25 ފެބުރުއަރީ 2019 - 21:18
އައްޑޫ ހިތަދޫގައި، ރޭ ފަތިހު ތޫނު އެއްޗަކުން އިންޑިއާގެ މީހަކަށް ހަމަލާދީ ޒަހަމްކޮށްލި މައްސަލާގައި ތިން މީހަކު މިރޭ ހައްުޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން މިރޭ އިރާކޮޅު ހައްޔަރުކުރީ އުމުރުން 24 އަހަރުގެ ދެ ފިރިހެނަކާއި 18 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެއީ ކޮން ގައުމެއްގެ ބައެއް ކަމެއް ފުލުހުން ނުބުނެ އެވެ.
ބިދޭސީ މީހާގެ މޫނަށާއި ބޮލަށް ދިން ހަމަލާއާ ގުޅިގެން ފަރުވާ ދެމުން އަންނަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. ފުލުހުން ބުނި ގޮތުގައި ރޭ ފަތިހު 4:00 ހާއިރު ބަޔަކު ހަމަލާ ދީފައި ވަނީ ހިތަދޫގައި ދިރިއުޅޭތާ ގިނަ ދުވަސްތަކެއް ވެފައިވާ އިންޑިއާގެ ފިރިހެނަކަށެވެ. އޭނާ އަށް ހަމަލާ ދީފައި ވަނީ ބައިސްކަލެއްގައި އެ ރަށުން ބޮޑުމަގުން ދަނިކޮށް ކަމަށް ވެސް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަނުހުންނަ މީހާ
26 February 2019
ފުލުހުންނަށް އިލްތިމާސެއް. ގޭންގުތަކާމެދު ހަރުކަށިވެދީބަލަ އެޑިއުކޭޝަންނަށް އިލްތިމާސެއް. ދަރިވަރުންގެ އަހުލާގީފެންވަރު ރަގަޅުކޮށްދީބަލަ. ތިބޭފުޅުން އިންކުލޫސިވް އެޑިއުކޭޝަން ތަޖުރިބާކޮށްފި، މުޖުތަމައު ވީ ހަލަބޮލި ތިބޭފުޅުން ކޯޕަރަލް ޕަނިޝްމެންޓް ދިނުން ގާނޫނަކުން މަނާކޮށްފި، މުޖުތަމައުވީ ހަލަބޮލި. މިހާރު ގަބޫލުކުރަންވެޖެ ނޫންތޯ ކަރިކިއުލަމަށް ގެނެވޭ ބަދަލުތަކުން ކުރަނީ ގޯސްއަސަރުތައްކަން.
،މުބީނު މޫސާ
26 February 2019
މިހާރުދެން ގާނޫނުތަށް ބަދަލުކޮށްގެން ނަމަވެސް މާރާމާރީއާއި ވައްކަން ހުއްޓުވަންވެއްޖެ، އަދި އެކްސިޑެންޓްތަށްވެސް މަދުވާނެގޮތަކަށް ކަންކަން ރާވައި ހިންގަންވެއްޖެ
ތައްލޫޖީޒް
25 February 2019
މި ޤައުމަށް މި ވަނީ ކިހިނެއްތަ؟ ކަޓިންބޯޑާއި ކުނިކޮތަޅާއި ލަކުޑިބުރިއާއި ސިމެންތި ބަސްދާއާއި ގާ ވެސް ވާރޭ ވެހޭހެން ގޭގޭމަތިން އޮހެނީ..ވާނުވާ ނޭނގި މީހުން ޤެއްލެނީ..ހައްޤަކާނުލާ މީހުން މަރާ އަނިޔާކުރަނީ..އަދިވެސް އަދިވެސް...ހެޔޮވާނެތަ؟!