މަޖިލީސް އިންތިޚާބުގައި ޕާޓީތަކުން އެކުގައި ވާދަކުރުމާ ގުޅޭ ގޮތުން ސިޔާސީ ލީޑަރުން ބޭއްވި މަޝްވަރާއަކަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ/މިހާރު
22 ފެބުރުއަރީ 2019 - 00:27
އެންމެ އަމިއްލަ އެދުން ބޮޑު ލީޑަރަކީ ރާއްޖެ އަށް ބަރުލަމާނީ ނިޒާމު ގެންނަން 'މަސައްކަތް ކުރައްވާ ބޭފުޅާ' ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމްގެ މަޖިލިސް ކެމްޕެއިން ފެށުމަށް ބޭއްވި ޖަލްސާގައި އެއްވެސް ލީޑަރެއްގެ ނަން ގާސިމް ވިދާޅުނުވި ނަމަވެސް ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަން ބަދަލުކުރަން މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތު އެޅިފައި ވަނީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އިސްތަށިފުޅުގަ އެވެ. ނަޝީދަކީ ބަރުލަމާނީ ނިޒާމަށް ފާޅުގައި ތާއީދު ކުރައްވާ ބޭފުޅެއް ކަމަށް ވާއިރު، މި ފަހަރުގެ އާންމު އިންތިޚާބުގައި އެމަނިކުފާނަށް ކާމިޔާބު ލިބިވަޑައިގެން އަދި އެމްޑީޕީ އަށް ގިނަ ގޮނޑިތަކެއް ނެގިއްޖެ ނަމަ ނަޝީދާއި އެމްޑީޕީން އިސްވެ ވެރިކަމުގެ ނިޒާމު ބަދަލުކުރާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ބައެއް އިސްވެރިން ގެންދަވަނީ ވިދާޅުވަމުންނެވެެ.
މިރޭގެ ޖަލްސާގައި ގާސިމް ވިދާޅުވީ، އެންމެ އަމިއްލަ އެދުން ބޮޑު ލީޑަރަކީ ކާކުތޯ ބަލަން ބަޔަކު "ޕޯލެއް" ނަގަން އުޅޭ ކަމަށެވެ. ޕޯލްތަކުން ކަނޑައަޅާ ކަނޑައެޅުމަކީ ރައްޔިތުންގެ ނިންމުން ނޫން ކަމަށާއި އަމިއްލަ އެދުން ބޮޑު ލީޑަރު އެނގިވަޑައިގަންނަވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
ނަމަވެސް އެއްވެސް ބޭފުޅެއްގެ ނަމެއް ގާސިމެއް ވިދާޅެއް ނުވެ އެވެ.
"އަމިއްލަ އެދުން ބޮޑު ލީޑަރަށް ވާނީ ބަރުލަމާނީ ނިޒާމެއް ގެންނަން އުޅޭ ލީޑަރު ނޫންތޯ. އެއިރުން ރައީސުލްޖުމްހޫރިއްޔާ އާއި މިނިސްޓަރުންނާ މި ހުރިހާ އެންމެން ދާނީ އެ ބަރުލަމާނީ ނިޒާމުގެ ތެރެއިން އަމިއްލަ ޖީބަށް ނޫންތޯ،" ނަޝީދަށް ނުސީދާކޮށް އަމާޒު ކުރައްވައި ގާސިމް ވިދާޅުވި އެވެ.
މި ސަރުކާރުގެ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އަށް އިޝާރާތް ކުރައްވައި އެމަނިކުފާނު ވިދާޅުވީ، ބަރުލަމާނީ ނިޒާމެއް ގެންނަން އުޅުނަސް އެކަން ނުކުރެވޭނެ ކަމަށެވެ. އަދި އެއީ ރައްޔިތުންނަށް ފައިދާވާނެ ގޮތް ނޫން ކަމަށް ވިދާޅުވި އެވެ.
"ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ވެސް އޮންނަން ވާނީ ކޯލިޝަން އަށް. ކޯލިޝަން ނުހިމެނޭ ގޮތަށް ވަކި ބަޔަކަށް މެޖޯރިޓީ ދިނުމަކީ ހެޔޮވާވަރުގެ ކަމެއް ނޫން،" ގާސިމް
"ޖުމްހޫރީ ނިޒާމު ކަމުނުދާނެއޭ މި ބުނަނީ ކޮން ބައެއްގެ އަމިއްލަ އެދުން ބޮޑުވެގެންތޯ އަމިއްލަ އަށް ވިސްނާލަން ޖެހޭ. އާދެ، ބަރުލަމާނީ ނިޒާމެއް އައީމާ ހުރިހާ އެއްޗެއް ތިމާމެންގެ މުށުތެރެއަށް އަންނާތީ އެކަން ކުރުމުގެ ބޭނުމުގައި މިކަން މިއޮތީ. އެކަމަކު ދިވެހި ރައްޔިތުން އެހާ މޮޔަހެނެއް ހިއެއް ނުވޭ،" ރައްޔިތުންގެ މަޖިލިހުގެ ރައީސް ގާސިމް ވިދާޅުވި އެވެ.
ޕޯލްތައް ހަދައިގެން ނަތީޖާ ނެރުމަކީ ބަޔަކު ކުރާ ވިޔަފާރިއެއް ކަމަށާއި އެފަދަ މޮޔަ ކަންކަން ނުކުރުމަށް ގާސިމް އިލްތިމާސް ކުރެއްވި އެވެ. އެކަން ކުރަން އުޅެނީ "ފަސްކުޅަނދު މަދު" މީހުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ގާސިމް ވިދާޅުވި ގޮތުގައި، މީގެ ކުރިން ބޭފުޅަކު ދޭ ލިސްޓަކަށް ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން އިންތިޚާބު ކުރި ނަމަވެސް މިހާރު އެ އުސޫލު ވަނީ ބަދަލުވެފަ އެވެ. އޭޕްރީލް ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބައި ހޮވާ ބޭފުޅުންނަކީ އެ ބޭފުޅެއްގެ ހިދުމަތާއި ތަޖުރިބާ އަށް ބަލައި ރައްޔިތުން ހޮވާނެ މެމްބަރުންނަށް ވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ގާސިމް މިރޭ ވެސް ވިދާޅުވީ، އެއް ޕާޓީއަކަށް މަޖިލީހުގެ އަޣުލަބިއްޔަތު ލިބެން ނުޖެހޭ ކަމަށެވެ. މި ސަރުކާރު ގެނައީ ކޯލިޝަނަކުން ކަމަށް ވާއިރު ސަރުކާރު ދެމިއޮންނަން ވާނީ ވެސް ކޯލިޝަންގެ ތެރޭގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ވެސް އޮންނަން ވާނީ ކޯލިޝަން އަށް. ކޯލިޝަން ނުހިމެނޭ ގޮތަށް ވަކި ބަޔަކަށް މެޖޯރިޓީ ދިނުމަކީ ހެޔޮވާވަރުގެ ކަމެއް ނޫން،" މާމިގިލީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން އަމާނާތްތެރިކަމާ އެކު ވަކި ޕާޓީއަކާ މެދު ތަފާތު ކުރުމެއް ނެތި ކަންކަން ކުރުމަށް ވެސް ގާސިމް އިލްތިމާސް ކުރެއްވި އެވެ.
ގާސިމާއި އެމްޑީޕީން މި ފަހުން ދެބަސްވީ، މަޖިލިހުގެ ހުރިހާ ދާއިރާއަކަށް ވަކިން ވާދަކުރަން އެމްޑީޕީން ނިންމުމުންނެވެ. އޭގެ ފަހުން، ގާސިމް ގެންދަވަނީ އެ ޕާޓީ އަށް ބަހުގެ ހޫނު ހަމަލާތަކެއް ދެއްވަމުންނެވެ. އަދި އެމްޑީޕީގެ ސަޕޯޓަރުންގެ ފާޑުކިޔުންވެ ސް ވަރަށް ބޮޑަށް ގާސިމަށް އަމާޒުވެފައިވެ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކުރައްވައި އެ ފައިސާ ލޯންޑާ ކުރެއްވި ކަމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ކުރީގެ ރައީސް ޔާމީން ޖަލަށް ލާފައިވާއިރު ގާސިމް މިރޭ ވިދާޅުވީ ރައީސްކަން ކުރައްވާ ކޮންމެ ބޭފުޅަކު ޖަލަށްލުން އާއްމުވެފައި ވުމަކީ ވިސްނާލަން ޖެހޭ ކަމެއް ކަމަށެވެ.
