ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ: އޭސީސީގެ ތަހުގީގަށް އޭނާ މިއަދު ވަނީ ހާޒިރުކޮށްފައި. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
27 ފެބުރުއަރީ 2019 - 11:37
އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ ފައިސާ ލިބުނު އެމްޑީޕީގެ މެމްބަރުން އެނގިވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް (އަދުރޭ) ވިދާޅުވުމުން އޭނާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިއަދު ހާޒިރުކޮށްފި އެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ އިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަކަށް އެސްއޯއެފުން ޖަމާކުރި އެއް މިލިއަން ޑޮލަރުން އެމަނިކުފާނު މަނީ ލޯންޑަރިން ހިންގެވި ކަމުގެ ތުހުމަތާ އެކު ޝަރީއަތް ނިމެންދެން ހައްޔަރު ކުރުމުން އަދުރޭ ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެ ފާޑުވިދާޅުވުމުގެ ތެރޭގައި، އެމްއެމްޕީއާރުސީގެ ފައިސާ މި ސަރުކާރުގެ އިސްވެރިންނާއި އެމްޑީޕީގެ މެމްބަރުން ނެގި ކަމުގެ ތުހުމަތު ވެސް ކުރެއްވި އެވެ.
އެމްޑީޕީގެ މެމްބަރުންގެ ތެރެއިން، ފައިސާ ލިބުނު މީހުންގެ ލިސްޓު އޭނާ އަށް އެނގިވަޑައިގަންނަވާ ކަމަށް ދޭހަވާ ގޮތަށް ވެސް ވަނީ ވާހަކަ ދައްކަވައިފަ އެވެ.
އޭސީސީ އަށް އަދުރޭ ހާޒިރުކުރީ އެ ތުހުމަތުތަކާ ގުޅިގެން ކަން އެ ކޮމިޝަނުން ކަށަވަރުކޮށްދެ އެވެ.
އަދުރޭގެ އިތުރުން، ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ހިޔާނާތުގެ ފައިސާ ލިބިވަޑައިގަތް ކަމުގެ ތުހުމަތު ކުރައްވައިފަ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތަށް ފަހު އޭސީސީން ނެރުނު ރިޕޯޓުގައި، އެމްއެމްޕީއާރުސީގެ ފައިސާ ޖަމާވި 155 މީހެއްގެ ނަން ހާމަކޮށްފައިވެ އެވެ. އެކަމަކު ޚިޔާނާތުގެ ބައިވެރިވުން އޮތީ ކިހާ މިންވަރަކަށް ކަން ސާފުކޮށްދީފައި ނުވެ އެވެ.
ރިޕޯޓުގައިވާ 155 މީހުންނަކީ، އެމްއެމްޕީއާރުސީ އަށް ވަންނަން ޖެހޭ ފައިސާ އެސްއޯއެފަށް ޖަމާކޮށް، ޓްރާންސްފާކޮށްފައިވާ މީހުންނެވެ. އެސްއޯއެފާ އެކު ހިންގީ ޑޮލަރުގެ މުއާމަލާތެއް ކަމަށް ބުނާއިރު ޑޮލަރު ގަތް ފައިސާ އެސްއޯއެފުން ހެދި ގޮތެއް ނުވަތަ ބެހި މީހުންނެއް ސާފެއް ނޫނެވެ.
އޭސީސީން އަންނަނީ އެ މައްސަލަތައް އިތުރަށް ތަހުގީގު ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަފްލާ
01 March 2019
ޢިބޫ އައް އިނގޭނެ ހަމަ ގައިމު ވެސް ތިމަންނަ މިހިރީ ސައްހަ ހުވައެއް ކޮއްގެއްނޫންކަން ވަގު ވޯޓުން ކަން ވެރިކަމއް އައީ
.އޭސީސީ
28 February 2019
.އޭސީސީން ވެސް މި ބަލަނީ ރޔާމީންގެ ޕާޓީ މީހަކު ކުށްވެރި ކުރެވޭތޯ ދޯ.
ޞުރު
28 February 2019
ޢަދުރޭ ތިމަންނާ އަށް އިގެޔޭ ބުނީމަދޯ ހާޒިރުކުރީ... ރޯ ބުހުތާނު ދޮގު އިލްޒާމު މީހުންގެ ބޮލުގަ އަޅުވަންޏާ ޖަވާބުދާރީ ވާންޖެހޭނެ.
ހޯރަބެ
27 February 2019
އަދުރޭ އަވަހަށް ލިސްޓް ދީ. ދެން ލަސް ކުރާނެ ކަމެއް ނެތް
ދަރި
27 February 2019
އަދީބުގެ ލެޕްޓޮޕާ ވޮލަޓު ދިނީކާކުއަތަށް
ދޮންބެއްޔާ
27 February 2019
އެފަދަކަމެއް އެނގިހުރެ، ކަމާބެހޭ ފަރާތްތަކަށް ނާންގައި ހުރުމަކީ ބޮޑުވެގެންވާ ކުށެއް. އެއީ ތަޙްޤީޤްކޮށް އަދަބުވެސް ދޭންޖެހޭ ކަމެއް
އަހަރަކު
27 February 2019
ސިހިސިހި ސިހި އެކަނިވެފަ
ހަވަރު
27 February 2019
ހިސާބު ޓީޗަރު ވަރަށް މޮޅުވާނެ ފައިސާގެ ހިސާބުތައް ސާފުކޮށްދޭން
އަލްޖިބްރާ
27 February 2019
ތިއޮތީ ދުލުގަ ގޮށްޖެހިފަ ! ދެންބުނާނީ އަޅުގަޑަށް އޮޅިގެން ބުނެވުނު ވާހަކައެކޭ ! ދޫނުކުރާތި ! ތިއޮތީ މީހުންގެ އަބުރާބެހިފަ ! އިލޮށިގަޑު ތިހެރެނީ އަމިއްލަ ލޮލަށް ! ހިފާހައްޔަރު ކުރޭ ! ހުންނާނީ ގޮޅާމަސް ކެވިފަ !
ތައުބާ
27 February 2019
އަނެއްކާ މަގޭނަމެއް ނެތްތަ.؟ އޮތީވިއްޔާ އޮންނާނީ ސައްހަ މުއާމަލާތެއް ކޮއްފަ.. ޑޮލަރު ކޮޅެއް ގަންނަންވެގެން ކުރިކަމެއް އަހަރެން ކޮށްފަ އޮންނާނީ.. ތިމައްސަލަ ގޮސް ނިމެނީ އަދީބުގެ ހިސާބުން..
އަބްދޫ
27 February 2019
ތިޔަ ވާނީ އަދުރޭގެ ލިސްޓުގާ ނަސީދާ އިބޫގެ ނަން އޮތްތޯ ސާފުކުރަނީ ކަމަށް.