ފަނޑިޔާރުންތަކެއް ބައްދަލުވުމުގައި: ފެމިލީ ކޯޓުގެ ތިން ފަނޑިޔާރަކު ވަނީ ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް ބަދަލުކުރަން ނިންމާފައި.---ފޮޓޯ: މިހާރު
05 މާޗް 2019 - 16:43
ފެމިލީ ކޯޓުގެ ތިން ގާޒީއަކު، އެހެން ކޯޓުތަކަށް ބަދަލުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއްޔެ ނިންމައިފި އެވެ.
އެ ކޮމިޝަނުން މިއަދު ބުނީ މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން ކްރިމިނަލް ކޯޓަށް މުހައްމަދު ސަމީރާއި އަހުމަދު ޝަކީލް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ. އަދި ހަސަން ޝަފީއު ބަދަލުކުރަނީ ސިވިލް ކޯޓަށެވެ.
ޖޭއެސްސީން އެ ބަދަލު ގެނައީ، ކޮމިޝަންގެ އިއްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ. އަދި އެގޮތަށް ބަދަލުކުރުމަށް ގާޒީން ރުހުން އޮތްކަމަށް އަންގާފައިވާ ކަމަށް ޖޭއެސްސީން ނެރުނު ބަޔާނުގައި ވެ އެވެ.
ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 48،000ރ. ލިބޭއިރު ސިވިލް ކޯޓުގެ ފަނޑިޔާރުންނަށް ލިބޭނީ މަހަކު 46،000ރ. އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަންބެގެފުތު
06 March 2019
ގާޒީން ވާނީ ގާޒިއަށް. މުސާރަ ތަފާތުވާކަށް ނުޖެހޭނެ
މާރަނގާ - އައްޑޫ ސިޓީ
05 March 2019
އެފްރިކާބައްރުގެ ނިކަމެތި ޤައުމުތަކުގައި ޤަބީލާތަކުން ނިކުމެ ދައުލަތުގެމައްޗަށް ވެރިވެގަނެ ރައްޔިތުންގެ މަށްޗަށް ފާވެގަންނަގޮތަށް މީގެކުރިން ރާއްޖޭގައިވެސް ރައްޔިތުން އައްޔަންކޮށް އިންތިހާބުކުރާ ސަރުކާރުތައް ވައްޓާލާފައިވާފަދަގޮތަކަށް މީގެފަހުން އެކަން ތަކުރާރުވާން އެއްވެސް ސިފައެއްގައި ފުރުސަތުދީގެން ނުވާނެ. * * ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި ހިލާފަށް ރައްޔިތުންގެ ބަހެއްނެތި ވެރިކަން ވައްޓާލަން އުޅެފިނަމަ އެބަޔަކަށް ޤާނޫނުގެ ބާރުދައްކާންޖެހޭ.
ޢަރީޝާ
05 March 2019
ކީއްވެ؟