ހުޅުމާލޭގައި އެންމެ ފަހުން މީހުން އުޅެން ފެށި ފްލެޓްތައް: ހިޔާވަހި ކަމުގެ މަޝްރޫއުން ފްލެޓް ލިބުނު މީހުންގެ މައުލޫމާތު މިއަދު ވަނީ ހާމަކޮށްފައި. -- ފޮޓޯ: މިހާރު
04 މާޗް 2019 - 19:43
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގި ބޯހިޔާވަހި ކަމުގެ މަޝްރޫއުތަކުގައި ފްލެޓް ދީފައިވާ މީހުންގެ ނަންތައް މިއަދު ހާމަކޮށްފި އެވެ.
ފްލެޓް ލިބޭ މީހުން ކަނޑައަޅައި، ފްލެޓް ލިބުނު ކަމުގެ ލިޔުން ހަވާލުކޮށްފައި ވިޔަސް ކުރީގެ ސަރުކާރުން އެއީ ކޮން ބައެއްކަން ހާމަކޮށްފައެއް ނުވެ އެވެ. ޒާތީ މައުލޫމާތު ހާމަ ނުކުރާނެ ކަމަށް ބުނެ އޭރު ހާމަކޮށްފައި ވަނީ ފްލެޓަށް އެދި ހުށަހެޅި ފޯމުގެ ނަންބަރު އެކަންޏެވެ.
"ހިޔާ މަޝްރޫއު" އާއި "ގެދޮރުވެރިކުރުމުގެ މަޝްރޫއު" އަދި "ގުޅީފަޅު ހައުސިން ޕްރޮޖެކްޓް" ކުރިއަށް ގެންދިޔަ ގޮތް މުރާޖައާކޮށް، ފްލެޓް ހައްގުވާ މީހުންނަށް ފްލެޓް ލިބޭނެ ގޮތް ފަހިކޮށްދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ކޮމިޓީން މިއަދު ވަނީ ސިވިލް ސާވިސް ކެޓަގަރީ ނޫން ހުރިހާ ކެޓަރީތަކުން ފްލެޓް ލިބުނު މީހުންގެ ނަމާއި އެޑްރެހާއި އައިޑީކާޑް ނަންބަރު ފަދަ ހުރިހާ މައުލޫމާތެއް ހާމަކޮށްފަ އެވެ. އަދި ބައެއް ކެޓަގަރީތަކުން، ލިބުނު ޕޮއިންޓް ވެސް ހާމަކޮށްފައިވެ އެވެ.
Downloads - The President's Office
ފްލެޓް ހޯދަން ހުށަހެޅި އަދި ފްލެޓް ލިބުނު މީހުންގެ ލިސްޓް
މީގެ ތެރޭގައި "ގެދޮރުވެރިކަން" ލިސްޓްގެ ގޮތުގައި އޮތީ މައްސަލަ ބޮޑުވި "މިނިސްޓާސް" ލިސްޓެވެ. އެއީ މިނިސްޓަރުން ކަނޑައަޅައި ވަކި ބަޔަކަށް އުސޫލުގެ ބޭރުން ފްލެޓް ދިން ކަމަށް ކުރިން އަޑު އަރާފައިވާ ލިސްޓެކެވެ.
ހާމަކޮށްފައިވާ މައުލޫމާތުގައި، ބައެއް މީހުންގެ މައުލޫމާތު ފުރިހަމައެއް ނޫނެވެ. ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީގެ އިއުލާނުގައި ބުނެފައި ވަނީ އެއީ ފޯމު ނަންބަރު ނިސްބަތްވާ މީހުންގެ ތެރެއިން، އެ މަޝްރޫއެއްގެ ޑޭޓާބޭސްގައި މައުލޫމާތު ފުރިހަމަ ނުވާ ފަރާތްތައް ކަމަށެވެ.
ފްލެޓް ދިން ގޮތް ބަލައި، އިންސާފުން ފްލެޓް ދޫކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ކޮމިޓީން މިއަދު ވަނީ ފްލެޓާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް ހުޅުވާލައިފަ އެވެ.
