ ކިތައްމެ ސަނާކިޔަސް މާރީވެސްނުދޭނެ އެހީވާން މިތިބީ މޑޕ ނޫންމީހުން މިމީހުންބޭނުމެނޫން ގައްދާރުންނަ ވެރިކަންދޭކަށް. 30އަހަރުން ފުދިއްޖެ. ރނަޝީދަށް ވޯޓުދިނަސް ތިކޮޅަކަށް ވޯޓެނެތް
ރަތްލާޖެހި ޕިންކީ
19 February 2019
މައުމޫނު އެމްޑީޕީ އާ ވަތް ނުކަނޑާހާ ހިނދަކު މަށާ ޢާއިލާއާ ރައްޓެހިން ހިމެނޭގޮތަށް 17 މީހުން ޔާމީނު ދޫކޮށް ތިޔަ ޕާޓީއަކަށް ނުދާނަން! އެހެންނޫނަސް މައުމޫން ނަގާ ކިޔަންހުރެ ބާކީތިބި ހުރިހާ ސިޔާސީ މީހުންނާ ބައިވެރިވެގެން ކޮއްކޮ ވެރިކަމުން ބާލުވާފައި މަކަރުވެރި އެމްޑީޕީ އާ ހަވާލުކުރުމުން ކުށެއްގާ ނުވެސް ބެދެނީސް ޖަލަށް ލީމާވެސް ވަޒީފާޔާ އަމިއްލަ އެދުމައިގެން އުޅޭ މަދު މީސްކޮޅެއް ފިޔަވާ ތިޔަ ޕާޓީއަކަށް ނުވަންނާނެ!
ނަޝްވާ ނަސީމު/ޔުނިވަރސިޓީ
20 February 2019
މައުމޫނުގެ ހަރުދަނާ ސިޔާސަތަށް ޝުކުރުކުރަން. ޔމިނުއާއި ދެކޮޅަށް ނިކުތީ އޭނާ މުޅިގައުމު ވައްކަމާއި އަނިޔާގެ ކިއްލައަކަށް ހެދުމުން. މައުމޫނަކީ ގައުމުދެކެ ލޯބިވާ އަދި މިހާރުވެސް އެގޮތުގައި ހުންނެވި ތަޖުރިބާކާރެއް.. ރާއްޖޭގެ ރައްޔަތުން އެއްމެ ބޮޑަށް ތާއި ދުކުރަނީ ރައީސު ނަޝީދުއަށް، 2 ވަނައަށް ރައީސު އިބޫއަށް 3 ވަނައަށް ރައީސު މައުމޫނު އަށް 4 ވަނައަށް ޝޭޚު އިމުރާނު މީގެ އިތުރުން ލީޑަރަކަށް ވާ ލީޑަރެއްނެތެއްނޫންތޯ..ދެންތިބީ އަމިއްލައަށް މަމޮޅުކިޔާމީހު
ރަތްލާޖެހި ޕިންކީ
20 February 2019
ހެހެހެ "ނަޝްވާ ނަސީމު/ޔުނިވަރސިޓީ" އެހެންވީމާ ދޯ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ޔާމީނު އެކަނި 90،000 ވޯޓްއަށް ވުރެ މަތިން ހޯދާ، ތިޔަ ބުނާ 4 މީހުންގެ މީހަކަށް އެވްރެޖް 38،000 ވޯޓް ލިބުނީ؟ މާނައަކީ ތިޔަ ބުނި ހަރުދަނާ ލީޑަރު ލައިގެން ބާކީ ތިބި ތިން މީހުންނަށް ވުރެ އިތުރަށް 2.4 މީހުން ޔާމީނަށް ސަޕޯޓްކުރެޔޭ! ތިޔަ ކިޔަވަނީ ކޮންކަހަލަ ޔުނިވަރސިޓީއަކުން؟ މިވަރުގެ ފެކްޓް ބޭސްޑް އެކަޑަމިކް އެނަލިސިސް އެއްވެސް ހަދާލަން ނޭގުނު ވިއްޔާ!
ޝިޔާޒާ ނަސީމު/ޔުނިވަރސިޓީ
20 February 2019
90000 ހާސް ލިވުނީ ޑރ. ޝަހީމުއަށް އެކަން ހަނދާންކުރޭ.
ބުރަކި
19 February 2019
މަނިކުފާނުވެސް ހިއްވަރުދެއްވަނީ އަނިޔާވެރިކަމައްތޯ އަޅުގަނޑުމެންހީކުރީ އިސްލާޙައްކަމައްމަސައްކަތްކުރައްވާނީ
ޙިނި
19 February 2019
ޑިމޮކްރަޓިކް ވާނެބާ ތިޔަ ހަދާ ޕާޓީ.
ޝޮކްތެރަޕީ
19 February 2019
މީ ހުރިހާވެސް ނުބަޔަކީ. އަމިލްލަ އެދުން އިސްކުރީ.
ބައިރޯ
19 February 2019
ފާޓީ އުފެއްދުމުން އެކެއް
ސަތާރަ
19 February 2019
މިފަހަރު މީ މައުމޫނުގެ ފަހު ޕާޓީ. މައުމޫމުގެ ނަން ބޭނުންކޮށްގެން ޕާޓީއެއް އުފެއްދުމުން ދެން އެޕާޓީ ޖަހައިގަނެވޭނެ މީހަކު ނުހުންނާނެ މައުމޫނުގެ 4 ބޭފުޅުން ފިޔަވާ.
އާއިޝަތު ޝައުނާ ނަސީމު/ޖޭޕީ
20 February 2019
ސަތާރަ/// ހޭހޭ!!! ސިޔާސީ ޕާޓީ ތަކަކީ ޕުރައިވެޓު ލިމިޓެޑު ކުންފުންޏެއް ހިނގާ ގޮތަށް ހިނާއެއްޗެއްނޫން. ވިމާ އެއްވެސް މީހަކަށް ވަކި ޚާއަސަ ކަމެއް ޕާޓީގެ ތެރޭގައި ނޯންނާނެ އެވާހަކަ ބެއްޔާއަށާއި ދައިތާ މެންގެ ސަމާލުކަމަށްޓަކައި ގެނަވުނީ...އާދެ! އަހަރުމެންގެ މުސްކު:ޅީންގެ ޕާޓީ ޖޭ ޕީ ނުވަތަ ޖޭ ޕީ މީގައި ސޭޓުގެ ނުފޫޒު ގަދަ ކުރަން އުޅުނެއްކަމަކު އެކަން ސޭޓަށް ނުވެފައި އެއޮތީ ސަވަބެއްނެތިއެއްނޫން..ސޭޓވެސް ޖެހޭނީ ދުރަށްދާން. އެނޫނީ އިތުރަށް ބޭޒާރު ވާނީ
ކާފަ
19 February 2019
ގޯތިކުދިންނާ އައުލާދު ކުދިން ޕާރޓީ ހައްދަވައިގެން ދޮށީ ބޭފުޅާ ދިވެހި ސިންގާސަނާގަ ރެނދެލިކުރެއްވުމުގެ ހުވަފެންފުޅުގެ ފުރަތަމަބާބު.
އަސޭލާ
20 February 2019
ނުވާނެ ތިކަމެއް