އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ސައީދު: އޭނާގެ ސަސްޕެންޝަންގެ މުއްދަތު ވަނީ އިތުރުކޮށްފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
28 ފެބުރުއަރީ 2019 - 13:06
އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) މުހައްމަދު ސައީދުގެ ސަސްޕެންޝަންގެ މުއްދަތު ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އިތުރުކޮށްފި އެވެ.
އެ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސައީދު އެންމެ ފުރަތަމަ ސަސްޕެންޑްކުރީ މިދިޔަ މަހުގެ 24 ވަނަ ދުވަހު، އެއް މަހަށެވެ. އެކަމަކު އެ މުއްދަތު ހަމަވި ދުވަހުން ފެށިގެން، އިތުރު އެއް މަހަށް ސައީދު ސަސްޕެންޑްކޮށްފައިވާ ކަމަށް ސީއެސްސީގެ ސެކްރެޓަރީ ޖެނެރަލް އިބްރާހިމް ޒުހުރީ ވިދާޅުވި އެވެ. އެހެންވެ އެ މިނިސްޓްރީގެ ސިވިލް ސާވެންޓުންގެ ޒިންމާ އެހެން ބޭފުޅަކާ ވަނީ ހަވާލުކޮށްފަ އެވެ.
އޭނާ ސަސްޕެންޑްކުރީ އެޑިއުކޭޝަން މިނިސްޓްރީން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. ނަމަވެސް އެ މައްސަލައިގެ ތަފްސީލެއް ނުދެ އެވެ.
މިނިސްޓްރީތަކުގެ ޕާމަނަންޓް ސެކްރެޓަރީންނަކީ ކޮންމެ ތަނެއްގައި ވެސް ސިވިލް ސާވިސްގެ ފަރާތުން ހުންނަ އެންމެ އިސް މުވައްޒަފެވެ. ވަރަށް ކުރިއްސުރެ ފެށިގެން ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދަވާ ސައީދު، އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސްއަކަށް އައްޔަން ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރުގެ ތެރޭގައި ނޮވެމްބަރު 9، 2017 ގަ އެވެ. އޭނާ އޭގެ ކުރިން ހުންނެވީ އެ މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމުގަ އެވެ.
ޖުލައި 21، 2016 ގައި ސިވިލް ސާވިސްގެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން ޕާމަނަންޓް ސެކްރެޓަރީން އައްޔަން ކުރަން ޖެހެނީ އެ މިނިސްޓްރީއެއްގެ މިނިސްޓަރުގެ ލަފާގެ މަތިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮބާ..ކޮބާ
28 February 2019
މައްސަލައެއް އުޅެންޏާ ބެލުން ރަނގަޅު..އެކަމަކު ޒާތީ ވެގެން ނުވާނެ..
ޒާތީ
28 February 2019
ޒާތީ ވެވޭނީ މިހާވަރަށްދޯ
ޒާދީ
28 February 2019
އެޑިޔުކޭޝަންގެ ބައެއް ސިވިލްސާވަންޓުން ކޮމިޝަނަށް ހާސިރުކޮށް 3 މީހުންގެ ކޮމިޓީއަކުން ކުރާ ސުވާލުތަކަކީ:(1) ޕީޕީއެމް ކެމްޕޭނުގަ އުޅުނިންތޯ (2) ކެމްޕޭނު ދުވަސްވަރު މުލީއާގެ އަށް ދިޔައިންތޯ (3) ޕީއެސް ބުނެގެން ކެމްޕެއިން ކަމަކަށް ނުވަތަ އެއްވެސް ތާކަށް ދިޔައިންތޯ (4) ވުވައްޒަފުން ބަދަލުކުރުމުގައި ޕީއެސް އިންވޯލްވީ ކިހާވަރަކަށްތޯ. ސައީދު ސަސްޕެންޑްކޮށް 1 މަސްވީއިރުވެސް ސުވާލުކުރި މީހުންގެ ފަރާތުން ސައީދު ތާށިކުރެވޭނެ ހެއްކެއް ނުލިބުނު.