"މި ސަބަބުތަކާ މެދު އަޅުގަނޑުމެން ވިސްނާލަން ޖެހޭ. ހަމަ ރަނގަޅަށްތޯ މިކަން މިދަނީ. މާދަމާ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާނެ ބޭފުޅަކު ނުވާ ހިސާބަށް ހިނގައިދާނެ ކަމާ މެދު އަޅުގަނޑުމެން ވިސްނާލަން ޖެހޭ،" ޔާމީން ޖަލަށްލުމުން ކަންބޮޑުވުން ފާޅުކުރައްވައި ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވި ގޮތުގައި ރާއްޖޭގައި ރައީސްކަން ކުރައްވާފައިވާ ބޭފުޅުން ޖަލަށްލުމުން އެމަނިކުފާނު އުފާފުޅެއް ނުވެ އެވެ. ގާސިމް ވަނީ ޔާމީން ހައްޔަރުކޮށްގެން އުފާފާޅު ނުކުރަން ޖުމްހޫރީ ޕާޓީގެ މެމްބަރުންނަށް އަންގަވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޭޓުބޮލަށް-ގޮން
17 March 2019
ކޮމެންޓުތައް ކިޔާލުމުން ސިޔާސީ މަޝްރަހުގައިވެސް ގިނަ ދިވެހިންނަކީ އަމިއްލައަށް ކަންކަމާއި ނުވިސްނާ އެހެންމީހުންގެ ހިޔާލުތަކުގެ ތެރެއިން ރަނގަޅު ހިޔާލަކަށް ތާޢީދުކުރާ ބައެއްކަމަށް ބެލެވޭ.. އެހެނަސް "ކުޑަމަނިކު"ގެ ކޮމެންޓު ކިޔާލުމުން އަމިއްލަ ސިކުނޑިން ވިސްނާމީހުން ތިބިކަން އެނގިއްޖެ.. އަހަރެން ނަޝީދަކަށްވެސް ޔާމީނަކަށްވެސް އަދި ޕާޓީއަކަށްވެސް ތާޢީދެއް ނުކުރަން. އެކަމު އިންކަމް ޓެކްސް ނެގުން ފަދަ ޤަޢުމަށް ފައިދާހުރި ކަންކަމަށް ތާޢީދުކުރަން. ވިސްނާ
ސަޅި
10 March 2019
މިފަހަރުގޯހީނަސީދު
ކަލަ
23 February 2019
ބަރުލަމާނީ ނިޒާމު ގެންނާނެ ގޮތަށް ކަންކަން ފަހިކުރަން ނޫންނަމަ މަޖްލިސް މެޖޯރިޓީ އެމްޑީޕީއަށް ހޯދަން ގޮވަނީ ކީއްކުރަން؟ އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާއެއް މަޖްލިހުގެ މެމްބަރަކަށް ވާން އުޅެނީ ކީއްކުރަން؟ ކުރިމަތިލައިގެން ރައީސްކަމަށް ނާދެވޭނެކަން ޔަގީންވެ ގޮތްހުސްވުމުން އެއްކައިރިވެލާފަ އެހެން މީހަކަށް އެ ޖާގަދިނީ ވަގުތީ ގޮތުންކަން ޔަގީންވަނީ މިވީހާ ތަނަށް ވެރިކަމަށް އައުން ނޫންކަމެއް ކުރަން ނޫޅޭތީ.
ހޯނު
23 February 2019
ރީތިކޮށް މަޑުން ހުންނަން ދަސްކޮށްބަލަ. ހަޅޭއްލަވާވަރަކަށް ކަންނުދަންނަކަން ހާމަވާތީ ހެޔޮއެދިގެން މިބުނީ.
