ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް މީހަކު ރީ ރަޖިސްޓްރީ ކުރަނީ: މަޖިލިސް އިންތިޚާބުގެ ރީ ރަޖިސްޓްރޭޝަންގެ މުއްދަތު މިރެއާ ހަމައަށް ވަނީ އިތުރުކޮށްފައި-- ފޮޓޯ: މިހާރު
02 މާޗް 2019 - 14:53
އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވޯޓުލާން ރީ-ރަޖިސްޓަރީވުމުގެ މުއްދަތު މިރެއާ ހަމައަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިތުރުކޮށްފި އެވެ.
ކުރިން އިއުލާން ކޮށްފައިވާ ގޮތުން، އެ މުއްދަތު ހަމަވާނީ މިއަދު މެންދުރު 2:00 އަށެވެ.
އެކަމަކު، އީސީން މިހާރު ވަނީ މިރޭ 10:00 އާ ހަމައަށް އެފުރުސަތު އިތުރުކޮށްދީފަ އެވެ. އެ ކޮމިޝަނުން ބުނީ އެގޮތަށް ބަދަލު ގެނައީ ގިނަ ބަޔަކު އެ ކަމަށް އެދޭތީ ކަމަށެވެ.
މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލާން ރަޖިސްޓަރީކުރި ތަނަށް މި އާންމު އިންތިޚާބުގައި ވޯޓުލާ މީހުން ރީ-ރެޖިސްޓްރީވާކަން ނުޖެހޭނެ އެވެ. ރިޔާސީ އިންތިޚާބުގައި އެ މީހުން ވޯޓުލީ ތަނަކަށް، އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވޯޓުލެވޭނެ އެވެ. ރީ-ރެޖިސްޓަރީވާން ޖެހޭނީ މިހާރު ރަޖިސްޓަރީ ވެފައިވާ ތަނަށް ބަދަލެއް ގެންނަން ބޭނުންވާ މީހުން އެކަންޏެވެ.
ވޯޓުލާން ރަޖިސްޓަރީވުމަށް ބޭނުންވާ ފޯމު އީސީގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބޭނެ އެވެ. އަދި އެ ތަންތަނުން ފޯމުތައް ބަލައިގަތުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެ އެވެ. މާލެއިން ނަމަ އެ މަސައްކަތްތައް ކުރިއަށް ގެންދާނީ ބާ ޖަމާލުއްދީނުގައި ހުންނަ އީސީގެ ބިއުރޯ އިން ނެވެ.
މިފަހަރުގެ އިންތިޚާބުގައި 396 އަކަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަ ކުރަން ވަނީ ހުށަހަޅާފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަށު އާދަނު
03 March 2019
ކޮންމެ އިންތިޚާބެއްވެސް ނިމުނީމަ، އެއިންތިޚާބުގެ ރަޖިސްޓްރީގެ ކަންތައް އެނިމުނީ، ދެން އެހިސާބުން އެމީހަކުރަޖިސްޓްރީކޮށްފަ އޮންނަތާކަށް އެމީހަކު ބަދަލްވާނެ، މީކުރީއްސުރެ މިކަން އޮންނަގޮތް، ކުރީއަހަރު ލީތަނަށް މިއަހަރު ލާންޖެހެނީ ކީއްވެގެންތަ؟ ކޮންމެފަހަރަކުވެސް އެމީހަކު ރަޖިސްޓްރީ އޮންންތަންނޫން އެހެންތާކަށް ލަނީކަމަށްވަންޏާ ރީރަޖިސްޓްރީ ވާންޖެހެނީ، މިހާރުމިއޮތީ ކޮންތާކުން ނެރެފައޮތް ޤަވައިދެއްތަ؟
މަރޭމިތުރު
02 March 2019
ނަންމަގޭ ރަޖިސްޓްރީ ކުރިން، ދަންނަ މެންބަރަކު ހޮވަން.......... ވަރަށް ބޮޑު ބަދަލަކަށް ބޭނުންވަނީ!
ހްހްހްހްމްމްމްމް
02 March 2019
ކަމަށް ގާބިލް، ތައުލީމީ ބައެއްގެ ބަދަލުގައި އެންމެންވެސް ވޯޓުލަނީ ދަންނަ މީހާއަށް. ދެން ގައުމު ކިހިނެއް ކުރި އަރާނީ
ޢބުރޭ1122
02 March 2019
ޢާޗާ މަ