ހުސައިން7
28 February 2019
ގިނަ ދުވަހު ސެކްޓަރުގައި އިޚްލާސްތެރި މަސައްކަތް ކުރީމަ ލިބޭނީ މިކަހަލަ އިނާމު
ހުސާމް
28 February 2019
ސައީދު ސަސްބެންޑު ކުރުމަކީ މައްސަލައެއްނޫން. އެކަމަކު މިހާރު ހުރި ވަގުތީ ޕީއެސް އަކީ ވަރަށް ނާޤާބިލް އަދި އެހާ ހަޑި ހުތުރުކޮށަ މީހުންނާ މުޢާމަލާތް ކުރާ މީހެށް. މިނިސްޓަރަކީ އިންތިހާޔަށް މިދާއިރާ އަށް އާ ބޭފުޅަކަށް ވީމާ މިހާރު މިނިސްޓުރީ ތެރޭގައި އޮތީ އެމީހަކާ އެމީހަކާ. އެޑިއުކޭޟަން ދާއިރާ އެއްކޮށް ފުނޑިގެންދާން ރައީސް ސޯލިހް ދޫނުކުރެއްވުން ވަރަށް މުހިއްމު.
މުއައްޒަފު
28 February 2019
މިކަމާ އުފާކުރާނެ މީހުންވެސް އުޅޭނެ އަދި ހިތާމަ ކުރާ މީހުންވެސް އުޅޭނެ. އަހަރެން މިއީ ހިތާމަ ކުރާ މީހުންގެ ތެރެއިންވާ މީހެއް
އަހަންމާ މީ
28 February 2019
އިބުރާހިމް ޒުހުރީވެސް ހާދަ ގަދަ ކޮއްފިއޭ ދޯ
ހައްވާފުޅު
28 February 2019
މީނަ ކުރީ ކޮންކަމެއްތޯ ސިވިލް ސަރވިސް ކޮމިޝަނުން ނުބުނަނީ ކީއްވެބާ
ރަދީފުގެ ދަރި ކުމާރު
28 February 2019
ދެން ތިތަންތަނުގެ ބަދަލަށް ލާ އަންނިބުނާމީހުން. އެއީތާ އަސްލުރައީސަކީ.
ފޫޅު
28 February 2019
ހިތައް އަރަނީ އޮފީސްތަކުގެ މިނިސްޓަރ ޕީއެސްއާ ނުރުހޭނަމަ ސީއެސްސީން ގަދަކަމުން ބެހެއްޓުމުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތަކަށް ބުރޫނާރާނެބާއޭ.؟ ސަބަބަކީ މިނިސްޓަރުންނަކީ އެއިރެއްގެ އޮންނަ ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރަން ރައީސް އައްޔަންކުރައްވާ ބޭފުޅުން. އެއާ ދެކޮޅަށް ޕީއެސުން މަސައްކަތްކުރާނަމަ މިނިސްޓަރަށް ހާދަ ދަތިވާނޭ.
މުއައްޒަފު
28 February 2019
ހަމަ ޔަގީނުންވެސް މީނަގެ މައްސަލަ ހުށައަޅައިގެން އުޅެނީ އޭނަ މަސައްކަތް ނުކޮށްގެން ނޫން
ޕްރިންސިޕަލް
28 February 2019
2015 ވަނަ އަހަރުން ފެށިގެން މެނުއަލް ޗިޓުން ވަޒީފާ ދީފައިވާ ހުރިހާ އެންމެންގެ ވަޒީފާގެ ކަންތައްތައް ހަމަޖައްސައިދިނީ މީނާ 2017 ވަނަ އަހަރު މަގާމާ ޙަވާލުވެ. އެކަމުގައި ޒިންމާވި މީހުން މިހާރުވެސް ގޮޑި އަނބުރަން އެޑިޔުކޭޝަންގައި