ކުޑަމަނިކު
23 February 2019
ހަގީގަތުގައި ބަރުލަމާނީ މައްސަލައެއް ނޫން މިއުޅެނީކީ! އިންކަމް ޓެކްސް ނަގާ ވާހަކަ ދެކެވޭތީ ގާސިމް އާއި އެހެނިހެން ބައެއް މަހުޖަނުންނާއި ވިޔަފާރިވެރިން ހާސްވަނީ! ކުރީދުވަހަކު ބުނީ އިންކަމްޓެކްސް ނަގަން ފަށައިފިއްޔާ ރާއްޖޭގެ އިންވެސްޓްމެންޓްތަށް ދަށަށް ދާނޭ! އެމީހުން ބޭނުމެއް ނުވާނެ އެމްޑީޕީގެ މަޖްލިސް މެޖޯރިޓީއެއްގައި އިންކަމް ޓެކްސް ބިލްއެއް ފާސްކުރުވާކަށް! އެކަން ހުއްޓުވޭތޯ މަޖްލިސް ވޯޓް ހޯދަން މިކިޔަނީ ބަރުލަމާނީއޭ، މެޖޯރިޓީއޭ، ގައުމޭ ދީނޭ!!
ފަސީ
23 February 2019
ސާބަހޭ ގާސިމް. ވެރިކަން ހޯދުމުގެ އެދުމުގައި ތިކުރައްވާ ހިތްވަރަށް
ޙަސަންދީ
23 February 2019
ބަރުލަމާނީ ނިޒާމަކީ ޤާސިމާއި ރ.ނަޝީދައް ގެނެވޭނެ އެއްޗެއްނޫން އެއީ ރަށްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން ކުރެވޭނެ ކަމެއް، ޤާސިމައް ވެގެން އުޅޭ ގޮތަކީ އެޕާޓީ ތެރޭގައި ވެރިކަމާއި ހެދި މޮޔަވާ ދެމީހަކާއި އަދި ޚުދު ޤާސިމްވެސް ވެރިކަންނުލިބިގެން އުޅުން ދެވަނަ ގޮތަކީ އެމްޑީޕީ އައް މެޖޯރިޓީ ލިބުމުން އިންކަމްޓެކުސް ނަގާނެކަން ޔަޤީންވާތީި ސިިޔާސީ ގޮތުން ރަށްޔިތުން އޮޅުވާލަން އުޅެނީ .....
ސައީދުތުރީ
23 February 2019
އަމިއްލަ އެދުންބޮޑުމީހުން އެނގޭ ފުރަތަމަވެސް ވެރިކަމައްއަރާ ރަށްޔަތުންގެ އިންގީނުގެތަށް ފާޑެއްގެ ކުންފުންޏެއްގެ ދަށުންއަތުލީ އަދިއަދަށްވެސް ރަށްޔަތުންނަށްބިދަލު ދިންކަމެއްއެގިފައެއްނެތް ދެން ރާށްޖޭގަ އޮތް ފައިސާވަންނަ ކުންފުންޏެއްއޮތީވިއްޔާ ބޭރުބަޔަކަށް ހިބައިން ކަހަލަގޮތަކަށް ދިނީ ދެން ރަށްޔަތުން އަޅުވެތިކުރަން ޓާޓާކުންފުންޏަށް މާލޭގެ ބިންތައް ފުލެޓްގެ ނަމުގައި ރިއަލްސްޓޭޓް ބިޒްނަސް ކުރަންދިނީ ދެން ބިޑަކާނުލާ ފަޅުރަށްތަކެއް ބަޔަކަށްދިނީ މިހެނގސ
ނައީމް
23 February 2019
ރިޔާސީ ނިޒާމެއްގަ ރައީސުލްޖުމްހޫރީއްޔާކަން ފަޅިކޮށްގެން ސަރުކާރުތެރެއަށް އެހެންޕާޓީތަކަށް ވަދެވޭތަ. ބަލަ ވެރިކަމުގެ ހުވާކުރާ މީހާގެ ބާރު ނުހިނގާގޮތަށް ވުޒާރާތަކަށް ގާސިމްބޭނުން މީހުން ލައިގެން ތިއުޅެނީ ކޮންބޭނުމެއްގަ. އެދުމެއްނެތްނަމަ ކޯލިޝަންގެ އެއްބަސްވުން ހާމަކޮށްބަލަ.
ރީތި މޫސަ
23 February 2019
ނަޝީދު ވެރިކާހެދިއުޅޭވަރު މިއެނގެނީ ހަމަމީގެ މީހެއް މައުމޫނަކީވެސް މިދެމީހުންނާ ހުރެ މިޤައުމަކު ލާހިކެއްނޫން އެހެންމީހަކަށް ވެރިކަންކުރާކަށް ތީދެން މިޤައުމުގެ ހަލާކު