ޝަކުވާ އަށް ހުޅުވާލައި، ފްލެޓް ލިބުނު މީހުންގެ މައުލޫމާތު ހާމަކޮށްފައި މި ވަނީ ފްލެޓް ލިބޭނެ ކަމުގެ ލިޔުން ކުރީގެ ސަރުކާރުން ދީފައިވާ މީހުންނަށް ފްލެޓް ކަށަވަރުވާނެތޯ ސުވާލުކުރުމަށް ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ، މާދަމާ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަށް ތާވަލްކޮށްފައި ވަނިކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޯތިގޮއްޔެ
06 March 2019
މާލޭ މީހުންގެ ތެރޭން ގެދޮރުގެ ދަތިކަންހުރި މީހުންނަށް ބޯހިޔާވަހިކަންހޯދާދިނުމަށް ފެށި ޕްރޮގްރާމް ގެ ރާގާއި ލަވަ ބަދަލުވެ ރާއްޖޭގެ ކަންކަން ކޮޅުގަތިބި އެތައްހާސްބަޔަކަށް ރަށުން ގޯޗެއް ހުޅުމާލޭން ފްލެޓެއް ދީފައިވަނީ މާލޭގެ ކުޑަކުޑަ ކޮޓަރިގަނޑުގައި ހަ ކުދިން އައް ކުދިން ގޮވާގެން އުޅޭ މީހާ އަދިވެސް އެހާލުގައި މޮޅީ ކޮންބަޔަކަށް ތޯ މީބަދަލުކުރަންޖެހޭކަމެއް މިހުރިހާއެއްޗަކަށް ބެލުމެއްނެތި ގާތުގައި އުޅުނުހާއެމެންގެ މަތިމަތި ފުށަށް ދީނެގީ ! މިކޮމެންޓް
ކިޔޫ
05 March 2019
ތިޔަ ލިސްޓްގެ ބޭނުމެއް އެބައޮތްތަ މިހާރު 4000 ފްލެޓް މަދުވީމަ؟
ޢާއިޝް
05 March 2019
އެކަނިވެރި މައިންނާއި ބަފައިންގެ ކެޓަގަރީން ފްލެޓް ލިބިފަ ތިބީ މީހުންނާ ނީނދެ ތިބި ބައެއްކަން ކޯޓުން ޔަޤީން ކޮށްދެއްވުން އެދެން. އަދި އަލުން ދިރިއުޅުމުގެ ހާލަތު ބެލުމަށްފަހު މާރކްސް ދިނުމަށް ގޮވާލަން ފްލެޓް ގިނައިން ލިބިފަ ތިބީ ރަށް ރަށުގަ ދިރިއުޅޭ ފަރާތްތަކަށް، މާލެ ތޮއްޖައްސާ މާލޭގެ ރަށްވެހިން މަގުމަތިވަނީ... 40 އަހަރުވާއިރު އަމިއްލަ މިނިވަންކަމާއެކު ނިދާލާނެ ކޮޓަރިއެއް ނެތް... ކޮބާ އިންސާފު
އަބްދުއްالله
05 March 2019
ފުލެޓު ދޮންބެގެ ނަން ކޮބާ؟
ބަލި
05 March 2019
އެންމެ ފަހުން ހަވާލުކުރި ފުލެޓްތައް ވެސް ބަލަންޖެހޭނެ. 750 ފްލެޓްގެ ތެރެއިންވެސް ދެމަފިރިންނަށާއި މުޅި އާއިލާއަށް ލިބުނު މީހުންވެސް އުޅޭ. މުައްވިޒުމެންވެސް 4 ފްލެޓުނެގިމަށްވޭ.
ނެއްލަ
05 March 2019
ވަރަށް އާދޭހާއެކު މިނިސްޓަރުގެ އަރިހުން އެދެން މި ލިސްޓަށް ފްލެޓްނުދީ އަލުން އިޢުލާންކުރަން..ރަށް ރަށުގައި ދިރިއުޅޭ މީހުންނަށް ވެސް ފްލެޓްދީފަ.
ރޯނާ
05 March 2019
ތި ލިސްޓްގަ މާލޭގެ ބައެއްގޭގޭގެ އެންމެނަށް ފްލެޓް ލިބިފަ އެބަހުރި. ބަލަންޖެހޭ މައްސަލަ ގިނަ. އެއްވެސް ވަރަކަށް ބެލުމެއްނެތި އަރިހުގަ އުޅުނު މީހުނާ އެމީހުންގެ ތިމާގެމީހުނާ ރައްޓެހިންނަށް ދީފަހުރިފްލެޓްތަކުގެ މައްސަލަ ބަލަންޖެހެ. ފަނޑިޔާރުންނާ މިނިވަން މުއައްސަސާތަކުގެ ބޮޑުންނަށް ނަޒާހަތްތެރިނުވެވުނީމަ ނަޒާހަތްތެރިކުރުވަން ދީފަހުރި ފްލެޓްތަކުގެ މައްސަލަވެސް ބަލަން ޖެހެ.
ރުޅި
05 March 2019
ތިޔަ ފްލެޓްތަކަށް ހެޔޮނުވާނެ ހަރުދަނާ އުޞޫލަކުން އިއުލާންކުރޭ. ރަށްރަށުގައި ތިބެފައި ބޮޑެތި ދޮގުހަދައިގެން ފްލެޓަށް ފޯމްލީ. އެ ރަށްތަށް އެ ފަޅުވަނީ. އަނެއްކާ ކެޓަގަރީ ހެދިހެދީންނުން އެގަހުކޭލެއް މިގަހުކޭލެއް ވަކިނުވޭ.. އަނެއްކާ މާރިޔާވިދާޅުވި އަލުން ފްލެޓަށް ހުޅުވާލާނަމޭ އެހެންވެ އަހަރެންވެސް އޭރު ނުލީ. ތިޔަ ލިސްޓް ސާފުކުރަން އުޅުމަށްވުރެ އަލުން އިއުލާންކުރުން މާރަނގަޅުވާނެ.
ޙީޑް
05 March 2019
ނަށީދު ވެރިކަމުގައި ރެހެންދި ސްކޫލް ހުރި ސަރަހައްދުން ދޫކުރި ގޯތިތަކުގެ މައުލޫމާތުވެސް ހިއްސާކޮއްލާ !!!!
ހުކޫމަތު
05 March 2019
ގައުމުގެ ހަޒާނާއިންވެސް ވައްކަން ފްލެޓުންވެސް ވައްކަން އެވަރުން ނުވެގެން ކަދުރުކޮޅަކުންވެސް ވައްކަން
ޢާއިޝް
05 March 2019
މިސްކިތެއް އެޅީވެސް ވަގަށް ލާރި ނަގައިގެން އެކަމު އަމިއްލަ ނަމުގަ